ޚަބަރު / މެމްބަރު ގާސިމް އިބްރާހިމް (މާމިގިލި)

ނަޝީދަށް ފެންނަ ހުވަފެން ބިލާހަކަށް ހަދާނަން: ގާސިމް

މާމިގިލީގައި ރޭ ބޭއްވި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމަނިކުފާނުގެ އަނބިކަނބަލުން އައިޝާ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފެނިވަޑައިގަންނަވާ ހުވަފެން ބިލާހަކަށް ހައްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް ގާސިމް އިބްރާހިމް އދ. މާމިގިލީގައި ރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މާމިގިލި ދާއިރާ އަށް ތިން ވަނަ ދައުރަކަށް ކުރިމަތިލެއްވި ގާސިމްގެ ކެމްޕެއިން އިފުތިތާހު ކުރުމަށް މި ރަށުގައި ބޭއްވި ބޮޑު ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ނަޝީދު ދެކެވަޑައިގަންނަވާ ކަންކަން ހާސިލް ނުކުރެއްވޭނެ ކަމަށެވެ. އެކަމަކު، އެއްވެސް މީހަކާ ދޭތެރޭ ބަދަލުހިފުމުގެ ރޫހެއް ނުގެންގުޅުއްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވި ގޮތުގައި، މަޖިލިހުގެ އިންތިޚާބުގައި ސިޔާސީ ޕާޓީތަކުން އެއްބަސްވެފައިވާ ގޮތަށް، އެ ޕާޓީ އަށް 22 ގޮނޑި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންފުޅުވި އެވެ. އެކަމަކު، އެ ފުރުސަތު ނަގާލީ ކޮން ބޭފުޅެއް ކަން ވިސްނިވަޑައިގެންފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑާ ދިމާ އަށް މީހަކު ކިތަންމެ ވަރަކަށް އެއްޗެހި ކިއެއް ކަމަކު، އަނެއް ދުވަހު އަނެއް ފަރާތަށް އެނބުރޭ އިރު، އަޅުގަނޑުމެންގެ ހިތަކު ނުހުންނާނެ އެކަމެއް. މިހާރު ވެސް އެކަހަލަ މަންޒަރު އެބަފެނޭ،" --- ގާސިމް

އެކަމަކު، އެ ފުރުސަތު ޖުމްހޫރީ ޕާޓީ އަށް ނުދެއްވީ ކޮން ބޭފުޅެއް ކަމެއް ގާސިމް ވިދާޅެއް ނުވެ އެވެ. ބެލެވޭ ގޮތުގައި، ގާސިމް ބަހުގެ އެ ހޫނު ހަމަލާތައް މިފަހަރު ވެސް ދެއްވީ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް ނަޝީދަށެވެ.

އެކަމަކު، ގާސިމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ދެމެހެއްޓުމަށް ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި ކުރީގައި ވެރިކަން ކުރެއްވި ބޭފުޅުން ހެއްދެވި މިސްޓޭކެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުހައްދަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

މާމިގިލީގައި ރޭ ބޭއްވި ޖަލްސާގައި ގާސިމް ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ ހުސެއިން ވަހީދު/މިހާރު

"އަޑިއަޑިން ނާގަހަރުފަ ވިހަލާހެން މި ކަންކަން ދިޔަކަސް، ކަން ހިނގާ ގޮތް އެނގޭ،" ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި ވަޒީރުކަމުގައި ތިއްބެވި ބައެއް ވަޒީރުންނާއި އެ ޕާޓީ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނަން އެންމެ ރަނގަޅީ ހުސްބުޅިއެއް ލީމަ ގަންނަ ކަހަލަ މީހުން ބާއޭ ހިތަށް އެރިޔަސް އެކަން އޮތީ އެހެނެއް ނޫނެވެ. އަދި މަޖިލިހުގައި ތިބެން ޖެހޭނީ މިލިއަނަރުން ކަމަށް ކުރިން ވިދާޅުވި، ވިދާޅުވުން ގާސިމް މިފަހަރު ވެސް ދިފާއު ކުރެއްވި އެވެ.

ސޯޝަލް މީޑިއާގައި ގާސިމަށް "ސޭޓު" ނުވަތަ "މަހުޖަނު" ފަދަ ނަންތައް ކިޔަމުންދާތީ އެކަމަށް ފާޑު ކިޔައި ގާސިމް ވިދާޅުވީ "އޭތި މީތި ކިޔައި" ބިލްބޯޑުތައް ހިފައިގެން ނުކުތަސް، އެންމެ "އިންޗިއެއް" ވެސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ފާޑު ކިޔަމުން ދަނީ ހައެއްކަ މީހުންނަށް ބަޔަކު ފައިސާ ދީގެން ކަމަށް ވެސް ގާސިމް ތުހުމަތު ކުރެއްވި އެވެ.

ގާސިމް ވިދާޅުވީ އިގުތިސާދީ ވިޔަފާރިވެރިންނަކީ ގައުމުގެ ކުރިއެރުން ކަމަށާއި އެހަގީގަތް ދުނިޔެ ވެސް ގަބޫލުކުރާ ކަމަށެވެ. ނަޝީދަށް 2008 ގައި ވެރިކަމަށް ވަޑައިގަނެވުނީ އެމަނިކުފާނުގެ މަސައްކަތްޕުޅުކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ އެކަން ހަނދާން ނެތިގެން މިއަދު 'ސޭޓު' އޭ ވިދާޅުވެ ނަޝީދު ވާހަކަފުޅު ދެއްކެވި އިރު، އެ ދުވަހު ވެސް އެއީ 'ސޭޓު'ކަން އެނގިވަޑައިނުގެންނެވި ކަމަށެވެ.

"ވިޔަފާރިވެރިންގެ ތެރެއިން އަޅުގަނޑަށް އެކަނި އަމާޒުކޮށް މި އަންނަނީ (ފާޑުކިއުން). އެހެންތާ ވާނީ އަޅުގަނޑު ކެރިގެން ސާބިތު ކަމާ އެކީގައި ގޯހެއް ހަދާ ނަމަ، މި ހަދަނީ ގޯހެއް ކަމަށް ކޮންމެ ސަރުކާރެއް އޮތަސް ބުނަނީ،" ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީން މަޖިލިސް އިންތިހާބު ކެމްޕޭނަށް މާމިގިލީގައި ބޭއްވި ޖަލްސާ. -- ފޮޓޯ ހުސެން ވަހީދު/މިހާރު

ގާސިމް ވިދާޅުވީ އިހަށް ދުވަހު މިތުރުންގެ ގޮތުގައި ތިބި މީހުން މިއަދު ހަތުރުންނަށްވެ ހަތުރުންގެ ގޮތުގައި ތިއްބެވި ބޭފުޅުން މިއަދު މިތުރުންނަށް ވެފައި އޮތުމަކީ އިލާހީ ގާނޫނު ކަމަށެވެ.

"އަޅުގަނޑާ ދިމާ އަށް މީހަކު ކިތަންމެ ވަރަކަށް އެއްޗެހި ކިއެއް ކަމަކު، އަނެއް ދުވަހު އަނެއް ފަރާތަށް އެނބުރޭ އިރު، އަޅުގަނޑުމެންގެ ހިތަކު ނުހުންނާނެ އެކަމެއް. މިހާރު ވެސް އެކަހަލަ މަންޒަރު އެބަފެނޭ،" މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވަން ނިންމެވި ނިންމެވުމާ ގުޅިގެން އަމާޒުވާ ފާޑު ކިޔުންތަކަށް ނުސީދާ ގޮތެއްގައި ރައްދު ދެއްވައި ގާސިމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނު އަސާސީގައިވާ ހުދޫދުތަކުގެ ތެރެއިން ކަންތައްތައް ކުރުމުގެ ވިސްނުން ގެންގުޅެން ޖެހޭ ކަމަށާއި މީގެ ކުރިން ހިނގައިދިޔަ ކަންތައްތައް އިބުރަތެއްގެ ގޮތުގައި ބަލަން ޖެހޭނެ ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގާލުމަށްޓަކައި ބަޔަކު މަސައްކަތްކުރަމުންދާ ކަމަށާއި މި ކަންކަމާ މެދު ޒުވާނުން ހޭލުންތެރިވެ ތިބުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އިންތިހާބުގައި ގައުމު ސަލާމަތްކުރަން އެދޭނަމަ ރައްޔިތުން ވަރަށް ބޮޑަށް ވިސްނައިގެން ތިބެ ވޯޓް ދެއްވުމަށް ގާސިމް އެދިވަޑައިގެންނެވި އެވެ.

ނައިބު ރައީސް ފައިސަލާއި އަލީ ވަހީދުގެ ތައުރީފު ގާސިމަށް

ރޭގެ ޖަލްސާގައި ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ، ގާސިމަކީ އުފެދުމުގައި ވެސް އޯގާތެރި ހިތްޕުޅެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ. ގާސިމްގެ މުވައްޒަފެއްގެ ގޮތުގައި ކުރިން މަސައްކަތްޕުޅު ކުރެއްވި ފައިސަލް ވިދާޅުވި ގޮތުގައި ގާސިމް ފަދަ ވަފާތެރި، އަމާނާތްތެރި ބޭފުޅުން ރައްޔިތުންގެ މަޖިލިހަށް ހޮވަން ޖެހޭ ކަމަށެވެ.

"ހެޔޮ ބަދަލު ގެނައުމަށް، ރައްޔިތުންގެ އުންމީދުތައް ހޯދައިދިނުމަށް ގުރުބާން ނުކުރާ އެއްވެސް ކަމެއް ނެތް،" ޖަލުގެ އަނިޔާ އެންމެ ބޮޑަށް ތަހައްމަލު ކުރެއްވީ ގާސިމް ކަން ފާހަގަ ކުރައްވައި ފައިސަލް ވިދާޅުވި އެވެ.

ގާސިމްގެ ކެމްޕެއިން އިފުތިތާހު ކުރުމަށް މާމިގިލީގައި ރޭ ބޭއްވި ޖަލްސާގައި ނައިބު ރައީސް ފައިސަލާއި މަޖިލިސް އިންތިޚާބުގައި ދަގެނތި ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް ސަލާމް ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ނައިބު ރައީސް ވަނީ ގާސިމްގެ މުދާތަކާއި އާއިލާ އަށް އެތައް ނިކަމެތިކަމެއް ދިމާވެ، އެތައް އުނދަގުލެއް ތަހައްމަލު ކުރައްވަން ޖެހިވަޑައިގެންނެވި އިރު، ރައްޔިތުންނަށް ހައްގުތައް ހޯދައި ދިނުމަށް އެއްވެސް ފަސް ޖެހުމެއް އެމަނިކުފާނުގެ ނެތް ކަމަށް ވިދާޅުވެ، ގާސިމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އާންމު އިންތިހާބު ބޯމަތިވެފައިވާ އިރު، ހިތްހެޔޮ އަހުލާގު ރަނގަޅު، ނަޒާހަތްތެރި ބަޔަކު މަޖިލިހަށް ހޮވުމަކީ މުހިންމު ކަމެކެވެ. އަދި މަޖިލިހަކީ ކަރާމާތްތެރި، ޝަރަފްވެރި، ގާނޫނީ ރައްކާތެރިކަން ރައްޔިތުންނަށް ލިބޭ ތަނަކަށް ވާން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

"ގާސިމް ވަރުގަދަ ރައްޔިތަކަށްވީ، ހިކުމަތު އަމަލީ އާއި ހިތުގެ ޖާގައިގެ ބޮޑުކަމުން. ޒުވާނުންނާއި އަންނަން އޮތް ޖީލުތަކަށް ފިލާވަޅާއި ދަރުސް ލިބެން ޖެހޭ ލައިފް ސްޓޯރީއެއް ގާސިމަކީ،" އަލީ ވަހީދު

އެމަނިކުފާނު ވިދާޅުވި ގޮތުގައި ހައްގުތަކަށް އަރައިގަތުމާއި އަނިޔާވެރިވުން ވަނީ ފޮހެވިގެން ގޮސްފަ އެވެ. އެހެންވެ، ސަކަރާތް ޖެހުމަށް އެއްވެސް ވަގުތެއް ނެތް ކަމަށް ވިދާޅުވެ، ފައިސަލް ވަނީ ސިޔާސީ ލީޑަރުން ގުޅިގެން ރައްޔިތުންނަށް ކުރިއެރުން ހޯދަން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

ގާސިމްގެ އުފަން ރަށުގައި ބޭއްވި ފޯރިގަދަ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވީ، އެމްޑީޕީގެ ޕޯޑިއަމްތަކުގައި ގާސިމް 'ހަވަރަށް' ދީގެން ހަޅޭއްލެވުމަކީ ގަބޫލު ކުރެއްވޭ ކަމެއް ނޫން ކަމަށެވެ.

"އާ ވާހަކައެއް ނެތް. އާ މީހެއް ނެތް. އާ ކެސެޓް ރޯލެއް ނެތް. ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ކޮންމެ މީހަކީ ކާކު ކަމާއި އެމީހެއްގެ ފަސް ބަޔަކީ ކޮބައިކަމާއި އެމީހެއްގެ ގާބިލްކަން ނޭނގޭ ރައްޔިތަކު ރާއްޖޭގައި މަދުވާނެ. އެހެންވީމާ، އަޅުގަނޑުމެންނަށް އެނގޭ ދުލުގައި ހިފައި ދަމަން ބައެއް ޕޯޑިއަމްތަކުން ގޮވަނީ ކީއްވެގެން ކަން،" މި ފަހަރުގެ އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް/ކޮންގްރެސް ޕާޓީގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދު ކުރައްވަން ގާސިމް ނިންމެވުމުން އެކަމާ މީގެ ކުރިން ހިތްހަމަނުޖެހުން ފާޅުކުރެއްވި އަލީ ވަހީދު ވިދާޅުވި އެވެ.

ގާސިމްގެ ކެމްޕެއިން އިފުތިތާހު ކުރުމަށް މާމިގިލީގައި ރޭ ބޭއްވި ޖަލްސާގެ ތެރެއިން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

އަލީ ވަހީދު ވިދާޅުވި ގޮތުގައި ގާސިމަށް ބަސް އުކަނީ ސިޔާސީ ގޮތުން އެމަނިކުފާނު 'ރީތިވީމަ' އެވެ.

ގާސިމަކީ ހިޔާލު ތަފާތުވާ މީހުންނާއި ކައިރީގައި ތިބޭ މީހުންނާ އެކީ މަސައްކަތްޕުޅު ކުރެއްވުމުގެ ގާބިލް ކަން ހުންނެވި ބޭފުޅެއް ކަމަށް ވެސް އަލީ ވަހީދު ވިދާޅުވި އެވެ. އަދި މީހެއްގެ ވަޒީފާ އިން ވަކި ކުރަން ނުވަތަ އަނިޔާވެރިކަން އިސް ކުރަން ދުވަހަކު ވެސް ގާސިމް ނޫޅުއްވާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ގާސިމް ވަރުގަދަ ރައްޔިތަކަށްވީ، ހިކުމަތު އަމަލީ އާއި ހިތުގެ ޖާގައިގެ ބޮޑުކަމުން. ޒުވާނުންނާއި އަންނަން އޮތް ޖީލުތަކަށް ފިލާވަޅާއި ދަރުސް ލިބެން ޖެހޭ ލައިފް ސްޓޯރީއެއް ގާސިމަކީ،" ގާސިމަށް ތައުރީފު ކުރައްވަމުން އަލީ ވަހީދު ވިދާޅުވި އެވެ.

70 ކޮމެންޓް, 148 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 1%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަހޫ

09 April 2019

ނަޝީދަށް ފެންނަ ހުވަފެން ބިލާހަކަށް ހަދާން އުޅެގެން މިވީ ގަބީލާ އަކަށް.ދެން ލަލަލާ.ދެން ލަލަލާ.

The name is already taken The name is available. Register?

އަޙުމަދު.

08 April 2019

މިހާރު ތިއޮތީ ނަޝީދަށް ފެނުނު ހުވަފެން ބިލާހަކަށް ވެފަ. ސޭޓުގެ ހުރިހާވެސް ހަލާކަކީ އަމިއްލައެދުން ބޮޑުވުމާ އެނބުރޭ ވަހުތާނެއްހެން މީހާ ބަދަލުވަމުން ދިއުމާ ވެރިކަމާހެދި މަރުދަންޖެހޭ މީހަކަށް ވުމުގެ އިތުރުން ރައްޔިތުން ޤަބޫލުނުކުރާ ސިފަތަކެއް ސޭޓުގެ ކިބައިން ފެންނަމުން ދިއުމެވެ. އަދި ފާނޑިޔާރުގެއަށް ނުފޫޒު ފޯރުވައިގެން ކޮށްފަހުރި ކަންކަމާ ކުރަމުންދާކަންކަމާ ޤައުމުފަސާދަކުރުމުގެ މުއްލާއަކަށްވެސް ސޭޓް ވެފައިވާތީއެވެ.

The name is already taken The name is available. Register?

އޭނަ

01 April 2019

ގައުމުގެ ހަލާކު. ވެރިކަމާ ނޫޅުނަސް ހިތްހަމަ ޖެހިގެން ދުނިޔޭގަ އުޅެވޭނެ. މިހާރުވެސް ލިބިފަ ހުރި ބައިވަރުގަނޑު މަދީތަ. ޔާމިން ކަހަލަ ނުބައި މީހަކާ އެކީ އެއްބައިވެގެން ގައުމު ފަސާދަ ނުކުރެވިގެން ތިއުޅެނީ

The name is already taken The name is available. Register?

ޙަބީބު

26 March 2019

އެހުވަފެން ހަގީގަތަކައް ވެއްޖެނަމަ އިންކަމްޓެސް ދައްކަން ގާސިމައް މަޖުބޫރުވާނެ މިނިމަމް ވޭޖު ކަނޑައަޅަން މަޖުބޫރުވާނެ ބަންގްލަދޭސް މީހުންގެ މުސާރަވެސް 10.000ދޭންޖެހި ދިވެހިން ގެންގުޅެން މަޖުބޫރުވާނެ މިހާރު ކޮންމެމީހަކު 2ބޮންދު ގެނެސް 100ޑޮލަރު ދީފަ މާލެޔާ ރާއްޖޭގެ އެކިހިސާބައް އުކާލަނީ ދެންކިޔަނީ ދިވެހިން ނުކުރޭ ކަމެއް މީހަމަ ދޮގެއް އެކަށީގެންވާ އުޖޫރަ ދޭނަމަ ދިވެހިންވެސް ލިބޭނެ ހދ ކުޅުދުއްފުށި އޮޑިފަހަރައް ބަލާބަލަ އެންމެ ބިދޭސީޔަކުވެސް ނެތް

The name is already taken The name is available. Register?

ނަޒީރާ އިބްރާހިމް

26 March 2019

ހުރިހާދިވެހިންނަށްވެސް އެނގޭޤާސިމަކީ ކާކުކަން ކޮންމެމީހަކު ބެރެއްޖަހާލިޔަސް ތިހުންނަނީނެށިނެށި. އަޅެމޮޅިއްޔާ ތިޔަނޫންދާއިރާއަކަށް ކުރިމަތިލާބަލަ ރައްޔިތުން ބަލައިގަންނަވަރު ވަޒަންކޮށްލެވޭނެ.

The name is already taken The name is available. Register?

ޝާހު

25 March 2019

ބަލަ. އިބޫ ޖުމްހޫރީ ޕާޓީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރި އިރު އޭގެ އެއްޗެއް އޮންނަން ވާެއޭ އެމްޑީޕީ އާ އެކުވެސް

The name is already taken The name is available. Register?

ކުޑަމަނިކު

25 March 2019

އަޅެ ކޮންމެވެސް ބަޔަކު ވެއްޖެއެއްނު ވޯޓެއްނަގަން އަލުން. ގާސިމް އެއްކޮޅުގައި ނަޝީދު އަނެއްކޮޅުގައި! ނަތީޖާފެނިފައި ގާސިމް ކޮންމެވެސް ވަރަކަށް މައިތިރިވެދާނެ ތޯއްޗެއް!

The name is already taken The name is available. Register?

ތުމްހާރާ

25 March 2019

ގާސިމު ނަމަނަމަ މިގައުމު އިންޑިއާއަށް ވިއްކާލިޔަ ނުދޭތި އަހަރުމެންގެ މިނިވަން ކަން މާއަގުބޮޑު އާދޭސްކޮށްފައި މިބުނީ ހިލާ އެކަން ވިޔަނުދޭތި އައްޑުއަތޮޅާއި ހުވަދުއަތޮޅު ހިމަނައިގެން އިންޑިއާއަށް ދޫކޮށްލަން ނަޝީދު ވާހަކަ ދެއްކިމަަށްވޭ ހިލާ ވިޔަނުދޭތި މިއީ އަހަރުމެންގެ ގައުމު މިއީ އަހަރުމެން ކާބަފައިގެ ވަތަން މިއީ އަހަރުމެންގެ ދަރީގެ މުސްތަގުބަލު

The name is already taken The name is available. Register?

ގަރުދިތަ

29 March 2019

ޗައިނާއަށް ދަރާދިޔައިރު ތިވާހަކަ ނުދައްކަވާ މިހާރު ކޮން ބެރެއްތޯ ތިޖައްސަވަނީ؟

The name is already taken The name is available. Register?

އަޙުމަދު.

08 April 2019

ތުމްހާރާ، ނާމްކިޔާހޭ. އިންޑިޔާގެ ބިންކުޑައީތަ ؟ ނޫންނަމަ އެމީހުން އެތިބީ ބުރާންތިވެފަތަ. ކުނބުރެއް ވަރުގެ ރާއްޖެއެއް އިންޑީޔާއަށް ވިއްކާލަން ނަޝީދު ވާހަދެއްކިއޭ ކިޔައިގެން ތިކަހަލަ ސާބިތުނުހިފޭ ދޮގުވާހަކަ ދެއްކީމާ ސޭޓް ރުފިޔާ ބޮޑިއެއް ދޭނެ ކަމަށް ތޯއެވެ.؟ އެހެން ވިއްޔާ މިހާރު ހުންނާނީ ލިބިފައެވެ. މީ ނަޝީދުގެ ގައުމެއް ނޫނެވެ. ހަމަ ހޭގަ ހުރެގެން ވާހަކަ ދައްކަބަލާށެވެ.

The name is already taken The name is available. Register?

ވެލިދޫ ކަޑި އަލިކޮއި

25 March 2019

ބަލަގަ ޕާޓީގެ ގައުމީ މަޖިލިސް ގެ އަގުލަބިއްޔަތުން ނިންމުމަކީ ރައީސް ނަޝީދު ގެ މައްސަލަ އެއް ތަ؟ އެމްޑީޕީ އަކީ ޖޭޕީ އެއް ނޫނޭ އިގޭތޯ؟ ޤާސިމް ނަޝީދު ދެކެ ހަސަދަވެރިވާންޖެހޭ ސަބަބެއްނޫން އެއީކީ ނަޝީދު ގެ ފަހަތުގަ ރައްޔިތުންގެ ގިނަބަޔަކު ތިބުން.

The name is already taken The name is available. Register?

ބިލާހެއް

25 March 2019

ނަޝީދަށް ފެންނަ ހުވަފެން ބިލާހަކަށް ހެދުމަށް ޤާސިމް ދެކޭ ހުވަފެން ބިލާހަކަށް ހަދައިފިއްޔާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454