ޚަބަރު / ފުލުހުން

ސިހުރާއި ރުގްޔާގެ ތެރެއިން ޖިންސީ ގޯނާ ކުރާ މައްސަލަތައް އާދޭ: ފުލުހުން

ރަައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު (މ) ރޭ ވާހަކަ ދައްކަވަނީ. ފޮޓޯ:ހުސައިން ވަހީދު/މިހާރު

ސިހުރު ހެދުމާއި ރުގްޔާ ކުރުމުގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ގިނައިން ހުށައަޅާ ކަަމަށާއި އެއީ ސަމާލުވާން ޖެހޭ ކަމެއް ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުވާ ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ ޖިންސީީ ގޯނާކުރުމުގެ މައްސަލަ ބޮޑަށް އަންނަނީ ސިހުރު ހެދުމުގެ ތެރެއިން ކަމަށެވެ. އަދި އެ މައްސަލަ ރައްޔިތުންގެ ސަމާލުކަމަށް ފުލުހުން ގެނެސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރުގްޔާ ކުރުމުގެ ނަމުގައި އެކަންޏެއް ނޫން، ސިހުރު ހާހޫރަ ހެދުމުގެ ތެރެއިން ވެސް މިކަހަލަ ކަންތައްތަކުގައި ހަމަ މިޒާތުގެ މައްސަލަތައް [ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް] ފުލުހުންނާ ހަމައަށް އައިސް އެފަދަ މައްސަލަތައް ބެލި، ޕްރޮސެކިއުޓް ކުރުމަށްޓަކައި ވެސް ހުންނާނެ ހަމަ ފޮނުވިފައި. މިހާރު ވެސް އެފަދަ މައްސަލަތައް އަންނަމުން ދޭ،" ދާއޫދު ވިދާޅުވި އެވެ.

އޭނާ އެގޮތަށް ވާހަކަދެއްކެވީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ރާއީ ވިދާޅުވީ ރަށްރަށަށް ގޮސް، ރުގްޔާ ކުރުމުގެ ނަމުގައި ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގޯނާ ކުރާ ވާހަކަ އިވިވަޑައިގަންނަވާ ކަމަށެވެ.

"ރުގްޔާ ކުރުމުގެ ނަމުގައި އެކަންޏެއް ނޫން، ސިހުރު ހާހޫރަ ހެދުމުގެ ތެރެއިން ވެސް މިކަހަލަ ކަންތައްތަކުގައި ހަމަ މިޒާތުގެ މައްސަލަތައް [ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް] ފުލުހުންނާ ހަމައަށް އައިސް އެފަދަ މައްސަލަތައް ބެލި، ޕްރޮސެކިއުޓް ކުރުމަށްޓަކައި ވެސް ހުންނާނެ ހަމަ ފޮނުވިފައި. މިހާރު ވެސް އެފަދަ މައްސަލަތައް އަންނަމުން ދޭ،" ދާއޫދު

ދާއޫދު ވިދާޅުވި ގޮތުގައި އެފަދަ ކަންތައްތަކަށް ސަމާލުވާން ފުލުހުން އިރުޝާދު ދިން ނަމަވެސް ބައެއް މީހުން އެ އަޑުނާހާ ސިހުރުވެރިންގެ ގާތަށް ދެ އެވެ.

"މިކަހަލަ ކަންކަމަކީ ހަމަ ރައްޔިތުންގެ ސަމާލުކަމަށް އަޅުގަނޑުމެން ވެސް ގެނެސްފައި ހުންނަ ކަންކަން. އެހެން ނަމަވެސް ހަމަ އެ ދައްކާ ވާހަކަ އަޑުނާހައި ގިނަ ފަހަރަށް މިދެވެނީ އެކަހަލަ ދިމަދިމާލަށް، އަމިއްލަ އެދުން ތަންކޮޅެއް ބޮޑުވީމާ ކަންނޭނގެ،" އޭނާ ވިދާޅުވި އެވެ.

ކަނޑުހުޅުދޫގައި ތުއްތު ކުއްޖާ ރޭޕްކުރި މައްސަލައިގައި އެ ކުއްޖާގެ ބައްޕަޔާއި ކާފަ އަދި މުނި ކާފަ ހައްޔަރުކޮށް، ބަންދަށް 15 ދުވަސް މިހާރު ވަނީ ޖަހައިފަ އެވެ.

އެ މައްސަލަ ފެންމަތިވި ފަހުން، ޖިންސީ އަނިޔާގެ އެތައް މައްސަލައަކާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި މީހުން ގެންދަނީ ވާހަކަ ދައްކަމުންނެވެ. އެފަދަ އަނިޔާތައް ރިޕޯޓްކުރުމުގެ ވަރުގަދަ އޮއިވަރެއް ވެސް އުފެދިއްޖެ އެވެ.

35 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 10%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުވަފެން

19 January 2020

އަހަރެމެން ރަށުގެވެސް ކުއްޖަކު ސިހުރުހަދާކަމަށް ބުނޭ ،،މީހުން ދެކޭގޮތް ބަދަލު ކުރަންޖެހޭނި ކުއްޖަކު ނޫނީ ބޮޑުމީހާކު ބައްޔެއްވެއްޖިއްޔާ ސިހުރު ޖެހުނީ ،މޫދައް އެރި އުޅެނިިކޮށް ފައިގަ އެއްޗެއް ދަތް އެޅިޔަސް ސިހުރު ރަށުގެ ބައެއް ވިޔަފާރަވެރިންގެ ފިހާރަތަކުން ވިޔަފާރި ނުވިޔަސް ސިހުރު އަސްލު ހަޤީގަތަކީ އެފިހާރަތަކުން ވިއްކަން ހުންނަ އެއްޗެތީގެ އަގު ބޮޑުވުން މިކަން ކަން މި އަޅުވަނީ ސިހުރު ހަދާކަމަށް ލޭބަލް ކޮށްފައި ތިބޭ ވަކި ބައެއްގެ ބޮލުގަ

The name is already taken The name is available. Register?

އުދުހޭ

19 January 2020

ސިހުރު ހަދައިގެން އަންހެން ކުދިންގެ އާބަސް ހޯދައިގެން ކާވެނިކުރުން މިއީވެސް ވަރަށް ބޮޑުކަމެއް

The name is already taken The name is available. Register?

ބިގަރު

19 January 2020

އަހަރެމެންވެސް މިއުޅެނީ ހަމަ މިރާއްޖޭގަ. ރާއްޖޭގައި ދަރިން ވެއްޓުމާއި ދަރިން މަރައިގެންނާ ނުމަރާ ބާޒާރުކޮތަޅުގަ ވަޅުލާވާހަކަވެސް އަބަދުވެސް އިވޭ. ގިނަފަހަރަށް އެކަންކުރަނީ އަންހެނުންން. ރުގުޔާމީހުން އެކަންޏެއްނޫން ދެޖިންސު ކައިރިވާނެހެން ހިނގާ ހުރިހާކަމެއްގަވެސް ފުރައްސާރަ ހިނގާ، އެއީ ފިލްމުކުޅުނަސް، ޑޮކްޓަރަށް ދެއްކިއަސް، ޓިއުޝަނަށް ދިޔައަސް... ވަކި ދިމާލަކަށް މިކަން އަނބުރަން ވަަރަށް ބުރަކޮށް ތިއުޅެނީ. ތަފާސްހިސާބު ކޮބާ؟

The name is already taken The name is available. Register?

ގަރަހިތަ

19 January 2020

ރުގުޔާ ކުރަނީ ދީން ބިޒްނަސް އަކަށް ހަދައިގެން. އެހެންވީމާ އެވާހަލަ ދަންކަނީ. ސިހުރަށް ބާްވާލެއްވީ 3 ސޫރަތް. ކޮންމެ މުސްލިމަކަށްވެސް އެކިޔެވޭނެ. ދެން އޮންނާނީ ޤުރުއާން ކިޔެވުން. މޮޅީއާ މިއަށްވުރެ ބޮޑު އެއްވެސް އިތުރުކަމެއް އެއްވެސް ޞައްޙަ ނައްޞެއްގައި އޮއްވާ ގެނެސްދީބަލަ. ދެން ކުރަނީ ބިޒްނަސް. އޭގެ ތެރެއިން ދީނީ ޓެގް އަޅައިގެން ޖިންސީ ފުރައްސާރަވެސް ކުރަނީ. ޙަޤީޤަތް ހާމަކުރީމަ ގޯސްވަނީދޯ؟

The name is already taken The name is available. Register?

ބިގަރު

20 January 2020

ބަލަ ކައްކާމީހާވެސް އިލްމު އެބޭނުންކުރަނީ ބިޒްނެސްއަކަށްނޫންތަ، ޑޮކްޓަރުންވެސް، ފިޒިއޮތެރަޕީ ހަދާމީހުންވެސް.

The name is already taken The name is available. Register?

ނަޑެއްލާ

19 January 2020

އެވެރިން ދަނީ ސިހުރަ ހާހޫރަ ހަދާކަށްނޫން. ދަނީ ހަ މަ ޖިންސީ އެދުންވެރިކަން ބޮޑުކަ މުން.

The name is already taken The name is available. Register?

ފކޔބގޓއމ

19 January 2020

ސިހުރު ވިޔަސް ކޮއްމެ އެއްޗެއް ހަދަން، ކޮންމެ ތަނަކަށް ދިޔައަސް، ކޮންމެ އެއްޗެއްލައިން ހުއްޓަސް، އެއްޗެއް ނުލާ ހުއްޓަސް، ރޭޕް ކޮށްގެން ނުވާނެ، ގައިގަ ހުއްދައެއް ނެތި އަތްވެސް ލައިގެން ނުވާނެ. ރައްޔިތުންގެ ސަމާލުކަމަށް ގެނައިމަ ނިމުނީތަ؟ ތިބުނާ މީހުން ތައް ހައްޔަރުކޮށްފަ ދައުވާ ކުރަންވީ. ދައުވާ އަށް ފޮނުވި ކޭސް ތަކުގެ މައުލޫމާތުވެސް އާއްމު ކުރަންވީ. ކިހާބޮޑު ވެއްޖެ ކަމެއް މި ދެން!

The name is already taken The name is available. Register?

1828

20 January 2020

ކައިވެނިން ބޭރުން ހުއްދަ އޮވެގެންވެސް އަތްލައިގެން ނުވާނެ

The name is already taken The name is available. Register?

ދިއެޓޯލްޑޮޓްކޮމް

19 January 2020

ކަމާނުގުޅޭ ބޭކާރު ވާހަކަ މިދައްކަނީ ޒިންމާއިން ރެކެންތަ ނުވަތަ ރައްޔިތުންނަށް އޮޅުވާލަންތަ؟ ދިމާވެގެން މިއުޅޭ މައްސަލައިގެ ސީރިއަސްކަން ކަނޑުވާލަން ފުޅުހުން އުޅޭކަމަށް ބެލެވޭ

The name is already taken The name is available. Register?

ޝެލަރީ

19 January 2020

ރަށްރަށުގެ މިސްކިއްތަކުގެ މުދިމުންނައް އެބަތިބި ސިހުރުހަދާ މީހުން ލާފަ އެރަށްރަށުގެ ކައުންސިލައްވެސްއެނގޭ މުޅިރަށުގެ ރަށްޔިތުންނައްވެސްއެނގޭ އެމީހުން ސިހުރުހަދާކަން ބައެއްމީހުން އެމިސްކިތްތަކައް ނަމާދައްވެސްނާރާ އެހެންމީހުންވެސް ސިހުރުހަދާމީހާގެ ފަހަތައްއަރަނީ އިތުރުގޮތެއްނެތިގެން ރަށްރަށުގެ ހާލަތު ބައލަވާދެއްވާ ހެޔޮނުވާނެ

The name is already taken The name is available. Register?

އދރ

19 January 2020

ކަމެއްދިމާވާއިރަށް ފުލުހުންގެ ދައުރު ސްޓެޓިސްޓިކުސް ހާމަކުރުން.

The name is already taken The name is available. Register?

ކަނަމަނަ

19 January 2020

މިހާރުތަތިވާހަކަދައްކަންވީ ކަމަކާދިމާވީމަ އެކަމުންރެކެންވެގެން މިހާރުތިވާހަކަދެކެވެނީ

The name is already taken The name is available. Register?

އަދަބު

19 January 2020

ދިރާގު އަދި އުރީދޫ އިން އޮރިޔާން ސައިޓް ތަކަށް ނުވަދެވޭ ގޮތް ހަދާ ދިނުން އެދެމެވެ. ބައެއް މީހުން ވީޑިޔޯތައް ބަލައިގެން މޮޔަ ވަނީ އެވެ.

The name is already taken The name is available. Register?

ޥިސްނާވިސްނާ

19 January 2020

ޕޯނަސައިޓްތައް ރާއްޖޭގައި ބެލޭގޮތައް އެހުންނަކީ ހަންރެޑްޕަސެންޓް މުސްލިމު ގައުމަކަށްވާތީވެ.

The name is already taken The name is available. Register?

ހަމަ އަހާލީ

19 January 2020

ރުގުޔާކުރާ މީހުންނާ މުދިމުން މިސަކަރާތެއްގެ އެންމެ ކުރީގައި މިއުޅެނީ ތިބުނަނީ އެމީހުންނޭތަ އެންމެގިނައިން ސައިޓުތަކަށް ވަންނަނީ

The name is already taken The name is available. Register?

ފކޔބގޓއމ

19 January 2020

އޮރިޔާން ސައިޓް ތަކުން ބަލާ އެއްޗެއްބަލައިގެން އަމިލަޔަށް ކުރާ ކަމެއް ކޮށްގެން ތިބޭ! އަމިއްލަމީހާ ނޫން އެހެން މީހުނާ ނުބެހޭ! އޭރުން ރަނގަޅުވާނެ. އެއްވެސް އެއްޗެއް ބްލޮކް ކުރާކަށް ނުޖެހޭނެ!

The name is already taken The name is available. Register?

ގަރަހިތަ

19 January 2020

ނުބަލަބަލަ. އޮޓޯއިން ވަދެވެނީތަ؟ އެހެންވީއިރު ހަމަ އަމިއްލައަށް ބަލާތީ ތިވަދެވެނީ. ދެން ބްރައުޒާ ކްލިއަރ ކޮށްލާފަ ނިކަން ބަހައްޓަބަލަ. ނުވަންނަންޏާ ނުވަދެވޭނެ. އަމިއްލަ ކޮންޓްރޯލެއް ނެއް. ދެން ދިރަާގުންތަ ހުރިހާ ކަމެއް ކޮށްދޭންވީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454