ލ. ގަމުގެ ރައްޔިތުން ގޯތި ހޯދުމަށްޓައި ކައުންސިލުދޮށަށް އެއްވެއްޖެއެވެ. ލ. ގަމުގެ ރައްޔިތުންނަށް ހައްގުވާ ގޯތި ނުލިބި އެތަކެއް އަހަރުތަކެއްވެއްޖެއެވެ.
ލ.ގަން ވޯޓްލުން ނިމި ވަގުތީ ނަތީޖާ އިޢުލާންކޮށްފިއެވެ. ލ.ގަމުގެ ވޯޓު ފޮށިތަކުން ޕީޕީއެމް،ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢީޒް ވަނީ ކާމިޔާބު ހޯއްދަވާފައެވެ. .ޑރ.މުޙައްމަދު މުޢިޒްއަށް މުޅިޖުމުލަ 1122 ވޯޓް ލިބިފައި ވާއިރު،އެމް.ޑީ.ޕީ ކެންޑިޑޭޓް ރައީސް ޞޯލިހުއަށްލިބިފައި ވަނީ1017 ވޯޓެވެ. ދަ ޑިމޮކްރެޓްސް އިން ވާދަ ކުރައްވާ އިލިޔާސް ލަބީބަށް ލިބިފައި ވަނީ 139 ވޯޓްއެވެ. އަމިއްލަގޮތުން ކުރިމަތިލައްވައިފައިވާ އުމަރު ނަސީރުއަށް ލިބިފައިވަނީ 50 ވޯޓް އަދި ފާރިޝް މައުމޫންއަށް 12 ވޯޓް ލިބިފައިވެއެވެ.ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަށް 60ވޯޓް ލިބިފައިވާއިރު،އަމިއްލަ ކެންޑިޑޭޓް ޒަމީލްއަށް 3 ވޯޓް އަދި އެމްއެންޕީ ކެންޑިޑޭޓްއަށް 7 ވޯޓް ލިބިފައިވެއެވެ. ބާތިލް ވޯޓް ގޮތުގައި 27 ވޯޓް ގުނިފައިވެ.
ލ.ގަމުގައި ބެހެއްޓިފައިވާ ވޯޓް ފޮށިތަކުގެ ތެރެއިން ވޯޓް ފޮށި ނަންބަރ-3 / O02.05.3 ވޯޓް ފޮށްޓަށް 16:00 އާ ހަމަޔަށް 562 މީހުން ވޯޓް ލާފައިވެއެވެ. މިފޮށްޓަށް ވޯޓް ލުމަށް 688 މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ.