18 ޖެނުއަރީ 2018 - 14:46
ތާޖުއްދީން ސްކޫލް (ޓީއެސް) ގައި އަންގާރަ ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި ދެ ކުދިންގެ ތެރެއިން 14 އަހަރުގެ ކުއްޖާ އާއިލާއާ ހަވާލުކޮށް 15 އަހަރުގެ ކުއްޖާގެ ބަންދަށް 10 ދުވަސް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ދެ ދަރިވަރަކަށް ދިން ހަމަލާތަކާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ތާޖުއްދީން ސްކޫލުގައި ކުއްޖެއްގެ ބޮލަށް ކަތުރެއް ހަރާލުމާއި ދަރުމަވަންތަ ސްކޫލްގެ ދަރިވަރުގެ ގަޔަށް ވަޅިހެރުމާ އެއްވެސް ގުޅުމެއްނެތް ކަމަށެވެ.
ޝިފާން ވިދާޅުވީ އެ ދެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ދެ ދަރިވަރަކަށް ދީފައިވާ ހަމަލާއާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު ޝިހާމް (ވ). -- ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ތާޖުއްދީން ސުކޫލުގެ ގްރޭޑް 10ގެ ދެ ދަރިވަރުން ދެމެދުގައި ހިނގި ހަމަނުޖެހުމާއެކު އެތަނުން އެއް ކުއްޖަކު ސްކޫލުން ނުކުމެގެން ގޮސް އިތުރު މީހަކާއެކު ސްކޫލް ތެރެއަށް ވަދެ ހިންގި މާރާމާރީގައި ބޮލަށް ކަތުރު ހެރިގެން ޒަހަމްވި ކުއްޖާއަށް ސީރިއަސް އަނިޔާއެއް ނުލިބެ އެވެ.
TS ge maaraamaaree: Zahamkohlee hamanujehumai gulhumeh neiy dharivareh
The most trusted news source in the Maldives
Mihaaru
ތާޖުއްދީން ދަރިވަރަށް ދިން ހަމަލާގެ ތަފްސީލް--
ދަރުމަވަންތަ ސްކޫލްގެ ދަރިވަރަށް ވަޅިން ހަމަލާދިނުމުގެ އިތުރުން އޭނާގެ ބޮލަށް ވެސް ވަނީ އަނިޔާތަކެއް ދީފަ އެވެ. އަދި އަތުގެ ދެ އިނގިލި ވަނީ ބިނދިފަ އެވެ. ފަރުވާ ދިނުމަށް ފަހު އެ ކުއްޖާ ވަނީ ގެއަށް ދޫކޮށްލައިފަ އެވެ. ފަސް މީހުންގެ ގުރޫޕަކުން ދިން މި ހަމަލާއާ ގުޅިގެން އަދި މީހަކު ހައްޔަރު ކުރި ކަމެއް އެނގިފައެއް ނުވެ އެވެ.
UPDATE: Zahamvi Dharumavantha dharivarah vanee bodethi aniyaathakeh libifai
The most trusted news source in the Maldives
Mihaaru
ދަރުމަވަންތަ ދަރިވަރަށް ހަމަލާދިނުން-
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހުސައިން ޢަލީ
19 January 2018
ކޮން 14 އަހަރެއް 15 އަހަރެއް ކިޔާކަށް؟ މި ރާއްޖޭގައި ކުޑަކުދިން ކަމަށް ކަނޑަ އަޅާ އުމުރު ބަދަލުކުރަން ވެއްޖެ. މީދެން މި ޤަޢުމަށް ޖެހިފައިވާ މުސީބާތެއްތަ؟
ހަސަން
19 January 2018
ވަރަށް ސީދާސާދާ ކޮށް މިބުނަނީ .. ދިވެހި ފުލުހުންނަކީ ފެއިލްވެފަ އޮތްބަޔެއް. އެއްވެސް ޤާބިލުކަމެއް ނެތް. ސަރުކާރުން ބުނާގޮތަށް ސިޔާސީމީހުން ފަހަތުންދުވެ، އެމީހުން އަނދަގޮޑި ޖައްސާފަތިއްބުން ކަމެއް ކުރާކަށެއް ނުއެނގޭ. ގިނަ ފުލުހުންނަކީ ލިބޭ މުސާރަޔާ ފްލެޓް ލިބޭތީ އަމިއްލަ ޡޮމީރު ވިއްކައިލައިގެން ތިބި މީހުން. މިމީހުން ދެކޭ ގޮތުގައި އެމީހުން އެއަދާކުރަނީ ވަޒީފާ ، ބޮޑު މީހާއަށް ކިޔަމަން ވީމަ ދެން އެނިމުނީ.
ހޭކެނޑޭ
18 January 2018
ތި ޖަރީމާ ތައް ހިންގި ކުދިންގެ ވަނަވަރު ހާމަ ނުކުރަން މި އުލެނީ ކީއްވެބާ! އަނޑު ތައް އިވޭގޮތުން ކޮންމެވެސް ބޮޑުމީހެއްގެ ދަރިއެއް މި ކަމުގައި ޝާމިލް ވާކަމަށް ސައި ހޮޓާ ތަކުން ނާއި ކެފޭ ފަދަ ރެސްޓޯރަންޓް ތަކުން މަމެން އަނޑު އަހަމު.