ireporter banner
images

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ނޮޅިވަރަމުގައި ފެށިއްޖެއެވެ. ވޯޓުލުން ފެށިފައިވަނީ ގަޑިން 08:01ގައެވެ. ނޮޅިވަރަމުގައި ޖުމްލަ 2 ވޯޓު ފޮށި ބެހެއްޓިފައިވާއިރު 2 ފޮށި ވެސް ބެހެއްޓިފައިވަނީ ނޮޅިވަރަމު ސްކޫލް ހޯލުގައެވެ.

Flag this post

5

ވޯޓުލުން ފެށި 1 ގަޑިއިރުގެ ތެރޭގައި، ނޮޅިވަރަމުގައި ބެހެއްޓިފައިވާ 2 ނަންބަރު ވޯޓު ފޮށްޓަށް ޖުމްލަ 78 މީހުން ވަނީ ވޯޓު ލައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 44 އަންހެނުންނާއި 34 ފިރިހެނުންނެވެ. ނޮޅިވަރަމުގެ 2 ފޮށްޓަށް ވޯޓު ލެވޭ މީހުންގެ ޖުމްލަ ޢަދަދަކީ 1،861 އެވެ.

Flag this post

4

ނޮޅިވަރަމު ސްކޫލު ހޯލުގެ ހުޅަނގުގައި ބެހެއްޓިފައިވާ (ފޮށީ ނަންބަރު 32)އަށް މިހާތަނަށް ވޯޓު ލައިފައިވާ މީހުންގެ ޖުމްލަ ޢަދަދަކީ 75އެވެ. އެއީ 30 އަންހެނުންނާއި 45 ފިރިހެނުންނެވެ. އެހެންކަމުން ނޮޅިވަރަމުގައި ބެހެއްޓިފައިވާ 2 ފޮށްޓަށް މިހާތަނަށް 218 މީހުން ވަނީ ވޯޓު ލައިފައެވެ.

Flag this post

4

ވޯޓުލުން ފެށި، ފުރަތަމަ 3 ގަޑިއިރުގެ ތެރޭގައި ނޮޅިވަރަމުގެ (ފޮށީ ނަންބަރު 32)އަކަށް ވޯޓު ލީ މީހުންގެ ޖުމްލަ ޢަދަދަކީ 106އެވެ. އެއީ 49 އަންހެނުންނާއި 57 ފިރިހެނުންނެވެ. އަދި (ފޮށީ ނަންބަރު 33)އަށް މިހާތަނަށް ވޯޓު ލީ މީހުންގެ ޢަދަދަކީ 200އެވެ. އެއީ 122 އަންހެނުންނާއި 78 ފިރިހެނުންނެވެ. އެހެންކަމުން މިހާތަނަށް ޖުމްލަ 306 މީހުން ވަނީ ވޯޓު ލައިފައެވެ. ނޮޅިވަރަމުގެ 2 ފޮށްޓަށް ވޯޓު ލެވޭ މީހުންގެ ޢަދަދަކީ 1،447އެވެ. އަދި ވޯޓު ނުލާ މީހުންގެ ޢަދަދަކީ 1،141އެވެ.

Flag this post

4

ވޯޓުލުން ފެށުނުތާ 2 ގަޑިއިރުވީއިރު ނޮޅިވަރަމުގައި ބެހެއްޓިފައިވާ 2 ނަންބަރު ވޯޓު ފޮށްޓަށް ވޯޓު ލައިފައިވަނީ 63 އަންހެނުންނާއި 80 ފިރިހެނުންނެވެ. އެއީ މިފޮށްޓަށް ވޯޓުލެވޭ 758 މީހުންގެ ތެރެއިން 143 މީހުންނެވެ.

Flag this post

3

ނޮޅިވަރަމުގެ 1 ނަންބަރު ވޯޓު ފޮށި ބަންދުކޮށްފި! ވޯޓު ގުނަން ފަށާނީ 18:10ގައި

Flag this post

3