އިދިކޮޅު ފަރާތްތަކުން އާންމުކުރި މި ފޮޓޯ އިން ފެންނަނީ މަސީހުގެ މައްސަލައިގެ ލިސްޓުގައި ރަޝީދު ސޮއިކުރައްވާ މަންޒަރުކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ
04 ޖުލައި 2017 - 12:01
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅި މައްސަލާގައި އޭނާ ސޮއިނުކުރައްވާ ކަމަށް ވިދާޅުވި ފަހުން، އަމިއްލަ "ޝަކުވާތަކެއް"، އިސްދޫ ދާއިރާގެ އަހުމަދު ރަޝީދުގެ ރޭ ފުލުހަށް ހުށަހަޅުއްވައިފި އެވެ.
އެކަމަކު އޭނާ ހުށަހެޅުއްވީ ސޮއި ފޯޖްކުރުމުގެ މައްސަލަ ނޫން ކަމަށް، ފުލުހުން ބުނެ އެވެ.
ޕީޕީއެމްގެ 10 މެމްބަރަކު ހިމެނޭ ގޮތަށް ޖުމްލަ 45 މެމްބަރުންގެ ތާއީދާ އެކު މަސީހުގެ ވަކިކުރަން މަޖިލީހަށް އިއްޔެ ހުށަހެޅިއިރު ލިސްޓުގައި ރަޝީދުގެ ސޮއި ވެސް ހިމެނެ އެވެ. އެކަމަކު އޭނާ ފަހުން ވިދާޅުވަނީ އެ ލިސްޓުގައި ސޮއި ކުރައްވާފައި ނުވާނެ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން އޭނާގެ ސޮއި ފޯޖްކޮށްފައިވާ ކަމުގެ ތުހުމަތު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުން ކުރުމުން، އިދިކޮޅު ފަރާތްތަކުން ވަނީ ރަޝީދު ސޮއިކުރައްވަން އިންނެވި މަންޒަރު ކަމަށް ބުނެ ފޮޓޯއެއް އާއްމު ކޮށްފަ އެވެ. ދެ ހެކިންގެ ހާޒިރުގައި އޭނާ ސޮއިކުރެއްވި ކަމުގެ ވީޑިއޯ ވެސް އެބަހުރި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
އެނގިފައިވާ ގޮތުގައި ރަޝީދު ފުލުސް އޮފީހަށް ރޭ ވަޑައިގަތީ ޕީޕީއެމްގެ އިސް ބޭފުޅަކާ އެކު އެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ނުވަތަ ޝަކުވާއެއްކަމެއް، އޭނާގެ ފަރާތުން ސާފުވާ ގޮތެއް ނުވި އެވެ.
ފުލުހުންގެ ތަރުޖަމާން، ސުޕްރިންޓެންޑެންޓް އަހްމަދު ޝިފާން ވިދާޅުވީ ރަޝީދު ހުށަހެޅުއްވި "ޝަކުވާއެއް" ފުލުހުން މިހާރު ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އެއީ ސޮއި ފޯޖްކުރުމުގެ މައްސަލަ ނޫން ކަމަށް ވިދާޅުވި އެވެ.
ރަޝީދުގެ ސޮއި ވަގަށް ނެގި ކަމުގެ މައްސަލަ ފުލުހުންނަށް ހުށަނޭޅި ނަމަވެސް އެ މައްސަލަ ބަލައިދޭން މަޖިލީހުގައި އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ސޮއި ފޯޖުކުރި ކަމަށް ޕީޕީއެމުން ބުނި ނަމަވެސް އެއްވެސް މެމްބަރެއްގެ ސޮއި ގަދަކަމުން ނުވަތަ ވަގަށް ހޯދާފައި ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހުންނެވި އަހުމަދު ފާރިސް މައުމޫން ރޭ ވަނީ ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރަރެން
05 July 2017
މިގައުމުގެ ސިފައިނާއި ފުލުހުން ސިޔާސީވެ މުޅިގައުމު ހަލާކުވަނީ ރައްޔަތުން 5 ނަމާދަށް ފަރުވާތެރިވެ ﷲއަށް ދުއާކުރަންޖެހޭ މިކަމުން ގައުމާއި އިސްލާމްދީން ސަލާމަތްކުރުމަށް
މުހައްމާ
05 July 2017
މެންބަރު ރަޝީދުއަށް އަޅުގަނޑުގެ މަސްވަރާއަކީ ލަދަކާހެދި ތަދެއް ނުފިލާނޭ ބުނާހެން ބިރަކާލައިގެން މިނިވަން ނުވާނެކަން ހަދާކުރާށެވެ.
އަލީ
04 July 2017
ތިވާނީ އޭނާ ސޮއިކުރިތަން ފޮޓޯނަގާ ވީޑިޔޯކުރި މައްސަލަކަމައް.
ްޤުއްޓޭ
04 July 2017
ޤާރީން ދޮގުހަދާތަ! ސައި ހޮޓާ ފަދަ ތަންތާގައި ބައެއް މީހުން ބުނެ އުލޭ އަޑު އަހަމު. އެ ޤާރީ އަކީ ކުޑައިރުއްސުރެން ފެށިގެން މިއަދާއި ހަމައަށްވެސް ވަރަށް ބަސްނާހާ ޤާރީ އެކޯ!
ހަމަދު
04 July 2017
މިވެސް ޤާރީއެއްދޯ ދެން. ކީކޭ ބުނާނީވެސް ދެން. ތިހާ ފިނޑިމީހުން އެއްޗެހިގައި ސޮއި ނުކޮށްބަަަލަ
ރިހާނާ
04 July 2017
ފަަހަރެއްގައި ވެދާނެ ޕީޖީ ގުރޫޕުން ސޮއި ނުކުރާ ކަމަށް ބުނުމަށް މަޖުބޫރުކޮށް ފްރޭމް ކުރީމަ އެކަމުގެ ޝަކުވާކަމަށް
މޯޑް
04 July 2017
އެވާނީ ވަރަށް ވައްތަރު މީހެއްގެ ފޮޓޯއަކާ ވީޑިއޯއަކަށް. މިހާރުގެ ކުދިން ވަރަށް މޮޅުވާނެ. ވީޑިއޯ އާއި ފޮޓޯ އެހެން ހަދާފައިވެސް ހުރެދާނެ.
ބަލަބޭ
04 July 2017
އެއް ފަހަރު ބުނަނީ ސޮއެ ފޯޖްކޮށްފައޭ އަނެއްފަހަރު ބުނަނީ އެއީ އަސްލު ސޮއެއް ނޫނޭ. ގާރީގެ ވާހަކަ މިހާރު ދިމަލެއް ނުވޭ. ދެން ހެއްދެވިފަރާތް ގަންދީ ރައްޔަތުންގެ ކުރިމަތީގައި ބުނަންވީނުންތޯ ހަގީގަތް. ދެކޮޅަށް ނުދަމާ ކޮޅެއްގަ ޖައްސާ.
ކަލޯ
04 July 2017
މަޒް. ފުލުހުން މައްސަލަ ބަލާނަމަތާ ފުލުހުންނަނަށް ކަމެއްކުރެވޭނީ މައްސލަބަލަނީ ތަހްގީގުކުރަނީ ހެކި ހޯދަނީ ޝަރީޢަތްކުރަނީ ޙުކުމް އިއްވަނީ ތަފާތު މީސްމީހުންގެ ސިފަ އިޚްތިޔާރުކޮށްގެން އުޅޭ އެކަކެވެ.
މުނާ
04 July 2017
ވީޑިޔޯކުރި މައްސަލަ އުތަ؟ ކޮންމެސް މީހަކު ފެެނޭ ދޮގުހެދި މައްސަލަ ވެސް ހުށަހަޅަން. ބޭޒާރު ވެއްޖެތާ ދޯ؟ ދެން ލަލަލާ!!!!