ޕީޕީއެމްގެ މެމްބަރު ފަޒާދު (މ) އަދި ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ސަމީރު ލޯންޗުގައި. -
05 ސެޕްޓެމްބަރ 2018 - 10:11
ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ ފަޒާދު އިދިކޮޅު ހަރާކާތްތަކާ ގުޅިވަޑައިގެން ރިޔާސީ އިންތިހާބުގެ ކެމްޕެއިން މިއަދު ފައްޓަވައިފި އެވެ.
މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހއ. އަތޮޅުގެ ހުރިހާ ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުގައި ފަޒާދު ބައިވެރިވަޑައިގަންނަވަ އެވެ. އެކަން ފަޒާދު ވަނީ "މިހާރު" އަށް ކަށަވަރުކޮށް ދެއްވައިފަ އެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭ ފަޒާދު ފުވައްމުލަކަށް ވަޑައިގަތުމުން، އިދިކޮޅު ސަޕޯޓަރުން އޭނާ އަށް މަރުހަބާ ދަންނަވަނީ. -
ފަޒާދު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، އޭނާގެ އުފަން ރަށް، ފުވައްމުލަކަށް ވަޑައިގަތުމުން އެ ރަށު އެއާޕޯޓުން އޭނާ އަށް މަރުހަބާ ދެންނެވީ އިދިކޮޅު ޕާޓީތަކުގެ ސަޕޯޓަރުންނެވެ. އެއާއެކު، ފަޒާދު އިދިކޮޅު ހަރަކާތްތަކާ ގުޅިވަޑައިގެންނެވި ކަމުގެ އަޑު ގަދަވި އެވެ. އޭރު، އެކަމާ ގުޅިގެން ފަޒާދު އެއްޗެއް ވިދާޅެއް ނުވެ އެވެ.
ފަޒާދު، އިދިކޮޅު ހަރަކާތާ ގުޅިވަޑައިގަތުމާ ގުޅިގެން، ފުވައްމުލައް ތަމްސީލު ކުރައްވާ ތިން މެމްބަރުންގެ ތެރެއިން އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރައްވާ މެމްބަރުންގެ އަދަދު ދޭކަށް އެރީ އެވެ. އެއީ ފަޒާދުގެ އިތުރުން، ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަލީ ޝާހެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހް އަދިވެސް ހުންނެވީ ޕީޕީއެމްގަ އެވެ.
ފަޒާދަކީ މަޖިލީހުގެ ތަޅުމުގައި ހަރަކާތްތެރި ބޭފުޅަކަށް ނުވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ. އެގޮތުން، ކޮމިޓީ މަރުހަލާތަކުގައި ދިރާސާ ކުރާ ބިލްތަކަށް އިސްލާހު ހުށަހަޅުއްވާއިރު، އޭނާއަކީ ބިލުތަކަށް އާންމުކޮށް ބަހުސް ކުރައްވާ އެއް މެމްބަރެވެ.
ފަޒާދު އެންމެ ފަހުން ސަރުކާރުގެ ނުވަތަ ޕީޕީއެމްގެ ހަރަކާތަކުން ފެނުނީ ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް މިދިޔަ މޭ މަހު ފުވައްމުލަކުގައި ބޭއްވެވި ހަރަކާތެއްގެ ތެރެއިންނެވެ. އެ ޖަލްސާގައި ފަޒާދު ވަނީ އެ ކަމަނާ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިރުޓޭ
06 September 2018
އަދި ކިރިޔާ މި އެނގުނީ ފަޒާޑު ކިޔާ މެމްބަރަކު އުޅޭ ކަންވެސް!
ރ.ނަޝީދު
05 September 2018
ފަޒާދު އިދިކޮޅާ ގުޅުނީ އިދިކޮޅު އިއްތިހާދު ޖާސޫސު ކުރަން. -ޕޮލިސް އިންޓެލް-
މެދުދާއިރާ
05 September 2018
އަލީފަޒާދު ފުވައްމުލަކަށްކުރި ދަތުރުގައި އެދާއިރާގެ ރައްޔިތުންގެ އިހްސާސްތައް ދެނެގެންފި! ކޮންމެ ހާލެއްގައިވެސް ރައްޔިތުންނާއިއެކު ސާބިތުވެ ހުންނަން ކެރުމަކީ ގަޓް! ގޮނޑި ގެއްލުވާލިއަސް ރިޒުގް ބަންދުނުވާނެކަން ގަބޫލުކުރީތީ ޝުކުރިއްޔާ!
ސާދާސީދާ
05 September 2018
ނިމެނީ! ޔާމީނު އެކަނިވަނީ!
ހަރުބަސް
05 September 2018
އަޅުގަނޑުމެންނަކީ ސަކޭކައިންސތޭކަ މުސްލިމް ގައުމެއް ކަމުގައި ވުމަކީ ދިވެހިންގެ ހިޔޮނަސީބުކަމަށް ވިއަސް އަޅުގަނޑުމެންގެ ބައެއްމީހުންގެ އަމަލްތަކުން ފެންނަނީ މާތް ﷲ ދިވެހިންނަށް ދެއްވާފައިވާ މި މަތިވެރި ނިޢުމަތް ހަނދާން ނެތެމުންދާކަމުގެ ނިޝާންތަކެވެ ތެދުވެރިކަމާއި އަމާނާތްތެރިކަން އެއީ އެއްވެސް އެއްޗެއްނޫންކަމަށް ބަލައި އަމިއްލަ މަސްލަހަތު ހުރިހާ ކަމަކަށްވުރެ އިސްކުރެވޭތަނެވެ ދުނިޔެ ހާސިލްކުރުމަށް ޓަކައި އިންސާނާގެއަގު ވެއްޔާ މޮޑެވުނު ކަމުގައިވިއަސްމެއެވެ.
ަަބޫސް
05 September 2018
މިކަހަލަ ދެފުއްކެހިން އަވަހައް ދިއުން ރަގަޅީ ﷲ އިރާދަ ފުޅުން އިންތިހާބު ފަސޭހަކަމާއެކު ރައީސް ޔާމީން ކާމިޔާބު ކުރާނެ!!!!1
ބުއްޅާބޭ
05 September 2018
23ހުގަ ފަހުން އޭނަ އަނެއްކާވެސް ހުއްނާނީ ޕީޕީއެމަށް! ދެން އޭނަ ކަނޑާލީމަ ބާކީވެފަ ހުއްނާނީ!
ސާބިތު
05 September 2018
ރޔާމީން ވަރށް ހައިރާންވާނެ ތީނަގޮސްގެން ތީނަގެ ފަރާތުން ޕޕމ އަށްވީ ފައިދާއަށްވުރެ ލިބުނުގެއްލުންބޮޑު. އެއްމެބޭނުންވި ވަގުތު ވޯޓުގަބައިވެރިނުވި.. ތިޔައީ އިދިކޮޅަށްލިބުނު އުފަލަކަށްވެދާނެ އެކަމަކު ތިއީ ޕޕމއަށް ލިބުނު ނަސްރެ އެއީ ޕާޓީގަތިބި މުނާފިގުން ފާޅުވެ ތަންސާފުވުން.. އަޑިނޭގޭ އެކުވެރިއަކަށްވުރެ ގޮތްއެގޭ ދުޝްމަނަކު މާރަގަޅުވާނެ.. ކާމިޔާބުއޮތީ ﷲދެއްވާފަރާތަކަށް.. ވެރިކަމަކީ ﷲގެހަޒުރަތުގަވާކަމެ. ބައިގިނަ ކިތައް ކިތައް ގަބީލާގެމައްޗަށް ބައިމަދު މީސްތކުންނަ ﷲނަސްރުދެއްވީ.. ސާބިތުހިތަކަށް ގުޑުމެނާރާނެ.. ތިކަމުން ބަލިކަށި ހތްތަކަށް ބިރުވެރިކަންވަންނާނެ
ރޮކެޓް ސައިންސް
05 September 2018
ދެންފަހެ ޔާމިނު ފަޅީގައި ތިބީ ކޮންބައެއްތޯއެވެ. މިހާރުގެ ނައިބު 21 ވަނަ ދުވަހު އިދިކޮޅާ ގުޅޭނެ ކަމުގެ ހަބަރުވެސް އެބަހުރި.
އެއްކަލަ އީސަ
05 September 2018
މަސީހު ކީއްކުރަން، ޔާމީނު އަޔަސް އިދިކޮޅުން ގަބޫލުކުރާނެ! ހެޔޮނުވާނެ، ތި ކުނިތައް ގޮވައިގެން ރައްތަކަށް ދިއުމުގެ ބަދަލުގައި ނައީމައްތަ ރައްށަށް ގެންދިއުން މާއައުލާކަން ބޮޑު! ތިމީހުންނާހެދި މި ހުރިހާ މުސީބަތެއް ޖެހިފަ މިހުރީ. ތިހެން ކަންކުރަންޏާ އެކަކަށްވެސް ވޯޓް ނުދޭނަން! އިދިކޮޅުގަވެސް ގޮތެއް ހުންނަންވާނެ،! ވަރަށް ސަލާން.