ހުޅުމާލޭގެ މިސްކިތްތައް ކައިރީގައި ޕާކުކޮށްފައި ހުންނަތާ ގިނަ ދުވަސްވީ އުޅަނދުތައް ނަގަން ފުލުހުން އެދިއްޖެ އެވެ. 

ފުލުހުން މިއަދު ބުނި ގޮތުގައި ގިނަ ދުވަސްވީ އުޅަނދުތައް ނަގަން އެދުނީ މިސްކިތް ސަރަަހައްދަކީ ފަސޭހަ ތަނަކަށް ހެދުމަށެވެ. އަދި ނަމާދަށް ދާ މީހުންނަށް ފަސޭހައިން ޕާކު ކުރެވޭ އިންތިޒާމް ހަމަޖެއްސުމަށެވެ. 

އެހެންވެ، ގިނަ ދުވަސްތަކެއް ވަންދެން ޕާކު ކޮށްފައިވާ އުޅަނދުތައް އޭގެ ވެރިފާރާތްތަކުން އަވަހަށް ނެގުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ. 

މިސްކިތް ކައިރީގައި އޮންނަ ހުސް ސަރަހައްދުތަކުގައި ކާރުތަކާއި ސައިކަލްތައް ވަރަށް ގިނަ ޕާކްކޮށްފައި ހުރެ އެވެ. އޭގެ ތެރޭގައި ގިނަ ދުވަސްވީ ބާ އުޅަނދުތައް ވެސް ބަހައްޓާފައި ހުރެ އެވެ. 

ރޯދަމަހަކީ ހާއްސަކޮށް މިސްކިތްތައް ކައިރި ބާރުބޮޑުވެ، ޕާކު ކުރުމުގެ ޖާގަ ހޯދަން އުނދަގޫވާ ދުވަސްތަކެކެވެ. އަދި މިސްކިތަތްތަކުގެ ޖާގަ ފުރިގެން ބޭރުގައި ވެސް ޖަމާއަތް ހަދަން ޖެހެ އެވެ.