ފޮރިން މިނިސްޓަރު އާސިމް (ވ) އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ މިއަދު ބައްދަލު ކުރައްވަނީ
11 ޖެނުއަރީ 2018 - 17:40
ރާއްޖެއިން އިންޑިއާއާއެކު އެކު ބާއްވާ ގާތްގުޅުމާ މެދު ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖްއާ މިއަދު ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސް ޕާސަން ރަވީޝް ކުމާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ޚާއްސަ މަންދޫބެއްގެ ގޮތުން މިހާރު އެ ގައުމަށް ވަޑައިގެން އުޅުއްވާ އާސިމް އާއި ސުޝްމާގެ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށެވެ.
އެ ބައްދަލުވުމުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށް ރައީސް ޔާމީން ގެންގުޅުއްވާ "އިންޑިއާ ފަސްޓް" ޕޮލިސީ އާއި އަވަށްޓެރި ގައުމުތަކާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރުމަށް އެ ގައުމުން ގެންގުޅޭ "ނެއިބަހުޑް ފަސްޓް" ޕޮލިސީއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. .
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް އެ ގައުމަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން މިނިސްޓަރުގެ މި ދަތުރުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންްދުރަ މޯދީއާ ވެސް ބައްދަލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމަށް މިހާރު ބުރޫއަރާފައިވާ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައިވެ އެވެ. މި ވާހަކަތައް ބޮޑަށް ގަދަވީ، ރާއްޖޭން ޗައިނާއާ އެކު ގާތްގުޅުމެއް ބާއްވައި އަދި މި ފަހުން، އެ ގައުމާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމްކުރުމުންނެވެ.
އެކަމަކު ރަސްމީކޮށް ދެ ގައުމުގެ އިސް އޮފިޝަލުން ވެސް ވިދާޅުވަމުން ގެންދަވަނީ ގުޅުން ގޯސް ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮށާ
11 January 2018
އިންޑިއާއާއި ރާއްޖޭގެ ގުޅުން ބަދަހިކުރަން ކުރަންޖެހޭ ކަމަކީ މާލޭ ގެއަކަށް ކުލިދައްކާފަނޫނީ އިންޑިއާ މީހުނަށް ރާއްޖެ އެތެރެނުވެވޭ ގޮތަށް ގަވާއިދު އިސްލާހުކުރުމެވެ. އަދި އިންޑިއާ ބަޔަަކު ރާއްޖޭގެ ކޮންމެތާކު އުޅުނަސް މަހުން މަހަށް މާލޭ ގެއަކަށް ކުލިދައްކަންޖެހޭގޮތަށް ހެދުމެވެ.