އެކްސިޑެންޓްވި 17 އަހަރުގެ ކުއްޖާ މަރުވެއްޖެ

މާލޭގެ މާރުކޭޓް ސަރަހައްދުގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލަކުން ޖެހި މިއަދު އަނިޔާވި އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖާ މަރުވެއްޖެ އެވެ.


އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ ފިރިހެން ކުއްޖާ މަރުވީ ބޮލަށާއި ހަށިގަނޑުގެ އެކި ތަންތަނަށް ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން އަންނަނިކޮށް މިއަދު 12:50 ހާއިރު ކަމަށެވެ.

ފުލުހުން ބުނިގޮތުގައި އެ އެކްސިޑެންޓު ހިނގީ ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ސައިކަލުން ޖެހިގެންނެވެ. ބާރު ސްޕީޑުގައި ދުއްވި ކަމަށް ބެލެވޭ ސައިކަލްގައި އިނީ އަނިޔާވި ކުއްޖާ އެކަންޏެވެ.

މުދަލާ އެކު ޕާކްކޮށްފައި އޮތް ބޮޑު ޕިކަޕުގައި ޖެހުނު އެއާބްލޭޑް ސައިކަލްގެ ހުންގާނު ވަނީ ފުނޑުފުނޑުވެފަ އެވެ.