ކޮވިޑް-19ގެ ސާމްޕަލްތަކެއް ޓެސްޓު ކުރަނީ: އައްޑޫގައި މި ހިދުމަތް އަލަށް ފަށަނީ އައިމްސް ކްލިނިކުން
28 މެއި 2020 - 22:19
ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް އައްޑޫގެ އަމިއްލަ ކްލިނިކަކުން ތައްޔާރުވެ، އަންނަ ހަފުތާގައި އެ މަސައްކަތް ފަށަން ނިންމައިފި އެވެ.
ފޭދޫގައި ހުންނަ އެއިމްސް ޑައިގްނޯސްޓިކް ކެއާ އިން މި ހިދުމަތް އައްޑޫގައި މި ފަށަނީ އަލަށެވެ. މާލެ ފިޔަވައި އެހެން ތަނެއްގައި، މިހާރު ފެތުރެމުންދާ ނުރައްކާތެރި މި ބައްޔަށް ޓެސްޓު ކުރެވޭކަށް އަދި ނެތެވެ.
މީގެ ހަ އަހަރު ކުރިން ފެށިގެން ހިދުމަތް ދެމުން އަންނަ އެއިމްސް ކްލިނިކްގެ މެނޭޖިން ޑިރެކްޓަރު، ރިޓަޔާޑް އަލީ އިހުސާން ވިދާޅުވީ ގަޑިއަކު 36 ސާމްޕަލް ޓެސްޓު ކުރުމުގެ ކެޕޭސިޓީ އެތަނުގައި ހުންނާނެ ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރުން މިކަން ކުރަން ފެށުމަކީ ސަރުކާރަށް ލިބޭނެ ލުޔެއް ކަމަށާއި މި ހިދުމަތުގެ ސަބަބުން އައްޑޫގެ ރައްޔިތުންނަށް ފަސޭހަތަކެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ހޯދަންޖެހޭ ހުއްދަތަކަށް ވާނީ މިހާރު އެދިފައި،" އިހުސާން ވިދާޅުވި އެވެ.
އޭނާ ސީއީއޯކަން ކުރައްވާ، ހެޕީ މާކެޓް ކުންފުނިން ކުރިން ވެސް ވަނީ އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށާއި އެ އަތޮޅުގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހޭންޑް ސެނިޓައިޒާ ފޮނުވައިފަ އެވެ.
މާލެ ފިޔަވައި ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫގައި، ކޮވިޑް-19އަށް ޓެސްޓު ކުރެވެން ނެތުމަކީ އެ އަތޮޅުގެ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. އެކަމާ ގުޅޭގޮތުން ސަރުކާރުގެ ބައެއް އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އައްޑޫގައި ޓެސްޓު ކުރުމުގެ ކަންކަން މި މަހުގެ ނިޔަލަށް ހަމަޖެހޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާ ކަމަށެވެ.
ކޮވިޑް-19 އަށް ހާއްސަ ހޮސްޕިޓަލެއް އަޅާނެ ކަމަށް ވެސް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.
މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނު މަބުރޫކް އަޒީޒު ވިދާޅުވީ ހިތަދޫ ކުރީގެ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ހިންގި އިމާރާތުގައި 23 އައިސީޔޫ އެނދާއި، 22 އައިސޮލޭޝަން އެނދު ހިމެނޭ ގޮތަށް އެ އިމާރާތަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ. އަދި އެކަމަށް ދެ ހަފުތާވަރު ނަގާނެ ކަމަށް ވެސް އޭރު އޭނާ ވިދާޅުވެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރުމޯލު
29 May 2020
އިހްސާން ހެޔޮނިޔަތުގައި އައްޑޫ މީހުންނަށް ކަމެއް ކޮށްދޭން ބޭނުން ނަމަ އޭޑީކޭއިންވެސް ހެދިގޮތަށް ޓެސްޓުކުރަން ޕީސީއާރު މެޝިނެއް ގެނެސް އެއިމްސް ކްލިނިކްގައި ބައިންދަބަލަ. ޕީސީއާރު ޓެސްޓަކީ ކޮވިޑްއަށް ޓެސްޓުކަން ޑަބްލިއުއްޗްއޯއިން ކަނޑައަޅާފައިވާ ސްޓޭންޑާޑް ޓެސްޓަކީ. އެކިއުރެސީ 96% ވުރެ މަތި. ތި ރެޕިޑް ޓެސްޓު ކިޓުތަކެއް ބޭނުމެއް ނުކުރެވޭނެ އައްޑޫފަދަ ކޮމިއުނިޓީ ސްޕްރެޑް ނެތް ތަން ތަނެއްގައި.
ރޯނުއެދުރު 1
29 May 2020
ތިމަންނަ ކަމެއް ކޮށްލީމެ ބުނެ މެޑަލް ޖަހަން އިހްސާން ކުރި ކަމެއްދޯ ތިޔައީ؟ އެހެންވީމަ ތި އޮތީ މިފަހަރު އަތަށް ގޮވާފައި. ދެންވެސް ޑަބްލިއުއެޗްއޯ ވެބްސައިޓް ހުޅުވައިގެން ބަލާބަލަ ޕީސީއާރު ޓެސްޓާއި ރެޕިޑް ޓެސްޓަކީ ކޮބައިކަމާއި އަދި ބޭނުންކުރެވޭ ހާލަތްތަކަކީ ކޮބައިކަން.
ޑރ. މުރާދު
29 May 2020
ކަމެއް ކުރީމޭ ބުނަންތޯ ތިކަން ތިކުރަނީ؟ ޕްރައިވެޓް ކްލިނިކެއް އައްޑޫގައި ހިންގާއިރު އެނގިލައްވާތޯ ތިޔަ ގެނެސްގެން އުޅޭ ރެޕިޓް ޓެސްޓިން ކިޓްތަކަކީ ކޮމިއުނިޓީ ސްޕްރެޑް އޮވެފައި އެކަން ކޮންޓްރޯލުން ނެއްޓިގެން ދިޔައިމަ ބޭނުންކުރާ އެއްޗެއްކަން؟ އަދި 5 މިނެޓްއިން ނަތީޖާ ނެރެދޭ 50-60% އެކިއުރެސީ ރޭޓެއް އެއްޗެއްކަން؟ އައްޑޫގައި އެންމެ މީހަކުވެސް ޕޮޮޒިޓިވް ނުވޭ، ކޮމިއުނިޓީ ސްޕްރެޑެއް ނެތް، ދެން މި ކިޓްތަކުން ކޮން ބޭނުމެއްތޯ ކުރެވޭނޯ؟ ބޯހަލާކުވެދާނެ ހަމަ!
ާއުނިމާ
29 May 2020
ކޮބާތޯ އަގަގަދަ އައްޑޫ މެންބަރުންތައް؟ ރޮޒޭ މެނަށް ހަޅޭލެވުން ނޫން ކަ މެއްކުރައްވާކަށް ނޭންގޭ؟
އޮނަރަބްލް އަފީފު ދީދީ
29 May 2020
އެއިމްސްގެ އެމްޑީގެ އިސްނެންގެވުމުގެދަށުން ޑރ ޝަކީލާގެ IMDC ހޮސްޕިޓަލާއި، ޑިމްސް އިން ހިންގަވާ MEDICA ހޮސްޕިޓަލް، Dr. MENON ގެ ދިލްޝާދު ކްލިނިކް، އަދި FNC Clinic އާއި މެޑިސިޓީ ފަދަ އައްޑޫގައި ސިއްޙީ ހިދުމަތްދޭއެންމެން އެއްކުޑައެއްގެ ދަށަށްގެނެސް މާރޖްކޮށްގެން ރާއްޖޭގައިހުރި އެންމެ މަތީފެންވަރުގެ ޕްރައިވެޓް ހޮސްޕިޓަލް އައްޑޫގައި ޤާއިމްކުރާންޖެހޭ. # އަދި މިވަގުތުތިބި އައްޑުއަށްނިސްބަތްވާ ސްޕަރ ސްޕެޝަލިސްޓް ޑަކްޓަރުންނަށްވެސް ރަމްޒީ ޝެއަރއެއްދިނުން ރަނގަޅު.
ހެޕީ ނިއުސް
29 May 2020
ވަރަށް ރަނގަޅު ކަމެއް. އެތައް ބައިވަރު ހޮސްޕިޓަލާއި ކްލިނިކް ހިންގުމަށްވުރެން ޙަރަދު ކުޑަވެފައި އެކަން ތަންކޮޅެއް ރަނގަޅަށް ކުރާން ފަސޭހަވެ ފައިދާވެސް ބޮޑުވާނީ ތިގޮތަށް އެންމެން ގުޅިގެން ތިކަން ކުރުމުން. ބަރާބަރު އައިޑިޔާއެއް.
ގިރާވަރު
29 May 2020
މަށަށްވެސް ހީވަނީ ތިތަންތަން ކުރިއަރާނީ ތިގޮތަށް އެންމެން ގުޅިގެންހެން. އެހެން ނޫނީ ހިދުމަތް މަތިނުކުރެވޭނެ ދުވަހަކުވެސް.
ސަޅިކަމެއް.
29 May 2020
ތާއީދުކުރަން ތިގޮތަށް ތިކަން ކުރުމަށް. މިކަމަކީ ލަގަޅު ސްކޭލެއްގަ ހިންގައިފިނަމަ ވަރަށް ރަނގަޅު ފައިދާ ލިބޭނެ ވިޔަފާރިއެއް. ތިގޮތަށް އެންމެން މާޖްކޮށްގެން ބޮޑު ވަރުގަދަ ހޮސްޕިޓަލެއް މިތަނުގައި ހަދައިފިނަމަ ރާއްޖޭގެ ހުރިހާ ހިސާބަކުން އައްޑުއަށް ބޭސްކުރާން އަންނާނެ. އަދި މިއީ މެޑީކަލް ޓްއަރިޒަމް އޮތް ތަނަކަށް ބަދަލުވާނެ.
ރިސޯޓް ބޯއީ
29 May 2020
ހޮސްޕިޓަލާއި ކުލިނިކް ހިންގާން ނިކުމެފައިތިއްބެވި ބޭފުޅުންގެ ތެރޭގައި ފައިނޭންޝަލް ރަނގަޅު މީހުންނާއި ހިންގުމުގެ ދާއިރާގައި ފުންނާބު އުސްބޭފުޅުންގެ އިތުރުން ރާއްޖޭގެ އެންމެ މަޝްހޫރު މެޑިކަލް ޑަކްޓަރުން އެބަތިއްބެވި. އެހެންވީމަ އެންމެން އުކވެއްޖެނަމަ ތިއީ ރަނގަޅު ޓީމެއް. ކާމިޔާބު ވާނެ. އެންމެން އެއްކުޑައެއްގެ ދަށަށް ވަނުން ވަރަށް މުހިިންމު.
ޖިހާދު - ނިލަންދޫ
29 May 2020
ތިއީ އައްޑޫ މީހުންނަށާއި އަދި ތިކަން ކުރާން އިންވެސްޓް ކޮށްގެން ތިބިމީހުންގެ އިންވެސްޓްމަންޓް ރައްކާކުރެވޭނެ ހަމަ އެކަނި ގޮތަކީ. އިކްއިޓޯރިއަލް ހޮސްޕިޓަލް ހިގައި ގަތުމުން އެތަނުގެ ހިދުމަތް މަޑުމަޑުން ފުޅާވާނެ. އަދި ދެކުނަށް ތަރައްޤީ އަންނާން ފެށުމުން މާލޭ އޭޑީކޭ އޭއެމްޑީސީ އީވް ކްލިނިކް ފަދަ ފަރާތް ތަކުންވެސް ތިތަނަށް ދާނެ. އެހްނެކަމުން އެންމެން ގުޅިގެން ވަރަގަދަ ހޮސްޕިޓަލެއް ހަދާންޖެހޭ ވަގުތަކީ މިއީ.
ދައްމާނު
29 May 2020
އަހަރެންނަށް މެޑިކާ ހިންގަވާގޮތް ވަރަށް ކަމުދޭ. މެޑިކާ އާއި އައިއެމްޑީސީ އަދި އެއިމްސް ޑައިގްނޯސްޓިކް ކެއާރ އުޅެފި ނަމަ ދެންތިބިމީހުން ތިކަމަށް އެއްބަސްވާނެ. ޑރ ސޯލިޙް ކޮންމެވެސް ވަރަކަށް މިކަމަށް މަސައްކަތް ކުރައްވަންވީ ނޫންތޯ ؟
ޤައުމު19
29 May 2020
ސާންޕަލް ކިތަންމެ ވަރަކަށް ވެސް ނެގި ދާނެ .. އެކަމު އެޓެސްޓްގެ ނަތީޖާ ނުލިބުނީމަ ތިބެން ޖެހެނީ މާ ބޮޑު ހާސްކަމެއްގެ ތެރޭގަ. ??♂️
މިސް2
29 May 2020
ހިތަދޫގައި އަމިއްލަ ހޮސްޕިޓަލަކާ ސަރުުކާރުު ހޮސްޕިޓަލެއް ހުރެމެ އެތަންތަނުން ވެސް މިލިބޭނަމަމައޭ ހިތަށްއަރާ.
ނޭގޭ
29 May 2020
ޢަދި މާ އަވަސް ޓެސްޓު ކުރަން. ޢަދި މަޑުކޮއްލާ
ޟާސް
29 May 2020
ހެލްތު މިނިސްޓަރުގެ ހިންގުންތެރިކަން ތި ފެންނަނީ
ރަނގަޅު އުސޫލު
29 May 2020
ހެލްތު މިނިސްޓަރަކީ ކަމެއް ކުރީމޭ ބުނަން ނޫނީ ދެއްކުންތެރިކަމުގެ ބޭނުމަގައި އެއްވެސް ކަމެއް ކުރާނެ މީހެއް ނޫން. އެއީ ހަމައާއި އުސޫލު ގެންގުޅޭ ބޭފުޅެއް. އެއިމްސް ކްލިނިކުން ގެނެސްގެން އުޅެނީ ރެޕިޓް ޓެސްޓް ކިޓްތަކެއް. ޑަބްލިއުއެޗްއޯއިން އަންގާ ގޮތުގައި ރެޕިޑް ޓެސްޓު ކިޓްތަށް ބޭނުންކުރެވޭނީ ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސް ކޮންޓްރޯލުން ނެއްޓީމަ. އަދި މީގެ އެކިއުރެސީ ރޭޓްއަކީ 50-60 ޕަސަންޓް. އައްޑޫގައި ޕޮޒޓިވް ކޭސްއެއް ނެތް، ކޮމިއުނިޓީ ސްޕްރެޑެއް ނެތް. ދެން؟
ރަނގަޅު އުސޫލު
29 May 2020
ކޮމިއުނިޓީ ސްޕްރެޑް ނެތް ތަންތަނުގައި ބޭނުންކުރަނީ ޕީސީއާރު ޓެސްޓު. މިއީ ޑަބްލިއުއެޗްއޯއިން ކޮިވިޑަށް ކަނޑައަޅާފައިވާ ސްޓޭންޑާޑް ޓެސްޓަކީ. މިއީ 96% އެކިއުރެސީ ރޭޓްއަކާ އެކީ ހެދޭ ޓެސްޓެއް. މިހާރު އައްޑޫ ހޮސްޕިޓަލުގައިވެސް ވަނީ ކްރިޓިކަލް ފަރުވާ ދެވޭ ގޮތަށް ކޮވިޑް ސެންޓަރުތައް ގާއިމުކުރެވި ޕީސީއާރް ޓެސްޓު ހެދުމުގެ އިންތިޒާމުތަށް ހަމަޖެހުމުގެ އެންމެ ފަހު މަރުހަލާގައި. ކުރިއަށް އޮތް ހަފްތާ މިކަން ފެށޭނެ. އެހެންވީމަ އެއިމްސްގެ ރެޕިޑްކިޓްތަކުގެ ބޭނުމެއްނެތް.
ނިރު
28 May 2020
ހެލްތު މިނިސްޓްރީއަށާ އެޗްޕީއޭ ވަރަށް ބޮޑަށް ތައްޔާރުވެފަ ވާކަމުގެ ހެކިތަށް މިފެންނަނީ.... ކަރުނައަޅާފަ ރުޔަކަސް ކަމަކު ނުދާނެ ބޭނުމީ ކަންކުރެވޭނެ ކަންކަން ކުރަން ދަންނަ ގާބިލް މީހުން .... އެހެންވީމަ މިބުނަނީ ރ.ޔާމިން އަކީ ކަން ކުރަން ދަން ކަންކުރެވޭނެ މީހެކޭ.