ޑރ. ބިލާލް ފިލިޕްސް
18 ފެބުރުއަރީ 2020 - 21:21
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް އަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ވިދާޅުވެ، އޭނާ ރާއްޖެ ގެނައުމާ ދެކޮޅަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ބައެއް އިސްވެރިން ތެދުވެވަޑައިގަތުމުން، ބިލާލްގެ އިވެންޓު މިވަގުތަށް މަޑުޖައްސައިލަން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ދެންމެ ނިންމަވައިފި އެވެ.
މިހާތަނަށް ފަސް ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންފައިވާ ބިލާލް، ދިވެހި ޒުވާނުންނަށް ދީނީ ދަރުސް ދެއްވުމަށް އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެކަން، މަހްލޫފް ޓުވިޓާގައި މިއަދު މެންދުރެއްހާއިރު އިއުލާން ކުރެއްވުމާ އެކު، ނަޝީދާއި އެމްޑީޕީގެ ބައެއް އިސްވެރިން ގެންދެވީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އަދި ބިލާލް ގެނައުން ހުއްޓާލުމަށް ދިޔައީ ގޮވައިލަމުންނެވެ.
މި ފިއްތުންތަކާ އެކު، މަހްލޫފް މީގެ ބައިގަޑިއެއްހާއިރު ކުރިން، ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އުފައްދަމުންދާ ސުވާލުތަކާއި ކަންބޮޑުވުންތަކާ ހެދި، ކަމާ ގުޅުން ހުރި ބައެއް އިދާރާތަކުގެ ލަފާ ހޯއްދެވުމަށްޓަކައި ބިލާލްގެ އިވެންޓު މަޑުޖައްސާލާފައިވާ ކަމަށެވެ. އިތުރު ވާހަކައެއް އެ ޓުވީޓުގައި އޭނާ ވިދާޅެއް ނުވެ އެވެ.
Ufahdhamundhaa suvaaluthakaa adhi kanboduvunthakaai gulhigen kamaagulhey ithuru baeh idhaaraathakuge lafaa hoadhumah Sheikh Dr. Bilal Philips ge event madujassaalaafaivaa vaahaka mauloomaathahtakai hissaakuran.
— Ahmed Mahloof (@AhmedMahloof) February 18, 2020
ޑރ. ބިލާލްގެ އިވެންޓު މަޑުޖައްސައިލިކަން އިއުލާން ކުރެއްވުމަށް މަހްލޫފް ކުރެއްވި ޓުވީޓް
ޔޫތު މިނިސްޓްރީގެ ދައުވަތަކަށް، ކެނެޑާ އަށް އުފަން ބިލާލް ރާއްޖެ ވަޑައިގަންނަވަން ނިންމާފައި އޮތީ އަންނަ މަހުގެ 12-18 އަށެވެ. އެމްޑީޕީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގެ މަގާމު ފުރުއްވާ މަހްލޫފް ވިދާޅުވެފައިވާ ގޮތުގައި، ބިލާލް ރާއްޖެ ގެންނަނީ ޒުވާނުންނަށް ހާއްސަ ކޮށްގެން، ތަހައްމަލު ކުރުމާއި އަމާންކަމާއި ރައްކާތެރިކަން ޕްރޮމޯޓު ކުރުމަށެވެ.
ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބިލާލް އަކީ ދީނީ ހެޔޮ ލަފާ ނަސޭހަތް ދެއްވާ ބޭފުޅެއްގެ ގޮތުގައި، ގިނަ އިސްލާމީ މުޖުތަމައުތަކުން ބަލައެއް ނުގަންނަ ކަމަށެވެ. އެހެންވެ، އެ ބޭފުޅާ ގެންނަން ފެނިވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އާއި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ވަނީ ބިލާލަކީ ހަރުކަށި ފިކުރުގެ އިލްމުވެރިއެއް ކަމަށް ވިދާޅުވެ، އޭނާ ގެނައުމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.
ބިލާލަކީ، ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ބުނެ، ބައެއް ގައުމުތަކަށް އޭނާ އެތެރެވުން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައީ އިސްލާމް ނޫން ގައުމުތައް ކަމަށް ވިޔަސް އިސްލާމީ ބައެއް ގައުމުތައް ވެއް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެ
19 February 2020
އެމްޑީޕީގެ ރައީސް އަދި މިގައުމުގެ ކުރީގެ ރައީސް އަދި މަޖްލިހުގެ ރައީސް އަދި ގައުމުގެ އަސްލު ރައީސް ނުުގެނެވޭނޭ ބުނީމާ ދެން ނުގެނެވޭނެ.
ރޯނުއެދުރުން
19 February 2020
ރާއްޖޭގެ މީހުން ޓެރަރިސްޓް އޭ ކިޔާ އިރަށް މިތިބެނީ ހޭބަލި ވެފާ؟ ނިކަން ކަންކަމުގެ ހަޤީގަތް ހޯދައި ބަލަން ދަސްކޮށްބަލަ، ކާފަރުން އިސްލާމް ދީނަކީ ބާތިލު ދީނެއްކަމަށް ދެކޭ، މީހަކު އެއްޗެކޭ ކިޔާ އިރަށް ހެއްލެން ޖެހޭތަ؟؟؟!
ބޮޑު މުހައްމަދު
19 February 2020
އެމްޑީއެން އެޕްރޫވް ނުކުރަންޏާ ތިމަކެއް ނުވާނެ. އެމްޑީއެންއަކީ އެމްޑީޕީ އެމްޑީޕީއަކީ ސަރުކާރު. ދެން ދިވެހި ކޮހުން މިބައިގަނޑު ވެރިކަމށް ގެނެސް ވަޑުވާފަ މިތަނުގަ އަތް ވާޅުވަންދެން ކޮމެންޓް ލިޔުނަސް ވާނެކަމެއް ނެތް. އަތަފަނި ބޯލައިގެން އިންޑިއާގެ ތައްޕަހަށް ވެއްޓިގެން ތިބޭ.
ވަސްވާސްނު
19 February 2020
މީހަކު ގެންނަންޏާ ބަލަން ޖެހޭ ކޮންކަހަލަ މީހެއްތޯ. ބިލާލަކީ އެތައްގައުމު ތަކަކުން ޓެރަރިސްޓުންނަށް ހިތްވަރުދޭކަމަށް ބުނާ މީހެއް. ދުނިޔެއިން އިސްލާމީ އިލްމުވެރިން ހުސްވީއަކީ ނޫން. ނުގަެންނާތި މިކަހަލަ މީހަކު. އިހަށް ދުވަހު ވަޅި ޖެހީ ދީނޭ ކިޔައިގެން ހުޅުމާލޭގެ. އެބައިގަނޑުގެ ޒާތުގެ މީހެއް އެއީ.
އަހުމަދުއަލޯ
19 February 2020
ރާއްޖޭގައި ނެތީތަ އިލްމުވެރިން؟ ބަލަގަ ބާވައިލެއްވި އެއްޗިއްސާއި ހަދީސަކީ ބަދަލުވާ އެއްޗެއް ނޫން. އެ ހުރިހާއެއްޗެއް ދަސްކުރީމަ އެހެރީ އިލްމުވެރިޔަކަށްވެފަ. ބިލާލަކީ ކައިވެނިކޮށްގެން، ހުރެ އަންހެނުންނަށް ޖިންސީ އަނިޔާ ދީފިނަމަ އެއީ ރޭޕް ނޫން ކަމަށް ބުނާ މީހެއް. މިއީ ޖެމެއިކާގެ އިޔާޒު ހަމަ.
ލީޒާ
19 February 2020
ދޮން ކަލޯ މީހަކަށް ތާއީދު ކުރިއަސް ތީ ބޮޑު ވަރު ދެން ކަލޭ ދޭން ވީނު ދީނީ ވައުދު
އަލީ!
19 February 2020
މުފްތީ މެންކް މެން ކަހަލަމީހުން ރަގަޅީ.
ީހށނ
19 February 2020
ތިީކީ އެހާ ކަންބޮޑު ވާންވީ ކަމއެއް ނޫނެއްނު. ބިލާލު ކައިރީ ބުނޭ ރާއްޖެއަށް ހާއްސަކޮށް ސްޕީޗެއް ޔޫޓިއުބު ކޮޢްލާށޭ، އަހަރެމެން މީ ވަރަށް ސޯޝިއަލް މުޖުތްމްއެއްނު. އެއް މެނައް ބަލާލެވޭނެ.
ހަރުކަށި
19 February 2020
ބިލާލަކީ، ހަރުކަށި ފިކުރުގެ ބޭފުޅެއް ކަމަށް ބުނެ، ބައެއް ގައުމުތަކަށް އޭނާ އެތެރެވުން ވަނީ މަނާކޮށްފަ އެވެ. އޭގެ ތެރޭގައި ގިނައީ އިސްލާމް ނޫން ގައުމުތައް ކަމަށް ވިޔަސް އިސްލާމީ ބައެއް ގައުމުތައް ވެއް ހިމެނެ އެވެ.
ޣޣ
19 February 2020
ރާއްޖެ އަށް އެތެރެވާންޖެހެނީ ކެނެރީގޭ ނަޝީދު ބޭނުންވާ މީހެއް ތޯ؟ ނޫނީ ވަކި ޕާރޓީއެއްގެ ބަޔަކު ރުޙޭ މީހެއްތޯ؟ އެމްޑީޕީ އަށް ވޯޓް ލެވުނީތީ ދެރަވަން..... އިސްތިއުފާ،،،، އިސްތިއުފާ.... އަންނި އާ އީވައްޓޭ އިސްތިއުފާ.......
ވާރިސް
19 February 2020
ކުޑަކޮށް ބަލާލަބަލަ ބިލާލުގެ ކަންތައް އޭރުން އެނގޭނެ. އެކިއެކި ގައުމުތަކުން ނުކިޔާ ދޯ މުފްތީ މެންކު ކަހަލަ މީހުން ޓެރަރިސްޓުންނާ ގުޅުން އޮންނަ ވާހަކައެއް. ބިލާލުގެ ކޮންމެވެސް ކަމެއް އޮވެގެން ދޯ އެކި އެކި ގައުމުތަކުން އެވާހަކަ ދައްކާނީ.
ޝިޔާމް
19 February 2020
ބިލާލް ނުގެނެސް އޮރިޔާމުން މަގުމަތީ ދުވި މީހާ ގެންނަން ދައުވަތު ދިނީމަ މިމީހުންގެ ނިޔަތުގެ ނުބައިކަން ކަށަވަރުވޭ!
ފެންބެ
19 February 2020
ބަލަގަ ބިލާލު ނޫނަސް އެބަތިބި ދުނިޔޭގަ ދީން ދަންނަ މީހުން. ބިލާލަކީ ޓެރަރިސްޓު ޖަމާއަތްތަކަށް ފާޅުގަ ތާއިދުކުރާ މީހެއް. އެކަހަލަ މީހަކު ގެންނަން އާނ ބަސް ބުނެގެންނުވާނެ.