ޗައިނާ ސަފީރު ޒޭންގް ލިޒޯންގް (ކ) އަދި ފޮރިން މިނިސްޓަރު ޝާހިދު ވާހަކަދައްކަވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
14 ޑިސެމްބަރ 2019 - 00:45
ޗައިނާއަކީ މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްކަމަށް ވިދާޅުވެ، ރާއްޖޭގައި ހުންނަވާ ސަފީރު ޒޭންގް ލިޒޯންގް، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، މިރޭ ރައްދު ދެއްވައިފި އެވެ.
މަޖިލީހުގެ ވަފުދަކާ އެކު އިންޑިއާ އަށް ކުރައްވާ ރަސްމީ ދަތުރުގައި، އެ ގައުމުގެ "ލޮކް ސަބާ ޓީވީ" ގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ ޗައިނާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު އޮތް ގުޅުން ބަދަހި ނުވެ ރާއްޖެ ވެއްޓުނީ ބޮޑު ދަރަންޏެއްގެ ތެރެއަށް ކަމަށެވެ.
Part 1. Again, sensational but baseless remarks on China by some Maldivian politician! Does China grab Maldivian land? Absurd! China’s investment in Maldives is no different from any other country.@MohamedNasheed @ibusolih @abdulla_shahid
— Amb. Zhang Lizhong (@AmbassadorZhang) December 13, 2019
އޭގެ ފަހުން އިންޑިއާގެ މީޑިއާތަކާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ރާއްޖެ އާއި ޗައިނާ ދެމެދު ގާއިމްކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމެންޓް ކުރިއަށް ނުގެންދާނެ ކަމަށެވެ.
ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ސަފީރު ކުރެއްވި ފުރަތަމަ ޓްވީޓުގައި ވިދާޅުވީ ރާއްޖޭގެ ސިޔާސީ ބޭފުޅަކު އަނެއްކާ ވެސް، ނާޒުކު އަދި އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކައިފި ކަމަށެވެ. އޭނާ ދެން އެއްސެވީ، ޗައިނާ އިން ރާއްޖޭގެ ބިން ޖަހައިގަނޭތޯ އެވެ. އެކަމުގައި އެއްވެސް އަސާސެއް ނެތް ކަމަށާއި އެހެން ގައުމަކުން ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމަންޓާއި ޗައިނާއާ އެއްވެސް ތަފާތެއް ނެތް ކަމަށް ވިދާޅުވި އެވެ.
Part 3. Reconstruct debt to China? My answer is: please honor the agreements. It is good to uphold the credibility of a sovereign country.@MohamedNasheed @ibusolih @abdulla_shahid
— Amb. Zhang Lizhong (@AmbassadorZhang) December 13, 2019
ސަފީރު ވިދާޅުވީ ދަންތުރައެއްގެ ބަދަލުގައި ޗައިނާއަކީ އެކި ކަންކަމުގައި މާލީގޮތުން އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށެވެ. އަދި ޓޫރިޒަމް އިސްތިހާރުކުރުމުގައި ޗައިނާއަކީ ރާއްޖެ އަށް އޮތް އެންމެ ބޮޑު ވަސީލަތްކަން ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި މިހާތަނަށް އިންވެސްޓްކޮށްފައިވަނީ ޗައިނާގެ ވަރަށް މަދު އަމިއްލަ ކުންފުނިތަކެއް ކަމަށާއި އެ ތަންތަން އަދި ނުހުޅުވާ ކަމަށް ވިދާޅުވި އެވެ.
"ޗައިނާ އަށް ދަރާފައިވާ ދަރަނި ދައްކަންޖެހޭގޮތް ބަދަލުކުރުން؟ އަހަރެންގެ ޖަވާބަކީ އެއްބަސްވުމަށް އިހުތިރާމް ކުރާށޭ. މިނިވަން މުސްތަގިއްލު ގައުމެއްގެ ގަދަރު ހިފެހެއްޓުމަކީ ރަނގަޅު ކަމެއް،" ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޓެގްކުރައްވައި ސަފީރު ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.
Part 5. Debt trap? It is a fiction. China is a contributor, not a trap maker. China is a development partner and biggest tourist source market for Maldives.@MohamedNasheed @ibusolih @abdulla_shahid
— Amb. Zhang Lizhong (@AmbassadorZhang) December 13, 2019
ފްރީ ޓްރޭޑް އެގްރިމެންޓާ ގުޅޭގޮތުން ސަފީރު ވިދާޅުވީ ރާއްޖޭގެ ސަރުކާރުން އިހުތިޔާރުކުރާނީ އެންމެ ރަނގަަޅު ގޮތަށް ކަމަށް ގަބޫލްކުރާ ކަމަށެވެ. އެ އެއްބަސްވުން ގާއިމްކުރީ އެތައް އަހަރެއްވަންދެން ދެ ގައުމުން ކުރި މަޝްވަރާތަކަށްފަހު ކަމަށް ވިދާޅުވި އެވެ.
ދެ ގައުމުގެ ގުޅުމާ ގުޅޭގޮތުން ރާއްޖޭގެ ސިޔާސީ ބޭފުޅުން ޒިންމާދާރުކަމާއެކު އަމަލުތައް ބަހައްޓާނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި މި މުހިއްމު ގުޅުން ރަނގަޅު ފާލެއްގައި ދެމެހެއްޓުމަށް ހާސިލްކުރެވިފައިވާ ކަންކަމާމެދު އުފާކުރެއްވުމަށް އޭނާ އެދިވަޑައިގަތެވެ.
މީގެ ކުރިން ވެސް ޗައިނާއާ ގުޅޭގޮތުން ނަޝީދު ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން އެ ދެ ބޭފުޅުން ސޯޝަލް މީޑިއާގައި ހޫނު ޒުވާބަކަށް ދިޔަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމަނާ
01 March 2020
މީނަވެއްޖެއެއްނު މީނަގެ ވެރިކަމުގައި ކުރި ކުއްތަކުގައި މިހާރުވެސް ވެއްޖެއެއްނު ބަންދުމުރަން. މިހާރުވެސް އެއުޅެނީ މިވެރިކަމުގައިވެސް ކަމެއްކުރިޔަނުދެން. ޔާމީނު ވެރިކަމުގައިވެސް މީނައުޅުނީ މިގޮތަށް. މީ ރާއްޖޭގެ ހަލާކު.
އިންޑިޔާ.
15 December 2019
ޔާމީން 5 އަހަރު ތެރޭ ނެގިލޯނަށްވުރެ މިސަރުކާރުން އިންޑިޔާއިން 1 މަސްތެރޭ ނެގިލޯނު އިތުރު. ޗައިނާއިން ދިވެހިރާއްޖެ އަޅުވެއްވެއްނުކުރޭ. އިންޑިޔާއިން ޤައުމު އަޅުވެތިކޮށް ދިވެހިރައްޔަތުން ޒިންމާކޮށް ނަގާލޯނުން ޚަރަދުކޮށް އިންޑިޔާ ސިފައިން ރާއްޖޭގައި ބާތިއްބަނީ. ނަޝީދު ކަހަލަ ދޮގުވެރި ޚިޔާނާތްތެރިން ގަނެގެން އިންޑިޔާއިން އުޅެނީ. އިންޑިޔާއަށް ތިކުރާދަތުރުގެ ޚަރަދުވެސް ލޯނުގެ ތެރެއިން؟
ސަފީރު
15 December 2019
ޗައިނާއިން ލޯނުނަގައިގެން އެއޮތީ އެއާޕޯޓު ތަރައްގީ ކުރަންފަށާ އާރަންވޭ ހަދާ ނިންމާފަ ހުޅުމާލެ ފޭސް 2 ހިއްކާފަ 7000 ފްލެޓް އަޅަންފަށާފަ މަގުހަދާފަ ބްރިޖް އަޅާފަ މިތަކެތި ކޮނެގެން ނަގާ އިހުހުރިގޮތަށް ހަދާފަ ޗައިނާއިން ނެގި ލޯނު ފައިސާ ނުދައްކާގޮތަށް އެއްބަސްވެވިދާނެ މިގޮތް އޯކޭތަ؟
ރީތި މޫސަ
15 December 2019
ޗައިނާއާއި އިންޑިޔާގެ ތަފާތަކީ އިގްތިސާދާއި ކުރިއެރުން ރާއްޖެ ކުރިޔަށްދާންބޭނުންނަމަ ބޭނުންވާނީ ކުރިއަރަމުންދާ ޤައުމުތަކާއި އެކުވިޔަފާރި އިތުރުކޮށް އަދި އިންޓަރެސްޓް ރޭޓްކުޑަކޮންދޭ ޤައުމުތަކުން ލޯނުނަގަން އިންޑިޔާއަކީ އަމިއްލަހާލައިގެން ނުއުޅެވޭޤައުމެއް އަދި އަމުދުން ހަންފަތުރާ ޤައުމެއް
އަލީ ހަމީދު
14 December 2019
އަމިއްލަ ގައުމުގައި މުސްލިމުންނަށް އެވަރަށް އަނިޔާކުރާ ބަޔަކު ރާއްގެ ކަހަލަ %100 މުސްލިމް ގައުމަކަށް ހެޔޮއެދިގެން އުޅޭނެކަމަށް ގަބޫލުކުރާނީ މޮޔައެއް.
ސަންޕާ
14 December 2019
ނޫސްކިޔާނޫޅެންދޯ. އިންޑިއާގަ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާ ތަކުގެ ވާހަކަ ނުފެނޭދޯ މީޑިއާތަކުން؟ އެބަޔަކަށް ފެންނާނީ އެބަޔަކު ބަލަން ބޭނުންވާ އެއްޗެއް، ދެއްތޯ.
މޮހޮނު129
14 December 2019
އަލީ ހަމީދު، އިންޑިޔާ އަކީ ތިޔަކިޔާކަހަލަ ގައުމެއް. ކަޝްމީރަށް ހަދާލި ގޮތް ނިކަން ބަލާލަބަލަ. އިންޑިޔާ ، ދުވަހަކުވެސް އަވަށްޓެރި ގައުމުތަކަށް ހެޔޮނޭދޭނެ. ދައްކާނީ ހުސް ދަޅަ.
ކަންދަހާރު
15 December 2019
ކަލެއަށް އަފްގާނިސްތާނައް ދާންކެރޭނެތަ ވަންވޭ ޓިކެޓެއް ދީފާނަން
އަލީބަލީ
14 December 2019
އެފްރިކާގައި ޗައިނާގެ ދަރަނި ދަންތުރައިގައި ޖެހިފައިވާ ގައުމުތަކުގެ ތެރޭގައި އެންގޯލާ، އިތިއޯޕިއާ، ޒެމްބިއާ، ކެންޔާ، ގާނާ، ނައިޖީރިއާ، ކެމެރޫން، މޮޒަމްބިކް، ޖިބޫޓީ ހިމެނޭ. ކިތަންމެ އަޑުއަހަން އުދަގުލަސް ހަގީގަތެއް ވާނީ ހަގީގަތަކަށް. ޗައިނާ ކަހަލަ ބާރާ ނުފޫޒުގަދަ ބޮޑު މުއްސަދި ގައުމެއްގެ ވާހަކަ މިގޮތަށް ބުނެލަން ކެރޭނީ މަދު ސިޔާސީ ލީޑަރުންނަށް. މީގެ ސަބަބުން ހަށިގަޑަށްވެސް ނުރައްކާ ކުރިމަތިވެދާނެ.
ޓްރެޕް
14 December 2019
އެގައުމެއްގެ ސިޔާސީ އަރާފޭބުންތަކާ ހެދި އެގައުމެއްގެ ދަރަނި އަދާނުކުރެވުން އެއީ ޗައިނާ މީހުންގެ މައްސަލައެއް ނޫން. ގައުމުތަކުގެ ދާޚިލީ ސިޔާސީވާދަ ބޮޑުވެ ހަގީގީ މައްސަލައަށް ހައްލު ހޯދަން ނޫޅެ ކޯޅުނީމަ އޮންނާނީ ތިޔަ ދަންތުރައިގަ ޖެހިފަ. ޗައިނާގެ އަގުވައްޓާލަން އުޅޭބަޔަކު އެއަށް ނަމެއް ކިޔައިގެން ކިތަންމެ އެއްޗެއްވެސް ލިއެވިދާނެ. ނަގާ ލޯނަށް ހަދަންވީގޮތް އެނގޭހާ ގާބިލް މީހުން ނެތުމީ އެގައުމަކަށް ލިބޭ ލަދުހުތުރެއް. ރައްޔިތުންނާ އަޅާލާ މީހަކު ނެތް.
އެއީ ތެދެއް
14 December 2019
ގަބޫލު ނުކުރާ މީހުން ގޫގުލްގައި "ޗައިނީސް ޑެޓް ޓްރެޕް" ޖަހާފައި ސާޗްކޮށްލީމާ މި އަދަވަޅަށް ވައްޓާލަފައި ތިބީ ކިތައް ގައުމުކަން ސާފުވާ ވަރަށް ނިއުސް އާޓިކް ފެންނާނެ.
އިންޑި
15 December 2019
ޗައެނާއިން ލޯނުދެނީ ގަދަކަމުންތަ؟ ޗައެނާއިން ލޯނު ނުދޭނަމަ އެޤައުމުތައް އޮއްނާނެ ޙާލު އެގޭތަ؟ ޗައެނާއިން ބޭނުންވަނީ ފަގީރު ޤައުމުތަކުގަ އިންވެސްޓްކޮށް ތަރަށްގީކޮށް ދުނިޔެ އަޅުވެތިކުރަން މަސައްކަތްކުރާ ޤައިމުތަކުގެ ކިބައިން ފަޤީރު ޤައުމުތަށް ސަލާމަތްކުރަން. ރާއްޖޭގެ ރައްޔަތުން މުއްސަދިވަމުން މިދަނީ ބޭންކް ތަކުން ލޯނު ނުނަގާތަ؟ ކޮބަތަފާތަކީ؟
މިއަދު
14 December 2019
އިންޑިޔާއިން ކޮށްދެވޭނީ ކޮންކަމެއް އެއުޅެނީ އަމިއްލަގައުމުގެ ރަޢިއްޔަތުންނަށް ސަލާމަތާއި ރައކާތެރިކަން ހޯދަނުދެވިގެން މުޅިގައުމުގައި ރޭޕްކުރުން ޢާއްމުވެފައި
އަލި
14 December 2019
މަޖިލީހުގެ ރައީސަކީ ގައުމުގެ ހުރިހާ ކަމަކަށް އަތްބާނާ ގޮތްކިޔައި އަބަދު އަބަދު އިންޓަވިއުތައް ދޭންޖެހޭ މީހެއްނޫން. ރައްޔިތެއްގެ ހައިސިއްޔަތުން އެކަން ބަލައެއް ނުގަނެވޭ. ސަރުކާރަކީ މުޅިން އެެހެން ބާރެއް. ހާއްސަކޮށް ވަކި ގައުމު ތަކަކަށް ބަދުބަސްބުނެ ވަކި ގައުމުތަކެއްގެ ދަށުވެގެން އުޅޭތަން ފެނުމަކީ މިނިވަންކަމަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން ވަރަށް ހިތާމަކުރާކަމެއް..
ހަބީބު
14 December 2019
މިއޮތީ ރައްޔިތުން ވިސްނަންވީ ވަގުތު ޖެހިފަ ދުނިޔޭގެ އެންމެގަދަބާރު ކަމައްވާ ޗައިނާޔާ ޖައްސާ ލުމަކީ ފަތުރުވެރިކަމައް ލިބޭ ގެއްލުމެއް ލޯއޮކިޕަންސީގަ އެތަކެއް ނިކަމެތި އާއިލާ ކައިބޮއި ހަދަނީ
ހަމީދުލް
15 December 2019
ރައްޔިތުން ހަމަ ވާވައްދަންވީ.. ބުއްދި ކުޑަ ރައްޔިތުންތަ ކައް މިނިވަން ކަން ހައްގުތޯ..؟ މިނިވަން ކަމަ ކީ ފިސާރި ހޭލާތިބެގެންނޫނީ އޭގެ މަތީގައި ދެމިތިބެވޭނެ އެއްޗެއްނޫން. ރާއްޖޭގެ މުޅި ގައުމުގެ ރައްޔިތުން ގެ ބުއްދިތައް އެއް ކޮއްލީމަވެސް މިނިވަން ކަން ދެމެހެޓޭނެފަދަ ނިންމުންތަ ކެއް ނުނިންމޭ. ގައުމުގެ މިނިވަން ކަމާއި އެންމެ ބީރައްޓިހި މީހުން ވެރި ކަމައް ގެންނަން ވޯޓުދޭ ބަޔަ ކައް އެންމެ އައުލާ ކަން ބޮޑީ އަޅުވެތި ކަން. ރާއްޖެ އަޅުވެތިވާނެ ކުރާނެ.