ޚަބަރު / ރައީސް އަބްދުﷲ ޔާމީން

މި ފަސް އަހަރުގެ ތެރޭގައި 51 ރިސޯޓު ނިމޭނެ: ރައީސް ޔާމީން

ރައީސް ޔާމީން މަޑިފުއްޓަށް މިއަދު ވަޑައިގެން އެ ރަށުގެ ބަޔަކާ ސަލާމް ކުރައްވަނީ.

އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި 51 ރިސޯޓުގެ މަސައްކަތް ނިމޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ތ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަޑިފުށީ ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް 30 ރިސޯޓު ނިންމާފައިވާ ކަމަށެވެ. އަދި އިތުރު 21 ރިސޯޓު އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ނިންމާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވިގޮތުގައި، ރާއްޖޭގައި އެންމެ ގިނަ ރިސޯޓު ހެދީ ވެސް މި ފަސް އަހަރުގެ ތެރޭގަ އެވެ. އަދި މިހާރު ހަދަމުން އަންނަ 21 ރިސޯޓުގެ 70 ޕަސަންޓު މަސައްކަތް ނިމިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމާ، ރިސޯޓު ހަދަން މީހުން ނާދޭތޯ؟ ރިސޯޓު ހަދަން މީހުން އާދޭ. ރިސޯޓު ހަދަން ރަށް ދޫކުރީމާ، ރިސޯޓު ހަދާނެ މީހުން ނުވޭތޯ؟ ރިސޯޓު ހަދަން މީހުން އާދޭ. ރިސޯޓު ހަދަން ސަރުކާރަށް ހުރަސް އަޅާ ނާމަ، ރިސޯޓު ހަދަން އަންނާނެތޯ؟" ޓޫރިޒަމް ފުޅާކުރުމަށާއި ރިސޯޓުތައް ހެދުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި އެންމެ އަގު ބޮޑު ރިސޯޓު ހަދަނީ ވެސް މި ފަސް އަހަރުގެ ތެރޭގައި ކަމަށެވެ. ރައީސް އެ އިޝާރާތް ކުރެއްވީ އެނބޫދޫފިނޮޅު ފަޅުގައި، ތައިލެންޑުގެ ސިންހަ ސްޓޭޓް ކުންފުނިން އެއް ބިލިއަނަށް ވުރެ ޑޮލަރު ޚަރަދު ކޮށްގެން ހަދަމުން އަންނަ ރިސޯޓަށެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރިސޯޓުތައް ހުޅުވަން މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރު ކުރުމަށާއި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށް ދެއްވުމަށް ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި، ހަދާފައި އޮތް ރިސޯޓެއް، އެންމެ ބޮޑު އަގެއްގައި ގަނެފައި އޮތީ ވސް މި ސަރުކާރުގެ ތެރޭގަ އެވެ. އެއީ ބެލެވޭ ގޮތުގައި ނ. އަތޮޅުގައި އޮންނަ ވެލާ ޕްރައިވެޓް އައިލެންޑެވެ.

ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުން ކުރާ ކަންކަމަށް އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަނީ، ވިސްނުންތެރިކަމާ އެކު ނޫން ކަމަށެވެ.

އަދި ވިދާޅުވީ، އިއްޔެ ޓެސްޓު ފްލައިޓް ޖެއްސި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަކީ ނުހެދިގެން އުޅޭތާ 12 އަހަރު ވެފައިވާ ތަނެއް ކަމަށެވެ. އެކަމަކު، އެމަނިކުފާނުގެ ސަރުކާރުން އެ އެއާޕޯޓު ވުޖޫދަށް ގެނެސް އެކަން ހަގީގަތަކަށް ހަދައިދިނީ އެންމެ އަހަރެއްގެ ތެރޭގައި ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރަނީ ޓްރާންސިޓް ހޮޓަލަކާއި ރިސޯޓެއް ވެސް ހިމެނޭ ގޮތަށެވެ. އެއާޕޯޓަށް އެއްފަހަރާ ހަ ޖެޓަށް ޚިދުމަތް ދެވޭ އިރު އެންމެ ޒަމާނީ ވަސީލަތްތައް ހުންނާނެ އެވެ. މި މަޝްރޫއަށް ގާތްގަނޑަކަށް 60 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވެ އެވެ. އެ އެއާޕޯޓަށް ޚަރަދު ކުރަނީ ޔޫއޭއީގެ އަބޫދާބީ ފަންޑުންނެވެ.

14 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 59%
icon sad icon sad 0%
icon angry icon angry 41%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަރަންވީރް ޑޮގްރާ

28 August 2018

އަޅުގަނޑުމެންގެ ރައީސް އަކީ ވަރަށް ހިތްވަރު ގަދަ އަދި ތެދުވެރި ބޭފުޅެއް

The name is already taken The name is available. Register?

‫ޢޙަމީދު

18 August 2018

ރ‫ިސޯޓުތައް އިތުރުވެފައިވެ, އެހެންވިއްޏާ އިގުތިސާދީގޮތުން ކުރިޔަށް, މީހުންގެ އަތްމަތި ތަނަވަސް, ދިރިއުޅުމަށް ހެޔޮބަދަލު އަންނާނެ, އެހެންބާ؟

The name is already taken The name is available. Register?

ކަރަންވީރް ޑޮގްރާ

28 August 2018

ޔަގީނެއްނުން

The name is already taken The name is available. Register?

ސާއިދު

15 August 2018

އެންމެ ގިނަ ރިސޯޓް އެންމެ އުސް އިމާރާތް އެންމެ ގިނަ ބަނދަރު އެންމެގިނަ ނަރުދަމާ މިހެންގޮސް ކިޔާނިކަމެއްނެތް. ސުކުރިއްޔާ ރައީސް ޔާމީން

The name is already taken The name is available. Register?

ދޮން އާމިރު

15 August 2018

އެހެންވީމަ އެއްމަސް ތެރޭ 20 ރިސޯޓު ނިންމަން ވާނެތާއެވެ.

The name is already taken The name is available. Register?

މަންސޫރު

15 August 2018

ތިޔަ ބުނާ ރިސޯޓުތައް ހިންގަން ދިން ރަށްރަށުގެ ލީސް ފައިސާ ދެއްތޮ ގެއްލިގެންނޭ ކިޔައިގެން ތިޔަ އުޅުއްވަނީ؟ ތިޔަ ތަންތަން ހުޅުވާތީ ދެން ހަމަ އަތްޖަހަންވީތަ؟

The name is already taken The name is available. Register?

މަނިކް

15 August 2018

ދިވެހިންނަށް "ނިސްބަތުން" ތިރިޒޯޓްޑިވެލޮޕްމަންޓުން ފައިދާވީ/ ފައިދާވާނީ ކިތައްޕަސަންޓްތޯ މަނިކްފާން ދަންނަމުތޯ؟؟؟

The name is already taken The name is available. Register?

ބިންބިން

15 August 2018

5 އަހަރު މިވަނީ ވަޒީފާގަނޑެއް ހޯދަންއުޅޭތާ. އަދި ނުލިބިގެންމިއުޅެނީ.

The name is already taken The name is available. Register?

ޟިތްރަތުލް މުންތަހާ

15 August 2018

މަނިކުފާނުގެ މިފަސްއަހަރުވެސް އެމްޓީޑީސީ ހިއްސާއެއް ރައްޔިތުންނަކަށް ނުލިބުނު..

The name is already taken The name is available. Register?

ަހައިސަމް

15 August 2018

ބޭނުންމީ ހުއްޓުމެއްނެތް ތަރަށްގީތޯ ނޫނީ ފަންގެ އާއި އޮނުދަނޑީގެ ތަރަށްގީތޯ؟ ވޯޓްލުމުގެ ކުރިން ވިސްނާފިކުރުކުރަށްވާ.

The name is already taken The name is available. Register?

ަަބޫސް

15 August 2018

އެންމެ ގިނަ ރިސޯޓް އެންމެ އުސް އިމާރާތް އެންމެ ގިނަ ބަނދަރު އެންމެގިނަ ނަރުދަމާ މިރާއްޖެއަށް ދުން އެންމެ ޤާބިލް ރައީސް ރާއީސް ޔާމީން 2018

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454