ހިތްހަމަނުޖެހޭ ބަޔަކު ތިބެދާނެ، އެކަމަކު ފިޔަވަޅުތައް ކާމިޔާބު: ރައީސް

ރައީސް ވިދާޅުވީ، ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށިތާ އެންމެ ދޮޅު މަސް ވެސް ނުވަނީސް މިކަމުން އަރައިގަތުމުގެ ވާހަކަ ދެއްކެވެން ފެށީ، ދުރާލައި މި ފިޔަވަޅުތައް އެޅުމުގެ ސަބަބުން ކަމަށް.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހޭ ބަޔަކު ތިއްބަސް، އެ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅު ކަމަށް ރަައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.


ގައުމާ މުޚާތަބު ކުރައްވަމުން ރަައީސް ވިދާޅުވީ، ކޮވިޑް19 އާ ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން ދަތިތަކެއް ކުރިމަތިވާ ކަން އެނގިވަޑައިގަންނަވާ ކަމަށާއި އޭގެ ސަބަބުން އާންމު ދިރިއުޅުމަށް ކުރާ އަސަރުތައް ކުޑަކުރަން ގިނަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހޭ ބަޔަކު ތިއްބަސް، އެ ފިޔަވަޅުތައް އަޅަން ޖެހުނީ އެހެން ގައުމުތަކުން ކުރަންޖެހުނު ތަޖުރިބާއަށް ބަލައިގެން ކަމަށް ވިދާޅުވެ، އެ ފިޔަވަޅުތަކުގެ ރަނގަޅު ނަތީޖާ މިހާރު ފެންނަމުން އަންނަ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެހެން ގައުމުތަކަށް މި ބަލި އެތެރެވިތާ ކުރީކޮޅު އެފަދަ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން މިހާރު އެ ގައުމުތަކުން އުފުލަމުންދާ އުނދަގޫތައް އަޅުގަނޑުމެން އެންމެންނަށް ވެސް އެބަ ފެނޭ. ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށިތާ އެންމެ ދޮޅު މަސް ނުވަނީސް މިކަމުން އަރައިގަތުމުގެ ވާހަކަ މާތްﷲ ގެ ވާގިފުޅާ އެކު މި ދެކެވެނީ ދުރާލައި މި ފިޔަވަޅުތައް އެޅުމުގެ ސަބަބުން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އޭރު އެ ފިޔަވަޅުތައް ނޭޅި ނަމަ، ރާއްޖެ އަދިވެސް އޮންނާނީ އެންމެ ނުރައްކާތެރި ހާލަތުގަ އެވެ. މަހެއްހާ ދުވަހުގެ ތެރޭގައި ހާހަކަށް ވުރެ ގިނަ މީހުންނަށް އެ ބަލި ޖެހުނަސް، ބަލި ފެތުރޭނެ ކަމަށް ލަފާކުރި މިންވަރަށް އެ ބަލި ނުފެތުރުމަކީ އެ ފިޔަވަޅުތަކުގެ ނަތީޖާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ އެންމެ ދެތިން ދުވަހަށް މާލެ އައިސް ނުވަތަ ތުއްތު ދަރިފުޅު ރަށުގަައި ބަހައްޓާފައި ބޭހަށް މާލެ އައިސް އެތައް ދުވަހެއް ވަންދެން ވެސް މާލޭގައި މީހުން އެބަ ތިބިކަން،" ރައީސް

އެ މަނިކުފާނު ވިދާޅުވީ، މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ގިނަ ބަޔަކު މާލޭގައި ތާށިވުމުގެ އިތުރަށް ރާއްޖެއިން ބޭރުގައި ތިބި ބައެއް އަދަދެއްގެ ދިވެހިން ވެސް ރާއްޖެ ނާދެވި ގިނަ ދަތިތަކެއް ކުރިމަތިވިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު އެ ދަތިތަކާ އެކު ވެސް، ސަރުކާރުގެ ފިޔަވަޅުތަކަށް ރައްޔިތުން ދިން އެއްބާރުލުމަށްޓަކައި ޝުކުރު ދަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ އެންމެ ދެތިން ދުވަހަށް މާލެ އައިސް ނުވަތަ ތުއްތު ދަރިފުޅު ރަށުގަައި ބަހައްޓާފައި ބޭހަށް މާލެ އައިސް އެތައް ދުވަހެއް ވަންދެން ވެސް މާލޭގައި މީހުން އެބަ ތިބިކަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ފިޔަވަޅުތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކޮވިޑް-19 އާ ގުޅުން ނެތް އެތައް ކަމަކަށް ސަރުކާރުން ސަމާލުކަން ދޭން ޖެހުނު ކަމަށެވެ. އެގޮތުން މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ މީހުންނާއި ފޯރުންތެރިކަން ނެތް އާއިލާތަކާއި ހާލުގައި ޖެހިފައިވާ މީހުންގެ އިތުރުން ބިދޭސީންނަށް ވެސް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމްތައް ހަމަޖައްސަމުން ގެންދާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"އެހެން ގައުމުތަކަށް މި ބަލި އެތެރެވިތާ ކުރީކޮޅު އެފަދަ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން މިހާރު އެ ގައުމުތަކުން އުފުލަމުންދާ އުނދަގޫތައް އަޅުގަނޑުމެން އެންމެންނަށް ވެސް އެބަ ފެނޭ: ރައީސް

ކޮވިޑް-19 އަށް މާލެއިން ގިނަ ބަޔަކު ޕޮޒިޓިވް ވުމުން ވޭތުވެދިޔަ އެއް މަސް ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައި ވާއިރު، އެކަމުގައި އަޅަމުންދާ ފިޔަވަޅުތަކާ މެދު ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ދާދި ފަހުން ވަނީ ފާޑު ވިދާޅުވެފަ އެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެ މަނިކުފާނަށް ކެތް ކުރެއްވޭނީ ވަކި މިންވަރަކަށް ކަމަށް ވިދާޅުވެ، ނުސީދާ ގޮތެއްގައި ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 1،100 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، އޭގެ ތެރެއިން 91 މީހަކު މިހާރު ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. އަދި އެ ބަލީގައި ހަތަރު މީހަކު ރާއްޖެއިން މިހާތަނަށް ވަނީ މަރުވެފަ އެވެ.