މާލޭގައި ކުރިއަށްގެންދާ ސައިކަލު ބުރުގައި ބައިވެރިވި މީހުން.: މުޒާހަރާގައި އެއްވެސް ގައިދުރުކަމެއް ނެތް- ފޮޓޯ: ޕީޕީއެމް
28 އޯގަސްޓް 2020 - 19:47
"ރާއްޖެ ވިއްކާލުމާ ދެކޮޅަށް" ނަމުގައި އިދިކޮޅު ޕާޓީތަކުން މިއަދު މާލޭގައި ކުރި މުޒާހަރާގައި، ގައިދުރުކަން ނުބަހައްޓައި ބައެއް މީހުން މާސްކް ނާޅާ ބައިވެރިވި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު މުޒާހަރާ ކުރީ، ކޮވިޑް-19ގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވަމުންދާތީ އެއްވުންތައް މަދުކޮށް ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ކަމާބެހޭ އިދާރާތަކުން އިރުޝާދު ދެމުން އަންނަނިކޮށެވެ. މި މުޒާހަރާތައް މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައިހެން ވެސް ބޭއްވި އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެންމެ ފުރަތަމަ ނިންމީ، މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުގައި މުޒާހަރާ ކުރާށެވެ. އެކަން އިއުލާންކޮށް، މިދިޔަ ހަފުތާގައި އެ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ސަރަހައްދުގައި މުޒާހަރާ ނުކުރާނެ ކަމަށެވެ. އެކަމަކު، މިއަދު މާލޭގެ މަގުތަކުގައި ބޭއްވި ސައިކަލު ބުރުގައި ގިނަ ބަޔަކު ބައިވެރިވި އެވެ.
މުޒާހަރާ ތެރޭގައި ވެސް ބައެއް މީހުން މާސްކް ނާޅައި އަޑުއުފުލި އިރު، ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި އެ ޕާޓީގެ ބައެއް އިސްވެރިން ވެސް ވާހަކަ ދެއްކެވި އިރު ވެސް މާސްކް ނާޅުއްވަ އެވެ.
ފުލުސް އޮފީހުން ބުނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް، ގައިދުރުކަން ނުބަހައްޓައި، މާސްކް ނާޅައި މުޒާހަރާ ކުރިކަން ފާހަގަވެފައިވާ ކަމަށާއި އެހެންވެ، އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލައި، ފިޔަވަޅު އަޅާނެ ކަމަށެވެ.
އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފުވާ މީހުން ބޮޑު އަދަދަކުން ދަނީ ޖޫރިމަނާ ކުރަމުނެނެވެ.
އިދިކޮޅު ކޯލިޝަނުން މުޒާހަރާތައް ބާއްވަން އިއުލާން ކުރުމާއެކު ފުލުހުން ވަނީ މިއީ އެއްވުންތައް ބާއްވަން އެންމެ އެކަށޭނެ ވަގުތު ނޫން ކަމާއި އެހެންކަމުން އެފަދަ ހަރަކާތްތައް ނުބާއްވަން އިލްތިމާސްކޮށްފަ އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިދިޔަ ހޯމަ ދުވަހު ބޭއްވި މީޑިއާ ބްރީފިންއެއްގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، މިހާރު އޮތް ގޮތުން އިހުތިޖާޖުކުރުން ނުވަތަ އެއްވުންތައް ބޭއްވުން ހުއްދަ ނޫން ކަމަށާއި ކޮވިޑް-19އާ ގުޅިގެން ފުލުހުން ވެސް ކަރަންޓީނުކުރުމާއި އައިސޮލޭޓްކުރަން މަގުފަހިވަނީ އެފަދަ ކަންތައްތަކަށް އެޓެންޑުކުރަން ޖެހުމުން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ދަންނަވަން އޮތީ މިއީ އަދި އެ ވަގުތު ނޫން ކަމަށް. މިހާރު އޮތް ގޮތުން އެފަދަ އިހުތިޖާޖަކަށް ނޫނީ މިކަހަލަ ކަންތައްތައް ކުރުމަކީ ވެސް ހުއްދަ ކަމެއް ނޫނޭ. އެހެންވީމަ އަޅުގަނޑުމެން މި ދަތި ހާލުގައި ދިރިއުޅެމުން ދާއިރުގައި އަދި އެފަދަ ކަމެއް ކުރުމަށްޓަކައި މަގުމައްޗަށް ގިނަ އަދަދެއްގެ ބަޔަކު ނުކުތުމަކީ އެއީ އަނެއްކާވެސް މިކަމަށް އެޅިގެންދާ ނުރައްކަލެކޭ،" އޭނާ ވިދާޅުވެފައި ވެ އެވެ.
ޕީއެންސީ ކޯލިޝަނުން މީގެ ދުވަސްކޮޅެއް ކުރިން ވެސް ވަނީ، ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ބާއްވާފަ އެވެ. އެކަމަކު އޭރު އެ މުޒާހަރާތައް މެދުކަނޑާލީ، ކޮވިޑް-19 މާލެ ތެރޭގައި ވަރަށް ބޮޑަށް ފެތުރެމުން ދާތީ ރައްޔިތުންގެ ސަލާމަތަށްޓަކައި ކަަމަށް އިއުލާންކޮށެވެ.
އެޗްޕީއޭގެ ހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު ވެސް ދަނީ ކޮވިޑް-19 އަށް ގިނަ ބަޔަކު ޕޮޒިޓިވްވަމުންނެވެ. މިހާ ބާރުމިނުގައި ބަލި ފެތުރޭ ނަމަ މާލެ ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ވެސް އެޗްޕީއޭ އިން ވަނީ ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތީއްބެ
29 August 2020
ކޮބައިތަ އީސީ ޝަރީފޫ! ބަސްނާހާ ޕާޓީތައް ޖޫރި މަނާ ކޮށްބަލާ ނޫނީ އުވާލާ
ކޯވިޑުއޮނަވިހި
29 August 2020
ފޮޓޯއިން ނުފެނޭ މާސްކު ނާޅާ ހުރި އެކަކުވެސް
ކޮތަރު
29 August 2020
ފޮޓޮއަށް ބަލައިގެނެއްނޫން މައްސަލަބަލަނީ
ހަގީގަަތް
29 August 2020
މަންޒަރު އަސްލު ބެލިނަމަ އެނގޭނެ މާސްކް ނާޅާ ތިބީ ވަރަށްވެސް މަދު ބަޔަކުކަން. ބަލިޖެހިފަ ރަގަޅުވެފަ ތިބޭ މީހުންނާ ސިއްހީ މައްސަލައެއް ހުންނަ މީހުން މާސްކް ނާޅާވެސް ތިބެދާނެ.
އެދުރުކަލޭފާނު
29 August 2020
ފުރަތަމަ އެދުރުކަލޭފާނުގެ މައްސަލަތައް ބަލާބަލަ! އޭނަ ނުޅިރަށުގައި ދުވަނީ މާސްކުނާލާ ހިތުހުރިގޮތަކަށް އެޗްޕީއޭއަށް ގޮންޖަހާފަ!
ާއުނިމާ
29 August 2020
ބަލިތައް ފެތުރޭގޮތައް ލުއިތައް ދިނީ ކޮން ބައެއް
ގަޓް ބްރޯ
29 August 2020
ގައުމެއްގެ ތަންފީޒީ އިދާރާތައް ފެއިލްވީމަ ދެން އެގައުމެއްގަ ސުލްހަވެރިކަމާ އަމާންކަމުގެ ބަދަލުގަ އޮންނާނާނީ ބިރުވެރިކަމާ ނާމާންކަން. ނަމެއްގަ ސަރުކާރަކާ ވެރިން ތިއްބަސް ހަގީގަތުގަ އެގައުމެއްގަ ވެރިކަންކުރާނީ ބޮޑެތި މުޖުރިމުންނާ އެމީހުންގެ ވާގިވެރިން. ރާއްޖޭންވެސް މިހާރު މި ފެންނަނީ އެމަންޒަރު!
ދައްނަކަލޭފާނު
29 August 2020
މިގައުމުގައި ގާނޫނު ތަންފީޒުކުރުން މިއީ މިހާރު ނޫސްތަކުގެ ސުރުހީގައި ޖެހުމުން ނުވަތަ ޓްވީޓެއްކޮށްލުމުން ކުރެވޭކަމަކަށް ވެއްޖެހެން ހީވޭ. ކަލޭފާނު މިވާހަކަބުނެލީ "ތަންފީޒް" ކުރާ ބޭފުޅުންނަށް ކުޑާ މީސް ބަހެއް ބުނާކަށެއްނޫން.. މިގޮތަށް މިކަން ގޮސްދާނެތީވެ އެއްޗެއްބުނެލެވުނީ . ދަންނަކަލޭފާނު / ބޮދުންގެސިޓީ
ރަށްއިތުމީހާ
29 August 2020
ކީއްވެބާ ނުހުއްޓްވީ. ނުހުއްޓްވާފަ މިހާރު ކޮށް ވާހަކައެއް ދަށްކާކަށް
ާއުނިމާ
29 August 2020
ބަލިފެތުރޭ ގަނޑިޔެއްގަނޫނޭ ކުރީ، އެހެންވީމާ އޯކޭނު، ބަލި ފެތުރެނީ ރޭގަނޑު 8 ކުން ފަތިހު 5 އަށް
އަޑަފި
28 August 2020
މާލޭގެ މަގުތަކުގައި މާނޭވާލަމުން ކެއްސަމުން ދާފޮޅަމުން މާސްކްނާޅާ، ކަސްރަތަށް ދުވާ މީހުންތައްވެސް ހުއްޓުވަން އެބަޖެހެއެވެ. ހިނގާމީހުނާ ސައިކަލްގައި ދާމީހުންގައިގައި ޖެހޭ ނުޖެހޭ ހިސާބުން މިގޮތަށް ދުވާ މީހުންގެ ކިބައިން ވައިރަސް އެރުމަކީ ވެދާނެކަމެކެވެ. އެހެންވީމާ، ކަސްރަތަށް ދުވާމީހުނަށް ވަކި ހާއްސަ ސަރަހެއްދެއް ހަމަޖެއްސުމަށް ގޮވާލަމެވެ. އަނެއްކާ ދުވެ ނިންމާފައި، މާސްކުއެޅުމެއްނެތި ސައިކަލްގައި ގެއަށާއި އެކިތަންތަނަށް ދާތަން އެބަފެނެވެ.
ތުނިޔަ
29 August 2020
ވަރަށް ރަނގަޅު ވާހަކައެއް...ކަސްރަތަށް ދުވާމީހުން މުޅި މަގު ހިފައިގެން ދުވާތީ ވަރަށް ބޮލަށް ތުރާވޭ އަސްލުވެސް...އަނެއްކާ ދުއްވާއެއްޗިއްސަށްވެސް ބެލުމެއްނޯވޭ..
މާލޭޣަ
28 August 2020
ރާއްޖޭގެ ފަޅުރައްތައް އިއުލާނުކޮށް ވިއްކީ ޔާމީނު ހުރި އިރު
11234
29 August 2020
ކޮންތާކު ޔާމީނު ހުރި އިރަކު؟
ކާލޭޣ
29 August 2020
ކުރީގެ އެމްޑީޕީ ވެރިކަމުގަ ރާއްޖޭގެ ފަޅުރައްތަށް އިއުލާނުނުކޮށް ޕާޓީކުދިންނަށް ބެހި މައްސަލަތައްވެސް ބަލަންޖެހޭ.