ލަތީފް ޖަރުމަނު ސަފީރަކަށް، ލަންކާއަށް އުމަރު

ޓްރާންސިޝަން އޮފީހުގެ ވެރިއަކަށް ހުންނެވި ސީވީޑް އަހުމަދު ލަތީފް ޖަރުމަނު ސަފީރަކަށް ހަމަޖައްސައި ސްރީ ލަންކާގެ ސަފީރަކަށް އުމަރު އަބްދުއްރައްޒާގް ހަމަޖައްސައިފި އެވެ.


ލަތީފަކީ މީގެ ކުރިން ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުރި ސަފީރެވެ. އޭނާއަކީ 1981 ފެށިގެން ހާރިޖީ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ.

އުމަރު އަބްދުއްރައްޒާގަކީ އެމްޑީޕީ ގައުމީީ މަޖިލިސް ލ. އިސްދޫ ދާއިރާގެ ރައީސެވެ. އުމަރަކީ ޖޮއިންޓް އޮޕިޒިޝަން ފޮރިން ރިލޭޝަންސް ކޮމެޓީގެ މެންބަރެކެވެ. އަދި މީގެ ކުރިން އޭނާ ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ވެސް އުޅުއްވައިފަ އެވެ.

މީގެ ކުރިން އިންޑިއާ އާއި ސައުތު ކޮރެއާގެ ސަފީރުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކަނޑައަޅުއްވައިފަ އެވެ. ރާއްޖެއިން އިންޑިއާއަށް ކަނޑއަޅާ ސަފީރަކަށް ހަމަޖައްސާފައި ވަނީ އައިޝަތު މުހައްމަދު ދީދީ އެވެ. އަދި ކޮރެއާއަށް ހަމަޖެއްސެވީ އަހުމަދު ހަލީލެވެ.