މާލެ: ޖެނުއަރީ 21، 2020: ކޯޓުތަކަށް އަލަށް އައްޔަން ކުރި ހަތް ފަނޑިޔާރުން ހުވާކުރުމުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލްް އެޑްމިނިސްޓްރޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
24 މެއި 2020 - 22:05
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްލާމްދީނާ ޚިލާފުވެ، ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރެއްވި ކަމަށް ބުނެ މީހަކު ދައްކާފައިވާ ވާހަކައިގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މި މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.
ފުލުހުން "މިހާރު" އަށް ބުނީ އެ ފަދަ މައްސަލައެއް ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަން ފަށާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މި މަހުގެ 17 ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަޝީދު، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ވިދާޅުވެފައިވާ ކަމަށް ބުނެ ދެއްކި ވާހަކައަކާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިވަޑައިގެން ހުށަހަޅުއްވަން އެ މަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.
ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އެޅުވީ، މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރ. އަނގޮޅިތީމު، ޖީޒާގެ އިބްރާހިމް އަލީ ނަމަކަށް ކިޔާ މީހެކެވެ.
އެހެންވެ، އޭނާގެ އިންޓަވިއު ބްރޯޑްކާސްޓް ކުރި ޗެނަލްގެ މައްޗަށް ޖިނާއީ ދައުވާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލަށް ފޮނުވުމަށް އެދިވަޑައިގެން، މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅުއްވުމަށް ނަޝީދު ނިންމަވާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ކުރިން ބުނެފައި ވެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި މިއީ މީގެ ހަތް އަހަރު ކުރިން، 2013 ގައި އާންމުވި ވީޑިއޯ އެކެވެ. އޭރު ނަޝީދާ އިދިކޮޅު، އެކަމަކު މިހާރު ސަރުކާރުގެ ތެރޭގައި ތިއްބެވި ބައެއް އިސް ބޭފުޅުން މި ވީޑިއޯ އަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި ކަން ފަހުން ހާމަވެފައިވާ ޓުވިޓާ ޕޯސްޓުތަކުން އެނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރަނގު
25 May 2020
މަނިކުފާނު ތިހުންނެވީ ދޮގެއްނުހައްދަވާ.ނުކުރައްވާނެ ކަމަށްވިދާޅުވި ހުރިހާކަމެއްކުރެއްވި.އެކަންރާއްޖޭގެ އެންމެންދަންނާނެ.
ޖަންބެ
25 May 2020
ތިޔަތަނުން ދޮގުހެދީ އިބްރާހިމްކަމެއް ނަސީދު ކަމެއް ނޭނގޭ. ގޮތްނިންމާނީ ކޯޓުން. އެއީ މަޖިލީހާއި ފުލުހުންގެ ކަމެއްނޫން.
ަލައިޔާމު
25 May 2020
ތިޔަވުރެ މާރަގަޅެއް ނޫން ނަށީދު ދައްކާފަހުރިވާހަކަތަކުގެ ވީޑިޔޯއެހެރީ ފެންނަން ފުލުހުން މާތާހިރުވާނެ އެބލިއްޔާމު ކިތަމެއްވަރަކަ ނުދައްކާކަމަކަ ނުވާނެ...
ޢަހްމަދު އަލީ
25 May 2020
މީ ބޭޅާ ޑެންމާކުގަ ދެއްކި ވާހަކައާއި ވެރިކަމުގަ ހުރި އިރު ދީނީ ކަންކަމަށް ކުރި ފުރައްސާރަވެސް ފުދޭ ހެކިތަކެއް ކަމުގައި ދެކެން. ވީޑިއޯ https://m.youtube.com/watch?v=n0MmjJYU18E
ޜޯނުއެދުރު
25 May 2020
ޢެހެންވީމާ ކަލޭ ތީ ދުނިޔޭގަހުރި އިގިރޭސިއަށް އެއްމެ މޮޅުމީހާ
ސަސި
25 May 2020
ކޮންމެ ދުވަހަކަު ސުރުހީއެއް އަޅާނުލެވުނިއްޔާ ކަމަކު ނުދާނެ
ޢަހުމަދު ބެ ، ބޯގަންވިލާ
25 May 2020
ނަސީ ދު އެހެން ބޭފުޅުންނާ ގުޅޭގޮތުން ދައްކާ ދޮގުވާހަކަ އިރުގަޔޯ
މޫސަަ
25 May 2020
ގުރުއާނާ ސުންނަތް ނޫން އެހެން ގޮތެއް ބޭނުން - މިފަދަ ދީނާ ހިލާފު ވާހަކަ ދެއްކީމަ ކޮން ގާނުނަކުންތޯ މީނާއަށް ހިމާޔަތް ލިބެނީ؟ ތަހްގީގުކޮށްބަލަ، ކޮށްފައި ނަޝީދަށް ހައްގު އަދަބު ދީބަލަ. ކިހާ ދެރަކަމެއް މި ދެން.
އީސަ
25 May 2020
ބޮވެން ޖެހޭނެ ބޮވެންވާނެ، އަބަދަކު އެންމެން ހަމައިގެ ތިބެން ނުޖެހޭ - ކެރެންޏާ ނިކަން މި ވާހަަކަތަށް ތަހުގީގު ކޮށްބަލަ. ތިޔަ ނަޝީދެއް ކުށްވެރި ނުވާނެ ގޮތަކީ ނުވާނެ ގޮތެއް.
ގާނޫނު
25 May 2020
ގައިމު 2013 ވަނަ އަހަރު މީނާ ބުނީ އެއީ އަޅުގަނޑު ދެއްކި ވާހަކައެކޭ. ގާނޫނު ބުނާ ގޮތުންވެސް އަމިއްލައަށް އިއުތިރާފު ވީމަ އަދަބު ލިބެންޖެހެނީ އެމީހަކަށް. ނަޝީދު މިހާ ތަނަށް ދީނާ ދެކޮޅަށް ދައްކާފައިވާ ހުރިހާ ވާހަކަތަކެއް ބަލާ މީނާއަށް ހައްގު އަދަބު ދީ. ދީނަށް ފުރައްސާރަކޮށް ރަސޫލާއަށް ފުރައްސާރަކުރަމުން އުޅުމަކީ ފްރީޑަމް އޮފް އެކްސްޕްރެޝަންއަށް ވެގެން ނުވާނެ.
ހަހަހަހަ ހެވެނީ
25 May 2020
މިހާރު ރާއްޖެ މިދަނީ ރަނގަޅު މިސްރާބަކަށް. ޑިމޮކްރެސީ ގެންނަން ވެގެން ރަށު އޮފީސް ގޯތިއަށް މަސް އަޅަން ދަސްކޮށްދިން މީހުންގެ ޙާލުފެނިފާ ހަމަ ކޮސްވޭ. ބިރުފަހަނަޅާ ގޮސް އިމެއްނެތި އަނެކާގެ ހައްގު ކޮނެވަޅުލާއިރު ކަހާތަން ހިރުވާވެސް ނުލާ އޭރު ތިބެން ޖެހުނީ. ޑީއޯ ސައްޕެމެން ލައްވާ މައުމޫނަށް ގޮވިހާ އަވަގުރާނަ ކޮބާ. މައުމޫނަށް ދައުވާކުރުމުގެ ހައްގެއް ނުލިބުނު. ތިމާކޮނުނު އަދަނވަޅަށް ތިމާ.
ކާސިމު
25 May 2020
ވަރަށާ ފުރިހަމަ ހުލާސާއެއް.. އިތުރު ކުރާނެއްއޗެއް ނެތް..