25 އެޕްރީލް 2018 - 22:26
ކ. އަތޮޅުގައި ތަރައްގީ ކުރާ ރިސޯޓަކުން މޫދަށް ފޭބި ބަންގްލަދޭޝްގެ މީހަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްް ގާޑުން އޭނާ ހޯދަން މިރޭ ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ އޮޅުހަލި ރިސޯޓުގެ ޖެޓީން މޫދަށް ފޭބި ބަންގްލަދޭޝްގެ މީހަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް މިރޭ 8:25 ގައި ލިބުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި މީހާ މޫދަށް ފައިބާފައި ވަނީ މި މީހާގެ ފައިވާން މޫދަށް ވެއްޓުމުން ފައިވާން ނެގުމަށް ކަމަށާއި އަދި މި މީހާ އަކީ ފަތަން ދަންނަ މީހެއް ނޫން ކަމަށް ވެސް އެމްއެންޑީއެފް ކޯސްޓް ގާޑަށް ވަނީ މައުލޫމާތު ލިބިފަ އެވެ،" އެމްއެންޑީއެފްގެ ވެބްސައިޓުގައި ވެ އެވެ.
އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން، ބަންގްލަދޭޝްގެ މި މީހާގެ ޚަބަރެއް ވޭތޯ ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން އެދެ އެވެ. އަދި އެ މީހާގެ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓް ގާޑުގެ ނަމްބަރު 191 އަށް ގުޅައި އެކަން އެންގުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޒް
25 April 2018
މީހުން ގެއްލޭ ސީޒަން ފެށުނީ