މި އަހަރުގެ ޖުލައި، ސެޕްޓަމްބަރު އަދި ޑިސެމްބަރު މަހުގެ އުމްރާއަށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް އަލް މަނާސިކް ގްރޫޕުން ބުނެފި އެވެ.
އަލްމަނާސިކް ގްރޫޕާ އެކު އުމްރާއަށް ދާން ރަޖިސްޓްރީ ކުރާ އިރު 1،000ރ. ދެއްކުމަށް ފަހު، ބާކީ ފައިސާ ބަހާލައިގެން ދެއްކޭނެ އެވެ.
އަލްމަނާސިކުން ބުނީ، އެހެން އުމްރާ ދަތުރުތަކެކޭ އެއްގޮތަށް، މި އަހަރު ވެސް އުމްރާ ދަތުރުތަކުގައި މަދުވެގެން ހަތަރު އުމްރާވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ގްރޫޕާ އެކު އުމްރާގައި އާއިލާތަކަށް ފަހި ފުރުސަތުތަކެއް ހޯދައި ދިނުމުގެ ގޮތުން، އިތުރު އަގެއް ނެތި، ހަތަރު މެންބަރުންނަށް ވަކިން ކޮޓަރި ހަމަޖައްސައިދިނުމަށް ގުރޫޕްގެ ފަރާތުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ. އަދި 10 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ އަގުތަކެއް ވެސް އެ ގްރޫޕުން ވަނީ ކަނޑައަޅައިފަ އެވެ.
އަލްމަނާސިކް ގްރޫޕުން އުމްރާ ދަތުރުތަކުގައި ދޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:
- އަލަށް އުމްރާއަށް ދާ ފަރާތްތަކަށް، ރަށުގައި ހުރެގެން ވެސް ބައިވެރިވެވޭނެ ގޮތަށް އޮންލައިންކޮށް އުމްރާ ޓްރެއިނިން ޕްރޮގުރާމުތައް ހިންގައިދިނުން.
- މައްކާގައި އުމްރާވެރިންނަށް ހަރަމްފުޅު ކައިރިން ސާފުތާހިރު، ފެންވަރު ރަނގަޅު ހޮޓަލެއްގައި ތިބުމުގެ އިންތިޒާމް ހަމަޖައްސައިދިނުން.
- ދިވެހި ކެއުން ބުފޭގައި ތައްޔާރުކޮށް ހުރިހާ އުމްރާވެރިންގެ ކެއުމުގެ ކަންތައްތައް ޖާގަ ތަނަވަސް ރެސްޓޯރަންޓެއްގައި ހަމަޖައްސައި ދިނުން.
- މައްކާގައި އުމްރާވެރިން ތިބޭ ދުވަސްވަރު ދީނީ ދަރުސްތައް ބޭއްވުން
- 24 ގަޑިއިރު ސިއްހީ އެހީތެރިންގެ ހިދުމަތްތައް ދިނުން
- މައްކާއިން މަދީނާއަށް ޓްރެއިންގައި ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމުތައް ހަމަޖައްސައިދިނުން.
- އުމްރާވެރިންނަށް ރައުޟާއަށް ވަނުމުގެ ފުރުސަތު ދިނުން.
- އިތުރު އުމްރާ ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުން.
އަލްމަނާސިކް ގްރޫޕާ އެކު އުމްރާއަށް ދިއުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، އެކަމާ ގުޅޭ އިތުރު މައުލޫމާތު އެ ގްރޫޕުގެ ނަމްބަރު 3317789 އާއި 7788651 އިން ލިބޭނެ އެވެ.