ޚަބަރު / އައިޖީއެމްއެޗު

ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލިޓީ އައިޖީއެމްއެޗާ ހަވާލުކޮށްފި

މެޑިކަލް ފެސިލިޓީގެ މޮޑެލްއެއް މިނިސްޓަރު މާރިޔާއާ ހަވާލުކުރައްވަނީ

ހުޅުމާލޭގެ މެޑިކަލް ފެސިލިޓީގެ މަސައްކަތް ނިންމައި އެ ތަން އައިޖީއެމްއެޗާ މިއަދު ހަވާލުކޮށްފި އެވެ.

ސިފައިންނާއި ސަރުކާރު އަދި އަމިއްލަ ގިނަ ކުންފުނިތަކުން ބައިވެރިވެގެން ހެދި 300 އެނދުގެ ވަގުތީ ހޮސްޕިޓަލް، އައިޖީއެމްއެޗާ ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލް ކުރިމައްޗަށްވާ ގޮތަށް އޮތް ބޮޑު ބިމުގައި ތަރައްގީކުރި އެ ހޮސްޕިޓަލް ނިންމަން އެންމެ ފުރަތަމަ ކަނޑައެޅީ މިދިޔަ މަހުގެ 20 ގަ އެވެ. އެކަމަކު އެތަނުގައި މަސައްކަތް ކުރާ ބައެއް މީހުން، ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން މަސައްކަތް ލަސްވީ އެވެ.

ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހޭދަކޮށްގެން ހުޅުމާލެ މެޑިކަލް ފެސިލިޓީ ހެދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އެމްއެންޑީއެފާއި ފެނަކަ އެވެ. އޭގެ އިތުރުން ވެސް ސަރުކާރާއި އަމިއްލަ ބައެއް ކުންފުނިތަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، ވެމްކޯ، އާރުސީސީ، އެލިއާ ކޮންސްޓްރަކްޝަން، އަމިން ކޮންސްޓްރަކްޝަން އަދި ލެއޯ ކޮންސްޓްރަކްޝަން ހިމެނެ އެވެ.

ވަގުތީ ހޮސްޕިޓަލްގައި ބައިތިއްބަނީ އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންނެވެ. ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގެ އެހީ ބޭނުންވާ މީހުން ގެންދާނީ ކުރިމަތީގައި ހުރި ޓްރީ ޓޮޕް ހޮސްޕިޓަލެވެ. އެ ތަނުގައި 200 ވެންޓިލޭޓަރު ބަހައްޓަން ވަނީ ނިންމައިފަ އެވެ.

އެ ތަން އައިޖީއެމްއެޗާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ހޮސްޕިޓަލާއި ސަރުކާރު އަދި ކުންފުނިތަކުގެ އިސް ވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

19 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 63%
icon sad icon sad 30%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެލޭސިއާގައި ކުރަންޓީން

25 May 2020

ރާއްޖޭގައި ކުރަންޓީން ކުރަނީ ހިލޭ، މެލޭސިއާގައި ކުރަންޓީނަށް ލާރި ދައްކުވާ. ރާއްޖެ ސަރުކާރު ހާދަ މުއްސަދި ސަރުކާރެކެ މިއީ ؟

The name is already taken The name is available. Register?

ސްޓާފުން

25 May 2020

އައިޖީއެމްއެޗް ކަންތަކާ ހަވާލުވެ ތިހިރަ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމަކީ އެއްވެސް ކަމެއް ކުރެވޭ މީހެއް ނޫން. ބޮޑު މުސާރަ ނަގައިގެން ގޮނޑި ހޫނުކުރަން ހުންނަ މީހެއް އިސްމާއިލް ވަހީ ދު އާއި އާތިފާ ސާކިރު އައްބައި އަޅާއިގެން އެހެން މީހުން ގެ އޯވަރ ޓައިމް ލާރިކޮޅު އުނިކޮއްފަ

The name is already taken The name is available. Register?

ޢިސްމާއިލް ވަހީ ދު ބޭ

25 May 2020

ކުރިން ވެސް ބޮޑުބައި ހަ ދާފަ ހުރި އިމާރާތެއް ، ކުޑަމޮޑިފިކޭސަނެއް ގެނުވީ 40މިލިޔަން ގަބޫލް ނުކުރެވޭނެ ، ގޯހެއްއެބައުޅޭ

The name is already taken The name is available. Register?

ސްޓާފުން

25 May 2020

ކަންތަކާޖެހުނީ އައި ޖީ އެމް އެޗް ގެ ޓެކްނިކަލް ސްޓާފުން ނައް ނޭވާލިޔަކަ ނު ދޭނެ ދެން ، ދެއިރު ދ ދެ ދަޅަޔައް ދާންޖެހޭނެ ، މަސައްކަތް ކުރުވާފަ އޯވަޓައިމް ކަނޑާލާނެ ، މެޑެލްޖަހާނީ ވެރިން ، ހަމަ އިނގޭތީ ބުނެލީ ، ހަޖަމް ކޮއްކާތި

The name is already taken The name is available. Register?

ޙިއްވަރުގަދަ އަލީ

25 May 2020

40 މިލިޔަން ހޭ ދަކޮއްގެން 300 ކަ އެނ ދު ، ގަބޫލެއްނުކުރެވޭނެ ،

The name is already taken The name is available. Register?

ނައްތު

25 May 2020

ހަތަރު ފާރާ 300 އެނދަކާ އެކަންޏެއް ނޫން ކަންނޭގެ ދޯ އެތަނަށް ހޯދާފަ ހުންނާނީ. އެކަމަކު ތެދެއް، ވަގުތީ ތަނަކަށް ބަލާފަ ކުރި ހަރަދު މާ ބޮޑު.

The name is already taken The name is available. Register?

ފަސޭހަކޮށް ނުލަމާ

24 May 2020

ސަރުކާރުން ބަންގްލަ ދޭޝް މީހުންނަށް ތައްޔާރު ކުރި ފެސިލިޓީ ތަކުގަ ބޭތިއްބި ގަވާއި ދާ ޚިލާފަށް ރާއްޖެ އެތެރެވެގެންއުޅޭ މީހުން އެތަނުގަ އެކި ބަހަނާ ދައްކައިގެން އެތަނުން ނިކުމެ ގޮސް މާލޭގެ ގެސްޓް ހައުސްތަކުގަ ގައުމަށް އަނބުރާ ފޮނުވާލަފާނެތީ ނު ދާން ފިލާ ތިބޭކަން ދެނަހުރީމުތަ؟ މަގުމަތީގަ އަ ދި ވެސް އެމީހުން ސަލާން ޖަހަމުން އެބަ އުޅޭ.

The name is already taken The name is available. Register?

މިވަރެއްނެތް

24 May 2020

ލޮކްޑައުންނަށް ފަހު ޤައުމު ހުޅުވާއިރަށް ތިތަން ތިނިންމީ ތިތަން ހެދިކަމަށް ބުނާ ބޭނުން ނުކޮށް ތަނުގެ އާރޯކަމާއެކު އެހެން ބަޔަކަށް ދޭންނޫންބާ! ސަރުކާރުން ކޮވިޑު ޓެސްޓްކުރާ މެޝިނެއް ނުލިބިގެން އުޅެނިކޮށް އޭޑީކޭއިން ގެނެސްފި. އަދި މައިނާ ގްރޫޕުންވެސް އެއިގެ މެޝިނެއް ހަދިޔާކޮށްފި. އަދިވެސް ސަރުކާރަކަށް ހަމަލިބޭގޮތްނުވޭ! އިސާހިތަކު ސަރުކާރުގެ މެޝިން ހަލާކުވެ ހުރިހާ ޓެސްޓެއް އޭޑީކޭއިން ކުރަންޖެހޭނީ! ރައީސު އިބޫގެ ޒިރޯޓޮލަރެންސް އަށް ސެލިއުޓުކުރަންޖެހޭ!

The name is already taken The name is available. Register?

އަލި

24 May 2020

މިތަނުގެ ބޭނުނަމަކީ އެޑްމިޓް ކޮށްގެން ފަރުވާދިނުން. މިފަދަ ހާލަތަކަށް ތައްޔާރުވުން. އެޑްމިޓް ކޮށްގެން ގިނަބަޔަކަށް ފަރުވާދޭން ނުޖެހުން އެއީ ﷲ ގެ ހެޔޮ ރަޙުމަތްފުޅު. މިހާރުގެސް އެކްޓިވް 1000 އަށް ވުރެ ގިނަ ކޭސް އެބަހުރި. ނިއުނޯމަލަކަށް ދާއިރު އެކްޓިވް ކޭސަސް އިތުރު ވެސް ވެދާނެ. އެހެންކަމުން މިފަދަ މެޑިކަލް ފެސިލިޓީއެއް ހުރުމަކީ ވަރަށް މުހިންމުކަމެއް.

The name is already taken The name is available. Register?

މިވަރެއްނެތް

24 May 2020

ސިފައިންނާ ސަރުކާރާ އަމިއްލަ ކުންފުނިތަކުގެ ބައިވެރިވުމާއެކު 40 މިލިޔަން ހޭދަކޮށްގެން މިހެދީ 300 މީހުންގެ ޖާގައިގެ ތަނެއް. ޗައިނާއިން 4 މިލިޔަން ހޭދަކޮށް 800 މީހުންގެ ޖާގައިގެ ތަނެއް މާއަވަހަށް ހަދައިފި! ވަގުތީ މިހާބޮޑު ހޭދަކޮށް މިތަންހެދިއިރު މިއީ 80 ވަރަކަށް މިލިޔަން ރުފިޔާގެ ލޯނެއް ނުދައްކާއޮވެ ބޭންކަކުން ނީލަމުގައި ވިއްކަން އުޅޭތަނެއް! ގަންނާނެބަޔަކުނުވެ ތިއްބާ ތަނުގެ އަގުމައްޗަށް ޖައްސާލަދިނީދޯ؟ ސާބަސް ރައީސްއިބޫގެ ޒިރޯޓޮލަރެންސް ޕޮލިސީ

The name is already taken The name is available. Register?

އަބްދުﷲ

24 May 2020

ވާނުވާ އިނގިގެން ކޮމެންޓް ކުރަންވާނީ. ޗައިނާއިން ހަދައިދިނީ ކަރަންޓީން ކުރާނެ އާދައިގެ ތަނެއް. ނަމަވެސް މީ ހޮސްޕިޓަލެއް..

The name is already taken The name is available. Register?

އޭނަ މީނަ

24 May 2020

ކަލޭ އަޅެ ހަމަތަ؟ ޗައިނާއިން އެޅީ މެޑިކަލް ފެސިލިޓީއެއްތަ؟ ބަލަ އެތަނުގައި ބަހަށްޓާ ސާމާނުތަކަށް ކިހާ ބޮޑު ޚަރަދެއްދާނެތަ. ކަލޭމެންނަށް ނޯންނާނެ ރަނގަޅު އެއްގޮތްވެސް. މާދަމާވެސް ކަލޭގެ އާއިލާ މީހަކު ބަލިވެ ފަރުވާ ދޭނެ ޖާގަ ނެތުމުން ހަޅޭލަވާނީ ކަލޭ. މިފަދަ ތަންތަން ހަދަނީ ބަލިމީހުންނަށް ފަރުވާކުރަން. މީހުން ރީއްޗަކަށް ބަހަށްޓާކަށްނޫން.

The name is already taken The name is available. Register?

ކޮކީ

25 May 2020

ކޮންކްރީޓްގެ ހުރިހާ މަސައްކަތެއް ނިމިފަ ހުރި ތަނަކަށް 40 މިލިޔަން ހަރަދު ކުރީމަ ދެން ވިސްނާލާ ކާލާނެވަރު. ލޭބާ ކޯސްޓް ފްރީ

The name is already taken The name is available. Register?

ބޮޑުމީހާ

24 May 2020

40 މިލިއަން ޚަރަދުކޮށްފަ ވަގުތީ ހޮސްޕިޓަލެއް. ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، ސެނެހިޔާ ފަދަ ތަނެއްގަ ތިއިންވެސްޓްމަންޓު ކުރިނަމަ ދާއިމަށް ބޭނުންކުރެވުނީސް

The name is already taken The name is available. Register?

Saim Saeed

24 May 2020

ކަޓު ޖައްސާނީ ކިހިނެށްޗއެއިރުން

The name is already taken The name is available. Register?

ނަވާ

24 May 2020

މާރިޔާއަކީ ޑިފެންސް މިނިސްޓަރު ކަމަށް ކުފޫ ހަމަވާ މީހެއް ނޫން. ދެން އައިޖީއެމްއެޗް ކަންތަކާ ހަވާލުވެ ތިހިރަ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމަކީވެސް އެއްވެސް ކަމެއް ކުރެވޭ މީހެއް ނޫން. އައިޖީއެމްއެޗްގެ ފެންވަރު ރަނގަޅު ތި ބޭފުޅާއަކަށް ކުރެވުނު ކަމެއް ނެތް. ބޮޑު މުސާރަ ނަގައިގެން ގޮނޑި ހޫނުކުރަން ހުންނަ މީހެއް.

The name is already taken The name is available. Register?

ކުފޫ

24 May 2020

ކަލޭ މިޤައުމުގެ ރައްޔިތެއްކަމަށް ކުފޫ ހަމަވޭތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!