ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު. ކުރީގެ ރައީސް ޔާމީން މިނިވަންކުރަން ގޮވާލާ ގަރާރެއް ޖާބިރު ވަނީ މަޖިލީހަށް ހުށަހަޅުއްވާފައި. ފައިލް ފޮޓޯ
23 މެއި 2020 - 11:09
މަނީ ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ފަސް އަހަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ ގަރާރެއް، ކާށިދޫ ދައިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
ޔާމީންގެ ވެރިކަމުގައި ވިޔަފާރި އަށް ބޮޑެތި ގެއްލުންތައް ދިން ކަަމަށް ކުރިން ތުހުމަތު ކުރެއްވި ޖާބިރުގެ ގަރާރުގައި ވިދާޅުވެފައި ވަނީ އޭނާގެ ބޭނުމަކީ ސިޔާސީ ވާދަވެރިކަން ނެތިކޮށް، ގައުމީ ރޫޙެއްގައި ރައްޔިތުން ސަލާމަތް ކުރުން ކަމަށެވެ.
ޖާބިރު ވިދާޅުވީ، ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރި އެ ބަލި ރާއްޖެ އަށް ވެސް އައިސްފައިވާއިރު، އޭގެ ސަބަބުން ޓޫރިޒަމް ހުއްޓި، އިގްތިސާދު ހީނަރުވެ، ރައްޔިތުން ބިކަހާލުގައި ޖެހުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށެވެ. އެހެންވެ، މިވަގުތު ޔާމީން މިނިވަންކޮށް، އެ މަނިކުފާނުގެ އެހީ ސަރުކާރުން ހޯދަންޖެހޭ ކަމަށް ވެސްް އެ ގަރާރުގައި ޖާބިރު ވިދާޅުވެފައި ވެ އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯޓަށް ގެންދަން މާލެއަށް ގެނައި ދުވަހެއްގައި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން ގެންދަނީ.
"...އެ މަނިކުފާނާއި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ބައްދަލުކުރައްވާ، ރައީސް ޔާމީންގެ ފަރާތްޕުޅުން މިވަގުތު ހޯއްދެވެން އޮތް އެހީތެރިކަމެއް ހޯއްދެވުމަށްޓަކައި މަޝްވަރާ ކުރުމަކީ މިވަގުތު ދިވެހި ރައްޔިތުންގެ ހައްގުގައި ކޮންމެހެން ކުރަން ޖެހިފައިވާ ކަމެއް ކަމުގައި އަޅުގަނޑު ދެކޭތީ.." ކުރިން ޔާމީންގެ އެންމެ ގާތްބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޖާބިރުގެ ގަރާރުގައި ވެ އެވެ.
ޔާމީންގެ ފަރާތްޕުޅުން ހޯދޭނެ އެހީތެރިކަމެއްގެ ގޮތުގައި ޖާބިރު ވިދާޅުވެފައި ވަނީ ޗައިނާ އާއި ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުން އެހީތެރިކަން ހޯދުމެވެ. ޔާމީން މެދުވެރިކޮށްގެން އެ ދެ ގައުމުން އެހީ ހޯދޭނެ ކަން ޔަގީންވާ ކަމަށް ޖާބިރު ވިދާޅުވި އެވެ.
ވެރިކަމުގައި ހުންނެވި އިރު އެމްއެމްޕީއާރްސީގެ ފައިސާ އިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ޔާމީން ވަނީ ނޮވެމްބަރު 28، 2019 ގައި ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އެކަމަކު އިދިކޮޅު ކޯލިޝަނުން ބުނަމުންދާ ގޮތުގައި ޔާމީނަށް ދެނީ ނުހައްގު އަދަބެކެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ޔާމީން އެކަނި ޖަލަށް ލާފައި ވާތީ ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައިވް
24 May 2020
ޖެހިގެން އަންނަދުވަހު ޔާމީން ހައްޔަރު ކުރަން ބިލެއް ހުށައަޅާނެ ! އެވެސް ހަމަ ޖާބިރު ކީކޭބުނާނީ!
މީމަގޭ ހިޔާލު
23 May 2020
ގާރާރު ހުށައެޅި ބޭނުމެއްކަމަށް ޖާބިރު ލިޔެފަ އޮތް އިބާރާތުން ޔާމީނުގެ ޖަލު ހުކުމަކީ ސިޔާސީ ހުކުމެއްކަމަށް ޖާބިރު ގަނޫލުކުރައްވާކަން ދޭހަވޭ
ވާލް
23 May 2020
މަޖިލީހުގައި ބޮޑެތި ކުއްވެރިންނާއި ގައުމަށް ހިޔާނާތްތެރި ވުމުގެ ސަބަބުން ޝަރުއީ ކޯޓަކުން މައްސަލަބަލާ ހުކުމްކޮށް ޖަލުގައި ނުވަތަ ބަންދުގައި ތިބޭ މީހުންގެ ދިފާއުގައި ވާހަކަ ނުދެއްކޭނެކަމަށް ބުނާ ގާނޫނެއް ހެދުމަށް ގަރާރެއް ހުށަހަޅަން ފެނޭ. ކޮންމެވެސް މެމްބަރަކު މި ގަރާރު ހުށަހަޅާދީބަލަ.
ސަމަރުބުލޫ
23 May 2020
ބަޔަކަށް ޔާމީނު އަކީ މާ މޮޅު ކުޅަދާނަ ލީޑަރެއް ހެންހީވިޔަސް ހަގީގަތަކީ ކުރިން ޔާމީނަށް ހުރިހާ ރޭވުމެއް ރާވަދިނީ އެކުވެރި ޖގޔ ނާޒިމް. ދެން ފަހުން އަދީބާ ޖެހި ނާޒިމް ބާކީވީފަހުން އަދީބު. އަދީބު ކެޓީމަ ހުރިހާ ސިޔާސީ ކަމެއް ރާވަނީ މެޑަމް. ޔާމީނު ކުރައްވާ ކަމަކީ އަބަދު ޑިގު ކުޅުއްވާފަ ހިންދީ ލަވަ އަޑު އެއްސެވުން. އިގްތިސާދީ ގޮތުން ވެސް ކުރި ކަމެއް ކުރީ މުޅިންވެސް ބޭރު ކުންފުނިތަކުން "ކަޓް" ޖައްސަން ލިބުނު އޮފަރތަށް ކުރިޔަށް ގެންގޮސްގެން..މޮޅުކަމެއް ނޫން
ދަތްނެތްކުއްޖާ
23 May 2020
ދުނިޔޭގެ ޤައުމުތަކުގެ މަޖުލިސްކުރާ ގޭގެ މެމްބަރުންގެ މެދުގައި ނެގުނު ޙިޔާލު ހޯދުމުގެ ވޯޓަކުން ބުނާގޮތުން ނަމަ ރައްޔިތުން އެންމެ މަޤުބޫލު މެމްބަރެއްގެ ގޮތުގައި ބަލައިގަނެފައިވަނީ ރާއްޖޭގެ މަޖުލިހުގެ އިއްޒަތްތެރި ކާށިދޫމެމްބަރު އޮނަރަބަލަ ޢަލްފާޟިލް ޢަބުދުﷲ ޖާބިރު ކަމަށްވާތީ އެމަނިކުފާނަށް ހިތުގެއެންމެ ފުންމިނުން މަރުޙަބާ އާއި ތަޙުނިޔާކިޔަމެވެ. އަދި ތިޔަ ހުންނެވި ސާބިތު ކަންމަތީ ނުގުޑާ ފަދަ އަޒުމެއްގައިހުންނަވާނެ ކަމަށްއުއްމީދުކުރަނމެވެ. ވ.ވެދުން.
ހުސްނޫ
23 May 2020
މިހާރު ދެން ޖާބިރު އަށްދިން ރަށް އަތުލަންވީ..
ކޭބަލް ޓައީ
23 May 2020
މީނަގެ މެންޓަލް އެސެސްމެންޓެއް ހަދަން ފެނޭ..
ޟުބާން
24 May 2020
އޭނައަށް ވޯޓަލީ މީހުން ޓެސްޓުކުރަންވީ
ކާށިދު
23 May 2020
ތީ ޖޯކަރެއް ލަދުން ބޯހަލާކު.ހަމަބުއްދި ހުންނަގަޑިއެއް މަދުވާނެ.
ތެލަބަޑި
23 May 2020
ޔާމީންގެ އެހީ ހޯދަން އެއްގޮތަކަށްވެސް އުޅޭނެކަމެއް ނެތް. ޔާމީން ޖަލުގަ އޮވެގެން ބަޔަކަށް ފެންނަން ހުރި ކަންކަން ފެންނާނީ ޔާމީން ޖަލުގަ ބޭއްވީމަ. އެކަމަށް ހުރަސްއަޅަން ނޫޅުނިއްޔާ ރަގަޅުވާނީ. ބޭނުންވީމަ ބޭނުންކޮށްލަން ހުރި މީހެއް ނޫން ޔާމީނަކީ. ކޮވިޑާއެކީ އުޅެން ދަސްކުރަންޖެހޭ ގޮތަށް ޔާމީނާ ނުލާ ކަންކަން ކުރަން ދަސްކުރޭ. 4 ސިޔާސީ ވެރިންގެ ވެރިކަމެއް މިއީ. ކޮންކަމެއް ނުވެގެން އުޅެންވީ؟
ހިތާދޫ ފޮށާ
23 May 2020
ކޭބަލްކާރުގެ ކަންކަން ދާގޮތް ބަލާން މަޖުލީހުގެ ތަޅުމަށް ޖާބިރު ހާޒިރުކުރާންޖެހޭ.