އެމެރިކާ އިން ރާއްޖެ އަށް އާ ސަފީރެއް އައްޔަންކޮށްފި

އެމެރިކާ ސަރުކާރުން ރާއްޖެ އާއި ސްރީ ލަންކާ އަށް އާ ސަފީރެއް ކަނޑައަޅައި އޭނާއާ އެ މަގާމު މިއަދު ހަވާލުކޮށްފި އެވެ.


އެމެރިކާ އިން ރާއްޖެ އަށް އަލަށް ކަނޑައެޅީ ނޭޕާލުގައި މިވަގުތު ހުންނަވާ އެމެރިކާ ސަފީރު އަލައިނާ ޓެޕްލިޓްޒް އެވެ.

އަލައިނާ، މަގާމުގެ ހުވާ ކުރެއްވީ އެމެރިކާގެ އަންޑަ ސެކްރެޓަރީ ޑޭވިޑް ހޭލްގެ ކުރިމަތީގަ އެވެ.

އެމެރިކާގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒްގެ ޓުވީޓު

އެމެރިކާ އިން ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅާފައި ކުރިން ހުންނެވީ އަތުލް ކެޝަޕް އެވެ. އޭނާ އެ މަގާމު ފުރުއްވަމުން ގެންދަވަނީ އޮގަސްޓް 2015 އިން ފެށިގެންނެވެ.

އަތުލް ފާހަގަކުރެވެނީ އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތަކާއި އަދި ތަފާތު އެކި ކަންކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ފާޅުގައި ފާޑު ވިދާޅުވި ބޭފުޅެއްގެ ގޮތުގަ އެވެ. ހާއްސަކޮށް، ސަރުކާރުން އަމަލު ކުރާ ގޮތުން، އަތުލުގެ ނުރުހުން އަމާޒުވެފައިވެ އެވެ.

އަލައިނާ އަކީ އެމެރިކާގެ ޚާރިޖީ ދާއިރާގެ އިސް ބޭފުޅެކެވެ. މިހާތަނަށް އަފްޣާނިސްތާނާއި ޕާކިސްތާނާއި ބަންގްލަދޭޝްގެ އިތުރުން އޭޝިއާގެ ގައުމުތަކުގައި އޭނާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ.