ޚަބަރު / މެމްބަރު އާދަމް ޝަރީފް (މަޑުއްވަރި)

ދަތުރު ނުކުރެވިދާނެތީ، ކާޑުގެ ބާވަތްތައް ރައްކާ ކުރަން އެދިއްޖެ

މާލެ އަށް ބޭލި ތަރުކާރީ އާއި މޭވާތަކެއް ގެންދިއުމަށް ވިއްސާރައިގެ ތެރޭގައި ލޯކަލް މާރުކޭޓަށް ގެންދިއުމަށް މީހަކު މަސައްކަތް ކުރަނީ..---މިހާރު ފޮޓޯ: ހުސައިން ވަހީދު

ރާއްޖެ އަށް މިހާރު ކުރާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ކަނޑުތައް އިތުރަށް ގަދަވެ، ދަތުރު ނުކުރެވޭ ހާލަތަކަށް ހިނގައިދާނެތީ، ރަށްރަށުގައި ހުރި ކާޑުގެ ބާވަތްތައް ރައްކާކުރަން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު އެދިވަޑައިގެންފި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކުރިން ހީކުރި ވަރަށް ވުރެ ބޮޑަށް ހުޅަނގު މޫސުމުގެ ވިއްސާރަ ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. ރާއްޖެ ރޯނު ނަކަތް ލައިގެން އުޅޭއިރު އެއީ ޒަމާނުއްސުރެ ކަނޑުގަދަވެ، މޫސުން ގޯސް ނަކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކަނޑުގަދަވެގެން ދަތުރު ނުކުރެވިއްޖެނަމަ، ރަށްރަށަށް ކާޑާއި މުދާ ގެންދިއުމަށް ދަތިތަކެއް ކުރިމަތިވެ، ކާޑު ލިބުން ލަސްވެދާނެތީ ކާބޯތަކެތި ބޭނުން ކުރުމުގައި ސަމާލުވުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

ވިއްސާރައިގައި އުލިގަމުގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވެފައި

"ރަށް ރަށުގައި މިހާރު ހުރި ކާބޯތަކެތި، ހާއްސަކޮށް ކާޑުގެ ތަކެތި ބޭނުން ކުރީމަ މަދުވެދާނެ ކަމަށް ފާހަގަކުރެވޭތީ އެ ބޭނުން ކުރުމުގައި ވަރަށް ބޮޑަށް ހުށިޔާރުވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ކާޑުގެ ބާވަތްތައް އެއްވެސް ރަށެއްގައި މަދުވެފައިވާނަމަ، މި ދުވަސްވަރު އެކަން ކަމާ ބެހޭ ފަރާތްތަކަށް އެންގުމަކީ މުހިންމު ކަމެކެވެ. މިނިސްޓަރު ވަނީ ވިއްސާރައާ ގުޅިގެން ކަނޑުދަތުރު ކުރުމުގައި އިތުރަށް ރައްކާތެރިވުމަށް ވެސް އެދިވަޑައިގެންފަ އެވެ.

"އެއީ މީހެއްގެ ފުރާނަ އަކީ އެއްގޮތަކަށް ވެސް އޭގެ އަގު ދެވޭނެ އެއްޗެއް ނޫން. ގެއެއްގެ ފުރާޅު އެއްލާލީމަ މަރާމާތު ކުރެވިދާނެ. ނަމަވެސް މީހަކު ގެއްލިގެން ދިއުމަކީ އޭގެ އިހްސާސްތ ދައުލަތަށާއި އާއިލާ އަށް މިން ކުރެވޭނެ ކަމެއް ނޫން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު އާދަމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު

ވިއްސާރައާ ގުޅިގެން ރަށްތަކަށް ލިބެމުންދާ ގެއްލުންތައް ސަރުކާރުން ކައިރިން ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. ފެން ބޮޑުވާ ރަށްރަށް ފާހަގަކޮށްގެން އެ ރަށްރަށަށް ލިބޭ ގެއްލުން ކުޑަކުރަން މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމާންޑަރު ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވީ އެންމެ އާދަޔާ ހިލާފު ކަމަކަށް ފާހަގަ ކުރެއްވެނީ ކޮޅިގަނޑުގައި ގޮތް ނޭނގޭ މިންވަރަށް ވައިގަދަވުން ކަމަށެވެ. މިފަދަ ކަމެއް ދިމާވެއްޖެނަމަ، ކަނޑުމަތީގައި އޮންނަ އޮޑިއެއް ބަންޑުން ޖަހާލުން ގާތް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އޮޑީގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައިގެން ދަތުރުކުރަން ވެސް މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.

ބައިނަލްއަގުވާމީ ފަރާތްތަކާ ހަވާލާދީ މުހައްމަދު ވިދާޅުވީ އުލިގަމު އުތުރުން ގާތްގަނޑަކަށް 40 މޭލު ހުޅަނގު އުތުރުގައި ވަރަށް ވަރުގަދަ ކޮޅިގަނޑެއް އުފެދިފައިވާ ކަމަށާއި އެ ކޮޅިގަނޑުގައި އާދަޔާ ހިލާފު ބާރު މިނުގައި ވައި ޖެހެމުންދާތީ، އެ ސަރަހައްދާ ކައިރި ރަށްރަށަށް ވެދެވެން އޮތް އެހީތެރިކަމެއް ދެމުން އަންނަ ކަމަށެވެ.

"އިންޑިއާގެ ދެކުނު ބައްރުން ފެށިގެން ގޮސް ފޯޅަވެއްސާ ހަމައަށް އޮތީ ވަރުގަދަ ވިލާގަނޑެއް. އެހެންވެ، މޫސުމަށް ބަލައިގެން ދަތުރު ކުރަން ޖެހޭ،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.

ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ބުނީ ވިއްސާރައާ ގުޅިގެން މިހާތަނަށް 14 ރަށަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެންމެ ބޮޑު ގެއްލުމެއް ލިބުނު އައްޑު އަށާއި ގދ. ތިނަދޫ އާއި ފ. ނިލަންދޫ ބައެއް ގޭގޭގެ ފުރާޅު އެއްލާލާފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ. އަދި ބައެއް ރަށްރަށުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވަމުންދާ ކަމަށް އެ ސެންޓަރުން ފާހަގަކުރި އެވެ. އޭގެ އިތުރުން ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ދަނީ ހިނގަމުންނެވެ.

9 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 84%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވާލުސޮރު

02 June 2017

ރާއްޖެ މަރުކަޒީ ނިޒާމަށް ހިންގަން އުޅުނީމަ ޖެހޭ ދަތުރު ތިޔައީ. ކައުންސިލްތައް ބާރުވެރިކުރުވީމަ ކޮންމެ ރަށެއްގަ އެރަށެއްގެ ނިސްބަތުން ކާޑުގެ އެއް ހުންނާނެ. މައި ސަރުކާރުގެ ކަމަކަށް އޭރުން އޮންނާނީ އަގު ކޮންޓްރޯލްކުރުމާ ވާނުވާ ބެލެހެއްޓުން. އެހެންނޫނީ ކިތަންމެ ގަދަޔަސް ކޯސްޓްގާޑް ތަކުގަ ނޫނީ ހެލިކޮޕްޓަރުގަވެސް ޖެހޭނީ ރައްޔިތުންނަށް ކާޑު ފޯރުކޮށްދޭން. އެއީ އެންމެމުހިންމު އެއް އަސާސީ ހައްޤު.

The name is already taken The name is available. Register?

ބޯގޯސް

02 June 2017

ކޯންޗެއްތަ މިހަދަނީ؟ ތަރައްގީ އޭ ކިޔާ ފަހަތަށް އެތައްހާސް މޭލަކަށް ދިޔައިމަ އެވޭތަ ތަރައްގީއަށް؟ ފާއިތުވި އެއްވެސް ސަރުކާރަކުން ނާންގާ ކާޑު ރައްކާ ކުރާކަށް. މޫސުން ކިތަންމެ ގޯސްވިޔަސް ރަށްރަށަށް ކާޑު ގެންގޮސްދޭ.

The name is already taken The name is available. Register?

GAN Island

01 June 2017

މިނިސްޓަރ މިފަދަ ވާހަކަ ދައްކަވާ އިރު ތަންކޮޅެއް ފުންކޮށް ވިސްނެވުން ރަނގަޅު. ދާދިފަހުން Depression Symptom އާއި ބެހެ ގޮތުން ތިބޭފުޅާ ދެއްކެވި ވާހަކަ އިން މުޅު މީޑިޔާ ހެއްވާލި. . . . އަދި ދާދި ފަހުން ރާއްޖޭގެ ބައެއްހީމުން ''ޖިހާދު ކުރުމުގެ ނަމުގައި'' ބޭރު ޤައުމު ތަކުގައި ހަނޤުރާމަ ކުރަންދާ މައްސަލަ ބަލަމުން ދާކަމަށް ވިދާޅުވި. . އަދި ހަމަ ދީނީ ހަރުކަށިބައެއްގެ ހަމަލަ އެއް ނައި ކަމުގައި ވިޔަސް ''ސިޔާސީ ބޭނުމަށް ޓެރަރިސްޓް ހަރަކާތެއް ހިންގުމުގެ ބިރު ބޮޑު'' ކަމަށް ވިދާޅުވެ ފައިވޭ (ތިރީގައި ލިންކް ތައް އެވަނީ) . . . އެހެން ނަމަވެސް އިޤިރޭސިވިލާތާއި Australia އަދި އެމަރިކާ ފަދަ ޤައުމު ތަކުން ރާއްޖޭގައި ޓެރަރިސްޓް ހަމަލައެއްދީފާނެ ކަމުގެ ބިރުއެބައޮތް ކަމަށް ބުނެ އެކަންކަމަށް ސަމާލުވުމަށް އެޤައުމު ތަކުގެ ރައްޔިތުންނަށް ދެއްވި ލަފަޔަށް ރައްދުދެއްވަމުން ވިދާޅުވަނީ ''މުޅިން އެހެން ވާހަކަ ތަކެއް'' ކަން ހަބަރު ތަކުން އިގޭ. . . މިފަހަރު ވެސް މިއޮތީ އެފަދަ ވާހަކަ ތަކެއް ދައްކަވާފަ. ތިޔަ ބުނާ ރަށްރަށަކީ ތިބޭފުޅުން ކޮންޓްރޯލް ކޮށް ތިބޭފުޅުންގެ ބާރުގެ ދަށުގައި ތިބޭފުޅުން ދިންއެއްޗެއް މެނުވީ ނުކެވޭ ފަދަ ހާލެއްގައި މީހުން އުޅޭ ރަށްރަށް. . . އެމީހުންނަށް ތިއަންގަނީ މިރޯދަމަހުވެސް ރަށުގައި ހުރި ކާޑުކޮޅު ހުސްވެދާނެތީ ''ނުކައި'' ކާޑު ގުދަންކޮށްގެން ތިބުމަށް. . . ދައުލަތާއި ރައްޔިތުން ހިއްސާވާ ގޮތަށް އުފައްދާފައިވާ State Trading Organization އަކީ ކީއްކުރާ ތަނެއް. އަދި މިދައުލަތުގެ ބަޖޭޓް ގެ ބޮޑުބައެއް ޑިފެންސް ފޯހަށް ހަރަދުކޮށް Coast Guard އަށް މިލިޔަން ލިމިޔަން ރުފިޔާ ހޭދަކޮށްގެން ލޯންޗް ތައް ގަންނަނީ ރައްޔިތުން ބަނޑަށް ބައިތިއްބަންތޯ ؟؟ https://mihaaru.com/news/1609 https://mihaaru.com/news/1468

The name is already taken The name is available. Register?

ބޯހުދު

01 June 2017

އަސްލު މިފަހަރު ހުޅަނގު މޫސުމުގެ މާކުރިން، މެޓް އޮފީހުން ބުނެފި " މީ އާދައިގެ ހުޅނގު މޫސުމެކޭ " މެޓު އޮފީހުން ބުނާ އެއްޗެއް ދުވަހަކު ދިމާވިތަ؟ ކީއްކުރަން ބޮޑު މުސާރަ ދީފަ ހިންގާ ތަނެއް؟

The name is already taken The name is available. Register?

އިބްރާހީމް

02 June 2017

މެޓުން ބުނާނީ ލަފާ ކުރެވޭގޮތް...ލަފާ ކުރެވޭގޮތް ބަދަލުވެދާނެ..މީ ގުދުރަތީ ކަންކަން..ބޭކާރު އަނގަ ނުތަޅާ ސަވާބެއްލިބޭތޯ ހެޔޮކަމެއް ކޮށްބަލަ.

The name is already taken The name is available. Register?

ޔަގީން

01 June 2017

އަވަހަ އަވަށްޓެރި އިންޑިއާގެ އެހީ އައް އެދޭ........ޓިސްލައިފަ އެވެރިން އަންނާނެ.

The name is already taken The name is available. Register?

ހަމަސާބަސް

01 June 2017

އެހެން އަހަރުތަކުގައިވެސް މޫސުން ގޯސްވެ. ކާބޯތަކެއްޗަކަށް ނުޖެހެ. މޫސުމާލާފަތަ އެސް.ޓީ.އޯ އިން އަލުއްވާ ކުކުޅުބިސް ހޯކްސޭލް ކުރުން ހުއްޓާލީ. ފުށައް ދަތިވީ. ތިޔަކުރަން އުޅޭކަމެއް އަންގާލައިގެން އުޅެންވީއެއްނު. ރޯދަމަހު ދަތިކުރުމުގެ ފިޔަވަޅުއަޅަންތަ ތިޔައުޅެނީ. ހެޔޮ ފާހަގަ ވަކި ގޮޅިއެއްގައި ނުލީމަތަ މިހެން މިވަނީ. ހަމަސާބަސް

The name is already taken The name is available. Register?

އާދަނު

02 June 2017

އެޔޮތީ ވިދާޅުވެފަ އެހެން އަހަރުތަކާއި ޚިލާފަށް ވިއްސާރަ ދިގުލައިގެން އަދި ވިއްސާރަ ގަދަ ވާހަކަ..އެހެންވީމާ ކަނޑު ދަތުރުކުރަން އުނދަގޫވާނެ ވާހަކަ..ކޮންމެ ކަމެއް ސިޔާސީ ނުކޮށްބަލަ.

The name is already taken The name is available. Register?

އަހްމަދު

01 June 2017

"އެއީ މީހެއްގެ ފުރާނަ އަކީ އެއްގޮތަކަށް ވެސް އޭގެ އަގު ދެވޭނެ އެއްޗެއް ނޫން. ގެއެއްގެ ފުރާޅު އެއްލާލީމަ މަރާމާތު ކުރެވިދާނެ. ނަމަވެސް މީހަކު ގެއްލިގެން ދިއުމަކީ އޭގެ އިހްސާސްތ ދައުލަތަށާއި އާއިލާ އަށް މިން ކުރެވޭނެ ކަމެއް ނޫން،" އާދަމް ޝަރީފް ވިދާޅުވި އެވެ. ބޭފުޅާ ރިލްވާން ކޮބައިތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!