ވޫހާން ސިޓީގެ ރެޑް ކްރޮސް ހޮސްޕިޓަލެއްގައި އޮފިޝަލުން ހަރަކާތްތެރި ވަނީ.-- ފޮޓޯ:އޭއެފްޕީ
03 ފެބުރުއަރީ 2020 - 11:39
ޗައިނާގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ ބިރުވެރިިކަން ދިވެހިންގެ މެދުގައި ބޮޑުވި ބޮޑުވުމަށް މި ވަގުތު އުފާވެރި ޚަބަރެއް ލިބިއްޖެ އެވެ: ޝައްކުވެގެން ޓެސްޓްކުރި އެންމެން، އެ ވައިރަހަށް ނެގެޓިވްވުމެވެ.
އެ ހަބަރު އިއުލާންކޮށްދެއްވީ، ރައްޔިތުންގެ މަޖިލިހުގައި މިއަދު ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޗައިނާއިން ރާއްޖެ އައި 20 އަހަރުގެ ދަރިވަރެއްގެ ކިބައިން ޝައްކުކުރެވޭ ބައެއް އަލާމާތްތައް ފެނުމުން އޭނާ ވަނީ ފުނަދޫގައި، މިދިއަ ބުރާސްފަތިދުވަހު، ކަރަންޓީންކޮށްފަ އެވެ. ރައްކާތެރިކަމުގެ ގޮތުން އެ ފިޔަވަޅު އެޅިއިރު ވެސް، ރަސްމީ ފަރާތްތަކުން ބުނަމުން ދިޔައީ، އެއީ ކޮންމެހެން ވައިރަސް ހުރިކަން ޔަގީންވެގެން ކުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް ޗައިނާގައި ވައިރަސް އެންމެ ބޮޑަށް ފެތުރޭ ސަރަހައްދުތަކަށް ގޮސް ހުރި މީހެއް ވިއްޔާ، އަދި އޭނާގެ ކިބައިން ރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ، ޓެސްޓްކުރަން ޖެހޭ ކަމަށް، ރަސްމީ ފަރާތްތަކުން ބުނެ އެވެ.
އޭނާގެ އިތުރުން އެހެން ދެ މީހެއްގެ ލޭގެ ސާމްޕަލްތައް ވެސް އިންޑިއާއަށް ފޮނުވި އެވެ. އެކަމަކު އެ ތިން މީހުންގެ ޓެސްޓް ވެސް ވަނީ ނެގެޓިވްވެފަ އެވެ.
ކޮރޯނާވައިރަހަށް ޓެސްޓްކުރެވޭނެ ގާބިލްކަން ރާއްޖެއަށް އަދި ލިބިފައެއް ނުވެ އެވެ. އެހެންކަމުން ސާމްޕަލްތައް ފޮނުވަން ޖެހެނީ އިންޑިއާ އަށެވެ. އެތަނުން ހަދާ ޓެސްޓްތަކުގެ ނަތީޖާ ލިބެން 48 ގަޑިއިރު ނަގަ އެވެ.
ޗަައިނާގެ ވޫހާން ސިޓީން ފެތެރެއން ފެށި ވައިރަހަށް މިހާތަނަށް 17،205 މީހުން ޕޮސިޓިވްވެ، އޭގެތެރެއިން 361 މީހުން ވަނީ މަރުވެފަ އެވެ.
ވޫހާން އާއި އެ ސިޓީގައި ޖެހިގެން އޮތް އެހެން ބައެއް ސިޓީތައް ޗައިނާ ސަރުކާރުން ވަނީ ކަރަންޓީންކޮށްފަ އެވެ. އެކަމަކު އަދިވެސް ވައިރަސް ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރިޔާސީ ބަޔާން އިއްވަވަނީ
ރާއްޖެއިން އެ ވައިރަހުގެ މީހަކު އަދި ނެފެނުނަސް މިހާރު ވެސް އިގުތިސާދަށް ވަނީ އަސަރުކުރަން ފަށައިފަ އެވެ. ރައީސް ވިދާޅުވީ އެ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުން ވެސް ބޮޑު ކަމަށެވެ.
ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ އާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތައް މެދުކަނޑާލީ، ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ވާތީކަން ރައީސް ފާހަގަކުރެއްވި އެވެ.
Great news: no samples positive for #2019nCoV in the Maldives so far @MoHmv
— HPA Maldives (@HPA_MV) February 3, 2020
"މި ނުރައްކާތެރި ވަބާއިން ރައްކާތެރިވުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް ސަރުކާރުން މިއަންނަނީ އަޅަމުން،" އެމަނިކުފާނުގެ ވެރިކަމުގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު މައްސަލައާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
އިއްޔެގެ ނިޔަލަށް، ޓޫރިޒަމްގެ 13،287 ބުކިންސް ވަނީ ކެންސަލްކޮށްފަ އެވެ. އެކަމުން ލިބޭ ގެއްލުން ފޫބައްދަން ފަތުރުވެރިކަން އިޝްތިހާރުކުރަން މި އަހަރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތޮގު
04 February 2020
ކުރިން ބުނީ އެންމެ މީހަކަށޭ ޝައްކު ކުރެވެނީ!
ެިއިބުރޭ
04 February 2020
ޗައިނާގެ ޚަބަރުތައް ބުނާ ގޮތުން މި ވައިރަސް ޓެސްޓް ޕޮސިޓިވް ވެފަ އެބަހުރި 3 ފަހަރު ރިޕީޓް ކުރުމުން، ވީމާ މާ އަވަސް އަރުވާލައިގެން ފަރުވާ ކުޑަ ނުކުރުމަށް ނަސޭޙަތްތެރިވަން..
މާރި
04 February 2020
އަލްޙަމްދުލިއްލާހި
ޙިރާ
04 February 2020
ٱلْحَمْدُ لِ
ނަސޫ
03 February 2020
ރަނގަޅަށް ކަމެއްވީމަ ޝުކުރުކުރަނީ ފިތުނައެއް ނޫންކުރަންވީ ވަރެއްގެ ބައެއްމީ ދެން.
ނާޒިމްސޯ
03 February 2020
އަބަދުވެސް ވަރަށް ހިންގާލާފަ އުޅޭ މީހެއް އަމީންއަކީ
މާނިޔު ހަސަން
03 February 2020
ކޮރޯނާ ވައިރަހަށް ސަސްޕެކްޓުކުރެވިގެން އެކަހެރި ކުރެވުނީ އެކަކު. އެއީ ޑަބްލިއު އެޗްއޯގެ މިންގަނޑަށް ފެތޭތީ. ދެން ބާކީ ތިިބި މީހުން މޮނިޓާކުރަމުން ގެންދިޔައީ އެ މިންގަނޑަށް ފެތޭތޯ. އެމީހުންވެސް އެދިގެން ޓެސްޓު ކުރީ ސަސްޕެކްޓެޑް ކެޓަގަރީއަށް ނުދިޔަސް. ދެންވެސް ފިތުނަ ނު އުފައްދާ ހަބަރާ އެއްޗިހި ކިޔާ ވާނުވާ އޮޅުން ފިލުވަބަލަ ހެޔޮ ނުވާނެ، ކިހާ ދެރަ ކަމެއް މި ދެން މި ގައުމަށް ދިމާވެފައި އޮތް
ޒޫނާ
03 February 2020
އާދެ، މިނިސްޓަރު އަމީންއަކީ ވަރަށް ހިންގުންތެރި ބޭފުޅެއް. ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީއަކަށް އުޅުއްވު ދުވަސްވަރުވެސް އެންމެ ފުރަތަމަ އޮފީހަށް ވަޑައިގަންނަވާނީ އަމީން. އަދި އެންމެ ފަހުން ނިކުމެގެންދާނީވެސް އަމީން. އެ ދުވަހެއްގައި ހުރި ހުރިހާ ކަމަކަށް އެޓެންޑް ކުރައްވާނެ. އެއްވެސް ކަމެއް އަތް ދަށުން ނުދަނީ އެހެންވެ ކަމަށް ގަބޫލުކުރަނީ.
އަޖައިބެއް
04 February 2020
އަމީނުގެ މޮޅު ކަމުންތަ އެމީހުން ވައިރަހަށް ނެގެޓިވް ވީ
ޕެލޭ
03 February 2020
ކޮން އިސްތިހާރެއް ހޭ ކުރަންވީ? ރޯގާއަކާހުރެ އިސްތިހާރު ކޮށްގެން ކޮން ބައެއްހޭ އަންނަނީ?
ލަބީބު
03 February 2020
ފިތުނަވެރިން ކޮބައިބާ މިއަދު؟ ހާދަ ހަމަހިމޭންހެން ހީވެޔޭ. ހެ ހެ ހެ