15 ޖެނުއަރީ 2020 - 07:17
ކޮރަޕްޝަނާ ދެކޮޅަށް ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ގާނޫނީ ޒިންމާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަދާކުރާ އިރު، މަޝްރޫއުތައް ލަސްވާނެ ގޮތަށް އަމަލު ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އެދިވަޑައިގެންފި އެވެ.
އަންނަ އޭޕްރީލް ހަތަރެއްގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކާމިޔާބު ކުރަން އެމްޑީޕީން ބޮޑު ތިލަދުންމަތީގައި މިހާރު ކުރާ ކެމްޕޭނާ ގުޅިވަޑައިގެން، ވައިކަރަދޫގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގަތް ވައުދުތަކާ އެއްގޮތަށް ވެރިކަން ހިންގަވަމުން އަންނަ ކަމަށެވެ. ރިޔާސީ އިންތިޚާބަށް ފަހު ބޭއްވި މަޖިލީހުގެ އިންތިޚާބުގައި ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބިފައި އޮވެމެ ނުހަނު ރަނގަޅަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މަޖިލީހުން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
އެއީ، އެކަން ހިނގަން ވާނެ ގޮތް ކަމަށާއި މިނިވަން މުއައްސަސާތަކަށް އެމަނިކުފާނު ގެންނެވި ބަދަލުތަކާ އެކު، އޭސީސީ ވެސް ޒިންމާ އަދާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ގާނޫނުއަސާސީގައި މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ ގޮތުގައި ކަނޑައަޅާފައިވާ އޭސީސީ ހިނގަން ޖެހެނީ ވެސް އެގޮތަށް ފާހަގަކުރައްވައި އިސްލާހު ކުރަން ޖެހޭ ކަމެއް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މަޝްރޫއެއް ކުރިއަށް ގެންދަން ހުޅުވައިލާ ބީލަމަކާ ގުޅޭ ގޮތުން ޝަކުވާއެއް ހުށަހަޅައިފި ނަމަ އޭސީސީން އެކަން ބަލަން ޖެހެ އެވެ.
"އެ ގޮތަށް ހުށަހަޅާ ޝަކުވާއަކާ ގުޅިގެން މަޝްރޫއު، އެއް މަސް ދެ މަސް މަޑުޖައްސައިލަން އަންގަމުން އެބަދޭ. އެ އަށް ފަހުގައި އޭގެ މައްސަލައެއް ނެތް ކަމަށް އަންގައި ކުރިއަށް ގެންދަން އެބަ ވިދާޅުވޭ. އަޅުގަނޑު ހިތުން މިއަށް ކުޑަ ބަދަލެއް ގެންނަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.
"ކަންތައްތައް ބަލަން ޖެހޭނެ. ގޯސްކޮށް ކަމެއް އުޅެންޏާ ރަނގަޅު ކުރަން ވާނެ. އެކަމަކު މަސައްކަތްތަކުގެ ހުރަހަކަށް އެއްވެސް ބޭފުޅަކު ވެގެން ނުވާނެ."
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމްއާ ދާދި ފަހުން ބައްދަލުވެވަޑައިގަތް ކަމަށާއި ގިނަ ކަންކަން ރާވާފައިވީ ނަމަވެސް ބައެއް ހިސާބުގައި ލަސްތަކެއް ދިމާވެ މަޝްރޫއުތައް ނުފެށި ހުރި ކަމަށް ވިދާޅުވި އެވެ.
"މިއީ ހިންގުމުގެ ތެރޭގައި އަދި ޖަވާބުދާރީ ކުރުވުމުގެ ތެރޭގައި އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.
"އެ ގޮތަށް ހުށަހަޅާ ޝަކުވާއަކާ ގުޅިގެން މަޝްރޫއު، އެއް މަސް ދެ މަސް މަޑުޖައްސައިލަން އަންގަމުން އެބަދޭ. އެ އަށް ފަހުގައި އޭގެ މައްސަލައެއް ނެތް ކަމަށް އަންގައި ކުރިއަށް ގެންދަން އެބަ ވިދާޅުވޭ. އަޅުގަނޑު ހިތުން މިއަށް ކުޑަ ބަދަލެއް ގެންނަން އެބަޖެހޭ،" ރައީސް
އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ގާނޫނީ ޒިންމައަދާނުކުރާ ކަމުގެ ފާޑުކިއުންތަކާ އެކު ކޮމިޝަންގެ އިތުބާރާ މެދު ސުވާލު އުފައްދައި މި ސަރުކާރުން އައްޔަންކުރީ އާ މެމްބަރުންތަކެކެވެ. ކުރީގެ ކޮމިޝަނާ ޚިލާފަށް އަމިއްލަ އަށް ވެސް އިސްނަގައިގެން ގިނަ މައްސަލަތަކެއް އާ ކޮމިޝަނުން ބަލަމުން އަންނަ އިރު، ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭނީ ޒީރޯ ޓޮލަރެންސް ކަމަށް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު، މި ސަރުކާރު އައި ފަހުން ވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވުނު ބައެއް އިސްބޭފުޅުން އަދިވެސް ތިއްބެވީ މަގާމުތަކުގަ އެވެ. އެއްވެސް ފިޔަވަޅެއް ވެސް ނާޅަ އެވެ.
މި ސަރުކާރުގައި ކޮރަޕްޝަނަށް އޮންނާނީ ޒީރޯ ޓޮލަރެންސް ކަން ފުރަތަމަ އިއުލާންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެއާ އެކު، ވެސް ބައެއް މަޝްރޫއުތައް ބީލަމަށް ނުލައި ދައުލަތަށް ގެއްލުންވާ ގޮތަށް ދޭ ކަމުގެ ޝަކުވާ ކުރެ އެވެ. މިފަދަ ބައެއް މައްސަލަތައް އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އެމްޑީޕީ އަށް ކާމިޔާބުވުން މުހިއްމު ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަބަބަކީ އެ ޕާޓީން ކުރަހާލި މަންޒަރުގައި ކުލަ ޖެއްސަން ކަމަށެވެ. ލާމަރުކަޒީ ނިޒާމް ބައްޓަން ކުރަން އެމްޑީޕީން ގެންގުޅޭ ވިސްނުމުގައި ކައުންސިލްތަކަށް ބޮޑު ބަޖެޓެއް ދޭން ނިންމާފައިވާ ކަމަށާއި ރަށްތައް ތަރައްގީ ވާނީ ސަރުކާރާ އެއް ވިސްނުމެއްގައި ކައުންސިލްތަކުން ވެސް މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިޓާ
16 January 2020
އޭސީސީ ދެކެ ހާދަބިރެއްގަނެއޭ އެއްކަމެއްވެސް ކޮށްބަލަ ތިމާއަށް ނުވީމާ އެހެންމީހުން ގޯސްކުރަނީ އެއީ އެއްމެ ނުބައިސިފަ
ޤާދިރު
15 January 2020
އޭ. ސީ. ސީ އަށް ހުރަހެއް އެޅޭނީ، ސަރުކާރުން މަޝްރޫއެއް ހިންގާނަމަތާ!
އޭބީސީ
15 January 2020
ބަލަ އިބޫ އޭސީސީއަށް ވާވަރަށް މުވައްޒަފުންނާ ވަސީލަތް ދީފަ ތިހެން ކިޔަންވީނު؟ މިހާރުވެސް ބޮލަށް ވެއްޓެން ކައިރިވެފަ ހުރި ތަނެއްގަ އެއް އަތުން ގުނާލެވޭހާ މުވައްޒަފުން ފުޅިމަދު އުނގުރިހެން އުޅެން ޖެހެނީ. ދެން ލަސްވީމަ ލަސްވާ ވާހަކަ ކޮންމެހެން ދައްކާނެ ކަމެއްނެތް.
ބޮޑުމީހާ
15 January 2020
މިހާރު ދެން ގޯސްވާނީ އޭސީސީ. ރައިސް ރައީސްގެ ވާޖިބާއިން ކުރިއަށް ދާށެވެ. އޭސީސީން އޭސީސީގެ މަސައްކަތްކުރާނެ. މިހާރު ތިއުޅެނީ ނުފޫޒު ފޯރުވަން. އެހެން ނޫނަސް އޭސީސީ އެތަނުގަ އެންމެ ފުލް ގިއަރުގަ ހިގާނަމަ ދައުލަތުން ތި ދޭހާ ބަދަލަކާ، ހަމަޖައްސާ ޕްރޮޖެކްޓްތަކާއި، ދޭހާ ވަޒީފާތަކެއް ނުދެވޭނެ.
ލުތުފީ
15 January 2020
ރައީސް ގެ ޒިންމާއެއް ނޫންތޯ ކަންކަން ނުހުއްޓި އަވަސް ސްޕީޑް ހިންގުމަކީވެސް. އޭސީސީ އިން ބަލާމައްސަލަޔަކާ ގުޅިހެން ކޮޅުވެއްޓިއެއް ބޭނުންނުކޮށް އޮވެ ފަނާވެގެން ދިޔަތަންވެސް ވަނީ ފެނިފަ. ހުރިހާ ގެއްލުމެއް ދައުލަތަށް. މިހެންވެގެންނުވާނެ. އުޅަނދު ކުއްވެރިވެގެން ނުވާނެ. ކަންކުރި މީހުނަށް އަދަބުލިބެންޖެހެނީ.
ބޭބހފ
15 January 2020
ޔާމީނަށް ވަގަ ގޮވަނީ ކީއްވެބާ... ގުދޯގުދޯ ތިމާވެސް ގުދައް
ޒަރީނާ-ޔޫއެސްއޭ
15 January 2020
ތާކުންތާކު ނުޖެހޭ މީހުން ތަންތަނަށް ލީމަ ވާނީ ތިހެން
66666
15 January 2020
ބަދަލުގެ ގޮތުގައި 174 މިލިއަން ދޭން އެއްބަސްވެ އަމަލުނުކުރުމުން ދީބާޖާ އިން ކަންބޮޑުވެއްޖެ. ލަދު ހަޔާތް ވެރީ ލިޓްލް؟ އަމީރާ އަސްލަމަށް ސަލާން. ިހިސާނާ ރިފްއަތަށްވެސް. ބަދަލު ލޯޔަރު ފީގެ ގޮތުގައި ކިހާވަރެއް ލިބިއްޖެ؟ އަދި ތިޔަ މައްސަލަތައް ބަލާ ރައްޔތިުންގެ ފައިސާ ރައްޔިތުން އަތުލާނެ
ފައިވާން
15 January 2020
ވެރިކަން ލިބުނީ ރާގު ބަދަލުވީ
ރަބަރު
15 January 2020
އަހްމަދު އެވެ. އެއިރު އެމްޑީޕީ ގެ އަޣްލަބިއްޔަތު އޮންނަ ކައުންސިލްތަކަށް އެގޮތަށް އަންގާފައިވާނަމަ އެއީ ގާނޫނީގޮތުން އެކަންކުރަންޖޭގޮތެވެ. އިންތިހާއަށް ކަރަޕްޝަން ބޮޑު އަނިޔާވެރިކަން އިސްކުރި ސަރުކާރަކަށް އެއްބާރުލުން ނުދިނުމަކީ ގާނޫނީ ވާޖިބެއްގެ އިތުރުން ދީނުގައި އަންގަވާފައިވާގޮތްވެސްމެއެވެ. ކައުންސިލް އެކަންޏެއް ނޫނެވެ. އެއީ ކޮންމެ ފަރުދެއްގެ ގާނޫނީ އަދި ދީނީ ވާޖިބެކެވެ.
އަލީ ރާޖާ
15 January 2020
ރައީސް ޔާމީންގެ ވެރިކަމުގަ އެމަނިކުފާނު ހަމެ މިހެން އޭސީސީއަށް އެދުނީމަ މިބައިގަނޑު މުޅީ މާލެ ކުޑަކުރަމުން ދުވީ. މިއަދު ކޯއްޗަކަށް މިވީ