ޚަބަރު / ދިވެހި ސިފައިން

އަމާންކަން ނަގާލަން ބަޔަކު ރާވާތީ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ

ދިވެހި ސިފައިންގެ ދެ މީހަކު ހަތިޔާރާ އެކު ހަރަކާތްތެރިވަނީ.

ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވާތީ ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިރޭ ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް، އަމަންއަމާންކަން ނަގާލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އެ ކަންކަން އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ އެއްވެސް ކަމެއްގެ މައުލޫމާތު ލިބިއްޖެ ނަމަ، ވަގުތުން އެމްއެންޑީއެފާއި ފުލުހުންނަށް ރިޕޯޓު ކުރުމަށް ވެސް އާންމުންގެ ކިބައިން އާދަމް ޝަރީފް ވަނީ އެދިވަޑައިގެންފަ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމް ދީނާއި ގާނޫނުއަސާސީ ރައްކާތެރިކުރުމާ އެކު، ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތް ކުރުމުގައި، ސިފައިންގެ ގާނޫނުގައިވާ ގާނޫނީ ވާޖިބު އަދާކުރާނެ ކަމުގެ ޔަގީންކަން އޭނާ އަރުވަ އެވެ.

އާދަމް ޝަރީފް ކުރެއްވި ޕޯސްޓާ ގުޅޭ ގޮތުން، އޭނާ "މިހާރު" އަށް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ސުވާލުތަކަށް ޖަވާބު ދެއްވުމަކީ އޮޕަރޭޝަން ތެރެއަށް ވަދެވުން ކަމަށެވެ. އޭރުން، ސިފައިން ކުރަމުން އަންނަ މަސައްކަތް ފެއިލް ވާނެ ކަމަށް ވިދާޅުވެ، އިތުރު މައުލޫމާތު ދެއްވަން މިނިސްޓަރު ދެކޮޅު ހެއްދެވި އެވެ.

އަމާންކަން ނަގާލަން ބަޔަކު ރާވަމުން ދާ ކަމަށް ދިފާއީ ވަޒީރު ވިދާޅުވި އިރު، އަންނަ މަހުގެ 23 ގައި އޮންނަ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފޯރިގަދަވެ، ވެރިކަން ކުރާ ޕާޓީ ޕީޕީއެމާއި އިދިކޮޅު ކޯލިޝަނާ ދެމެދު ބަހުގެ ހޫނު ހަމަލާތައް ވަނީ އިތުރުވެފަ އެވެ.

181 ކޮމެންޓް, 1184 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 1%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޓަކަޓަކަ

06 August 2018

މިހާރު ކޮންމެފަދަ ކޮހެއްވެސް ގޮވާފާނެ ކަން މިއެނގެނީ. ދެއްކޭ ނުދެއްކޭ ވާހަކައެއް ވެސް ނޭންގެ، ތިޔަ އުޅުއްވަނީ މިސްކިތް ހުޅުޖެހި މީހާއަށް ހެދިގެންތޯއެވެ. ؟

The name is already taken The name is available. Register?

ޠަޔާޠީޞް

05 August 2018

ޑިފެންސް މިނިސްޓަރު ތިވިދާޅުވީ ރަގަޅަށް ބަޔަކު އެބަ މަސައްކަތްކުރޭ އަމާންކަން ނަގާލާ ދިވެހި ރާއްޖޭގައި މިލިޓަރީ ވެރިކަމެއް ގާއިމްކުރަން. ފަށައިގަނުމުގެ ގޮތުން އިދިކޮޅު މީހުންގެ ކެމްޕޭނު ޕޯސްޓަރުތައް ވީދުން އޮތީ.

The name is already taken The name is available. Register?

Mohamed Ihsaan Ibrahim

05 August 2018

ރައީސް ޔާމީން ވެރިކަމުގަ ސަލާމަތީ ބާރުތަކަށް ދެއްވި އިޚްތިޔާރާ ބާރުން އަދި ކުރެއްވި އިޚްތިރާމާއި ޤަދަރުން، މިއަދު އަޅުގަނޑުމެން ޔަޤީންވެ އުފާވަނީ އަޅުގަނޑުމެންގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެގެން ގޮސްފައިވާތީ.

The name is already taken The name is available. Register?

އާދަނު

05 August 2018

މިނިސްޓަރުންގެ ފޭސްބުކް ޕޭޖަކީ ކޮން ރަސްމީ ހައިސިއްޔަތެއް ލިބިފައި އޮންނަ ސަރުކާރުގެ ލިޔުމެއްކަމަށް ބެލޭވޭނެތޯ. ގާނޫނީގޮތުން އެއްވެސް އުރައްޕެއް ހުރި ކަމެއްނޫން ތިކުރީ. ތީ އަމިއްލަ ޒާތީ އެއްޗެއްކަމަށް ބެލެވެނީ.

The name is already taken The name is available. Register?

ސީނު

05 August 2018

ކޮބައިތޯ މައްސަލަ އަކީ، ހޯމީ އެބުނަނީ ނުރައްކަލޭ. ވެރިކަމާ ތޮޅެންޏާ އެއޮތީ ނުރައްކާ ވެފަ..

The name is already taken The name is available. Register?

ވަތުބަތާނަ

05 August 2018

ހުވަފެނެއް ފެނުނީތޯ؟

The name is already taken The name is available. Register?

ވާލުސޮރު

05 August 2018

ތި ވާހަކަ ސްނެޕްޗެޓް މެދުވެރިކޮށް ބުނެލި ނަމަ ވަރަށް ސީރިޔަސްވީސް، އެހެންޏާ ޑިފެންސް މިނިސްޓަރު ލަވަޔާ ޅެން އަދި އަމިއްލަ ރައްޓެހިން އެޑްކޮށްގެން އުޅޭ އަމިއްލަ ފޭސްބުކް ޕޭޖުގަ ގައުމަށް އުދުވާނެއް ދިމާވާ ވާހަކަ ލިޔާނީ ބޮޑު ޖޯކެއްނު

The name is already taken The name is available. Register?

މަނަދޫ އީސަ

05 August 2018

ބޮންގޮއްވުމާއި ފިތުނަ ފަސާދަ އާއި ރާއްޖެއަށް ބޭރުގެ ސިފައިން އެރުމަށް ގޮވާލުމަކީ ޑިމޮކްރަސީ އަށް ފަހު ރާއްޖެ އަށް ތައާރަފްވި ކަންކަން..... އެއް ޒަމާނެއްގައި މިރާއްޖެ އަކީ ދުނިޔެމަތީގައި އޮތް އެންމެ އަމާން ގައުމު.. ޑިމްކްރަސީ އާއި އެކު އައި ރަނގަޅު ބަދަލުތަކަށް ވުރެ ބޮޑަށް ފެންނަނީ ފިތުނަ ފަސާދަ އާއި ބައިބައިވުން... ހަމަ ނުޖެހުމާއި އަނިޔާ ދިނުން...

The name is already taken The name is available. Register?

ވާލުސޮރު

05 August 2018

ހައްދުފަހަނަ އެޅި މީހުންގެ ކަމެއް، އެމީހުން ޕާކިސްތާނުގަވެސް އަފުގާނުގަވެސް ސީރިޔާގަވެސް ބޮން ގޮއްވަނީ

The name is already taken The name is available. Register?

ޑިމޮކުރަސީ

05 August 2018

ހައްދުފަހަނަ އެޅިމީހުނައް އަމާންކަން ލިބުނީ ޑިމޮކުރަސީ އިންނޫންބާ؟

The name is already taken The name is available. Register?

ސިފާޒް ޖޯރޭ

05 August 2018

ހެޔޮ ނުވާނެ... އަަހަރުމެން ގައުމުގައި ހަމަ ނޭވާ ލައިގެން ބިރުވެރި ކަމެއް ނެތި އުޅުމުގެ ފުރުސަތު ދެއްވާ.... އިދިކޮޅު ފަރާތްތައް ޖަހާ ސަކަރާތުގެ ސަބަބުން އަޅުގަނޑުމެންނަށް އިތުރު އުނދަގޫތަކެއް ކުރިމަތިވިޔަ ނުދެއްވާ

The name is already taken The name is available. Register?

މާލެ މީހާ

05 August 2018

ތި ދެން ބޮޑު ޖޯކެއްނުން.

The name is already taken The name is available. Register?

ހަމަރޯޅި

05 August 2018

މިކަހަލަ އަޑުތަކާއއިއެކު ޓުރިސްޓުން އައުން ހުއްޓެނީ ވެގެން އުލޭ ގޮތަކީ އެކައުންޓަށް ވަން 1 މިއލިއަންގެ މައްސަލަ އޮތީމަ އެންޓިކޮރަޕްޝަން ކޮމިޝަނުން މައްސަލައެއް ނެތްކަމަށް ސޮއެ ނުކޮށްދެނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454