ireporter banner

ފެލިދޫ ފޮށި ބަންދު ކޮށްފި

images
images
images
images

ރިޔާސީ އިންތިހާބުގެ ދެވަނަބުރުގެ ވޯޓުލުން ފެލިދޫގައި ކުރިޔަށް ދިޔައީ ވަރަށް އަމާން އޮމާން ކޮށެވެ. މި ފޮށްޓަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވަނީ 371 މީހުންނަށެވެ. ފޮށި ބަންދުކުރުމާ ހަމަޔަށް ފިރިހެން 172 އަދި އަންހެން 156 މީހުން ހިމެނޭ ގޮތުން މުޅިއެކު 328 މީހުން ވޯޓު ލާފައި ވެއެވެ. ވޯޓު ލާނެ އިތުރު ބަޔަކު ކިއުގައި ނެތި ފޮށި ބަންދު ކުރީ 5:00 ގައެވެ.

Flag this post

1

ފެލިދޫގެ ކެމްޕެއިން ނިއްމާލުން

images
images
images
images

ރައީސް އިބުރާހީމް މުޙައްމަދު ޞާލިހަށް ތާއީދު ކުރާ ފެލިދޫގެ ސަޕޯޓަރުން ގެ ކެމްޕެއިން ނިއްމާލުމުގެ އެންމެ ފަހުގެ ހަރަކާތްތައް މިއަދު ހަވީރު ކުރިޔަށް ގެންގޮސްފިއެވެ. މިގޮތުން ޕިކަޕް ބުރެއް ރަށުގެ އެކި ސަރަހައްދު ތަކުގައި ކުރިޔަށް ގެންދިޔައިރު، ސައިބުއިމުގެ ހަރަކާތެއް ވެސް ކުރިޔަށް ގެންދެވުނެވެ.

މި ހަރަކާތްތަކުގައި ފެލިދޫގެ އެކި ފުރައިގެ އަންހެން ބޭކަބަލުންނާއި ފިރިހެން ބޭކަލުން ގިނަ އަދަދަކަށް ބައިވެރިވިއެވެ.

Flag this post

1

ފެލިދޫގައި އެމްޑީޕީގެ ދިދަޖެހުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

images
images
images
images

ވ.އަތޮޅުގެ ވެރިކަންކުރާ ރަށް ފެލިދޫގައި އެމްޑީޕީގެ ދިދަ ޖެހުމުހެ ހަރަކާތެއް މިއަދު ހަވީރުގެ ވަގުތެއްގައި ހިންގައިފިއެވެ. ފެލިދޫ ބަނދަރުގެ ފައިކަށީގައި ގިނަ އަދަދެއްގެ ދިދަޖެހީ އެ ޕާޓީއަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުންތަކެކެވެ.

ރައީސް އިބުރާހީމް މުޙައްމަދު ޞާލިހަށް މަރުހަބާ ދެންނެވުމަށް ބަނދަރު ޒީނަތްތެރި ކުރުމަށް ޖެހި ދިދަތަށް ނެގުމަށްފަހު އިންތިހާބު ކައިރިވަމުން ދާހެން ތަފާތު ގޮތަކަށް އަލުން ޒީނަތްތެރިކުރަން ވަނީ ފަށާފައެވެ.

މައުލޫމާތުލިބޭ ގޮތުގައި މިފަދަ އެހެން ބައެއް ހަރަކާތްތައްވެސް ހިންގަން ވަނީ ހަމަޖެހިފައެވެ.

Flag this post

4