ޚަބަރު / މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް

މަރުވި އަބްދުﷲ އަށް ޖަލުގައި ފަރުވާ ދިނީ ހުއްދަ ނެތް ޑޮކްޓަރެއް ކަމުގެ ތުހުމަތު!

އަބްދުﷲ ރަޝީދު: އޭނާ މަރުވީ ކަރެކްޝަންގެ އިހުމާލުން ކަމަށް އާއިލާއިން ތުހުމަތު ކުރޭ.

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ގ. ކީމާ، އަބްދުﷲ ރަޝީދު މަރުވީ އެކަށީގެންވާ ބޭސްފަރުވާ ނުދެވިގެން ކަމަށް ކުރާ ތުހުމަތުތަކަށް ބާރު ލިބޭ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ އެވެ.

އަބްދުﷲގެ މަރާ ގުޅިގެން މިފަހަރު ކުރަނީ، އޭނާ އަށް ފަރުވާ ދިން ކަރެކްޝަނަލް ސާވިސްގެ ޑޮކްޓަރަކީ ރާއްޖޭގައި ސިއްހީ ފަރުވާ ދިނުމުގެ ހުއްދަ ނެތް ޑޮކްޓަރެއް ކަމުގެ ތުހުމަތެވެ. މިކަން ބަލައިދޭން، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން މިހާރު ވަނީ މޯލްޑިވްސް މެޑިކަލް ކައުންސިލަށް ހުށަހަޅައިފަ އެވެ.

އެކަމަކު ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް މި ތުހުމަތު ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި ފަރުވާ ދިނުމުގެ ހުއްދަ ނެތް ޑޮކްޓަރަކު މާފުށީ ޖަލުގައި ގައިދީންނަށް ފަރުވާ ނުދެއްވާނެ ކަމަށެވެ.

"އެއީ ހަގީގަތެއް ނޫން، ހުއްދަ ނެތް ޑޮކްޓަރެއް މާފުށީ ޖަލުގައި ފަރުވާއެއް ނުދެއްވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މާފުށީ ޖަލުގައި މިހާރު ވެސް ހުންނެވީ، އަބްދުﷲ އަށް ވެސް ފަރުވާ ދެއްވި ޑޮކްޓަރުތޯ ދެންނެވުމުން، ވިދާޅުވީ އެކަން ޖެހޭނީ އިތުރަށް ސާފުކުރަން ކަމަށެވެ.

ޖަލުގައި އަބްދުﷲ އަށް ފަރުވާ ދިނީ "ދަސްކުރާ ޑޮކްޓަރެއް" ކަމަށް މައުލޫމާތު ލިބުނު ކަމަށް މީގެކުރިން އާއިލާ އިން ވެސް ބުނެފައިވެ އެވެ.

މީގެ ދެ އަހަރު ކުރިން، މޭ 1، 2015 ގައި ސަރުކާރާ ދެކޮޅަށް ކުރި ބޮޑު މުޒާހަރާގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފަސް އަހަރަށް ޖަލަށް ލާފައިވާ އަބްދުﷲ، 51، މަރުވީ މިދިޔަ އޮކްޓޯބަރު 10 ގަ އެވެ. އުމުރުން 22 އަހަރާއި ފަސް އަހަރާ ދެމެދުގެ ފަސް ކުދިން ހިމެނޭ އަބްދުﷲގެ އާއިލާ އިން ގަބޫލުކުރާ ގޮތުގައި އޭނާގެ މަރުގައި ދައުލަތުގެ އިހުމާލުވެ އެވެ. އެއީ، ޖަލުގައި އޭނާގެ ބަލި ހާލަތު ސީރިއަސްވަމުން ދިޔަ އިރު ވެސް ފަރުވާ ނުދީ މާ ބޮޑަށް ލަސްކޮށްފައިވާތީ އެވެ.

މި ތުހުމަތުތައް ކަރެކްޝަނަލް ސާވިސް އިން ދޮގު ކޮށްފައިވީ ނަމަވެސް އޭނާގެ މަރާ ގުޅޭ ސީރިއަސް ތުހުމަތުތަކަށް މުއައްސަސާތަކުން ޖަވާބެއް ނުދެ އެވެ. އެކަމަކު އޭނާގެ މަރުގެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި މޯލްޑިވްސް މެޑިކަލް ކައުންސިލުން ވެސް ބަލަމުން އަންނަ ކަމަށް ވަނީ ބުނެފަ އެވެ.

ޑިމޮކްރަސީ ނެޓްވޯކުން މެޑިކަލް ކައުންސިލަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ، އަބްދުﷲ ރަޝީދަށް ފަރުވާ ދިނުމަށް ހަރަކާތްތެރިވި މީހުންގެ ތެރޭގައި ސިއްހީ ފަރުވާ ދިނުމުގެ ހުއްދަ ނެތް ފަރާތެއް ވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަބްދުﷲ ރަޝީދުގެ މައްސަލަ މޯލްޑިވްސް މެޑިކަލް ކައުންސިލުން ބަލަމުން އަންނާތީވެ، އަދި ބައެއް މައުލޫމާތު ހިއްސާކޮށްދޭން އެ ޖަމިއްޔާގައި ވެސް އެދިފައިވާތީވެ އެ ތުހުމަތު ވެސް ބަލައިދޭން އެދޭ ކަމަށް ޑިމޮކްރަސީ ނެޓު ވޯކްގެ ސިޓީގައިވެ އެވެ.

"މީގެއިތުރުން، މޯލްޑިވްސް ކަރެކްޝަަނަލް ސާވިސް އާއި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ގައިދީންނަށް ސިއްހީ ފަރުވާ ދިނުމުގައި މިވަގުތު ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކީ އެފަދަ ހުއްދަތައް ހަމައަށް ހުރި ބައެއް ކަމުގައި ކަށަވަރުކޮށްދެއްވުމަށް އެދި ދަންނަވަމެވެ،" އެ ސިޓީގައިވެ އެވެ.

ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އަބްދުﷲ ހޮޑުލައި ބޭރަށް ހިންގަން ފެށުމުން އެކަށީގެންވާ ފަރުވާ ނުދީ ވަނިކޮށް، މާލެ ގެނައީ ހާލު ސީރިއަސްވުމުން ކަމަށް އާއިލާ އިން ބުނެ އެވެ. އައިޖީއެމްއެޗަށް ގެނައިއިރު، އިންފެކްޝަންގެ ސަބަބުން އަބްދުﷲގެ ދެ ކިޑްނީ އާއި ފުއްޕާމޭ ވެސް ވަނީ ހަލާކުވެފައި ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ.

އަބްދުﷲގެ މައްޗަށް ހުކުމް ކުރީ އިދިކޮޅު ފަރާތްތަކުން ބޭއްވި ބޮޑު މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހަކު މަގުމައްޗަށް ވައްޓާލައި، ބޮޑެތި އަނިޔާތަކެއް ދިން މައްސަލައިގަ އެވެ.

19 ކޮމެންޓް, 156 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 84%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

falaku ain

07 March 2018

ތިކަލަ ކިތަންމެ ޑޮކްޓަރުންނެއް ރާއްޖޭގައި އެބަތިބި. ޑޮކްޓަރުން އެކަނިވެސް ނޫންތިބީ. ލެބޯރެޓަރީ ޓެސްޓްތައްވެސް ހަދަންތިބެނީ ހުއްދަނެތް މީހުން. މިކަން ބަލާބަޔަކު ނޫޅޭނަމަ މައްސަލައެއް ނެތްތާ. އެތެރެވީމާ އެހިސާބުން ނިމޭ ރާއްޖެއެއްމީ. އެހެންވީމާތާ ވިސާނެތި ފްރީކޮށް މިއުޅެވެނީ.

The name is already taken The name is available. Register?

ސޮނި މުގާބޭ

07 March 2018

ނަސީދުމެން އަދިވެސް ހެވިފަ.... ކަރާ އަލީ ވެސް މަޖަލުގަ

The name is already taken The name is available. Register?

ާައައްޑޫ މީޙާ

07 March 2018

ޢަބްދުﷲ ވަނީ ނިޔައުވެފައި. އަޅުގަޑުމެން އަބުދުﷲ އަށް ރަހްމަތް ލެއްވުންއެދި ދުއާ ކުރަންވީ. ކިތައްމެ ވަރަކަައް ތަހުގީގު ކުރިޔަސް ވާނެކަމެއްނެތް. އާޙިރައްދުވަހުން އިންސާފު ލިބޭނެކަން ޔަޤީން. ވަ ﷲ އަޢުލަމް.

The name is already taken The name is available. Register?

އަބްދުއްލާ

07 March 2018

މަންމަޔާ ބައްޕަ ވިޔަސް ހަގީގަތް ވާނީ ހަގީގަތަށް އެއަށް ބަދަލު ނުގެނެވޭނެ.

The name is already taken The name is available. Register?

އައިޖޭ

07 March 2018

މިހާރު ތިޔަ ޑރ ފުރުވާލާފަ ވާނީ

The name is already taken The name is available. Register?

ދީނާ

07 March 2018

ރާއްޖޭގައި އަދި ޑޮކްޓަރކަން ކިތަވައިދޭން ނުފަށާއިރު ކިހިނެއް ދަސްކުރާ ޑޮކްޓަރ އަކު އޭނާ އަށް ފަރުވާދޭނީ

The name is already taken The name is available. Register?

ނުބައިހާނު

07 March 2018

ޢަބްދުﷲ ގެ ޤާޠިލުން މިއަދު މަށެއް ނޫނޭ. ތީ ދޮގެކޭ ގޮވިޔަސް މާދަމާ ﷲގެ ޙަޟުރަތުގައި އަނިޔާވެރިންގެ ޝަކުވާ ޢަބްދުﷲ ދަންނަވާނެ. އަދި ތިޔައަނިޔާގައި ޝާމިލުވި ކަރެކްޝަނުގެ ދޮގުވެރިޔާ އާއި އެހެން އެންމެނަށް ޙައްޤު ޢަޒާބު ލިބޭނެ. ދުނިޔެމަތީގަ ވެސް އެކަން އެބައިމީހުންނަށް ﷲ ދައްކަވާށި! އާމީން.

The name is already taken The name is available. Register?

އަސްލު ހުއްބުލްވަތަން

07 March 2018

ސިޔާސީވާންނުޖެހޭ މުއައްސަސާތައް ސިޔާސީވީމާ ދެން ވެނުދާނެ ކިތަންމެ ކަމެއް ހިނގައިގެންދާނެ. ގައުމުގެ ހާލަތާމެދު ވަރަށްވެސް ހިތާމަކުރަން އަދި މިފަދަ ދަށުދަރަޖައަކަށް ގައުމު ސޮއްސައިލައިގެން ގޮސްފައިވާ ހާލަތުގައިވެސް ގައުމު އޮތީ ރަނގަޅު ފާލުގައި ކަމަށް ދައްކަން އަތްޖަހާނެ ބޭފުޅުން މިގައުމުގައި އުޅޭތީ ނުހަނު ހިތާމަކުރަން. އަނިޔާވެރިންނަށް ހައްގުޖަޒާ މިންވަރުކުރައްވާށި. އާމީން!

The name is already taken The name is available. Register?

އަލީލް

07 March 2018

ތިކަމުގެ ޒިންމާ މިއަދު ނުނަގާ ތިބެވިދާނެ.

The name is already taken The name is available. Register?

މާއިނގޭ

07 March 2018

މާފުށި ޖަލުގަ ހުންނަ ބަންގާޅު ޑޮކްޓަރެއް ސިކުލީވް ނަގައިގެން އައިސް މިދިޔަ އަހަރު ކުރެެއްދޫ ރިސޯޓުގަ ވޯކުކުރި އެއީ ހަމަ ޔަގީނުންވެސް ޓްރެއިން ޑަކްޓަރެއް.. އެއްމަސް ވަންދެން އުޅުން ވަރައް ސިއްޜުކޮއްގެން އުޅޫނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454