ޚަބަރު / ޕީޕީއެމް

ވަހީދު، ސައުދު، އަމީތު އަދި ލަތީފް ޕީޕީއެމުން ވަކިވިކަން މަޖިލީހަށް އަންގައިފި

މަޖިލީހުގެ ހަތަރު މެމްބަރުން. (ކ-ވ) އަބްދުއްލަތީފް، ސައުދު، ވަހީދު އަދި އަމީތު.

18 ޖުލައި 2017 - 22:57

94 comments

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ ހަތަރު މެމްބަރަކު އެ ޕާޓީން ވަކިވެފައިވާކަން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް އަންގާފައިވާ ކަމަށް މިރޭ ބޭއްވި ޕީޕީއެމްގެ ކުއްލި ކައުންސިލްގެ ބައްދަލުވުމުގައި އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރައްވައިފި އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ މަޖިލިހުގެ މެމްބަރުކަމުން ވަކިވިކަން ރައީސް ޔާމީން އިއުލާން ކުރެއްވި ހަތަރު މެމްބަރުންނަކީ، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ކަމަށް "މިހާރު" އާ ވާހަކަ ދެއްކެވި ޕީޕީއެމްގެ ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.

"ވަހީދު، ސައުދު، އަމީތު، ލަތީފް ޕާޓީން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު މަޖިލީހަށް އަންގާފައިވާ ކަމަށް ރައީސް ބައްދަލުވުމުގައި ވިދާޅުވި،" ޕީޕީއެމް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.

އެ މެންބަރު ވިދާޅުވި ގޮތުގައި ވަހީދާއި އަމީތާއި ސައުދު އަދި ލަތީފް ޕީޕީއެމްގެ މެމްބަރުން ވަކިވުމުން، ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅި މެމްބަރުންގެ އަދަދު 42 އަށް ވުރެ ދަށް ވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެންކަމުން މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ބާތިލު ވާނެ ކަމަށާއި އެ ވޯޓެއް ނޯންނާނެ ކަމަށް ރައީސް ޔާމީން، ކައުންސިލްގެ މެމްބަރުންގެ އަރިހުގައި ވިދާޅުވި ކަމަށް ވެސް އެ މެމްބަރު ވިދާޅުވި އެވެ.

"ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގައި މިހާރު ހަތަރު މެމްބަރުން މަދުވާނެ ކަމަށް. ދެން މަޖިލިސް ފަށާނީ އެ ހަތަރު ގޮނޑި އަށް އިންތިޚާބުކުރާ ހަތަރު މެމްބަރުންނާ އެކު ކަމަށް ރައީސް ވިދާޅުވި،" މީޑިއާއާ މައުލޫމާތު ހިއްސާކުރެއްވި ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

ވަހީދާއި އަމީތާއި ސައުދު އަދި ލަތީފް ޕީޕީއެމުން ވަކިވުމުން، އެ ބޭފުޅުންގެ މަޖިލިހުގެ ގޮނޑި ގެއްލެންޖެހޭ ސަބަބެއް ރައީސް ޔާމީން ވިދާޅުވި ކަމެއް ނޭނގެ އެވެ.

ވަހީދާއި އަމީތު އަދި ސައުދު ވަނީ މީގެ ކުރިން އެ ޕާޓީން ވަކިކޮށްފަ އެވެ. ލަތީފަކީ ޕީޕީއެމުން އަމިއްލަ އަށް ވަކިވެވަޑައިގެންނެވި ބޭފުޅެކެވެ. އަދި ލަތީފް މަޖިލިހަށް ހޮވިވަޑައިގަތީ ވެސް އަނެއް ތިން ބޭފުޅުންނާ ޚިލާފަށް މިނިވަން މެމްބަރެއްގެ ގޮތުގަ އެވެ. އޭނާ ޕީޕީއެމަށް ސޮއިކުރެއްވީ އޭގެ ފަހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރި ހުކުމުގައި، އަމިއްލަ ގޮތުން މަޖިލިހަށް ހޮވޭ މެމްބަރުންގެ ވާހަކައެއް ބުނެފައެއް ނެތެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމަަށް ފަހު، އިތުރަށް ކަންކަން ސާފުކޮށްދިނުމަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނެރުނު އަމުރުގައި ބުނެފައި ވަނީ އެއީ މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫން ކަމަށެވެ.

ސުޕްރީމް ކޯޓުން އާދިއްތަ ދުވަހުގެ ރޭ ނެރުނު އަމުރުގައި ބުނީ އެއީ މާޒީއަށް ރުޖޫއަވެވޭ ގޮތަށް ރެޓްރޯސްޕެކްޓިވްކޮށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫންކަން، ހުކުމުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ. އަދި މި ހުކުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕާޓީތަކުގެ އަސާސީ ގަވައިދު އަދި އެހެން ގާނޫނަކުން ނުވަތަ ގަވައިދަކުން ވެސް ކަނޑައަޅާފައިވާ އިޖުރާއާތުތަކަށް ތަބާވުން އިސްތިސްނާ ކޮށްފައިވާ ހުކުމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

އެ އަމުރު ސުޕްރީމް ކޯޓުން ނެރުނީ މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން ހުކުމް ކުރުމުގެ ކުރިން ޕާޓީތަކުން ވަކިވެ އަދި ވަކިކޮށްފައިވާ މަޖިލިސް މެންބަރުންގެ ގޮނޑި ވެސް ގެއްލޭނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަނިކޮށެވެ.

94 ކޮމެންޓް, 138 ރިއެކްޝަންސް

icon happy icon happy 13%
icon sad icon sad 2%
icon angry icon angry 85%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮވެލި

19 July 2017

ރައްޔިތުންގެ މަޖިލީސް. ރައްޔިތުން ފެންނަނީ ވޯޓުލާންވީމަ. ދެން ނިންމާ ކޮންމެ ނިންމުމެއް ނިންމަނީ މެންބަރު ބޭނުންފުޅު ގޮތަކަށް ނޫނީ ޕާޓީ ބޭނުން ގޮތަކަށް. ރައްޔިތުން ވޯޓުދިން ފިކުރުން ވަކިވެ އެހެން ޕާޓީއަކަށް ވެސް ވަންނަންވީ، ރައްޔިތުންނަށް ލާބަހުރި ގޮތް ދޫކޮށް ވޯޓު ވިއްކާލަންވީ. އެކަމަކު ވެސް ރައްޔިތުންގެ މަޖިލީސް،. މަ ކިޔާނީ މެންބަރުންގެ މަޖިލީސް. ވެދުން

The name is already taken The name is available. Register?

އަހައްމާ

19 July 2017

ހާދާ ވަރުގަދަ މަސީހު އެކެ ދޯ ؟ މި ގައުމުގައި ފުލުހުންނާއި ސިފައިން މިކުރަނީ ކީއްތޯ ؟ މާތްﷲ ގައްދީ ހުވާކޮށް ގާނޫނާއި ގާނޫނު އަސާސީ ޚިލާފަ ކަމެއްނުކުރުމަށާއި ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދަމަހައްޓާނަމޭކިޔާ މިކުރަނީ ކީއްތޯ ؟ މިއަދު ގާނޫނޭ ގަވާއިދޭ ރައީސޭ ކިޔާނެއެވެ. އެހެން ނަމަވެސް މާތްﷲ އީ ކުޅަދުންވައްތަ ރަސްކަލާގެއެވެ. ސަދޫމް ހެއްދެވިގޮތް ތިބޭފުޅުން ހަނދުމަފުޅު ނެތީ ތޯ ؟ އޭރުވެސް ކުޅަދުންވައްތަ ރަސްކަލާނގެ މިއަދުވެސް ކުޅަދުންވައްތައެވެ. އަދުލް އިންސާފު ނުލިބުމާއި އަނިޔާވެރިވުން މިވަނީ ހައްދުފަހަނާ ގޮސްފައެވެ. ސިފައިންނާއި ފުލުހުން ރައްޔިތުން ހިމާޔަތް ކުރަށް ނުކުންނާކަށް ނުވޭތޯ ؟

The name is already taken The name is available. Register?

އަހުމަދު

19 July 2017

މަޖުލިހަށްއަންގަނީ ޕީޕީއެމްއޮފީހުންތަ ނޫނީ އިލެކްސަނުންތަ ދެތަނުންވެސް ތަ.

The name is already taken The name is available. Register?

އެދެނީ

19 July 2017

މިމީހުންނަށް އަހަރެމެން ހޮވި ދާއިރާގައިވެސް މަޑުކޮށްލަން ނުކެރުންދޯ ! ކެންޕޭނު ދުވަސްވަރު ބުނި ސަރުކާރަށޭ އެއްބާރުލުން ދޭނީ ބަހާޢަމަލާވެސް ދިމާނުވިތާ

The name is already taken The name is available. Register?

އަލީ

19 July 2017

ހަމަ ރަނގަޅައްވެސް މޮޔަވެއްޖެ

The name is already taken The name is available. Register?

އިބޫ

19 July 2017

ހަހަހަހަ ރައސް ވެސް ދެން 42 ދެކެ ބިރުންދޯ ދަންނަވަންތޯ އަމިތު، ވައްޑޭ، އަކީ މަޚުރިން ތިޔަ ޕާޓި އިން ވަކި ކޮށްފައި ތިބި ބަޔެކޭ.. ދެން ސައުދު އާއި ލަތީފު ވެސް ވަނީއ ަމިއްލަ އަށް ތޮޔަ ފެކްޝަނުން ވަކިވެފަ. ދެން ލަތީފު އަކީ އަމިއްލަ ގޮތުން ހޮވުނު މެމްބަރެއް ކަމުން، ސްޕްރީމް ކޯޓުގެ ބޮދު ހުކުމް އަށް ބަލާއިރުވެސް ގޮނދީ ގެއްލޭނެ މެމްބަރެއްނޫން... ވެދުން

The name is already taken The name is available. Register?

ޒިންދާބާދު

19 July 2017

ރައީސް އަކަށް ނޯންނާނެ ސްޕްރީމް ކޯޓުން ކުރި ހުކުމް އަށް ތަބާނުވުމަށް ދެއްކޭނެ އެއްވެސް ހުއްޖަތެއް. އެއަށްވުރެ ސްޕްރީމް ކޯޓުގެ ހުކުމް މާ ސާފު. އަދި އެ ހުކުމަށް ތަބާނުވާނަމަ ކޯޓު ތައް ޙުރުމަތް ރައްކާތެރި ކުރުމުގެ ގަވާއިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅެއް އަޅަން ސްޕްރީމް ކޯޓު އޮތީ ތައްޔާރަށް. އެހެންވީމަ މަނިކުފާނަށް ހެއްދެވޭ ގޯސްތަކުގައި ކޯޓުތައް ބަދުނާމުވާ ގޮތައް އަމަލު ނުކުރައްވާ. ތިޔަ ވިދާޅުވާ މެމްބަރުން މަޖިލީހުން ވަކިވާނަމަ ވަކިވަނީ ކީއްވެގެންކަން ވަރަށް ސާފުކޮށް އެމެމްބަރުން ނަށް މަޖިލީހުގެ ރައީސް ލިޔުމަކުން އަވަހަށް އަންގަވާ. އޭރުން އެ ހަތަރު މެމްބަރުންނާއި އެ މެމްބަރުން ގެ ދާއިރާގެ ރައްޔިތުންގެ ފަރާތުން ސްޕްރީމް ކޯޓުގެ ސަމާލުކަމަށް ތިކަން ގެނެސް މަޖިލީހުގެ ރައީސް ސްޕްރީމް ކޯޓުގެ ހުކުމަށް ފާޅުގައި ގޮންޖެއްސެވި ކަމަށް ސާބިތުކުރެވޭނީ. އެހެން ކަމުން މަޖިލިސް ރައީސް އަވަހަށް މިކަން އަންގަވާ ދެއްވާ. އެހެން ނޫންނަމަ އެ ހަތަރު ދާއިރާގެ ރައްޔިތުންގެ ޙައްގު ގެއްލިގެން ހިގައިދާނެ. މިކަމުގައި އާޒިމާ ޝުކޫރު އާ އެޓާނީ ޖެނެރަލްގެ ބަހެއްލިބޭތޯ ބައްލަވާ ދެއްވާނީ ކޮން ކުއްޖެއް؟

The name is already taken The name is available. Register?

ހެޔޮބަސް

19 July 2017

ސުޕްރީމް ކޯޓަށް އިތުބާރު ނުކުރާށެވެ.ކަންތަށް ތަށް ދަނީ އިތުބާރު ކުރެވޭ ގޮތަކަށް ނޫނެވެ.

The name is already taken The name is available. Register?

ގެދާނޯމޮސް

19 July 2017

4 މެންބަރުން ގެ ގޮނޑިއެއް ނުގެއްލޭނެ އެގޮނޑިތައް އަދިވެސް އެބަހުއްޓެވެ. އަދި އެކަމާ ނުނިދިގެން އުޅޭކަށް ނުޖެހެއެވެ. އެކަމަކު ދެން މަޖިލީހުން ދެއްވާ މުސާރަ ނުލިބޭނެ ވާހަކަ ވަރައް ހިތާމަޔާއެކު ދަންނަވަމެވެ.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

19 July 2017

ހިތުން ވަރަށް މޮޅު އެއްޗެއް ދޯ ތިބުނީ؟ ގޮނޑި ގެއްލުމޭ ބުނާ ބަހުގެ މާނަ ނޭނގޭ ކޮހަކަށް އަދި އަމުދުން ގާނޫނީ މައްސަލަ ތަކުގައި ވާނުވާ އެނގޭނެބާ؟

The name is already taken The name is available. Register?

ފުވައްމުލަކި މީހާ

19 July 2017

ތިޔަ ނިންުމުމަކީ ގާނޫނީ އެއްވެސް ބުރަދަނެއް ހުރި ނިންމުމެއް ނޫންކަން ތިވާހަކަ އިއުލާނު ކުރިމީހާއާއި އެންމެ ކުޑަކއްޖާއައްވެސް އެގޭނެއެވެ. ތިއީ އަހަރުގެ އެންމެ ބޮޑު ޖޯކު. ދިވެހި ރައްޔިތުން ވެރިން އިސްކުރަނީ ކޮމެޑީ ފިލްމު ކުޅެންކަން އަދި ކިރިޔާ މި އެގުނީ.

The name is already taken The name is available. Register?

ދެލޮލުގެ ދުރުމި

19 July 2017

2018 ގެ ރިޔާސީ އިންތިޚާބު؟؟؟؟؟؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454