ޚަބަރު / ކޮވިޑް-19

ކޮވިޑް-19 ގައި ނުވަ ވަނަ މީހާ ރާއްޖެ އިން މަރުވެއްޖެ

30 ޖޫން 2020 - 15:28

15 comments

ކޮވިޑް-19 ޖެހިގެން ރާއްޖެ އިން ނުވަ ވަނަ މީހަކު މިއަދު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މަރުވީ ޑީއެޗް11 ގައި ފަރުވާދެމުން ދިޔަ އުމުރުން 43 އަހަރުގެ ފިލިޕީންސް މީހެއް ކަމަށެވެ. އޭނާ މަރުވީ މެންދުރު 1:50 ގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ކޮވިޑް-19 ގައި ރާއްޖެ އިން މިހާތަނަށް މަރުވެފައި ވަނީ ތިން ދިވެހިންނާއި ބަންގްލަދޭޝްގެ ފަސް މީހުންނެވެ. އެންމެ ފަހުން މަރުވެފައި ވަނީ ޖޫން 6 ވަނަ ދުވަހު، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ ބަންގްލަދޭޝްގެ ރައްޔިތެކެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ފަރުވާ ދެމުން ދިޔަ ހާލު ބޮޑު ތިން މީހަކު އިއްޔެ ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. އޭގެ ތެރޭން ދެ މީހަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ކޮރޯނާވައިރަހަށް 2،337 މީހުން ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭން 1،927 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑް-19 ގެ ބަލި މީހުންގެ ގޮތުގައި މިހާރު ތިބީ 397 މީހުންނެވެ. ކަރަންޓީނުގައި 132 މީހުން ތިބި އިރު އައިސޮލޭޝަންގައި ތިބީ 303 މީހުންނެވެ.

މާލޭގައި އާންމުންގެ ތެރޭ ކޮވިޑް-19 ފެތުރޭކަން އެނގުނީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން މާލެ ސަރަހައްދު ލޮކްޑައުންކޮށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ލުއިކޮށް މާދަމާ އިން ފެށިގެން ނިއު ނޯމަލް އަށް އަމަލު ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

15 ކޮމެންޓް, 92 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 95%
icon angry icon angry 1%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރީތި މޫސަ

01 July 2020

ޓްރީޓޮޕްކޭސްތަށް އެހާއެހާނޫންދޯ

The name is already taken The name is available. Register?

ކޮމެންޓޭ1

30 June 2020

މިހާ ކްރިޓިކަލް ހާލުގަ އޮތް ބަލިމީހަކު ޓްރީޓޮޕުން ނެރެގެން ދަރުމަވަންތަ އަށް ގެންދިއުން އެއީ ގޯސް ނިންމުމެއް

The name is already taken The name is available. Register?

ނޭނގޭ މީހާ

30 June 2020

މިފަހަރު މިމަރުވީ އެހާމުސްކުޅިވެސް މީހެއްނޫން ކޮބާބާ ސަބަބަކީ؟ ކޮންމެސްވަރަކަށް އެކަމުގެ ތަފްސީލް ލިބުނުނަމަ ވަރަށް ރަނގަޅު މިސާލަކަށް އިހުތުގެބަލި ހުރިމީހެއްތޯ ނުވަތަ ގުނަވަން ބަދަލުކޮށްފަ ހުރި މީހެއްތޯ ނުވަތަ ހަކުރުބައްޔާ ލޭމައްޗަށް ދިއުން ހުރިމީހެއްތޯ؟

The name is already taken The name is available. Register?

ކޮށްބޯ

30 June 2020

ނުވަތަ ސިއްހަތު ރަނގަޅު ވަރުގަދަ މީހެއްތޯ؟

The name is already taken The name is available. Register?

މުހައްމާ

30 June 2020

ސުބުހާނައްﷲ

The name is already taken The name is available. Register?

ގަޓް ބްރޯ

30 June 2020

މަ އެންމެ ކަންބޮޑުވަނީ އެއްވެސް ފަރުވާއެއް އަދި ހޯދިފަނުވާ ނުރައްކާތެރި ބަލިމަޑުކަމެއް މުޖުތަމައުގަ ފެތުރެމުންދަނިކޮށް އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް ދަމަހައްޓާފަ ވަނިކޮށް ސަރުކާރުން ލައިނުގަނެގެން ރާއްޖޭގެ ސްކޫލްތައް މާދަމާހުޅުވާލާތީ! އިންތިހާ އަށް ފަރުވާކުޑަ ކޮންމެ ގޮތެެއް ވަރިހަމަ ސްކޫލްތައް މިރާއްޖޭގަ ގިނަވާނީ. ކޮންމެހެން ހުޅުވަންޏާ މަސައްކަތްތަކާ އޮފީސްތައް ހުޅުވިޔަސް މިވަގުތަށް ފުދޭނެ.

The name is already taken The name is available. Register?

މުރާސިލް

30 June 2020

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ނަޝީދުގެ ހުއްދަ ހޯދާ ގޮތަށް ގާނޫނު އިސްލާހު ކުރަން ނުޖެހެނީ ކީއްވެގެެންކަން ވިސްނޭބާ؟ إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

The name is already taken The name is available. Register?

ރަަދީފްއޮފިޝިއަލް

30 June 2020

ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރާ ކުއްލި ހާލަތުގައިވެސް ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަންޖޭހޭ. މިކަން ކުރަން ޖެހެނީ ކީއްވެގެެންކަން ވިސްނޭބާ؟ އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ހޯދަންޖޭހޭ. މިކަން ކުރަން ޖެހެނީ ކީއްވެގެެންކަން ވިސްނޭބާ؟ إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ.

The name is already taken The name is available. Register?

ޝިފާޢު

30 June 2020

ސީރިސް ތިން މީހުންގެ ތެރެއިން އަނެއް ދެމީހުންގެ ހާލު ކިހިނެއް ތޯއެވެ؟

The name is already taken The name is available. Register?

ޖަވިޔަނި

01 July 2020

މިއީ ގްރޭޑް 3 ގެ ހިސާބު ސުވާލެއް: ސީރިއަސް 3 މީހުންގެ ތެރެއިން 1 މަރުވީ، އަނެއް 2 މީހުންގެ ޙާލު ކިހިނެއްތޯއެވެ؟ ޖ: ސީރިއަސް އިނގޭތޯ

The name is already taken The name is available. Register?

ހެޔޮ ދުޢާ

30 June 2020

ހާދަ ދެރައެވެ. ޔާ ﷲ ! އަޅަމެންގެ ޤައުމުން މި ބަލިމަޑުކަން ފިއްލަވާން ދޭވެ އެވެ. އަޅަމެންގެ ޤައުމު އަމާން ކުރައްވައި ތިޔާގި ކަން އިތުރު ކުރައްވާން ދޭވެ. އާމީން

The name is already taken The name is available. Register?

މަރީީ

30 June 2020

انا لله وانا اليه راجعون

The name is already taken The name is available. Register?

ަސަފަރޭ

30 June 2020

މައްޔިތާއަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި ﷲއަށް ދުއާކުރަން. ބާކީ ތިބި އެންމެން ވެކްސިނެއް ލިބެންދެން ބަލި އެބައޮތް ކަމަށް ގަބޫލުކޮށްގެން ބަލައިގެން އުޅޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454