ދިރާގު ކަސްޓަމަރުންނަށް ފިތުރު އީދުގެ މުނާސަބަތުގައި ސައުދީ އަރައްބިއްޔާ އަށް ހިލޭ ގުޅޭ އިންތިޒާމް ހަމަޖައްސައިފި އެވެ.
މިއީ، އުމްރާގެ އަޅުކަމަށް ސައޫދީ އަށް ގޮސް ތިބި ދިރާގު ކަސްޓަމަރުންނަށް އެ މީހުންގެ އާއިލާ އާއި އެހެނިހެން ގާތް މީހުންނާ އެކު ގުޅުން ބަދަހިކޮށް، އީދުގެ އުފާ ހިއްސާކުރުމަށް މަގުފަހިކޮށްދިނުމަށް އެ ކުންފުނިން ފޯރުކޮށްދީފައިވާ ހިދުމަތެއް ކަމަށް ބުންޏެވެ.
ދިރާގުން ބުނީ، މިއީ އުމްރާގެ އަޅުކަމަށް ގިނަ ބަޔަކު ސައުދީ އަރަބިއްޔާ އަށް ގޮސްފައިވާ ދުވަސްވަރަކަށް ވާތީ، މި ހިދުމަތުގެ ދަށުން އެ ގައުމަށް ހިލޭ ގުޅުމަށް ޖުމުލަ 30 މިނިޓު ލިބޭނެ ކަމަށެވެ.
މި ހިދުމަތް ލިބޭނީ #225* އަށް ޑައިލް ކޮށްގެންނެވެ. މި ހިދުމަތް އެކްޓިވޭޓު ކުރެވޭނީ މިއަދު އެކަންޏެވެ.
ދިރާގުން އަންނަނީ މި ފަދަ ހާއްސަ މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންނަށް އެކި ފަރާތްތަކާ އެކު ގުޅުން ބަދަހިކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އެކި ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.