މާދަމާ ފަށާ މި ފަހަރުގެ ރޯދަމަހު ވެސް "މިހާރު" އިން ހާއްސަ ކުއިޒު މުބާރާތެއް ބާއްވަން ނިންމައި ނަސީބުވެރިންނަށް ދޭނެ އިނާމުތައް ކަނޑައަޅައިފި އެވެ. 

ރޯދަމަހުގެ ހުރިހާ ދުވަހެއްގައި ކުރިއަށް ގެންދާ މި ކުއިޒުގައި އެންމެ އަވަހަށް އެންމެ ގިނަ ސުވާލުގެ ޖަވާބު ރަނގަޅު ކޮށްގެން  2،1 އަދި 3 ވަނަ ހޮވައި އިނާމު ދޭނެ އެވެ. 

އެއްވަނަ އަށް ހޮވޭ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ހަމަޖައްސައިދެނީ އުމްރާ އަށް މީހުން ގެންދިއުމުގައި ތަޖުރިބާކާރު ގުރޫޕު، އަލްމަނާސިކުގެ އެހީތެރިކަމާ އެކުގަ އެވެ. 

ކުއިޒުގެ ދެވަނަ އަދި ތިންވަނަ ނަސީބުވެރިޔާ އަށް އިނާމު ހުށަހެޅީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ރެޑްވޭވް ފިހާރައިންނެވެ. ދެވަނަ އިނާމަކީ ޝާޕް ބްރޭންޑުގެ އައިސްއަލަމާރި އެކެވެ. ތިންވަނަ އިނާމަކަށް ދޭނީ ހައިސަންސް ބްރޭންޑުގެ (65 އިންޗި) ޓީވީއެކެވެ.

މި ފަހަރުގެ "މިހާރު ކުއިޒު" ގައި ތަފާތު އެކި ދާއިރާތަކުގެ ސުވާލުތައް ހިމަނާފައިވާނެ އެވެ. އޭގެ ތެރޭގައި އިސްލާމްދީނާއި ތާރީހާ ގުޅޭ ސުވާލުތައް ވެސް ހިމެނޭނެ އެވެ. 

މިދިޔަ އަހަރުގެ ރޯދަ ކުއިއްޒަށް ވެސް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.