އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ.
04 ޑިސެމްބަރ 2019 - 17:03
ކެންސަރުގެ ބައްޔަށް ފަރުވާދޭ ހާއްސަ ހޮސްޕިޓަލެއް ހުޅުމާލޭގައި އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.
އިންޑިއާ އިން މިއަދު ވަނީ ހަތަރު ދާއިރާއަކުން ބޮޑެތި އެހީތަކެއް ރާއްޖެ އަށް ދީފަ އެވެ. އެ އެ ރަސްމިއްޔާތުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ ކުރިއަށް އޮތް އަހަރުގެ ތެރޭގައި އެ ގައުމުން ރާއްޖެ އަށް ގިނަ އެހީތަކެއް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ކެންސަރުގެ ހޮސްޕިޓަލަކާއި ކްރިކެޓް ދަނޑެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ޑިމޮކުރަސީ އާއި ރާއްޖޭގައި އުމްރާނީ ވަސީލަތްތައް ގާއިމްކޮށް މީހުން ބިނާ ކުރުމަށް އިންޑިއާ އިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭނަން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެންނެވި ކޮންފަރެންސްގައި މޯދީ ވިދާޅުވި އެވެ.
India in raajje ah bodethi ehee thakeh
The most trusted news source in the Maldives
Mihaaru
އިންޑިއާ އިން ރާއްޖެއަށް ބޮޑެތި އެހީތަކެއް ދިނުން---
އައްޑޫ ސިޓީގެ ތަރައްގީ އަށް މިސަރުކާރުން ދެއްވާ ސަމާލުކަން އިންޑިއާ އިން ބަލައިގަންނަ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ. އެގޮތުން އައްޑޫ ސިޓީގެ ތަރައްގީ އަށް އިންޑިއާ އިން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މޯދީ ވިދާޅުވި އެވެ.
އެންމެ މުހިންމީ ދެ ގައުމުގެ ރައްޔިތުންގެ ގުޅުންކަން ފާހަގަ ކުރައްވައި މޯދީ ވިދާޅުވީ ރާއްޖެ އަށް ޒިޔާރަތް ކުރާ އެ ގައުމުގެ ޓޫރިސްޓުންގެ އަދަދު ދެ ގުނަ އިރުތު ކުރެވިއްޖެ ކަމަށެވެ. މި ހަފްތާގައި އިންޑިއާގެ ތިން ސިޓީއަކުން ޑައިރެކްޓް ފުލައިޓް ރާއްޖެ އަށް ފަށާނެ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.
އިންޑިއާގެ ބޮޑު ވަޒީރު ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ޑިމޮކްރަސީ އާއި ރާއްޖޭގެ ތަރައްގީ އަށް ގިނަ ކުރިއެރުންތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެން ހިނގައްޖެ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.
މޯދީގެ ވާހަކަފުޅުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ "ހިތާއި ހިތުގެ" ގުޅުމެއް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިހަންޑޯ ޓޮލޭޑޯ
05 December 2019
ޓެރަރިޒަމް މަނާކުރާ ގާނޫނު ހަދާފައި ރާއްޖޭގެ ވެރިން ތިބޭތަން މިފެންނަނީ ޓެރަރިޒަމް ހިންގާ ސަރުކާރުތަކުގެ ވެރިންނާއި އެކު.
އިބްރާ
05 December 2019
ކާށި ތަޅާ މެޝިނެއް ބޭނުންވަނީ.
ރާއްޖެތެރޭ މީހށ
05 December 2019
ހުޅުމާލޭގަ ނާޅާ ބ. ގޮއިދޫގަ އަޅާބަލަ ބޭސް ކުރާމީހުންނަށް ޚަރަދު ކުޑަވާނެ އޭރުން
އަބްދުއްالله
05 December 2019
އެން އެމް އެމް އެޗް ދޯ؟
މިގޭ
05 December 2019
ކުދިންނޭވެ ލޯކަލް ކައުސިލް އިންތިޚާބަށް ރައްޔިތުން ގުނބޯހައްދާ ޅޮސް އުނދޯއްޔަށް ލަނީ. ހޭއަރާތިބޭތި. މަކަރާ ޔަހޫދޫދީ
ހުޅުބުޅިމަލޭ.
05 December 2019
އިންޑިޔާއިން ކަންކަން ކޮށްދޭނަމަ އަދި އިންޑިޔާގެ ތަރައްޤީގެ ޕްލޭންތައް ހިންގާނަމަ އައްޑުޑިއާ ކިއުމަކީ ވެސް މައްސަލައެއްކަމަކަށް އަހަރުމެން ނުދެކެން. މިސާލަކަށް މާލެ ސަރަހައްދުގެ ތަންތަނުގެ ކުރިއަށް ނުވަތަ ފަހަތަށް މާލެ އަންނަގޮތަށް އައްޑުޑިއާ ވެސް ކިޔެންޖެހޭނެ.
މަ މިއު މަ
05 December 2019
އިންޑިއާއިން ކުޅުދުއްފުށީގަވެސް ހޮސްޕިޓަލް ތަރައްގީ ކުރިއެއްނު. މި ސަރުކާރު ބޮޑު ތަނުން ފެއިލްވާތަން މިފެންނަނީ
ހޮޓްކިންގ
05 December 2019
އިންޑިއާ ރުހޭ ޑިމޮކްރަސީ އޮތްކަމަށް މޯދީ ބުނަނީ އިންޑިއާގެ ބާރު މިރާއްޖޭގައި ގަދަ ކުރުވޭގޮތަށް މިސަރުކާރުން ކުރިކަންކަން ގިނަވީމާ. ޔާމީނު ޖަލަށް ލުމަކީ އިންސާނީ ހައްގާއި ޑިމޮކްރަސީ އިންޑިއާ ސިފަކުރާ ކުރުމަށް ލިބުނު އިތުރު ބާރެއްކަމަށް އެމީހުން ދެކޭނެ. ނަމަވެސް އިންޑިއާއިން ދިން ބޮޑެތި އެހީތައް ކިޔާލީމާ އަންނަނީ ވަގު ހިންޏެއް.
ޏ މުލައް
05 December 2019
އިންޑިއާއިން ތިތަން ބަންދުކުރާނެ އެމީހުނާ ޚިޔާލު ތަފާތު ވާއިރަށް... ހަދާން އެބަހުރިތަ ވިސާ ނުދީ، ބިހާ، ފިޔާ، އަދި ކޮންސްޓުރަކްޟަން މެޓީރިއަލްސް ނުދީ ކުރި ޖެއްސުން ހަނދާނުން ނެތުނީތޯ؟ މއރ މެޟިނެއް ނުދީ 30 އަހަރު ވި އިރުވެސް އެމް އައި އާރ މެޟިންގަޑެއް ނުދެވުނުތާގަ، ބޭސް ފަރުވާ އަށް ދާމީހުން ހިފާ ހައްޔަރު ކޮށް، ޑީޕޯރޓު ކުރާ އިރު ކަލމެން އަދިވެސް މި ގެރި ގުއި ތަކުން ސަލާމަތް ނުވެވިގެން އުޅޭތަން މިފެންނަނީ...
ހޮޅިހޮޅި
05 December 2019
ތިވާނީ ހަމަ ކެންސަރަށް. އިންޑިޔާއަކީ ބޮޑު.....