މާލެއިން އެންމެ ފުރަތަމަ ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި މީހާ ދިރިއުޅު ގެކައިރި ފުލުހުން ބަންދުކޮށްފައި
10 މެއި 2020 - 15:55
މާލެ އިން ކޮވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު އެ ބަލިން ރަނގަޅުވެއްޖެ އެވެ.
މިދިޔަ މަހުގެ 15 ގައި މާލެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ފުރަތަމަ ރިޕޯޓް ކުރީ މ. ޖަރީމާގޭގެ އުމުރުން 35 އަހަރުގެ އަންހެނަކާއި އޭނާގެ ދެ އަހަރުގެ ފިރިހެން ދަރިފުޅެވެ. މީގެ އިތުރުން ފުރަތަމަ ޕޮޒިޓިވްވި އަންހެންމީހާއާ ޑައިރެކްޓް ކޮންޓެކްޓްވި 42 އަހަރުގެ އަންހެނަކު ވެސް އެ ދުވަހު ޕޮޒިޓިވްވި އެވެ.
އޭގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު ރަނގަޅުވީ ދެ އަހަރުގެ ކުއްޖާ އާއި 42 އަހަރުގެ އަންހެން މީހާ އެވެ. މާލެ އިން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާ އަދިވެސް ރަނގަޅެއް ނުވެ އެވެ. އެ ކްލަސްޓާއިން ފަސް މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެހެންވެ، މާލޭގެ ފުރަތަމަ ކޭސް "ޖޭއާރްވައި" ކްލަސްޓާ އިން އަދިވެސް ރަނގަޅު ނުވެ ތިން މީހަކު އެބަތިއްބެވެ.
މާލެތެރެއިން ކޮވިޑް-19 ފެނުމާ އެކު، ޖަރީމާގެ އެ ދުވަހުން ފެށިގެން މޮނިޓަރިން ލިސްޓަށް ލާފައި އޮތް ނަމަވެސް މިހާރު ވަނީ އެ ލިސްޓުން އެ ގެ ނަގައިފަ އެވެ. މި ބަލި ފެނުމުން މިދިޔަ މަހުގެ 15 ން ފެށިގެން މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ ވަނީ ލޮކްޑައުން ކޮށްފަ އެވެ. އޭގެ ފަހުން މާލެ އިން ގިނަ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖެ އިން އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު 790 އަށް ވަނީ އަރައިފަ އެވެ.
ރާއްޖޭގައި ވެސް ހަލުވި ކަމާއެކު ފެތުރެމުންދާ މި ބަލި މާލެ ތެރެއިން އެންމެ ފުރަތަމަ ޖެހުނު މީހުންގެ ތެރެއިން ދެ މީހަކު ރަނގަޅުވުމާ އެކު، އެ ބަލިން ފަސޭހަވި މީހުންގެ އަދަދަކީ 28 އެވެ.
މިއީ މި ބަލި ޖެހުނު ކުޑަކުދިންގެ ތެރެއިން އެންމެ ފުރަތަމަ ރަނގަޅުވި ކުއްޖާ ވެސް މެ އެވެ.
ރާއްޖޭގައި މިހާތަނަށް މި ބަލި ޖެހިފައިވާ މީހުންގެ ތެރޭގައި 30 ކުޑަކުދިން ވެސް ހިމެނެ އެވެ. ބަލި ޖެހުނު ހުރިހާ ކުދިންގެ ހާލު ވެސް ސްޓޭބަލް އެވެ. އެކަމަކު އޭގެ ތެރެއިން އެއް ކުއްޖަކަށް ފަރުވާ ދިނުމަށް، ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.
އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވީ ބައެއް ކުދިންގެ އަލާމާތްތައް ފެނުނީ ޓެސްޓުކޮށް، ޕޮޒިޓިވްވީ ފަހުން ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި 30 ޕަސެންޓް ކުދިންގެ ގައިން އެއްވެސް އަލާމާތެއް އަދިވެސް ނުފެނެ އެވެ. ބައްޔަށް ޕޮޒިޓިވް ކުދިންގެ ތެރެއިން 30 ޕަސެންޓް ކުދިން ހުން އަންނައިރު ހުމާއެކު ރޯގާ ހުރީ 13 ޕަސެންޓް ކުދިން ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭން މިހާތަނަށް ޕޮޒިޓިވްވި އެންމެ ހަގު ކުއްޖާގެ އުމުރަކީ ހަތް މަހެވެ. އަދި ދެ އަހަރުން ދަށުގެ ތިން ކުއްޖަކަށް އެ ބަލި ވަނީ ޖެހިފަ އެވެ.
ރާއްޖެ އިން ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވީ އިނގިރޭސި ވިލާތުން މިދިޔަ މާޗު 22 ވަނަ ދުވަހު ރާއްޖެ އައި 38 އަހަރުގެ މީހެކެވެ. އޭނާ ބަލިން ރަނގަޅުވީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. އޭނާއާ އެކު އޭރު ޕޮޒިޓިވްވި ގިނަ މީހުން ވެސް މިހާރު ވަނީ ރަނގަޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞަސީ
11 May 2020
މިއަދުވެސް ފެނުނު މާސްކު ތިރިކޮއްލާފަ ކުޅު ޖެހި މަންޒަރު. ސޯ މިކަމުން އަރައެއް ނުގަނެވޭނެ. އުޅުން ބަދަލު ނުކޮސެ. ބިހޭވިޔާ ބަދަލު ކުރުމަކީ ވަރަށް އުދޮގޫ ކަމެއް. ޢައި ޑޯޓް ސީ ލައިޓް އެޓް ދަ އެންޑް އޮފް ދަ ޓަނަލް.
ކުނިއަނގަ
10 May 2020
ދެންވެސް މަސްދަތުރު ނުގޮސް ޕާޓީ ނުކުރާތި ޕެންޑެމިކްއެއްގަ. އަވަސް ޝިފާއަކަށް އެދެން ކޭސް 21އަށް.
މޯޑް
10 May 2020
ކޮވިޑް ނަވާރައަކީ އަޅުގަނޑުމެންނަށް މެދުވެރިވި ސަތޭކަވަރަކަށް ދުވަހުގެ އިމްތިހާނެއް. މިއިމްތިހާނުން އަޅުގަނޑުމެންގެ އަގީދާ، ސިއްހީ ހާލަތު، ނަފްސާނީ ދުޅުހެޔޮކަން، އިޖްތިމާއި ގުޅުން، އިގްތިސާދު، އަދި ވެރިންގެ ހިންގުންތެރި ކަމާއި އިހްލާސްތެރިކަން ވަޒަން ކުރެވޭނެ.
ކޮޕީކެޓް
10 May 2020
އޭ ހަލޯ ޗީޕް މޯޑް! މި ކޮމެންޓް މިއޮތީ ސީދާ ޕްރޮފެސަރ އުގައިލް ކުރި ޓްވީޓެއްގަ އޮތް ގޮތަށް ކޮޕީކޮށްފަ! ހާދަ ހަޑި ކަމެކޭ! ލަދު!
އަދުރޭ 123
10 May 2020
ހާދަ ލަހަކުން. ބޭސް ނުދޭތީތަ. ގިނަ ގައުމުތަކުގައި މިހާރު 12 ދުވަސް ތެރޭ ރަނގަޅުވާ ކަމަށް ބީބީސީ އާއި ސީއެންއެން އެބަ ބުނޭ.
12345
10 May 2020
ހުރިހާ އެންމެނަށް އަވަސް ޝިފާއަކަށް އެދެން.
ރަދީފްް
10 May 2020
.ޕޮޒިޓިވްވެފަ ރަނގަޅުބާ ބަޔަކަށް ދުނިޔޭގެ ގައުމުތަކުން މާބޮޑު އިތުބާރެއްނުކުރޭ! ބައެއްގައުމުތަކުން ޖެހިފައި ރަނގަޅުވާ މީހުން އޮފީސް ޖޮބައް ނުނެރެ ބައިތިއަބަނީ ކީއްވެ؟
އައިސަ
10 May 2020
ވަރަށް އުފާވެއްޖެ. އެކަމަކު އަނެއްކާ ޕާޓީ ބާއްވާ މަސްދަތުރު ދާނީކީ ނޫން. ރީތިކޮށް ބަސް އަހައިގެން ގޭގަ ގުރުއާން ކިޔަވާ ދުއާ ކުރަން މަޑުކުރޭ.
ހާރޫނު ޔޫސުފު.
10 May 2020
الحمد لله މިބަލިން އަރައިގަތުމަށް ސަރުކާރުންކުރާ މަސައްކަތައް ޝުކުރުވެރިވަން.
ނަސްރާ
10 May 2020
އަލްހަމްދުލިއްﷲ. ބާކީ ތިބި އެންމެނަށްވެސް އަވަސް ޝިފާ މިންވަރު ކުރެއްވުން އެދި ﷲއަށް ދުއާ ކުރަން.