04 ޖޫން 2020 - 17:48
ކުރިން ބަލިޖެހިފައި ހުރިތޯ ބަލަން ހަދާ އެންޓިބޮޑީ ޓެސްޓް ހެދުމުގެ ހުއްދަ ހޯދަން އައްޑޫ ފޭދޫގައި ހިންގާ އެއިމްސް ޑައިގްނޯސްޓިކް ކެއާ އިން އެދުމުން އެ ހުއްދަ ނުދޭން ހެލްތު މިނިސްޓްރީން ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުން އެއިމްސްގެ އިތުރުން ހެޕީ މާކެޓްގެ ވެސް މެނެޖިން ޑިރެކްޓަރު ރިޓަޔާޑް އަލީ އިހުސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އަށް ޓެސްޓްކުރުމުގެ ހުއްދަ އަށް އެދުމުން އަނގަބަހުން އެ ހުއްދަ ދެވެން ނެތްކަން އަންގާފައިވާ ކަމަށެވެ. އެހެންވެ އެ ކްލިނިކުން އެކަމަށް ފެށި މަސައްކަތް ހުއްޓާލާފައިވާ ކަމަށް ވިދާޅުވި އެވެ.
AIMS clinic in edhifaivaa COVID-19 ah test kurumuge hudhah dheven neiyykamah Ministry of Health in angabahun javaabu dhehvvaafaivaathee mi khidhumaiyy dhinumah alhugandumen kuramun ai masahkaiyythah huttaalaafaivaa vaahaka dhannavan.
— Ali Ihusaan (@ali_ihusaan) June 4, 2020
އެއިމްސް އަކީ 2015 އިން ފެށިގެން އައްޑޫގައި ހިދުމަތް ދެމުން އަންނަ، އައްޑޫގެ އެންމެ ފެންވަރު ރަނގަޅު އެއް ކްލިނިކެވެ. އެ ތަނަކީ ހެޕީ މާކެޓްގެ ވެރިޔާ މުހައްމަދު ނައީމްގެ ހިއްސާ އޮންނަ ތަނެކެވެ.
އެއިމްސްގައި ކޮވިޑް-19 އަށް ޓެސްޓްކުރެވޭނެ ގޮތް ހެދުމަށް އެކަމަށް ބޭނުންވާ ހުއްދަ ހޯދުމުގެ މަސައްކަތްކުރަމުންދާކަން އިހުސާން ޓްވިޓާގައި އިއުލާންކުރެއްވީ މިދިޔަ މަހުގެ 28 ގަ އެވެ. އޭރު އޭނާ ވިދާޅުވެފައި ވަނީ އެއިމްސްގައި ގަޑިއަކު 36 ސާމްޕަލް ޓެސްޓްކުރުމުގެ ކެޕޭސިޓީ ހުންނާނެ ކަމަށެވެ.
ކޮވިޑް-19 ޓެސްޓް ކަމަށް އިހުސާން ވިދާޅުވެފައިވީ ނަމަވެސް، އެނގިފައިވާ ގޮތުގައި އެއިމްސް އިން އެދިފައި ވަނީ އެންޓިބޮޑީ ޓެސްޓް ހެދުމުގެ ހުއްދައަކަށެވެ. އެނގިފައިވާ ގޮތުގައި އެ ހުއްދަ ނުދިނީ އައްޑޫ އަކީ ކޮރޯނަވައިރަސް އެއްވެސް ވަރަށް ފެތުރިފައި ނެތް ސަރަހައްދެއްކަމުން އެންޓިބޮޑީ ޓެސްޓް ހެދުމުގެ މާބޮޑު ބޭނުމެއް ނެތުމުންނެވެ. އަދި އެއީ ބަލި ހުރިތޯ ބަލަން ކޮވިޑް-19 އަށް ކުރާ ޕީސީއާރު ޓެސްޓަކަށް ނުވުމުންނެވެ.
އެއިމްސް އަށް އެންޓިބޮޑީ ޓެސްޓްކުރުމުގެ ހުއްދަ ނުދޭން ނިންމި އިރު، އަދިވެސް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އެކަން ކުރެވޭނެ އިންތިޒާމެއް ހަމައެއް ނުޖައްސަ އެވެ.
ނަމަވެސް މިދިޔަ މަހުގެ ތެރޭގައި އެ އިންތިޒާމު ހަމަޖެހޭނެކަމުގެ ޔަގީންކަން ނައިބު ރައީސް ފައިސަލް ނަސީމު ދެއްވި ކަމަށް ނައިބު ރައިސާ އެކު ބޭއްވި ބައްދަލުވުމަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްކާ
05 June 2020
ހޮސްޕިޓަލުން ލިބެން ހުންނަ ހިދުމަތްތައް ކުލިނިކުތަކުން ދިނުން މަނާކަމަށްވަންޏާ ކުލިނިކުތަކުގަ ޑޮކްޓަރުން ތިބުންވެސް މަނާވާނެތާ.
ވަތުއޮޑި
05 June 2020
އެއިމްސްއިން ހުއްދައަށް އެދިފައިވާ ޓެސްޓު މިހާރުވެސް އައްޑޫ ރީޖަނަލް ހޮސްޕިޓަލުން ހެދޭ. އެއީ ކޮވިޑް ޓެސްޓެއް ނޫން. ކޮވިޑް ޓެސްޓަކީ ޕީސީއާރު ޓެސްޓު.
މުދައްރިސް
05 June 2020
ރަށުތެރޭ ގޮވީ ކޮވިޑް ޓެސްޓު ހަދަންފަށަނީއޭ، ހުއްދައަށް އެދިފައި މި އޮތީ އެންޓިބޮޑީ ޓެސްޓު ހަދަން. ކިހާ ވަރަކަށްތޯ އޮޅުވާލާނީ؟
ދޮންފުތު
05 June 2020
އަދި އެބަ ބުނޭ އެންޓިބޮޑީ ޓެސްޓު ހެދީމަ މައްސަލައަކީ ކޮބައިހޭ؟މައްސަލައަކީ ބޭނޫންނުވާ ބޭކާރު ޓެސްޓުތަށް ހަދައިގެން އާސަންދަ ހުސްކޮށްލަން ކުޅޭ ކުޅިވަރު. ހަދަން ނުޖެހޭ ނަތިޖާއެއް ނުނެރެވޭ ޓެސްޓެއް ހަދައިގެން ރައްޔިތުންނަށް އޮތީ ކޮން ފާއިދާއެއް؟ ތިބޭފުޅުންގެ ޖީބުތަށް ފުރޭނެ. މިކަމުގައި ރައްޔިތުމީހާއަށް ކަށަވަރެއް ނުވޭ އޭނާ ކޮވިޑް ޖެހުނުތޯ ނޫންތޯވެސް. ބަޔަކަށް ކަމެއް ކޮށްދޭން ބެނޫންނަމަ އިހްލާސްތެރިކަން އިސްކޮށްބަލަ. އަގުބޮޑުވިޔަސް ޕީސީއާރު މެޝިނެއް ގެނެސްބަލަ!
ކަނބިލި
05 June 2020
ނައީމަކީ ޕާޓީ މީހެއް ނޫން. ޕާޓީ މީހަކަށް ނިސްބަތްވާ ބަޔަކަށް ކަންކަން ފަހިވާނީ. މިއީ މިވެރިންގެ ޑިމޮކްރަސީ. ޕާޓީ ނޫން މީހުންނަށް ނުލަފާކަން ދެއްކުން. އަދިވެސް މި މީހުން ކޮނޑަށް ލައިގެން އަތްޖަހާ
ސޮމްޗައި
05 June 2020
މިވަގުތުކޮޅު ޓެސްޓު ކުރުމުގެ ކެޕޭސިޓީ އިތުރުކުރަމާ ހުއްދަތަކަށް ލުވިއެއް ދިނުމަށްފަހު. ނަމަވެސް އާސަންދަ ދަމާހިންދާލާނީ ކޯވިޑް ޓެސްޓު ހެދުމަކުންނެއްނޫން...
ނަޒީލް
05 June 2020
މީ ހެލްތް މިނިސްޓްރީން ވަރަށް ރަނގޅަށް ކުރިކަމެއް މިވަގުތަކީ ކޮވިޑް 19 ބޭނުންކޮށްގެން ވިޔަފާރިކޮށް ބޮޑު ފައިދާ ނަގަންވީ ވަގުތެއް ނޫން.މިހުއްދަދީ ފިއްޔާ މުޅި އައްޑޫ ސިޓީ ހާސަކަމުގެ ތެރެއަށް ވެއްޓޭނެ
އެހެ
05 June 2020
މާލެ ސަރަހައްދު ނޫން ހިސާބެއްގައި ކޮވިޑް ޖެހިފަ ރަގަޅުވެފަ ތިބިކަން އެނގޭނެ ކަހަލަ ކަމަކަށް ކިހިނެތް މަގުފަހިކޮށްދޭނީ ސަރުކާރުން؟ އެހެން ގައުމުތަކުގައިވެސް އެނގެމުން އެ ދަނީ އެގައުމުތަކަށް ރަސްމީކޮށް އެނގިފައޮތް އިރަށްވުރެ ކުރިން އަދި ހީނުކުރާ ވަރަށް ބަލި އެގައުމުތަކުގަ ނޭނގި ފެތުރި މީހުން ރަގަޅުވެފައިވާކަން. މިގައުމުގައި އެކަން ސިއްރުކުރަން ކޮންމެހެންވެސް ބަޔަކު ބޭނުންވާނެ. ހާޑް އިމިއުނިޓީއާ ހަމައަށް ދާވަރުނުވިއަސް ނޭގިރަގަޅުވެފަ ތިބީ ގިނަބަޔަކ
ޖަޒު/ހިތަދޫ
05 June 2020
ހެޕީމާކެޓް އަކީ ވަރަށް ރީތި މަޒީއެއް އޮންނަ ރައްޔަތުންގެ ލޯބި ހޯއްދަވާފައިވާ ތަނެއް، އެލޯބި ހޯއްދަވާފައި ވަނީ ހެއްދެވި ފަރާތުން ދެއްވި ވިސްނުންތޫނު ސިކުޑިއާއި އެކަލާންގެ ކުޅަދުންވަންތަ ކަމުން ލިބުނުތަނަވަސް ކަމުގެ ބޭނުން ފުރިހަމަ ގޮތުގައި ކުރުމުގެ ނަތީޖާއިން، އެއްވެސް ފަރާތަކަށް ނަފުރަތުގެ ބަސް ވިދާޅުވެގެން ނޫން. ހެޔޮވިސްނުން ދެއްވާށި...
ޚިޔާލު
05 June 2020
މިހާރު ބާޒާރުގައި ލިބެންހުރި ވަރަށް ގިނަ އެންޓިބޮޑީ ޓެސްޓު ތަކަކީ ފޭކް ތަކެތި. އިހުސާން ގެނެސްގެން އުޅޭ އެންޓިބޮޑީ ޓެސްޓުތައް ރަގަޅުނަމަ މާލޭގައި ބޭނުންކުރަން ހަދިޔާކުރުން ރަގަޅުވާނެ. އެއީ ކޮމިއުނިޓީ ސްޕްރެޑް އޮތް ތަނެއްގައި ޓެސްޓްކުރަން.