ޚަބަރު / މެމްބަރު އަބްދުﷲ ޖާބިރު (ކާށިދޫ)

މައުމޫނަށް މާފުކޮށް، 29 މިލިއަން ރުފިޔާގެ މައްސަލަ ޖާބިރު ނަގަން ނިންމައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި (ވ) ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަނބުރާ ދައްކަވާ ގޮތަށް ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ މާފުކޮށް، ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވުމަށް ޑީއާރުޕީގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ނިންމަވައިފި އެވެ.

މައުމޫނާ ދެކޮޅަށް ޖާބިރު ފުލުސް އޮފީހަށް މައްސަލައެއް ހުށަހެޅުއްވީ އަނބުރާ ދައްކަވާ ގޮތަށް މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި 29 މިލިއަން ރުފިޔާ އޭނާގެ އަތުން ނަންގަވައި އެ ފައިސާ ނުދެއްވި ކަމަށް ވިދާޅުވެ އެވެ. އެކަމަކު މި ތުހުމަތު މައުމޫން އުފައްދަވާ ޕާޓީ، އެމްއާރުއެމް އިން ވަނީ ދޮގުކޮށްފަ އެވެ.

ޖާބިރު "މިހާރު" އަށް ވިދާޅުވީ މައުމޫނާ ދެކޮޅަށް ފުލުސް އޮފީހަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނެންގެވީ ޖާބިރުގެ މަންމަ މަރިޔަމް މަނިކުގެ އެދިވަޑައިގަތުމަކަށް ކަމަށެވެ. އަދި މަންމަގެ އެދިވަޑައިގަތުމަށް ފުރަގަސް ދެއްވަން ބޭނުން ނުވާތީ، މައުމޫނަށް މާފުކޮށްފައިވާ ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

"މައުމޫން ވިދާޅުވީ އަޅުގަނޑުގެ ގާތުގައި އެ ފައިސާ ބޭނުން ކުރެއްވީ ޑިމޮކްރަސީ ގެނައުމަށޭ. އެހެންވީމަ އެ ފައިސާ ބޭނުން ކުރެއްވީ ރައްޔިތުންނަށް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ޖާބިރު ވިދާޅުވި އެވެ.

ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކުރަން ރާވާފައި ހުރި ކަންކަން ހިމެނޭ އެކްޝަން ޕްލޭން އިފްތިތާހްކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ސަލާމް ކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

ޖާބިރު ވިދާޅުވި ގޮތުގައި އޭނާގެ މަންމަ ގުޅުއްވާފައި، މައުމޫނާ އިދިކޮޅު ނުވުމަށް ވެސް ވިދާޅުވި އެވެ. އެހެންވެ، މިއަދުން ފެށިގެން މައުމޫން ދައްކަވަން ޖެހޭ ލޯނެއް ނޯންނާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ މަންމައަކީ ގއ. ކޮލަމާފުށި މީހެއް. މައުމޫނަކީ ވިލިނގިލި ބޭފުޅެއް. އެހެންވީމަ ތިމާގެވެފައި އެއޮތީ. ހުވަދޫ އަތޮޅު މީހުން އެއީ،" މައުމޫން ކުރިން އުފެއްދެވި ޕާޓީގެ މިހާރުގެ ވެރިޔާ ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ފުލުހުންނަށް ހުށަހެޅުއްވި މައްސަލައިގައި އޭނާ ފުލުސް އޮފީހަށް ވެސް ހާޒިރު ކުރި އެވެ. އެކަމަކު، މައުމޫން ފުލުސް އޮފީހަށް ހާޒިރުވެވަޑައިނުގަތުމުން ތަހުގީގަށް އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.

މައުމޫނާ ދެކޮޅަށް ޖާބިރު ފުރަތަމަ މައްސަލަ ހުށަހެޅުއްވުމުން ފުލުހުން ނުބެލި އެވެ. އެއީ، އެ މައްސަލައިގައި އެއްވެސް ހެއްކެއް ހުށަަހަޅާފައި ނެތުމުންނެވެ. ދެ ވަނަ ފަހަރަށް މައްސަލަ ހުށަހަޅާފައި ވަނީ ހެއްކާ އެކުގައި ކަމަށް ޖާބިރު ވިދާޅުވި އެވެ.

އޭނާ ކުރިން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި 29 މިލިއަން ރުފިޔާ މައުމޫނަށް ދެއްވީ ލޯނެއްގެ ގޮތުގައި އަނބުރާ ދައްކަވާ ގޮތަށް އިންޓަރެސްޓް އަރާ ގޮތަށް ކަމަށެވެ. ފައިސާ ދިނުމާ ގުޅޭ މަޝްވަރާތައް ބޭއްވީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ހޮޓަލެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ އެ ފައިސާ ނެންގެވީ މައުމޫންގެ އަމިއްލަ ގެކޮޅު މ. ކިނބިގަސްދޮށުގެ މޯގޭޖް ކުރައްވާފައި ކަމަށެވެ.

76 ކޮމެންޓް, 142 ރިއެކްޝަންސް

icon happy icon happy 37%
icon sad icon sad 4%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަހަހަަހަ

27 October 2019

"ޖާބިރު ވިދާޅުވީ އެ ފައިސާ ނެންގެވީ މައުމޫންގެ އަމިއްލަ ގެކޮޅު މ. ކިނބިގަސްދޮށުގެ މޯގޭޖް ކުރައްވާފައި ކަމަށެވެ." ހަހަހަހަހާ، ޖާބިރު ތީ ބޭންކެއްތަ؟ ގޯތި މޯގޭޖް ވެސް ކޮށްފަ އޯ ލޯން ދިނީ. ސޯ ފަނީ.

The name is already taken The name is available. Register?

ތިއޭ އެއްކަލަ

28 October 2019

މަޑުކޮއްބަލަ. ހަމަ އެކަނި ބޭންކް އިން އެކަނިތަ ހަމަ އެކަނި މޯގޭޖް ކުރެވެނީ؟ ދެ މީހުން ދޭތެރޭ އެގްރިމޭންޓްއެއް ހަދާފަ އޭގަ ގެ މޯގޭޖް ވާހެން ސޮއި ކުރީމަ އެއޮތީ އެކަން ނިމިފަ

The name is already taken The name is available. Register?

ޖާދޫ

27 October 2019

ކަނޑަވާނެ. ގޮތް ހުސްވީ

The name is already taken The name is available. Register?

ހުތާ

27 October 2019

ޖާބެ އާ މަށާވެސް ތިމާގެ ވާނެ އެހެންވީމަ، ހުވަދޫ ހުރިހާ މީހުންނަކީ އަދި ދެކުނުގެ 3 އަތޮޅު މީހުންނަކީ އެއް އާއިލާއެއް ހަމަ، ޖާބިރު މައުމޫނަށް މާފުކުރީ މަންމަގެ ބުނުމަށް އާނ ބާސް ބުނުމަށް ކަމަށްވާނަމަ ތިޔަ ދެއްކެވި ނަމޫނާއަކީ ހުވަދޫ މީހެއްގެ ހައިސިއްޔަތުން ފަހުރުވެރިވާ ޢަމަލެއް. މައިން ވަފައިންގެ ބަސް ގަބޫލު ކުރުމަކުން ދެރަގޮތެއް ނުވާނެ.

The name is already taken The name is available. Register?

ކުޑަކަތީބް

27 October 2019

މަނިކްފާނު ވިދާޅުވިމެއްނޫންތޯ، ކަލޭމެންނަށް ބޯނަސްދީފަ، އިނާޔަތްދީފަ، ސޮދަގާތްދީފަ، ޒަކާތްދީފަ ދެން މަށަށް އޮތީ ކޯޗެންހެ؟

The name is already taken The name is available. Register?

ފުންއަސަރު

27 October 2019

އަހަރެން ހިތަށްއަރަނީ ތިހާވަރުގެ ކުޑައެތިކޮޅަކަށް މައުމޫނަށް މާފުކޮށްދެއްވި ފަދައިން، އަހަރެންގެ ދިރިއުޅުން އުޖާލާކޮށްދެއްވުމަށް ހަމަ އެންމެ މިލިއަނެއްވެސް ޚަރަދުކޮށްލަ ނުދެވޭނެތޯއޭ. މިހާރުވެސް މިއުޅެނީ ހުޅުމާލޭ 2.3 މިލިއަން ރުފިޔާގެ އެޕާޓްމަންޓަށް ފައިސާ ދައްކާލަ ދައްކާލަ އުޅެން ޖެހިފަ. ހަމަގައިމުވެސް ޖާބިރަށް މިކަން ކޮށްދެވިދާނެ. އަހަރެންގެ ހެޔޮ ދުއާއަކީ ޖާބިރަށް ހެޔޮ ވިސްނުން ދެއްވާ އަހަރެންގެ މިދިރިއުޅުމަށްވެސް ލުޔެއް ހޯދައިދިނުން!

The name is already taken The name is available. Register?

ބަނިއާދަން

27 October 2019

އަހަރެންނަށްވެސް 29 މިލިއަން ރުފިޔާގެ ލޯނެއް ދީބަލަ. ފަހުން މާފުކުރާގޮތަށް. ތީވެސް އާދަމުގެ ދަރިއެއް މިވެސް އާދަމުގެ ދރިއެއް. ތިމާގެވާނީ މިހާވަރަށް

The name is already taken The name is available. Register?

ދޮންބެއްޔާ

27 October 2019

ހައްހައްހާ. ކޮންކަހަލަ ހުވަފެނެއް ފެނުނީބާ. ލަފާކުރެވެނީ ބޮޑު ކޮޅިގަނޑެއް ބޯމަތިވުމާ

The name is already taken The name is available. Register?

ފަހީ މާ

27 October 2019

މައު މޫނުގެ އަޑެއް ބަޑެެއް ނީވޭތާ ގިނަ ދުވަސްތަކެއްވެއްޖެ. އެންޑީއެ މް މައްސަލާގަވެސް މައު މޫނު ޝޭހުގެ ބަހެއް އަދި އަޑެއް ނީވޭ. އާލާސްކަންފުޅުގަ އުޅުއްވަނީތޯ އަނެއްކާ.

The name is already taken The name is available. Register?

ޙޭ އ

27 October 2019

ޙޫ އެލްސް ކާންޓް ސްލީޕް؟

The name is already taken The name is available. Register?

ރީތި މޫސަ

27 October 2019

އެގިގެންދިއައީ ފައިސާ ދޭންނެއްކަން މިޖާބިރު މަރުވުގެކުރިން ކިހަދޮގެއްހަދާނެބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454