08 ޖޫން 2020 - 12:38
ކޮވިޑް-19 ޖެހިފައިވާކަން ދެނެގަތުމަށް ހަދާ އެންޓިބޮޑީ ޓެސްޓް ހެދުމުގެ ހުއްދަ އަށް އެދިފައިވާ ކަމަށާއި ހުއްދަ ލިބުނުހާ އަވަހަކަށް ޓެސްޓް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށް އައްޑޫ ހިތަދޫގައި ހިންގާ އިންޓަނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) އިން ބުނެފި އެވެ.
ކުރީގެ ހެލްތު މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާގެ އާއިލީ ވިޔަފާރި ކުންފުނި ސިމްޑީފގެ ދަށުން ހިންގާ އައިއެމްޑީސީ އަކީ އައްޑޫގައި ހިންގާ ޕްރައިވެޓް ހޮސްޕިޓަލެކެކެވެ. މީގެ 12 އަހަރު ކުރިން ހިދުމަތް ދޭން ފެށި އައިއެމްޑީސީން ބުނީ އެންޓިބޮޑީ ޓެސްޓް ހަދަން ބޭނުންވާ ސާމާނު ވެސް މިހާރު ހޯދާފައިވާ ކަމަށެވެ.
ޓެސްޓް ހަދަން ފަށާ އިރު، މެޝިނުން ގަޑިއަކު 36 ޓެސްޓް ހަދައި 10 މިނިޓްގެ ތެރޭގައި ނަތީޖާ ވެސް ލިބޭނެ ކަމަށް އެތަނުން ބުންޏެވެ.
އައިއެމްޑީސީން އެންޓިބޮޑީ ޓެސްޓް ހެދުމުގެ ހުއްދަ އަށް އެދިފައިވާ އިރު، މާލޭގެ އިތުރުން ހުރިހާ އަތޮޅެއްގައި ވެސް ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ ބުންޏެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބޭއްވި މީޑިއާ ބްރީފިންގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މަސައްކަތް ކުރަމުން އަންނަނީ އަތޮޅުތަކުގައި އެންޓިބޮޑީ ޓެސްޓު ހެދޭނެ އިންތިޒާމު ވަރަށް އަވަހަށް ހަމަޖައްސަން ކަމަށެވެ.
އޭނާ ވިދާޅުވީ އައްޑޫގައި އަމިއްލަ ކްލިނިކަކުން އެންޓިބޮޑީ ޓެސްޓް ހަދަން ފަށަން އެދުމުން އެކަމަށް ކުރިން ހުއްދަ ނުދީ އޮތީ އެކަމުގެ ވަކި ފެންވަރެއް ހިފަހައްޓަން ޖެހޭތީ ކަމަށެވެ.
އެންޓީބޮޑީ ޓެސްޓް ހެދުމުގެ ހުއްދަ އަށް އައްޑޫން އެންމެ ފުރަތަމަ އެދުނީ ފޭދޫގައި ހިންގާ އެއިމްސް ޑައިގްނޯސްޓިކް ކެއާއިންނެވެ. ނަމަވެސް އެތަނަށް ހުއްދަ ދެވެން ނެތް ކަމަށް ހެލްތު މިނިސްޓްރީން އެންގިކަން ކްލިނިކުން ހިއްސާކުރީ މި މަހުގެ 4 ވަނަ ދުވަހު އެވެ.
އެނގިފައިވާ ގޮތުގައި އެ ހުއްދަ ނުދިނީ އައްޑު އަކީ ކޮރޯނަވައިރަސް އެއްވެސް ވަރަކަށް ފެތުރިފައި ނެތް ސަރަހައްދެއްކަމުން އެންޓިބޮޑީ ޓެސްޓް ހެދުމުގެ މާބޮޑު ބޭނުމެއް ނެތުމުންނެވެ. އަދި އެއީ ބަލި ހުރިތޯ ބަލަން ކޮވިޑް-19 އަށް ކުރާ ޕީސީއާރު ޓެސްޓަކަށް ނުވުމުންނެވެ. ނަމަވެސް މިހާރު އަތޮޅުތަކުގައި އެންޓިބޮޑީ ޓެސްޓް ހެދުމުގެ އިންތިޒާމުތައް ހަމަޖައްސަން ނިންމީ ހޯމް ކަރަންޓީނަށް މާލޭން ރަށްރަށަށް މީހުން ފޮނުވަން ފެށުމާ ގުޅިގެންނެވެ. އެގޮތުން ފޮނުވާ މީހުން 24 ދުވަހަށް ފަހު އެންޓިބޮޑީ ޓެސްޓް ހަދަން ޖެހެ އެވެ.
"އެހެން ނަމަވެސް މި ވަގުތު ވެސް އަޅުގަނޑުމެން މަސައްކަތް ކުރަމުން އެބަދަން އަތޮޅު ތެރެއަށް ވެސްް އެންޓިބޮޑީ ޓެސްޓިންގެ ޚިދުމަތް ފުޅާކުރުމަށް،" ޑރ. ނަޒްލާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުއްދަ
09 June 2020
އެންޓިބޮޑީ ޓެސްޓް ހަދައިގެން ތިމާއަށް ކުރިން ނޭނގި ބަލިޖެހި ރަގަޅުވެފައިވާކަން އެނގޭނަމަ އެއީ ލިބޭ ހިތްހަމަޖެހުމެއްނޫންތަ؟ ކިތަންމެ ބަޔަކު ބުނޭ ކުޑަކޮށް ކެއްސާލާއިރަށް ދެތިން ފަހަރު ކިނބިހިއަޅާލާއިރަށް ކޮވިޑްޖެހެނީހެން ހީވެއޭ. ރާއްޖޭގައި ގިނަބަޔަކު ބަލީގަ ބޮޑުނުވަރުނުވާކަން އެބައެނގޭ. ނޭނގި ބަލިޖެހިފަ ރަގަޅުވެފަ ތިބި ބަޔަކު ތިބިކަންވެސް ވަނީ ހޯދިފައި. ބަލިޖެހިފަ ރަގަޅުވެފައިވާނަމަ އެއީ ސިކުނޑިއަށް ލިބޭ ކިހާ ބޮޑު ލުއެއް؟
ަލައިޔާމު
08 June 2020
މާލެއައިސް ތިޓެސްޓު ނަހަދާފިއްޔާ ހޮޓާތަހުއްޓިދާނެ ،ގެސްޓުހައުސްތަ ހުއްޓިދާނެ ،ފުލެއިޓު ހުއްޓިދާނެ ، ކާރުހުއްޓިދާނެ ،މާލޭމީހުން ބިކަވެދާނެ ދެންކިހިނެއް ހުދަދެވޭނީ ދޭންއުޅުނަސް ނުދެވޭނެ...
ބޮޑުމީހާ
08 June 2020
ހުރިހާ ވާހަކައެއް ނުދައްކާ ގައުމު އެއްފަސްކުރޭ. އަބަދު މާލެ ނުވާނު. ރާއްޖޭގެ ކޮންމެ ރަށެއް ނުވާނެ. ޖަޒީރާވަންތަކަން ދޫކޮށް އެންމެން އެއްފަސްވާންވީ، މަގޭ ރަށް ނުކިޔާ އަތޮޅުން ކޮންމެވެސް އެއްރަށަކަށް އެންމެން ބަދަކުވެ މަގޭ ސިޓީއޭ ކިޔަންވީ. މިކަންވާނީ އުމަރު ނަސީރަށް. 2023 ގަ އުމަރަށް. ހައްލަކީ އުމަރު
ނުވާނެތިކަ މެ
09 June 2020
ކަންތަކާ ޖެހުނީ..ފިލާތިބޭ ފިނޑިންނަށް ނޭގެ ބޯވައެއް ނެތް...ސަބް މެރިންއެއް ދުއްވީ މަ ގައު މެ ހިންގިދާނެކަ މަށްތަ ހީވަނީ..އަނެއްކާ އަނެއް މީހަކަށް ވެރިކަންދޭންވީ ޓެސްޓްކުރަން.....މިއީ ދަސްކުރަންއޮތް ޓްރޭނިން ސެންޓަރެއްތަ...ކޮއް މެ މީހަކަށްވެސް ވާނެކަންތަކާ ނުވާނެކަންތައް ހުންނާނެ..ފުލުހުންގެ އިދާރާ ހިންގިދާނެ އު މަރަށް..އެހުނަރު އެބަހުރި އެކަ މަކު ގައު މެ ނުހިންގޭނެ..މިކިޔަނީ ކުޑަކުޑަ ކުންފުންޏެ ދެންތިން ދާއިރާއެއް ދެތިން އަސާސީކަ މެއްގެ ވާހަކައެއްނޫން.އަބަދުއެއްރާޅެނޫންެައަންނާނީ.
ކުޑަމީހާ
09 June 2020
ބޮޑުމީހާ ތިބުނާ ހައްލު ގެނެސްދޭނެ ވެރިއަކު ރައްޔިތުން ގެންނާކަށް ބޭނުމެއްނުވޭ. ކޮންމެވެސް ކުލައެއްގެ މީހަކަށް ވޯޓްލައިގެން ހޮވާފަ މަޖްލިސް ތެރޭއާ ހުރިހާ ދިމާއެއްގަ ދެކުލައިގެ ދެ ޕާޓީ އަބަދު ކޯޅިކޯޅި ތިބޭ މަންޒަރު ޓީވީން ބަލަން ތިބީމަ ނިމުނީ. މި ޕާޓީތަކުގެ ވެރިކަން ފެނި ފޫހިނުވޭތަ؟
ސުނާ
08 June 2020
އެއިމްސް ވިޔަސް ކޮންމެ ބަޔަކުވިޔަސް އޮންނަ އުސޫލަކާއެކީ ކަންތަށް ކުރީމަ ރަނގަޅުވާނެ. ކުރީގައި ރަށް ރަށަށް މީހުން ފޮނުވާ އުސޫލެއް ހަމަޖެހިފައެއް ނެތް. އެ އުސޫލު ހަމަ ޖެހުނީ ލޮކްޑައުން ލުއިތަކެއް ދިނުމަށްފަހު 'ނިއު ނޯމަލް' އަށް ރުޖޫއަ ވުމަށް މި ކުރާ މަސައްކަތުގެ ތެރެއިން. ކުރީގައި ތި ޓެސްޓުތަށް އައްޑޫގައި ހެދިނަމަ މިއަދު ނޭނގެ އާސަންދަ ހުރި ތަނުގައި ހުންނާނީ ވަޅުގަނޑެެއް ކަމެއްވެސް.
ޖަޒީރާ އަހަންމައިދީ
08 June 2020
ކީއްވެ އައްޑޫގައި ހުންނަ ތާކަށް އާސަންދަ ލިބޭތީ ތިހާ ކަންބޮޑުތިވަނީ އޭޑީކޭއަށް އާސަންދައަށް ބަރިބަރިއަށް ލިބުނަސް އޯކޭ ދޯ. ނުވިތާކަށް އަވައްޓެރި ގައުމުތަކަށް އާސަންދަ ހުސްކުރިޔަސް ހަމަ އޯކޭ ދޯ. ދެން ޖަޒީރާ ވެރިކަމެއްގައި އަހަރެން ބަލާނީ އެމެރިކާގެ ސީޑީސީ ގަބޫލު ކުރާ ފެންވަރުގެ މެށިނުން އެންޓިބޮޑީ ޓެސްޓުކުރުމަށް.
ވާހަކަ
08 June 2020
ކޮބާތަ އެންޓިބޮޑީ ޓެސްޓަކީ ކޮވިޑާއި ގުޅުން ހުރި އެއްޗެއް ނޫނޭ ކިއިމީހުން. ބަލަ ޕީ.ސީއާރު ހަދަން އޮންނާނީ ބީ.އެސް.އެލް 2 ކުން މަތީ ލެބްތަކުގައި . މިގަވާއިދަށް އަމަލު ކުރާނަމަ ކޮވިޑް ސާމަޕް ނަގަން ސްޓޫޑެންޓުން ބައިތިއްބައިގެން ނުވާނެ. އަދި ބައިޔޯ ހަޒާޑުގެ ސެޓުފިކެޓު ނެތް މީހަކަށް ސާމްޕަލް ނުނެގޭނެ. އެންޓިބޮޑި ޓެސްޓަކީ ބުލަޑް ޕުރެގްނަންސީ ކިޓު ގޮތައް ހަދާ ޓެސްޓެއް. އެއަކަށް ގަރުވަރެއް އިމާރާތްކުރާކަށް ނުޖެހޭ
އޮޅުވާނުލާ
08 June 2020
ކާކު ބުނީ ތިހެން؟ ކުރީ ދުވަހުވެސް ޑޮކްޓަރު ނަޒްލާ ވިދާޅުވީ އެންޓިބޮޑީ ޓެސްތަށް ފުރަތަމަ ވެސް ޕޮޒިޓިވްވާން ފަށާނީ ބަލި ޖެހޭ ފަހުން ގާތްގަނޑަކަށް 9-11 ދުވަސް ތެރޭގައި ކަމަށް. އެހެންވީމައޭ ބަލި ދެނެގަތުމަށްޓަކައި އެންޓިބޮޑީ ޓެސްޓު ނަހަދާ، ޕީސީއާރު ޓެސްޓު ހަދަނީ. ސުވާލަކީ، މިހެން މިކަން އޮތްއިރު، އައްޑޫގައި އެއްވެސް މީހަކު ޕޮޒިޓިވްވެފައި ނެތީސް، ކީއްވެގެންހޭ އެއިމްސްއިން މި ޓެސްޓުތަށް ހަދަން އުޅުނީ؟ އޮޅުވާނުލާ ދެންވެސް ރަނގަޅަށް ވާހަކަދައްކަބަލަ!
ވާހަކަ
08 June 2020
އޮޅުވާލަނީ ކާކުތޯ؟ ބަލަ މީހަކު ފެންނަނީ ޓެސްޓު ކުރީމައެންނު. އައްޑޫގެ ކިތައް މީހުން ޕޮސިޓިވް ކޭސްތައް ފެނުނު ރިޒޯޓުތަކުގައި މަސައްކަތްކުރި ؟ ކިތައް މީހުން މާލޭން އައިތަ؟ އެމީހުން ޖެހިފައި ރަނގަޅުވިތޯ ބަލާލަން ޓެސްޓު ހެދީމާ އެޗްޕީއޭ ކަންބޮޑުވާންވީ ސަބަބެއް ހަމަ ނުވިސްނުނު
އައިސާއްތަ
08 June 2020
ކޮންމެ ކަމެއް ސިޔާސީ ކުރާތީ މައްސަލައަކީ. އެއިމްސް ކްލިނިކަށް ހުއްދަ ނުުލިބުމުން އިހްސާން އިއުލާންކޮށްފި އައްޑޫ ހޮސްޕިޓަލްއާއި ހެލްތު ސެންޓަރުތަކަށް ތައްޔާރު ކުރެވިފައިވާ 500 ފޭސް ޝީލްޑުވެސް އައްޑޫ މީހުންނަށް ނުދީ ކުޅުދުއްފުއްޓަށް ފޮނުވާނެ ވާހަކަ. ދެން 2024 ވަނަ އަހަރު އޭނާ ފޭދޫ ގޮނޑިއަށް ކުރިމަތިނުލާނެ ކަން. މަގޭ ހިތަށް އަރަނީ، ވިޔަފާރިވެރިން އެދުމެއް ނެތި ރައްޔިތުންނަށް ކަމެއް ކޮށްދޭނީ ކޮން ދުވަހަކުން ބާވައޭ؟ މަގޭ އުމުރު ހުސްވެ ނިމިދާނީ މި މަންޒަރު ނުފެނިހޭ؟
ޤައުމީ ލޭ
08 June 2020
މީހުންގެ ނަން ލިޔެފަ ވާހަކަ ދައްކަން ވާނީ ވަރަށް އެނގި ހުރެ. 500 ފޭސް ޝީލްޑް ތިލަދުންމައްޗަށް ފޮނުވަން ނިންމީ އެ ސަރަހައްދަށް އެ ތަކެތީގެ ބޭނުން މާބޮޑަށް ޖެހިފަ އައްޑޫ އިން އެކަމަށް މާ ބޮޑު އެއްބާރުލުމެއްވެސް ނުލިބުމުން. ދެން 2024 ވަނަ އަހަރު ފޭދޫ ގޮނޑިއަށް ކުރިމަތިނުލާނެ ވާހަކަ އިހްސާން ތަކުރާރުކުރީ ފޭދޫގެ އެމް.ޑީ.ޕީ ބަޔަކު ކުރަމުން ދިޔަ ސުވާލު ތަކަށާ ޝައްކު ތަކަށް ޖަވާބެއް ދިނުމަށް. އިހްސާން އެ ވާހަކަ ވަނީ 2019 ވަނަ އަހަރުވެސް ތަކުރާރު ކޮށްފަ.
ގައުމީ ވިންދު
08 June 2020
އެއްބާރުލުން ނުލިބުނޭ؟ އެހެންވީމަވެސް އެނގިއްޖެތާ ތިޔަ އުޅެނީ ސަޕޯޓް ނުލިބިގެންކަން. ﷲގެ މަގުގައި ތަކެއް ހަދިޔާ ކުރާ މީހެއް ވިއްޔާ ނުބަލާނެ މީހަކު ސަނާ ކިޔާތޯ އެއްބާރުލުން ދޭތޯ އެހެން ކަމެއް ކުރާތޯ. ކޮންމެ ހާލެއްގައިވެސް އޭނާ ހަދިޔާ ކުރަން ބޭނުން އެއްޗެއް ކުރާނެ.
ބަދަލުވި ހާލަތު
08 June 2020
އައްޑޫ އެެއިމްްސް ކްލިނިކުން ހުއްދައަށް އެދުނުއިރު ރަށް ރަށަށް މީހުން ދިޔުމަށް ހުއްދަ ދީފައެއް ނުވޭ. މާނައަކީ އައްޑޫގައި އެންމެ ޕޮޒިޓިވް ކޭސްއެއްވެސް ނެތި، ކޮމިއުނިޓީ ސްޕްރެޑް ނެތް ތަނެއްގައި އެންޓިބޮޑީ ޓެސްޓު ހަދައިގެން އާސަންދަ ހުސްކޮށްލުން ނުން ކަމެއް ނުވާނެ. އެކަމަކު މިހާރު ރަށް ރަށަށް މީހުން ދާން ފެށީމަ އޭގެ ބޭނުން އޮންނާނެ. 24 ދުވަހުގެ ހޯމް ކަރަންޓީނަށްފަހު އެ ޓެސްޓު ކުރެވޭނެ.
ޖަޒީރާ އަހަންމާއިދީ
08 June 2020
މާލެ ނޫން ރަށެއްގަ ކަމެއްކުރަންޏާ އާސަންދައަށްވެސް ވަރަށް ބަލަންޖެހޭ ދޯ! ޢަދި މިވަރަކުން ނުފުދޭ އާސަންދަ ބަރިބަރިޔަށް އަވައްޓެރި ގައުމުތަކަށް ޚަރަދު ކުރިޔަސް ހަމަ ރަނގަޅު. އެކަމަކު ރާއްޖޭގެ ރަށެއްގައި ހުންނަ ސިއްހީ ޚިދުމަތްދޭ ތަނަކަށް ދެންޏާ އެދެންވަރަށް ބަލަންޖެހޭ ޑަބްލިޔުއެޗްއޯ އިން ފެށިގެން ސީޑީސީގެ ޑްރާފްޓް ގައިޑްލައިންވެސް ބަލަންޖެހޭ
ވާހަކަ
08 June 2020
ބަލަ އެންޓިބޮޑީ ޓެސްޓުން ނަތީޖާ ފެންނާނެ ބަލީގައި 10 ދުވަސްވާއިރު. އެއީ ހަމައެކަނި 24 ދުވަސްވީމާ ފެންނަގޮތައް އޮންނަ އެއްޗެއް ނޫން. ދެން އައްޑޫގައި ރަށްރަށުން މީހުން އެއްތަނުން އަނެއް ތަނުން ފުރީމަ ވާކަމެއް ނޫން އެއީ. ބަލަ އައްޑޫ ކިތައް މީހުން ރިސޯޓުން ރަށަށް އައިސްފިތަ؟ ކިތައް ދުވަސް ވެއްޖެތަ؟ ޓެސްޓު ހެދީމައެއްނު އެނގޭނީ. ނަހަދާ ނެތޭ ނެތޭ ތިކިޔަނީ ކީއްވެ؟ އެންޓިބޮޑީ ޓެސްޓަކީ ވަރަށް ސިންޕަލް ޓެސްޓެއް. އެންމެ ލޭ ތިއްކެއް ކިޓައް ވައްޓާލީމަ ނިމުނީ
ގޯސް
08 June 2020
ކޮންމެ ކަމަކަށް މާލެ ރާއްޖެތެރޭ މީހާ ނުކިޔަބަލަ. ކޮންމެ މީހަކު ކުރިއަސް ގޯސް ހަމަ ގޯސް. އާސަންދަ ހުސްކޮށްލަން ބޭކާރު ޓެސްޓު އެއިމްސްއިން ހެދުންވެސް ގޯސް.