ތިލަފުށީގައި އައިމާގެ މުވައްޒަފުން ކުރީ ދުވަހެއްގައި އެއްވެ، އަޑުއުފުލަނީ
02 ޖޫން 2020 - 16:39
މީގެ އެތައް ދުވަހެއް ކުރިން ފެށިގެން ތިލަފުށީގައި ބިދޭސީ މަސައްކަތު މީހުންތަކެއްގެ ހިތްހަމަނުޖެހުންތަކެއް ހޫނުވަމުން ގޮސް އެންމެ ފަހުން މިއަދު މުޒާހަރާ އަށް ނުކުމެ ފުލުހުންނަށް ހަމަލާދީފި އެވެ. އެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 133 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު، އޭގެ ތެރެއިން ހަތް މީހަކު ފަހުން ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ ތިލަފުށީގައި ބިދޭސީންނާ ފުލުހުންނާ ދެމެދު ހިނގި ހަމަޖެނުޖެހުންތަކެއްގައި ދެ ފުލުހަކަށް އެކި ވަރުގެ އަނިޔާ ވެފައިވާ ކަމަށާއި އެ މައްސަލައިގައި ވަގުތީ ގޮތުން 133 ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔަ ކަމަށެވެ. އެކަމަކު، އެ 133 މީހުންގެ ތެރެއިން ހަތް މީހަކު ފިޔަވައި އެހެން އެންމެން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ހައްޔަރުކުރި ހަތް މީހުންނަކީ އިންޑިއާގެ ހަތް ފިރިހެނަކު ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި، މިއަދު ވެސް ނުކުމެ މުޒާހަރާކުރީ މީގެ ހަފުތާއެއްހާ ދުވަސް ކުރިން ތިލަފުށީގައި ހުންނަ ޕޮލިސް ސްޓޭޝަންގެ ކުރިމައްޗަށް އެއްވި އައިމާ ކޮންސްޓްރަކްޝަންގެ މުވަައްޒަފުންތަކެކެވެ. އެ މީހުންގެ މައިގަނޑު މައްސަލަ އަކީ އެއް މަސް ދުވަހުގެ މުސާރަ މިހާތަނަށް ދީފައި ނެތުމާއި ގައުމަށް ދާން ބޭނުންވެގެން ތިބި މީހުންނަށް އެ ފުރުސަތު ވެސް މިހާތަނަށް ހަމަނުޖެހި އޮތުމެވެ.
އެނގިފައިވާ ގޮތުގައި ތިލަފުށީގައި ހަޅުތާލުކުރުމުގައި އިސްކޮށް އުޅުނީ އައިމާ އިން ރިސޯޓެއް ހެދުމުގެ މަސައްކަތުގައި ގެންގުޅުމަށް ފަހު، އެ ތަނުގައި ހަަމަނުޖެހުން ހިންގައިގެން ފުލުހުންގެ ބެލުމުގެ ދަށުން ގެންދިޔަ ބައެކެވެ. އޭގެ ތެރޭގައި ގިނައީ އިންޑިއާ އާއި ބަންގްލަދޭޝް މީހުންނެވެ.
އެނގިފައިވާ ގޮތުގައި ބިދޭސީން މިއަދު ތިލަފުށީގައި ހަމަނުޖެހުން ހިންގީ ރޭ ހާޓްއެޓޭކެއް ޖެހިގެން ބިދޭސީއަކު މަރުވުމުން އެކަމާ ރުޅިއައިސްގެންނެވެ. އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދަން މަސައްކަތް ކުރަމުން ދަނިކޮށެވެ.
ރިސޯޓުން ކުއްލިއަކަށް ގެނެސް އެމީހުން ވައްދާނެ ތަނެއް ނެތުމުން، އައިމާގެ ގުދަނެއްގައި ބޭތިއްބީ ކަމަށް، މައުލޫމާތު ހުރި ބައެއް މީހުން ބުނެ އެވެ. އެ ތިލަފުއްޓަށް ކުއްލިއަކަށް ގެންނަން ޖެހުމުން ތަނެއް ހަމަނުޖެހި، ބައިތިއްބަން ޖެހުނު ގުދަނުގައި ދިރިއުޅުމުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަން "މިހާރު" އަށް އޮތީ އެނގިފަ އެވެ.
އެކަމަކު އައިމާ އިން މި މައްސަލާގައި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެހެންކަމުން އެތައް ސަތޭކަ ބިދޭސީ މަސައްކަތު މީހުން ރިސޯޓުން ގެންނަން ޖެހުނު މައްސަލައިގެ ތަފުސީލެއް ވެސް، އަދި ތިލަފުށީގައި ކުރަމުން އައި ހަޅުތާލުގެ މައުލޫމާތު ވެސް، އެ ކުންފުނީގެ ފަރާތުން ލިބޭ ގޮތެއް ނުވި އެވެ.
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް، އެ މީހުންގެ ފަރާތުން ކުރީ ދުވަސްތަކުގައި ފެނިފައެއް ނުވެ އެވެ. އެތައް ސަތޭކަ ބަޔަކު އެއްވެ ތިބި އިރު، މާސްކް އަޅާފައި ވަނީ ވެސް މަދު ބައެކެވެ.
ރާއްޖޭގައި ކޮވިޑް-19 އެންމެ ބޮޑަށް ފެތުރިފައި އޮތީ އެއް ތަނެއްގައި ތޮއްޖެހިގެން އުޅެމުން ދާ ބަގްލަދޭޝް މީހުންގެ ތެރޭގަ އެވެ. އެހެންކަމުން މާލޭގައި ހުރި އެފަދަ އެތައް ތަނަކުން ގުޅިފަޅަށާއި ހުޅުމާލެއަށް އެތައް ސަތޭކަ ބަޔަކު މިހާރު ވަނީ ބަދަލުވެފަ އެވެ. އެކަމަކު ތިލަފުށީގެ ހަޅުތާލުގެ ފޮޓޯތަކުން ފެންނަނީ ވަރަށް ތޮއްޖެހުން ބޮޑުކޮށް އަދި ރައްކާތެރިކަމުގެ ފިޔަވަޅު ވެސް ނެތި، ބިދޭސީން އުޅެމުން ދާ ތަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަންފުޅިބޭ
05 June 2020
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަކީ ރާއްޖޭގެ އިންސާނީ ވަޞީލަތުގެ މައި ތަނބަށް ކުރިޔަށް އޮތްތަނުގައި ވެދާނެބައެއް، ރާއްޖޭން ބިދޭސީން މަދުނުވަންޏާ. އެހެންވެދާނެ ކަމުގެ ނަމޫނާއެއް ފިޖީއަކީ
ޑރ ޒަންޖަބީލް
03 June 2020
ބިދޭސިން ހަމަނުޖެހުމެއް ހިންގާތަނަކައް ދެތިން ފުލުހުން ފޮނުވާނީ ބޮޑުމޮޔައެއް' ބެދޭސިންގެ ތެރެއިން މީހަކު މަރުވެގެން ހޮސްޕިޓަލުން އޭނަބަލާ އާދެވުނީ ވަރައް ބޮޑައްލަސްވިފަހުން ކަމައްވަނީ އެހެންވެ އެމީހުން ހަމަނުޖެހުން ހިންގިކަމައްވަނީ
އަލީބަލީތަލީ1
03 June 2020
ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ޤާނޫނަކުން، ކައުންސިލްތައް މެދުވެރިކޮށް ވަރަށް ފަސޭހައިން ކުރެވިދާނެ، ހަމަ ގައިމުވެސް ރަށްރަށުގައި ކުރެވޭނެ. ކައުންސިލްތަކުގެ ވެރިން ޒިންމާ ކުރުވާ ގޮތަށް މިކަން ކުރެވިދާނެ. ކޮންމެ ރަށެއްގެވެސް އުޅޭ މީހުންގެ އަދަދު، އަދި އެމީހުންނަކީ ޤަވާޢިދާ އެއްގޮތަށް އުޅޭ މީހުންތޯ ނޫންތޯ ކައުންސިލުން އިޤްރާރުވެ އެމަޢުލޫމާތު ދެންޖެހޭ ގޮތަށް ޤާނޫނެއް ފާސްކުރާ، ދޮގުމައުލޫމާތު ދީފިނަމަ އަދަބު ދެވޭ ގޮތަށް. މާލޭގައި ރެއިޑްކުރެވޭނެ.
ބޮޑުމީހާ1
03 June 2020
ފައްޔާޒޫ،، މިއީ ދުއިސައްތައެއްހާ މީހުން ކޮށްލި ވަރު. އިމޭޖިން 40000 މީހުން އެއްތާކަށް އަޅައިފިއްޔާ ކޮށްލަފާނެ ވަރު. މޮޔަވެގެންތަ ތިއުޅެނީ
އަމީތާބު
03 June 2020
ފައްޔާޒު ބުނެފަ އޮތީ ބޭރު މީހުންގެ މައްސަލަ ހައްލު ނުވިއްޔާ އިސްރިއުފާދޭނަ މޭ.
ކޮމިއުނިސްޓް ޕާޓީ (މާކްސިސްޓް)
03 June 2020
އެފަދަ ކުންފުނިތަކާއި ދެކޮޅަށް ފިޔަވަޅު އަޅަންޖެހޭ. 7. ވަރަށް ގިނަ ޖަރީމާތައް ރާއްޖޭގައި ހިންގުމުގައިވެސް ބަންގްލަދޭޝްގެ ބައެއް މަސައްކަތްތެރިން ބައިވެރިވޭ. މިކަންތައް މިހާރު ގޮސްފައި އޮތް ހިސާބުން ބަންގްލަދޭޝްގެ މަސައްކަތްތެރިން ރާއްޖޭގައި އާދައިގެ ވަޒީފާތަކުގައި މަސައްކަތްކުރުން އެއްކޮށް ހުއްޓުވާލާ، ވާކް ޕާމިޓްތައް ކެންސަލްކޮށް ގައުމަށް ފޮނުވާލަން ވަނީ މަޖުބޫރުވެފައި. ކޮމިއުނިސްޓް ޕާޓީގެ ސަރުކާރެއްގައި މިކަންތައް ކުރާނެ. 3/3
ކޮމިއުނިސްޓް ޕާޓީ (މާކްސިސްޓް)
03 June 2020
5. މުސާރަ ނުދީ މަސައްކަތްކުރުވުމަކީ ރިސޯޓް ކޮންސްޓްރަކްޝަން ދާއިރާގައި އާއްމުކަމެއް. މަސައްކަތް ނިމުމުން ބިދޭސީން އާންމުކޮށް މާލެތެރެއަށް ދޫކޮށްލަނީ. މިފަދަ ކުންފުނިތަކާއިމެދު ފިޔަވަޅު އަޅަން ޖެހޭ. އަދި އެކުންފުނިތަކުގެ ވެރިން ޖަލަށްލާންޖެހޭ. 6. ރާއްޖެއަށް އެތެރެވާ ބަންގްލަދޭޝްގެ ގިނަ މަސައްކަތްތެރިންނަކީ ހިއުމަން ޓްރެފިކިންގެ ތެރެއިން އެތެރެވާ މީހުން. އެމީހުން އެތެރެކުރުމުގައި ދިވެހި ކުންފުނިތަކާއި ބަންގްލަދޭޝް ކުންފުނިތައްވެސް ބައިވެރިވޭ. 2/3
ކޮމިއުނިސްޓް ޕާޓީ (މާކްސިސްޓް)
03 June 2020
އަހަރެމެންގެ ޚިޔާލު 1. ރާއްޖޭގައި އުޅޭ ހުރިހާ މަސައްކަތްތެރިންނަށްވެސް މުޒާހަރާކުރުމާއި ހަޅުތާލުކުރުމުގެ ހައްގު އޮންނަންވާނެ 2. ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށްވެސް އެމީހުންގެ ހައްގު ހޯދަން ޔޫނިއަންތައް ހެދުމުގެ ހައްގު އޮންނަންވާނެ. 3. މުޒާހަރާކޮށް ހަޅުތާލުކުރަންވާނީ ސުލްހަވެރިކަމާއިއެކު 4. މުޒާހަރާތެރޭ ފުލުހުންނަށް ހަމަލާދިނުމަކީ ބަލައިގަނެވޭކަމެއްނޫން. އެކަންކުރި މީހުން ހައްޔަރުކޮށް އަދަބުދީ ނުވަތަ ޑީޕޯޓްކޮށްލަންޖެހޭނެ 1/3
ހުސެން
03 June 2020
ބޮޑުގެއްލުމެއް ދެންދެކަށް ހަމަނުޖެހުން ހިންގާ ފޮރިނަރސް އާއި މެދު އެކަށީގެންވާ ފިޔަވަޅެއްނާޅާތިބޭތި، ސިފައިންނާ ފުލުހުންނާ ކުރިމަތިލާ މީހަކު ޝަހީދުކޮށްލުމުން ނޫނީ ކަމާގުޅޭ އިދާރާތަކުން މިކަން ސީރިއަސްކޮށް ނަގާނެކަމަށް ނުފެނޭ!
ދޮން މަނިކު
03 June 2020
ކުރިޔައް މިއޮތް 50 ފަންސާސް އަހަރު ދުވަހައް ބަގުލަދޭސް އެއްވެސް މަސައްކަތްތެރި އެއް ރާޖެޭ ގައި މަސައްކަތް ކުރުމައް ވިސާ ނުދޭންވީ ......
އަހްމާ
03 June 2020
މިއީބޮޑުވަރު މީވާގައުމެ އަދިވެސް ދުނިޔޭގައި އޮތިޔާ އޮއެގައުމަކުން މީހުން އަރުވާފަ ހަތަރެސް ފަޔަ އުރަ ލަވާގެން ނިދަން ތިބޭ