އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގެ ވަފްދު. (ކ-ވ) ސަރީރު، ޝައިނީ، އަދި ޒަމީރު.
16 ޖޫން 2018 - 12:23
އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ކާމިޔާބު ކުރަން ރާއްޖެ އިން ވާދަކުރި އިންތިޚާބުގައި އިންޑިއާ އިން ވޯޓު ދިނީ ރާއްޖެއާ ދެކޮޅަށް ކަމަށް އެ ގައުމުގެ ނޫހަކުން އިއްޔެ ބުނެފި އެވެ.
އިންޑިއާގެ ނޫހެއް ކަމުގައިވާ ދަ ޕްރިންޓު ނޫހުގައި އެ ގައުމުގެ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ ހޮނިހިރު ދުވަހު، އދ. ގެ ސަލާމަތީ މަޖިލީހުގައި ނެގި ސިއްރު ވޯޓުގައި އިންޑިއާ އިން ވޯޓު ދިނީ އިންޑޮނީޝިއާ އަށް ކަމަށެވެ. އެކަމަކު، ރާއްޖެއާ ދެކޮޅަށް ވޯޓު ދިން ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.
އދ.ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި ބޮޑު ތަފާތަކުން ރާއްޖެ ބަލިކޮށް، ސަލާމަތީ މަޖިލީހުގެ މެމްބަރު ކަން އިންޑޮނީޝިޔާ ހަތަރު ވަނަ ފަހަރަށް ވަނީ ހޯދައިފަ އެވެ. އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގޮނޑި އިންޑޮނީޝިއާ އަށް ލިބުނީ ވޯޓުގައި ބައިވެރިވި 190 ގައުމުގެ ތެރެއިން 144 ގައުމުގެ ވޯޓުންނެވެ.
ރާއްޖެ އަށް ވޯޓު ދިނީ އެންމެ 46 ގައުމަކުންނެވެ.
މި ގޮނޑި ހޯދުމަށް ރާއްޖެ އާއި އިންޑޮނީޝިއާ އިން ވަރުގަދަ ކެމްޕެއިނެއް ކުރިއިރު، ފުރަމާނަ ދަތުރުފުޅެއްގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ މަހުގެ ފަހުކޮޅު، އިންޑޮނީޝިއާ އަށް ވަޑައިގެން އެގައުމުގެ ވެރިންނާ އެކު ކުރެއްވި މަޝްވަރާތަކުގައި، އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރުމުގައި އިންޑިޔާގެ އެހީތެރިކަމަށް އެދުނު ކަމަށް އިންޑޮނީޝިޔާގެ މީޑިއާތައް ބުނެ އެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކަށް ލިބޭނެ އެންމެ ބޮޑު ބާރަކީ ދުނިޔޭގައި އެކިކަންކޮޅުތަކުގައި ހިނގާ ތަފާތު މައްސަލަތަކުގައި ބަސް ބުނުމުގެ ހައްގެވެ. އަދި އެކިއެކި ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު ވެސް ކައުންސިލަށް ލިބެ އެވެ.
މިހާ ބޮޑު ތަފާތަކުން ރާއްޖެ އަށް މިފަހަރު ނާކާމިޔާބުވި އިރު، މީގެ ނުވަ އަހަރު ކުރިން، 2009 ވަނަ އަހަރު، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހަށް ރާއްޖެ ވާދަ ކޮށް، 185 ގައުމެއްގެ ވޯޓާ އެކު އެ ގޮނޑި ރާއްޖެ ކާމިޔާބުކުރި އެވެ.
އިންޑޮނީޝިޔާއާ ވާދަކޮށް ރާއްޖެ ބޮޑު ތަފާތަކުން ނާކާމިޔާބުވި އިރު، ރާއްޖޭގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތާ މެދު ބައިނަލްއަގުވާމީ މުޖްތަމައުގައި ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުންހެން ޖަލު ހުކުމްގައި ނުވަތަ ބަންދުގައި ތިއްބެވި އިރު، ބައިނަލްއަގުވާމީ މުޖްތަމައުގައި ނުފޫަޒު ގަދަ ގައުމުތަކާއި ރާއްޖެއާ ދެމެދު ގުޅުން ވަނީ ހީނަރުވެފަ އެވެ.
އެ ގޮތުން އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ތަފާތު ބަޔާންތައް ނެރެމުންދާއިރު، ސަރަހައްދީ އެންމެ ބޮޑު ގައުމު ކަމަށްވާ އަވައްޓެރި އިންޑިޔާއާ އެކު އޮތް ޒަމާންވީ ގުޅުން ވެސް ވަނީ ހީނަރުވެފަ އެވެ. އިންޑިއާ އިން ވެސް ދަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން އަންނަ ކަންކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ބަޔާންތައް ނެރެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
18 June 2018
ބަލަގަ އިންޑިޔާއަކުންވެސް ބޭނުމެއް ނުވާނެ ދޯ ޗައިނާ އަނެއްކާ އިތުރު ގޮނޑިއެއް ސެކިޔުރިޓީ ކައުންސިލުން ދޭކަށް!
އަނީގާ
17 June 2018
އިންޑިއަާގެ އަޅުވެތިކަމުން ސަލާމަތް ވާން ކެރުނު ހަމަ އެކަނި ރައީސަކީ މިހާރުގެ ގަޓު ރައީސް. ސާބަހޭ ރައީސް ޔާމީން.
ބައޯ ކަލޯ
17 June 2018
ސޯ ވަޓް
ވިސްނޭމީހާ
17 June 2018
އިންޑިޔާގައި މިހާރު އޮތް ހައްދުފަހަނަޅާފައި އޮތް ހިންދޫންގެ ސަރުކާރަކީ ދިވެހިންނަށް ހެޔޮ އެދޭނެ ބައެކޭ ހީކުރުމަކީ ވަރަށް ބޮޑު ކުއްހީއެއް.. ސަރުކާރުން އިންޑިޔާ މީހުންނަށް ވޯކް ވިސާ ދިނުން ހުއްޓާލުމުން ޓޫރިޒަމް ދާއިރާގަ މަސައްކަތް ކުރާ ވަރަށް ގިނަ ދިވެހިންނަަަށް ވަޒީފާ މަތިވުމާްއި ބޮޑެތި ކުރިއެރުން ތައް ލިބެމުން މިހާރު ދަނީ.. ކުރީގަ ނަމަ ވަޒީފާ އެއް ހުސްވާ އިރަށް އިންޑިޔާ މީހަކު ހުންނާނީ އެވަޒީފާ އަށް ހަމަޖެހި ނިމިފައި.. ސަރުކާރުގެ މި ނިންމުމަކީ މިއީ އަހަރެމެން ޒުވާނުން ވަރަށް އުފާ ކުރާ ނިންމުމެއް...
މަހަރޫޒް
17 June 2018
ޗައިނާއިން ކިހިނެއްބާ ހެދީ؟
17 June 2018
އެކަމަކު ސަފީރު ނޭފަތުން ނޭވާ ނުލާ ނިހާނު އިންޑިޔާއިން ބޭރު ކޮއްލިތަނާ ވަރަށް ސުކުރު ގެ ފަތިވަރު ދެމި ދޯ އިންޑިޔާއިން ރާއްގެ ހޮވައިދޭން ކުރި މަސައްކަތަށް ..
ލަދު ކޮބާ
17 June 2018
އެއީ ހުރި ގޮތް ކުޑަ ކަން.. ރާއްޖެއާ އިންޑިއާ އަކީ ޝާކްގެ ދެ މެމްބަރެވެ. މިއީ މޮ ވެރިކަމަށް ދެވޭ ވޯޓެއް ނޫނެވެ.އެއީ މި ރާއްޖެ އަށް ދެވޭ ވޯޓެކެވެ. 10 އަހަރު ވަންދެން މި ދިވެހި ތާއްޖެ ކުރި ކެމްޕޭން ފެނަށް ދުއްވާލަން އެއްމެ އަވައްޓެރިޔާ ވޯޓް ދިނުމަކީ ހަސަދަ ވެރިކަމުގެ ހެއްކެކެވެ.
ނޫރުއްސަމަދު
17 June 2018
ނޫނޭ ނޫނޭ އިންޑިއާއިންވޯޓުދޭނީ ރަންތަބަކަކަށްލާފަ ޔާމީނުއަށް ..
ގުބާ
17 June 2018
ތިދެވޯޓު އަޅުވާވެސް ނުކިޔޭނެ ދޯ، ހަމަ އެނގިތިބެ ތުނބުކުރީ ޗުކުޗުކެއްހެން ތި ދެވޯޓު އަޅުވާކިޔަނީ ތިޔަ ހިއުމަން ރައިޓްސް އެއްޗަކީ ބަޔަކު މާސަމާލުކަންދޭއެއްޗެއްނޫން.
އަލްހާން
16 June 2018
ޗައިނީ ކޮބާ ކިހިނެއް...އީދު މުބާރަކް