ireporter banner

ހ.އ މޮޅަދޫ ގައި ކިތަންމެ އާބާދީ ކުޑަނަމަވެސް ސިޔާސީ މޫސުމުގެ ކުލަވަރު ވަރަށް ފުރިމައެވެ. އެގޮތުން ސެޕްޓެންބަރ 09 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޙާބަށް ވަނީ ވަރަށް ފުރިހަމަ ތައްޔާރީތަކެއްވަމުންނެވެ. އެގޮތުން ރަށުގެ މަގުތަކުގައި ދިދަ ފަތިތަކުން ފުރާލާފައެވެ. ޖަގަހަ ތަކުގެ އަޑު ކެޑިގެން ނުދެއެވެ. މި ރަށަކީ އަބަދުވެސް އެމްޑީޕީ ބޮޑު މެޖޯރިޓީއެއް ނަގަމުން އަންނަ ރަށެކެވެ. މޮޅަދޫ އަކީ އެހެން ރަށްތަކަށް ހަމަ ނަމޫނާ ރަށެކެވެ. އެގޮތުން ސިޔާސީ ގޮތުން ކިތަންމެ ހިޔާލު ތަފާތުވިޔަސް ރަށުގެ ޢިޖުތިމާޢީ ކަންކަމުގައި ވަރަށްވެސް އެކުވެރި ބައެއް އަބަދުވެސް އުޅެމުން އަންނަ ރަށެކެވެ.

Flag this post

8