ޚަބަރު / ޕީޕީއެމް

ޕީޕީއެމްގެ މެމްބަރު ފަޒާދަށް މަރުހަބާ ދެންނެވީ އިދިކޮޅު މީހުން

ފަޒާދު ރޭ ފުވައްމުލަކަށް ވަޑައިގަތުމުން އިދިކޮޅު ސަޕޯޓަރުން އޭނާ އަށް މަރުހަބާ ދަންނަވަނީ.

02 ސެޕްޓެމްބަރ 2018 - 11:02

12 comments

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ ފަޒާދު ރޭ ފުވައްމުލަކަށް ވަޑައިގަތުމުން، އިދިކޮޅު ފަރާތްތަކުން އޭނާ އަށް މަރުހަބާ ދަންނަވައިފި އެވެ.

ސިޔާސީ އޮއިވަރު ބަދަލުވެ، ހުންނެވީ ސިޔާސީ ކޮން ފިކުރެއްގައިތޯ ސުވާލު އުފެދިފައި ވަނިކޮށް، ފަޒާދު ފުވައްމުލަކަށް ވަޑައިގަތުމާ އެކު، އެރަށު އެއާޕޯޓުން އޭނާ އަށް މަރުހަބާ ދެންނެވީ އިދިކޮޅު ޕާޓީތަކުގެ މެންބަރުންނާއި ސަޕޯޓަރުންނެވެ. އޭނާ އެއާޕޯޓުން ބޭރަށް ނުކުމެވަޑައިގަތުމާ އެކު، އިދިކޮޅު ސަޕޯޓަރުން ވަނީ ފަޒާދުގެ ކަރުގައި މާފަތި އަޅުވައިފަ އެވެ. އަދި ފަޒާދު ވަޑައިގަންނަވާތީ، އެއާޕޯޓަށް ދިޔަ ތިރީހަކަށް މީހުންނާ އޭނާ ސަލާމް ކުރެއްވި އެވެ.

އިދިކޮޅު ޕާޓީތަކުގެ ބައެއް މީހުން ކުރި ޓުވީޓުތަކުގައި ބުނެފައި ވަނީ ފަޒާދު އެމްޑީޕީއާ ގުޅިވަޑައިގެންފައިވާ ކަމަށެެވެ. އެކަމަކު ފަޒާދު ފޯނަށް ޖަވާބު ނުދެއްވާތީ އޭގެ ހަގީގަތެއް އަދި ނޭނގެ އެވެ. ފަޒާދު، ޕީޕީއެމުން ވަކިވެވަޑައިގެންނެވި ކަމެއް އަދި ސާފެއް ނުވެ އެވެ.

ފަޒާދު އެންމެ ފަހުން ސަރުކާރުގެ ނުވަތަ ޕީޕީއެމްގެ ހަރަކާތަކުން ފެނުނީ ފަސްޓް ލޭޑީ ފާތިމަތު އިބްރާހީމް މިދިޔަ މޭ މަހު ފުވައްމުލަކުގައި ބޭއްވެވި ހަރަކާތެއްގެ ތެރެއިންނެވެ.

"އެކަލަސް މިކަލަސް ދެނަސް"ގެ ނަމުގައި ފަސްޓް ލޭޑީ ބޭއްވެވި އެ ޖަލްސާގައި ފަޒާދު ވަނީ އެ ކަމަނާ އަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފަ އެވެ.

ފަޒާދު އެ ޖަލްސާގައި ވިދާޅުވީ ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމަށް ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުން ހޮވަން ޖެހޭ ކަމަށެވެ. އަދި އެ ކަމަށް މަސައްކަތް ކޮށްދެއްވުމަށް ފަޒާދު އެދިވަޑައިގަތެވެ.

ރައްޔިތުންގެ މަޖިލީހުގައި ފުވައްމުލައް ތަމްސީލް ކުރައްވާ ތިން މެމްބަރުންގެ ތެރެއިން އަލީ ޝާހް މިހާރު މަސައްކަތް ކުރައްވަނީ އިދިކޮޅު ފަރާތްތަކާ އެކު އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހް އަދިވެސް ހުންނެވީ ޕީޕީއެމްގަ އެވެ.

ޝާހަކީ، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ މެމްބަރުންގެ ތެރެއިން އެއް ބޭފުޅެވެ.

12 ކޮމެންޓް, 117 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 3%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮޑި ހަވާ

02 September 2018

ޔާމީނުގެއޮޑިން މީހުންކޮޅުމަދުވަމުންގޮސް މަހަށްނުފުރޭވަރުވެއްޖެ . އޮޑީގެހާލަތުއެނގޭނީ އޮޑީގައުޅޭމީހުންނަށްތާ ،،

The name is already taken The name is available. Register?

ސަރީފް

02 September 2018

ބުނަން ވާހަކައެއް. މެމްބަރުން ފަހަތުން ފިކުރެއް ނުދުވާނެ. ފިކުރު ވަށާޖަހާނީ ޕާޓީ ވަށައިގެން. ދެން އެބޭޅާއަށް ބުނެލަން އޮތީ އެންޑީޕީއަށް ދިޔައަސް އަހަރެމެން އެއްވެސް ވަރަކަށް ހާސްކަމެއް ނެތޭ. އެކަމަކު މޮޅުކުރާނަމޭ ހިތުގައި ބާއްވައިގެން އެކަން ނުކުރާށޭ. ޢެއީ ހަަމަ އެބުނާ އެންޑީޕީ އެއްވެސް ބަދަލެއް ނުވޭ. އެހެނެއްނޫން ހަދިޔާއެއްގެ ބޭނުމުގަ އެކަން ކުރާނަމަ، އަވަހަށް ވަޑާގަންނަވާށޭ. އެގޮތް އަހަރެމެންނަށް މާ ރަނގަޅު. މެންބަރުން ކިތައްމެ ވަރަކަށް ކޮޅުކޮޅަށް އެނބުރުނަސް މިއިންތިހާބުގެ ނަތީޖާ ވަރަށް ސާފު. މިކަން އޮތީ ނިމިފަ

The name is already taken The name is available. Register?

އަތަ

02 September 2018

ތީ އަހުން ނުވެސް ދަންނަ މެމްބަރެއް. ނާހަަމަ މިދައުރުގައި އުޅޭ މީހެއްތަ؟؟

The name is already taken The name is available. Register?

ސަޕޯޓް

02 September 2018

އެމީހުންގެ ސަޕޯޓު ގެއްލުނީ މަސީހުގެ ސަބަބުން. މަސީހަކީ ފުވައްމުލަކަށް، ފުވައްމުލަކު މީހަކަށް އެއްވެސް ކަމެއް ކޮއްދޭ މީހެއް ނޫން. ޕީޕީއެމްގެ ސަޕޯޓް ފުވައްމުލަކުން ގެއްލޭތީ އަހަރެމެން ދެރަވޭ؟

The name is already taken The name is available. Register?

2121

02 September 2018

މީ މަޖްލިސްގެ މެމްބަރެއްތަ؟ އަދި ކިރިޔާ މީނަގެ ވާހަކަ މިއަޑު އެހީ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

02 September 2018

ތީކޮރަޕްސަނުގެ ކަންތައްގަޑު ތިފެންނަނި. އިހުލަސްތެރިކަމެއްނެ.

The name is already taken The name is available. Register?

ދެ ދެފިކުރު ފުއްކެހެރި

02 September 2018

ދެފުއް ދެގޮތް ކުދިން އަބަދުވެސް އުޅޭނީ ތިހެން. ހަޤީޤީ ސަޕޯރޓަރުން ފެންނާނެ.

The name is already taken The name is available. Register?

ތަކުރުފާނު ސީނިއަރ ކޯޑިނޭޓަރ

02 September 2018

މިވެސް ދެން ޚަބަރެއް... މުޅި އެއާރޕޯރޓު ފުރިބާރުވެފައި..

The name is already taken The name is available. Register?

ޤާދިރު

02 September 2018

ތި ފަޒާލް ތިޔަގޮތަށް އުޅޭތާ މިހާރު އަހަރަކަށް ވުރެ ގިނަދުވަސް ވެއްޖެ.. އެކަން ނޭނގޭ މީހަކު ޕީޕީއެމް. އަކުނެތް.. އިމްތިހާބަށް ފަހު ވާގޮތް ބަލަން ތިބެމާ..

The name is already taken The name is available. Register?

ރާއްޖެތެރޭ މީހާ

02 September 2018

ބަދަލުވުންތައް ވަރަށް އާންމުވާނެ މިދުވަސްކޮޅު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454