އިންޑިއާގެ މައްޗަށް 5-0 ގެ ނަޔީޖާއަކުން މޮޅުވެ، ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ހޯދުމުގެ އުއްމީދު ރާއްޖޭން ބޮޑުކޮށްފި އެވެ.
މެޗުން މޮޅުވެ ރާއްޖޭން ވަނީ އެއްވަނައިގައި ދެ ޕޮއިންޓްގެ ލީޑެއް ނަގައިފަ އެވެ. ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ރާއްޖޭން ވަނީ ނުވަ ޕޮއިންޓް ހޯދާފަ އެވެ.
ރާއްޖޭގެ ފަހަތުން ދެވަނައިގައި އޮތީ ޕާކިސްތާނެވެ. މިއަދު ނޭޕާލާ އެއްވަރުކޮށް ޕާކިސްތާނުން ވަނީ ޖުމުލަ ހަތް ޕޮއިންޓް ހޯދާފަ އެވެ.
މުބާރާތުގައި އަދި މިހާތަނަށް އިންޑިއާ އަށް މެޗަކުން މޮޅެއް ނުވެވެ އެވެ. ކުޅުނު ތިން މެޗުން އިންޑިއާ އަށް ލިބުނީ ދެ ޕޮއިންޓެވެ.
މެޗުގެ ފުރަތަމަ ހާފު ރާއްޖެ އަށް ދިޔައީ ވަރަށް އުނދަގޫ ކަމަށެވެ. ފުރަތަމަ ހާފުގައި ކެޕްޓަން މުހައްމަދު އިމްރާން ލަނޑުން ލީޑް ނެގި އެވެ. އިންޑިއާއިން ނަތީޖާ ހަމަހަމަ ކޮށްފާނެ ކަމަށް ބެލެވުނު ފުރުސަތުތައް ވެސް އެ ޓީމުން އުފެއްދި އެވެ.
ދެވަނަ ހާފުގައި ރާއްޖޭން އަލުން ޑޮމިނޭޓް ކުރި އެވެ. ރާއްޖޭގެ އަނެއް ހަތަރު ލަނޑު އެ ހާފުގައި ޖެހީ އަލީ ޝަމާލް އަބްދުﷲ އާއި އާބްދުﷲ ޝާފިއު އާއި ކެޕްޓަން އިންމި އެވެ.
މެޗުގެ ފަހު ވަގުތު އިންޑިއާއިން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. ޢޭޢީ ޢެ ޓީމުގެ ލާލްސްންގްކިމާ އަށް ޜަތް ކާޑް ދެއްކުމުންނެވެ.