އިބޫ ށ. އާއި ނ. އަތޮޅަށް، ފައިސަލް ތ. އަތޮޅަށް

މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް، އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ށ. އަތޮޅާއި ނ. އަތޮޅަށް އަދި އޭނާގެ ރަނިންމޭޓު ފައިސަލް ނަސީމް ތ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.


މިއަދު ހެނދުނު ފެއްޓެވި އެ ދަތުރުގައި އިބޫ އެންމެ ފުރަތަމަ ވަޑައިގަތީ ލަންދު އަށެވެ. ނ. އަތޮޅުގެ ހައެއްކަ ރަށަށް ވަޑައިގަތުމަށް ފަހު، ށ. އަތޮޅުގެ ރަށްތަކަށް އޭނާ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ.

ކެމްޕޭން ކުރެއްވުމަށް ފައިސަލް ތ. އަތޮޅަށް ފުރާ ވަޑައިގަންނަވަނީ

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އިބޫ އާއި ފައިސަލް ވަނީ މިހާތަނަށް 176 ރަށަކަށް ވަޑައިގެންފަ އެވެ. އިބޫ 102 ރަށަށް ވަޑައިގެންނެވި އިރު ފައިސަލް ވަޑައިގަތީ 76 ރަށަކަށެވެ.

ބާކީ ވަޑައިނުގެންނެވި އޮތީ 11 ރަށެވެ. އެނގިފައިވާ ގޮތުގައި، އިދިކޮޅު އިއްތިހާދުގެ ކެމްޕޭން ނިންމާލުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ހުރިހާ ރަށަކަށް ދިއުމަށް ފަހު އެވެ.

ކެމްޕޭންގައި އިބޫ އެންމެ ފަހުން ވަޑައިގަތީ ހއ. އަތޮޅަށެވެ. އެ ރަށުގެ ގިނަ ރަށްރަށުން ހޫނު މަރުހަބާއެއް އޭނާއަށް ކިޔެވެ.

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 262،135 މީހުންނަށް ލިބޭއިރު ރާއްޖެ އާއި ރާއްޖެއިން ބޭރުގައި 480 އަށް ވުރެ ގިނަ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.