ޚަބަރު / މެމްބަރު އާދަމް ޝަރީފް (މަޑުއްވަރި)

ސަރުކާރު ވައްޓާލަން އުޅޭ ކޮންމެ ބަޔަކަށް ގާނޫނީ ފިޔަވަޅު އަޅާނަން: ޑިފެންސް މިނިސްޓަރު

ދިވެހި ސިފައިން ބޭއްވި ހަރަކާތެއް، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް (ކ) އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް ބައްލަވަނީ.---ފައިލް ފޮޓޯ: މިހާރު

26 ޖެނުއަރީ 2018 - 06:20

50 comments

ސަރުކާރު ވައްޓާލަން އުޅޭ ކޮންމެ ބަޔަކާ މެދު ވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ރޭ އިންޒާރު ދެއްވައިފި އެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަރު މި އިންޒާރު ދެއްވީ، މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ވެސް ވެރިކަން ބަދަލުކުރަން ބޭނުންވާ ކަން ދޭހަވާ ގޮތަށް، އިދިކޮޅު ހަރަކާތުން ރޭ ބޭއްވި ޖަލްސާގައި މައުމޫނާއި އިބޫ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

ކުނޫޒްގައި ރޭ ބޭއްވި ޖަލްސާގައި އިބޫ ދެއްކެވި ވާހަކައަށް މައުމޫން ވަނީ ތާއީދު ކުރައްވައިފަ އެވެ. މައުމޫން ފާހަގަކުރެއްވި ގޮތުގައި އެ މައުލޫއުގައި އިބޫ ދެއްކެވީ އެމަނިކުފާނަށް "ވަރަށް ކަމުދިޔަ" ވާހައެކެވެ.

މައުމޫން ވިދާޅުވީ، މިހާރުން މިހާރަށް ވެސް ކަންކަން އިސްލާހު ކުރަންޖެހޭ ކަމަށާއި "ވަކި އިރެއް އަންނަންދެން މަޑުކުރާނެ ކަމެއް ނެތް" ކަމަށެވެ.

"ކީއްކުރަންތޯ މަޑުކުރަންވީ؟ އަދި ތި ބުނާ އިންތިޚާބަކީ ބޭއްވޭނެ އިންތިޚާބެއް ކަމެއް ވެސް ނޭނގޭ. އަދި އިންތިޚާބު ބޭއްވިޔަސް ކިހިނެއް ކަމެއް ނަތީޖާ ދާނީކީ ނޭނގޭ. ކޮން ކަހަލަ ކަމެއް ކަމަށް އޭގެ ތެރޭގައި ހިމެނިގެންދާނީކީ ނޭނގޭ. އެހެންވީމާ އިންތިޚާބެކޭ ކިޔާނެ ކަމެއް ނެތް،" މި އަހަރުގެ ރިޔާސީ އިންތިޚާބާ މެދު އުންމީދެއް ނެތް ރާގެއްގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޖަލްސާގައި މައުމޫނާއި އިބޫ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އެމަނިކުފާނު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެއްބަސްވާ އެއް ކެންޑިޑޭޓަކު ނެރުން މުހިންމު ކަމަށާއި އެކަމަކު "އެހެން ކިޔާފައި މަޑު ތިބެގެން ނުވާނެ" ކަމަށެވެ.

"އެއީ ޖުލައިގައި ވިޔަސް އޮގަސްޓްގައި ވިޔަސް ޑިސެމްބަރުގައި ވިޔަސް ނުވަތަ މި އަންނަ އަހަރު ކަމުގައި ވިޔަސް އަދި [އިންތިޚާބު] ނަޔަސް އިންތިޚާބަކަށް މަޑުކޮށްގެނެއް ނުވާނެ. އިސްލާހު ގެންނަންޖެހޭ ބަޔަކު ގެންނަންޖެހޭނީ ހަމަ މިހާރު. އެ އަމާޒު ފައްގަނޑު ދުރުގައި އޮތް ނަމަވެސް، އޭގެ ކުރިން ވެސް ގެންނަންޖެހޭ ބަދަލުތައް ގެންނަމާތޯއޭ،" މައުމޫން ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ގައުމުގެ ހާލަތު މިހާރު އޮތް ހިސާބުން، އިސްނެގުން ފެންނަން ޖެހެނީ ހަމައެކަނި ސިޔާސީ ބޭފުޅުންގެ ފަރާތުން އެކަންޏެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި ސިވިލް ސާވިސް އާއި މިނިވަން މުއައްސަސާތަކާއި ޝަރުއީ ދާއިރާ އަދި ސަލާމަތީ ޚިދުމަތްތަކުގެ ތެރެއިން ވެސް އިސްނެގުން ފެންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެން އެކީގައި ގުޅިގެން ނޫނިއްޔާ މި ގައުމު މިހާރު މިއޮތް ހިސާބަކުން ސަލާމަތް ކުރެވޭނެ ކަމަކަށް، ދެންމެގައި އޮނަރަބަލް ގާސިމް އިބްރާހީމް ވިދާޅުވި ފަދައިން އަޅުގަނޑުމެންނަކަށް ނުފެނޭ،" މޭ 1، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހައްޔަރު ކޮށްފައި ހުންނަތާ 1،000 ދުވަސް ފުރުމާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވި އެވެ.

މައުމޫނާއި އިބޫގެ މި ވާހަކަތަކާ ގުޅިގެން، ޕީއެސްއެމާ ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ގާނޫނުގެ ބޭރުން ދިވެހި ސަރުކާރު ބަދަލުކުރުމަށް ސިފައިންނާއި ފުލުހުން ފުރުސަތެއް ނުދޭނެ ކަމަށެވެ. އަދި ވިދާޅުވީ ބަޣާވާތް ކުރުމުގެ ފުރުސަތެއް ނުދެއްވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދިވެހި ސިފައިން މާލޭގައި ކުރިއަށް ގެންދިޔަ ތަމްރީންތަކެއްގައި ސިފައިންގެ ދެ މީހަކު ހަތިޔާރާއެކު ހަރަކާތްތެރިވަނީ.---ފޮޓޯ: މިހާރު

"ބޭނުންހާ ގޮތަކަށް ރާއްޖޭގެ މަސްރަހު ކިލަނބު ކުރާކަށް ފުރުސަތެއް ނުދޭނަން. އަދި ރާއްޖޭގައި އޮތް ސުލްހަ މަސްލަހަތު ނަގާލަން އުޅޭ އެއްވެސް ބަޔަކަށް އެ ފުރުސަތު ނުދޭނަން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

މައުމޫން ރޭ ފާހަގަކުރެއްވި ގޮތުގައި ރިޔާސީ އިންތިޚާބުގެ ކުރިން ވެސް ކަންކަން އިސްލާހު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ގާނޫނީ ވާޖިބު އަދާކުރެވޭނެ ގޮތް ހަދައިދީގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، މައުމޫން ވިދާޅުވީ އެ ބޭފުޅުންގެ ގޮނޑިއާ މެދު ޝައްކެތް އުފެދުނަސް އެއާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށެވެ. އެކަމަކު އެބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ރާއްޖޭގެ އެންމެ މަތީ ކޯޓުން ކަނޑަނާޅާ ކަން މައުމޫން ފާހަގަކުރެއްވި އެވެ.

ރޭގެ ޖަލްސާގައި މައުމޫން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އެހެންވީމާ އެބޭފުޅުން ތިއްބަވައިގެން މަޖިލީހުގެ ޖަލްސާ ކުރެވެން ވާނެ. ވަރަށް އަވަހަށް ކުރެވެން ވާނެ. މަޖިލީހުގެ ޖަލްސާތައް ކުރެވިގެން، އެ ޖަލްސާތަކުން އަޅުގަނޑުމެން ބޭނުންވާ އިސްލާހުތައް ގެނައުމަށް ބޭނުންވާ ކަންތައްތައް ފާސްކޮށްދެއްވައި ކުރިއަށް ގެންދަވަން ވާނެ. އެއީ އަޅުގަނޑު މި ދަންނަވާ ވާހަކައަކީ،" އިދިކޮޅު ހަރަކާތުގެ އިސް ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މައުމޫން ވިދާޅުވި އެވެ.

މި އަހަރު ފެށުމާ ދިމާކޮށް ދެއްވި މެސެޖުގައި ވެސް މައުމޫން ވިދާޅުވެފައި ވަނީ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރައްޔިތުންގެ މަޖިލިސް މިނިވަން ކުރަން ކަމަށެވެ.

މައުމޫންގެ އާ އަހަރުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ ގާނޫނާއި ގަވާއިދުގެ ދަށުން ކަންކަން ނިންމުމުގެ ހުރިހާ ބާރެއް ރައްޔިތުންގެ މަޖިލިހަށް އަލުން މި އަހަރު ހޯދައިދޭން ޖެހޭނެ ކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ވެރިކަން މިނިވަން، ޑިމޮކްރެޓިކް އަދި ގާނޫނީ ވެރިކަމަށް ބަދަލުކުރަން ގާނޫނުތަކަށް ބަދަލުތައް ގެނައުމަކީ ވެސް މި އަހަރުގެ އަމާޒެކެވެ.

50 ކޮމެންޓް, 88 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 0%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އުމަރު

27 January 2018

ގާނޫނުތަކާއި ހިލާފަތް ސަރުކާރު ހިންގަން ފުރުސަތުދެނީ ކީއްވެގެން؟

The name is already taken The name is available. Register?

ދުންނި

27 January 2018

ޤައުމު ހަލަބޮލިކޮށްލުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދިނުމަށް ގޮވާލަން. މަގުމައްޗަށް ނިކުމެގެން ތަރައްޤީއެއް ނުގެނެވޭނެ.

The name is already taken The name is available. Register?

ކަހުރަބު

27 January 2018

މީގެކުރިން ސަރުކާރެއް ވެއްޓުނުނަމަ ވެއްޓިފައޮތީ ޑިފެންސްމިނިސްޓަރ ފުރުސަތު ދެއްވައިގެންތޯ؟. ނޫނީ ހަދާނެގޮތްހުސްވެގެންތޯ؟.

The name is already taken The name is available. Register?

ފަރިހި

27 January 2018

ޝިޔާމަކީ އިސްވަޒީރު ށިޔާމު އަންގާ ކަންތައްތައް ކުރަންޖެހޭނެ

The name is already taken The name is available. Register?

falaku ain

26 January 2018

ޑިފެންސްގައި ގައުމީ މަސްލަޙަތާއި ސިފައިންގެ ވާޖިބު ނުދަންނަ މީހުން ތިބިއްޔާ ތިބުނި ގޮތަށް ވެދާނެ. ލަޔާގަތާ ނުގުޅޭ ވަޒީފާގައިތިބޭ މީހުން އަބަދުވެސް ވެރިމީހާ ރުއްސޭތޯ ބަލާނީ. ގައުމަށްވުރެ ވެރިމީހާ ފަހަތުން ދުވާނީ. ބޮޑުގޮނޑީގައި ބައިސާ ކަނޑަން އިދެވޭ ދުވަސް ނިމުމަކަށް އަންނަނީ.

The name is already taken The name is available. Register?

ޥިސްލް ބުލޯ

26 January 2018

ކުރިންވެސް ދިން ތިބޭފުޅުން ތިބެގެން ދެންވެސް ހަމަދޭން ޖެހޭނީ

The name is already taken The name is available. Register?

ހުސެން

26 January 2018

ގައުމުތަކުގެ ސަރުކާރުތައް ވައްޓާލަނީ ފުރުސަތުދިނީމަކާނޫނޭ މިވަރުނުދަންނަ މީހުން ޑިފެންސްމިނިސްޓަރުކަން ކުރާނީކިހިނެއްތޯ

The name is already taken The name is available. Register?

ވައްޓާ

26 January 2018

ކޮންމެ ގައުމެއްގައިވެސް ސަރުކާރު ވައްޓާލުމަކީ ބޮޑުވެގެންވާ ކުށެކެވެ. އެކަމަކު ވެއްޓިއްޖެއްޔާ ވައްޓާލިބަޔަކަށް އަދަބު ދޭން އެސަރުކާރެއް ނޮއޮވެއެވެ. ވައްޓާލިމީހުން އާ ސަރުކާރެއް ގާއިމުކޮށް ކުރީގެ ސަރުކާރު މީހުން ޖަލުގެ ތޭރިތަކުގެ ތެރެއަށް ލައެވެ.

The name is already taken The name is available. Register?

ޤއމދ

26 January 2018

މެސްްރޫމަށް ވަނދެވޭތޯ ބަލާބަލަ އާދަންބޭ.

The name is already taken The name is available. Register?

ކެޕްޓަޫ

26 January 2018

އާދަނޫ... މިހާރުވެސް މަނިކުފާނަށް ވުރެ ކާރނަލް ނާޒިމްގެ މަޤުބޫލުކަން ބޮޑު އެމްއެންޑީއެފް ތެރޭ. ނާޒިމްއާއި އެއްކޮޅަށް އަރާނެ މީހުން މިހާރުވެސް ގިނަވާނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454