ބ.ތުޅާދޫ ގައި އެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވައުދުވެވަޑައިގެންނެވި އެއަރޕޯޓްގެ ޢަމަލީ މަސައްކަތް 29 އޮގަސްޓް 2023 ގައި ފަށައިފިއެވެ.
މިމަސައްކަތް ފެށުމަށްޓަކައި ތުޅާދޫ
ހުޅަނގުދެކުނު ފަރާތުގައި ބޭއްވި ރަސްމިއްޔާތުގައި މިމަސައްކަތް ފައްޓަވާދެއްވާފައިވަނީ ތުޅާދޫ ދާއިރާގެ މަޖިލިސް މެމްބަރު ހިސާން ހުސައިން އެވެ. ތުޅާދޫއަކީ އާބާދީގައި 3000 މީހުން ހަމަވާ ރަށެކެވެ .
ދިވެހީންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު މިއަދު 31 އޮގަސްޓް 2023 ގައި ބ. ތުޅާދޫ އަށް ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުންގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އޭދަފުށި ދާއިރާގެ މަޖިލިސް މެމްބަރު ސަލީމް އާއި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އާއި ޕީ.ޕީ.އެމް ޕީއެންސީ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަޙީމް އާއި ކުރީގެ އިސްލާމިކު މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ޑރ. ޒިޔާދު ބާޤިރު ބައިވެރިވެ ވަޑައިގަތެވެ.
ޑރ.މުޢިއްޒު ތުޅާދޫ އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ގިނައަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ނުކުތެވެ.
ތުޅާދޫއަށްގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް މުޢިއްޒު ވައުދުވެވަޑއިގެންނެވިއެވެ
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް އާއި އެމަނިކުފާނުގެ ރަނިންގްމޭޓް ޑރ.އަމީން އިބްރާހީމް އާއި އޮނަރަބަލް ޤާސިމްގެ ޓީމް މިއަދު ވަނީ ތުޅާދޫއަށް ވަޑައި ގަންނަވާފައެވެ. މިޓީމް ގައި ޤާސިމްގެ އަރިހުގައި ކުރީގެ ރައީސް ޑރ . މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މީގެއިތުރުން މިޓީމް ގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު އާއި ކެންދޫދާއިރާގެ މަޖިލިސް މެންބަރ އުސްތާޛު ޢަލީ ހުސައިން ބައިވެރިވެވަޑައިގަންނަވައެވެ. ޤާސިމްގެ
މިދަތުރަށް ތުޅާދޫވަނީ ދިދަ ޖަހައި ޒީނަތްތެރި ކޮށްފައެވެ. އަދި ޤާސިމަށް މަރުހަބާދެނެވުމަށް ގިނައަދަދެއްގެ ބަޔަކު ރަށުގެ ބަނދަރު ސަރަހައްދަށް ނުކުތެވެ.
ބ.ތުޅާދޫގައި ދަ ޑިމޮކްރެޓްސް އިން ތައްޔާރުކުރާ ޖަގަހައަކީގެ އެޕާޓީގެ ސަޕޯޓަރުން ގެ ފަރާތުން ހިލޭސާބަހަށް ހަދާ ޖަގަހައެކެވެ . މިޖަގަހަހަދަނީ އަމިއްފަރާތެއްގެ ގޯތީގައެވެ.
މިގޯތިވެސް އެޕާޓީއަށް ދޫކޮށްފައިވަނީ ހިލޭ ސާބަހަށެވެ. މަޣުލޫމާތު ލިބިފައިވާ ގޮތުގައި ދަ ޑިމޮކްރެޓްސް ގެ ރިޔާސީ ކެންޑިޑޭޓް މިމަހު 4 ވަނަ ދުވަހު ތުޅާދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.އަދި އިލްޔާސް ލަބީބް ގެ މިދަތުރުފުޅުގައި ދަ ޑިމޮކްރެޓްސް ގެ ޖަގަހަ ހުޅުވައި ދެއްވާނެއެވެ.
ބ.ތުޅާދޫ ގައި ވޯޓްލުން އަމާންކަމާއެކު، ކުރިޔަށް އެބަދެއެވެ. މިހާތަނަށް ވޯޓްލާފައިވާ މީހުންނަށް ބަލާއިރު ، ވޯޓްލުމަށް ނުކުމެ ފައިބަނީ މަދުބައެކެވެ.
ރެޖިސްޓްރޭޝަނަށް ބަލާއިރު، ބ.ތުޅާދޫ ގައި ވޯޓްލާންޖެހޭ މީހަކު މާލެއަށް ރެޖިސްޓްރީ ކުރެވިފައިވާކަމަށް ދައްކާ އެއްމައްސަލަ ފެންމަތިވެ،އޭނާއަށްވަނީ ވޯޓްނުލެވިފައެވެ.
ތުޅާދޫގައި އެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަޢުދުވެވަޑައިގަންނަވާފައިވާ އެއަރޕޯޓް އަށްބޭނުންވާ ބިންހިއްކުމަށް ޓަކައި ތުޅާދޫއަށް ޑްރެޖަރެއް ގެނެސްފި އެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން މީގެ ހަފްތާއެއްހާ ދުވަސްކުރިން ތުޅާދޫ އެއާޕޯޓް ހިއްކުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ފެށިމަސައްކަތަކީ އެއަރޕޯޓް ވަށައި ބައުންޑަރީ ޖެހުމުގެ މަސައްކަތެވެ.
ބައުންޑަރީޖެހުމުގެ މަސައްކަތް މިވަގުތުވެސް ބާރަށް ކުރިޔަށް ދެއެވެ.
ކޮންނަބޯޓުގެ މަސައްކަތް ފަށާނެ ވަކި ތާރީޚެއް އަދި ނޭނގެއެވެ.