ޕީޕީއެމުން ރޭ މާލޭގައި ބޭއްވި ޖަލްސާގައި ޒަމީރާއި ޕީޕީއެމާއި އެ ޕާޓީގެ ކޯލިޝަންގެ ބައެއް އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
30 ޖެނުއަރީ 2018 - 08:23
ދައުލަތަށް ދައްކަން ޖެހޭ ފައިސާއެއް ނުދީގެން އެއްވެސް ކުންފުންޏެއް ނުވަތަ ވަކި ވިޔަފާރިވެރިއަކާ ޖައްސާލައިގެން ނޫޅޭ ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕްގެ ފަހަތުން ވެސް ނުދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ޒަމީރު ވިދާޅުވީ ރާއްޖޭގެ ވިޔަފާރިތައް ކުރިއަރަމުން އައި ނަމަވެސް، ސަރުކާރަށް އޮތް ގޮންޖެހުމަކީ ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ބައެއް ފަރާތްތަކުން ޓެކްސް ނުދެއްކުން ކަމަށެވެ. މިސާލެއްގެ ގޮތުގައި ޒަމީރު ނެންގެވީ ވިލާ އިން ދައުލަތަށް 2.9 ބިލިއަން ރުފިޔާ ދައްކަން އޮތުމެވެ. އެކަމަކު ވިލާ އިން އެކަން ދޮގުކުރެ އެވެ.
ޒަމީރު ވިދާޅުވީ ވިލާ އިން ޓެކްސް ނުދެއްކުމުން އެ ކުންފުނީގެ ރިސޯޓުތަކާ ދެކޮޅަށް ފިޔަވަޅު އެޅީ ދެން ތިބި ވިޔަފާރިވެރިންނާއި ރާއްޖޭގެ އިގްތިސާދުގެ ހައްގުގައި ކަމަށެވެ.
ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީނާއި މިނިސްޓަރު ޒަމީރު އަދި އެހެން އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފައިވާ ގޮތުގައި ވިލާގެ ހަތަރު ރިސޯޓަކުން މިދިޔަ މާޗު މަހުން ފެށިގެން ޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި 5.1 މިލިޔަން ޑޮލަރު ނުދައްކާ އެބަ އޮތެވެ.
ޒަމީރު ވިދާޅުވި ގޮތުގައި ސަރުކާރު ބަދަލުވާ ދުވަހަކުން، ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކަން ނުޖެހޭ ގޮތަށް ކަނޑައަޅައި ބަދަލުކޮށްލާ ނަމަ، ރާއްޖޭގެ ވިޔަފާރި އާއި ތަރައްގީ ހަލާކުވެގެންދާނެ އެވެ. އަދި އެ ފުރުސަތު ރައްޔިތުން ދީގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި އެއްޗެހި ކޮމްޕްރޮމައިޒްވާ ގޮތަށް އެއްވެސް ބަޔަކު ފުރުސަތު ދީގެން ނުވާނެ. އެ ތަންތަނުގެ މުވައްޒަފުން ވެސް އެ ފުރުސަތު ދެއްވައިގެން ނުވާނެ. އާހިރުގައި އެންމެ ގެއްލުންވާނީ އެ މުވައްޒަފުންނަށް،" ވިލާގައި މަސައްކަތް ކުރާ 5،000 މުވައްޒަފުންނަށް އިޝާރާތް ކުރައްވައި ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ މީގެ 13 އަހަރު ކުރިން ވިލާ އަށް ދޫކުރި ފަސް ރަށެއްގައި ރިސޯޓު ނުހެދުމުގެ ސަބަބުން ދައުލަތަށް 13 ބިލިއަން ރުފިޔާ ގެއްލުންވެފައި އެބަހުރި ކަަމަށެވެ. އެހެންވެ، ކުންފުނިތަކާ ދެކޮޅަށް ވިޔަސް، އިގްތިސާދުގެ ހައްގުގައި އަޅަން ޖެހުނު ފިޔަވަޅެއް އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މާދަމާ 10 ކުންފުނިން ނުކުމެ ޓެކްސް ނުދައްކައިފި ނަމަ، ދެން އަޅުގަނޑުމެން ކިހިނެއްތޯ ހަދާނީ. ދެނެއް ތަރައްގީއެއް ވެސް ނުކުރެވޭނެ. ރަށްރަށުގައި ހޮސްޕިޓަލެއް ވެސް ނުހިންގޭނެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ތަރައްގީ ކުރަން) ނަގާފައި އޮތް ލޯނެއް ވެސް ނުދެއްކޭނެ. ރަށްރަށުގައި އަޅަން އުޅޭ އެއާޕޯޓުތަކެއް ވެސް ނޭޅޭނެ،" ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ޒަމީރު ވިދާޅުވި އެވެ.
ގާސިމްގެ ރޯޔަލް އައިލެންޑަށް އެތެރެ ކޮށްފައިވާ، އޫރު މަހާއި ރާ، ސަން އައިލެންޑާއި ޕެރެޑައިސް އާއި ފަން އައިލެންޑާއި ހޮލިޑޭ އައިލެންޑް ރިސޯޓަށް ގެންދާ ކަމަށް ބުނެ، ކަސްޓަމާއި ފުލުހުންނާއި މީރާގެ އޮފިޝަލުން ދާދި ފަހުން ވަނީ އެ ހަތަރު ރިސޯޓަށް އަރައި ބަލައި ފާސްކޮށްފަ އެވެ. އަދި އޭގެ ތެރެއިން ފަން އައިލޭންޑްގައި ހުރި އޫރުމަހާއި ރާތައް ކަސްޓަމަށް ނެގުމަށް ފަހު، ރޯޔަލް އައިލޭންޑަށް ދީފައިވާ އޫރުމަހާއި ރާ އެތެރެ ކުރުމުގެ ހުއްދަ ސަރުކާރުން ބާތިލުކުރި އެވެ. އަދި ފަހުން ޓޫރިސްޓުންގެ ހައްގުގައި ކަމަށް ބުނެ، އެ ތަކެތި އެތެރެކުރުމަށް ވިލާގެ ރިސޯޓްތަކަށް ދެ ހަފުތާގެ ހުއްދައެއް ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަގްސްބަނީ
30 January 2018
ޒަމީރު ތިހުންނެވީ ފެތެމުންދާ ޕައިރެޓް ޝިޕެއްގައި. ހަޒާނާ ހިފައިގެން ފިލޭނެކަމުގެ ފޮނި އުންމީދުގައި. ނަމަވެސް ފަތޭނެއެވެ. ހަމަ ފެތޭނެއެވެ. ގާސިމް އިބްރާހީމް އާ ކުޅުމަކީ ތިހީކުރާހާ ފަސޭހައިން ސަލާމަތްވެވޭނެ ވަރު ކަމެއްނޫނެވެ. ހެހެހެހެ
އަލީ.
30 January 2018
މިހާރު ޔަގީންވެއްޖެ މިސަރުކާރު ނުކުރަމޭ ބުނެފިކަމެއް ކުރާނެ ރިސޯޓު ހިއްސާ ދޭނަމޭބުނި ނުދިން ގެދޮރު ވެރިކަައް ފޯމުލީ މީހުންނައް ދޭނަމޭބުނި ނުދިން
ބެއްޔާ
30 January 2018
ނޫނޭ! އަތައް ގޮވީމަ އެއްމެ ފަހުން ދޫދިނީ! އަދި އަލުން ހުއްދަވެސް ދިނީ!
އަބްދުއްލާ
30 January 2018
ވިލާގެ ފަހަތުން ދަނީ މީރާ ގެ ގާނޫނާ ،ޓޫރިޒަމްގެ ގާނޫނު .މިގާނޫނު ހަދަން ބުރަކޮށް ގާސިމް މަސައްކަތް ކުރެއްވި . އޭރުވެސް އެގެންވާނެދޯ މަގޭފަހަތުން ދުވާނެކަން
އުމަރު
30 January 2018
ވިލާގެ ފަހަތުން ދިޔަ މިނިސްޓަރުންނަކީ އަދީބާއި ޒަމީރު، ރާއްޖޭގެ ތާރީހްގައި ލިޔެވިގެންދާނެ، އަދި ޑރ. ޒުލްފާވެސް ލިޔެވިގެންދާނެ، ހަގީގަތަކީ އެއީ ޓޫރިޒަމް މިނިސްޓަރު ވިލާގެ ފަހަތުން ދިއުމެއްނޫން، އެއީ ރައީސް ބަހައްޓަވާ ޕަޕަޓެއް ވިލާގެ ފަހަތުން ދިއުން، އަދި ވިލާގެ ފަހަތުން ދިއުމަށް އެންގުމުން އެނޫންގޮތެއް ހޯދައިނުދެވޭ މިނިސްޓަރުންނަށް ދިމާވާގޮތް، މޫސާ ޒަމީރު މިހާރު ކުރެއްވި ކަންތަކަކީ އޭނާއަށް ސަލާމަތް ނުވެވޭނެ ކަންކަން، އަދި ތިޔައިން ހުރިހައި މީހުންގެ މައްޗަށް ދައުވާކުރެވޭނެ
ނެޝަނަލިސްޓް
30 January 2018
ޒަމީރު ޓުއަރިޒަމް މިނިސްޓަރު ކަމުން އިސްތިއުފާ ދޭން ވަރަށް ފެނޭ! ނޫނީ ކަމެއް ބޮލުގައި އެޅިދާނެ ހެން ވަރަށް ހީވޭ!
ތެދު
30 January 2018
ތެދެއް ޖައްސައެއްނުލާ ދެން ޖައްސާލައިފިއްޔާ ކިހާވަރަކުން ދާނެބާ
ތިލަދު
30 January 2018
ކޮބާތަ ރީކޯ މޫސަ އޭނަ ނުޖެހޭތަ ދައުލަތައް ލާރިފޮއްޗެއްވެސް ދައްކާކަށް....
އާދަނު
30 January 2018
ރަނގަޅު ވާހަކައެއް. ރީކޯ މޫސާމަނިކު ދައުލަތަށް ދައްކަން ޖެހޭ އެތައް މިލިއަން ޑޮލަރެއް އެބައޮތް. އެފައިސާ ހޯދަން ނޫޅެނީ ކީއްވެބާ؟ އެ ފައިސާ ނުލިބިގެން ދައުލަތަށް ގެއްލުމެއް ނުވަނީބާ؟ ހަމައެކަނި ވިލާއިން ފައިސާ ނުދެއްވީމަތަ ދައުލަތަށް ގެއްލުންވަނީ؟
ރިއަލިޓީ ޗެކް
30 January 2018
ދައުލަތަށް ދައްކަން ޖެހޭ ޓެކްސް އެއް ދެއްކުމުގައި އައްމަޑޭ އެއް ގާސިމެއް ކާސިމެއް ތަފާތެއް ނުވާނެ.. ސިޔާސީ ޕާޓީ ހަދައިގެން މީހުން ވާވައްދައިގެން ތިޔަހެން ޓެކްސް އަށް މަކަރު ހަދައިގެން އުޅެވުނު ޒަމާން މާޒީވެ ގޮއްސި..... ސަލާމް
އަހުމަދު އިބްރާހިމް
30 January 2018
ތެދު ވާހަކަ އެއް... ވިލާ ނޫނަސް ޓެކްސް ނުދައްކާ އެތައް ކުންފުންޏެއް އެބަހުއްޓެވެ.. އެކުންފުނިތަކަށް ވެސް މީރާ އިން ދަނީ ފިޔަވަޅު އަަޅަމުންނެވެ. މިގޮތުން އެންފޯސްމަންޓް ޕޮލިސީގައި ވާގޮތަށް ނޯޓިސް ފޮނުވުމާއި، ދައުލަތުގެ މުއައްސަސާ ތަކުން ދެމުންގެންދާ ޚިދުމަތް މެދުކަނޑާލުމާއި އަދި ކޯޓަށް ވެސް މައްސަލަ ހުށަހަޅައެވެ،،، ނަމަވެސް އެކުންފުނި ތަކަކީ ސިޔާސީ ލީޑަރެއް ނުވަތަ ނަން މަޝްހޫރު ކުންފުނިތަކަކަށް ނުވާތީ ނޫސް ވެރިން އެވާހަކަތަކަށް މާބޮޑު ސަމާލު ކަމެއް ނުދެއެވެ. އަމިއްލަ އަށް މީރާ ވެބްސައިޓް ބައްލަވާ ލައްވާށެވެ. ހަގީގަތަކީ ސިޔާސީ ނުފޫޒް އަދި ސިޔާސީ ކުޑައިގެ ދަށުގައި ހުރެ އެތައް ބިލިއަން ރުފިޔާ އެއް ނުދައްކަވާ ގާސިމް އެ ހުންނަނީ އެވެ. މިކަމުން ގެއްލުންވާނީ ޔާމިނަކަށް ނޫނެވެ. އާއްމު ރައްޔިތުންނަށެވެ.
ކަނަމަނަ
30 January 2018
މިކޮމެންޓަށް ނުރުހުނީ ވިލާއިން ދައުލަތަށް ދައްކަންޖެހޭ އެއްވެސް އެއްޗެއް ނެތްކަން އެނގޭމީހުންބާ؟ ހުރިހާއެއްޗެއް ބަރާބަރަށް ދައްކާފަ އޮތިއްޔާ މީރާއިން ދޫކޮށްފައިވާ ރަސީދުތައް ދައްކާލަންވީނު. އޭރުން އެއްވެސްއެއްޗެއް ދައްކަން ނެތްކަމަށް ޤަބޫލުކުރެވޭނެ.