ދިވެހީންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު މިއަދު 31 އޮގަސްޓް 2023 ގައި ބ. ތުޅާދޫ އަށް ވަޑައިގަންނަވައިފިއެވެ. އެމަނިކުފާނުންގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އޭދަފުށި ދާއިރާގެ މަޖިލިސް މެމްބަރު ސަލީމް އާއި ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އާއި ޕީ.ޕީ.އެމް ޕީއެންސީ ހިންގެވުމާ ހަވާލުވެ ހުންނެވި އަބްދުއްރަޙީމް އާއި ކުރީގެ އިސްލާމިކު މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ޑރ. ޒިޔާދު ބާޤިރު ބައިވެރިވެ ވަޑައިގަތެވެ.
ޑރ.މުޢިއްޒު ތުޅާދޫ އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ގިނައަދަދެއްގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ނުކުތެވެ.
ތުޅާދޫއަށްގިނަ ކަންތައްތަކެއް ކޮށްދެއްވުމަށް މުޢިއްޒު ވައުދުވެވަޑއިގެންނެވިއެވެ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ކުރިމަތިވި އާލާސްކަންފުޅަށް މިއަދު އަނެއްކާވެސް ކެމްޕެއިނަށް ބައެއް ރަށްރަށަށް ދަތުރުފުޅު ފައްޓަވާ ގޮތަށް ނިންމަވައިފި އެވެ.
މިއަދު އެ މަނިކުފާނު ދަަތުފުފުޅު ފައްޓަވަނީ ރ. އާއި ބ އަތޮޅަށެވެ.
އާލާސްކަންފުޅާ ގުޅިގެން ދަތުރުފުޅު މެދުކަނޑާލެއްވީ އއ. އަތޮޅުގައި އުޅުއްވަމުން މިދިޔަ ހަފުތާގަ އެވެ.
ބ.ތުޅާދޫގައި ދަ ޑިމޮކްރެޓްސް އިން ތައްޔާރުކުރާ ޖަގަހައަކީގެ އެޕާޓީގެ ސަޕޯޓަރުން ގެ ފަރާތުން ހިލޭސާބަހަށް ހަދާ ޖަގަހައެކެވެ . މިޖަގަހަހަދަނީ އަމިއްފަރާތެއްގެ ގޯތީގައެވެ.
މިގޯތިވެސް އެޕާޓީއަށް ދޫކޮށްފައިވަނީ ހިލޭ ސާބަހަށެވެ. މަޣުލޫމާތު ލިބިފައިވާ ގޮތުގައި ދަ ޑިމޮކްރެޓްސް ގެ ރިޔާސީ ކެންޑިޑޭޓް މިމަހު 4 ވަނަ ދުވަހު ތުޅާދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ.އަދި އިލްޔާސް ލަބީބް ގެ މިދަތުރުފުޅުގައި ދަ ޑިމޮކްރެޓްސް ގެ ޖަގަހަ ހުޅުވައި ދެއްވާނެއެވެ.
ބ.ކިހާދޫގައި ވޯޓުފޮށި ކަނޑާ ގުނުމުގެމަސައްކަތުގެ ތެރެއިން
ބ.ތުޅާދޫ ގައި ވޯޓްލުން އަމާންކަމާއެކު، ކުރިޔަށް އެބަދެއެވެ. މިހާތަނަށް ވޯޓްލާފައިވާ މީހުންނަށް ބަލާއިރު ، ވޯޓްލުމަށް ނުކުމެ ފައިބަނީ މަދުބައެކެވެ.
ރެޖިސްޓްރޭޝަނަށް ބަލާއިރު، ބ.ތުޅާދޫ ގައި ވޯޓްލާންޖެހޭ މީހަކު މާލެއަށް ރެޖިސްޓްރީ ކުރެވިފައިވާކަމަށް ދައްކާ އެއްމައްސަލަ ފެންމަތިވެ،އޭނާއަށްވަނީ ވޯޓްނުލެވިފައެވެ.
ތުޅާދޫގައި އެޅުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވަޢުދުވެވަޑައިގަންނަވާފައިވާ އެއަރޕޯޓް އަށްބޭނުންވާ ބިންހިއްކުމަށް ޓަކައި ތުޅާދޫއަށް ޑްރެޖަރެއް ގެނެސްފި އެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން މީގެ ހަފްތާއެއްހާ ދުވަސްކުރިން ތުޅާދޫ އެއާޕޯޓް ހިއްކުމުގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ފެށިމަސައްކަތަކީ އެއަރޕޯޓް ވަށައި ބައުންޑަރީ ޖެހުމުގެ މަސައްކަތެވެ.
ބައުންޑަރީޖެހުމުގެ މަސައްކަތް މިވަގުތުވެސް ބާރަށް ކުރިޔަށް ދެއެވެ.
ކޮންނަބޯޓުގެ މަސައްކަތް ފަށާނެ ވަކި ތާރީޚެއް އަދި ނޭނގެއެވެ.