އިދިކޮޅުން އިއްޔެ ކުރިއަށް ގެންދިޔަ ސައިކަލު ބުރު: ގައިދުރުކުރުމުގެ އިރުޝާދާއި ހިލާފަށް މި ހަރަކާތްކުރިއަށް ގެންދިއުމުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހުންނަށް ހާޒިރުކުރަން މިރޭ ވަނީ އަންގާފައި -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
30 އޯގަސްޓް 2020 - 00:04
އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ލީޑަޝިޕަށް ބިރު ދެއްކި ނަމަވެސް ކޯލިޝަންގެ ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށް، ޕީޕީއެމް/ޕީއެންސީ ކޯލިޝަން ލީޑް ކުރައްވާ އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.
ބައެއް މީހުން މާސްކު ނާޅައި އަދި ގައިދުރުކަމުގެ އުސޫލުތަކާ ހިލާފަށް އިދިކޮޅުން އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގެ މައްސަލަ ބެލުމަށް، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މާދަމާ ރޭ ފުލުސް އޮފީހަށް ހާޒިރުވާން މިރޭ ވަނީ އަންގައިފަ އެވެ. މި ކަމާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ، ސިޔާސީ ހަރަކާތްތަކުގައި އުޅެން ޝުޖާއު ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
Mi sarukaarun kithanme bireh dhehkiyas PPM/PNC ge leadership ga himeney meehakuves council ge menbarakuves adhi aanmu menbarakuves nuhuttuveyne.VP Suja akee bodu thiladhunmatheege fakh’uruveri dhari’eh!fahathakah nujeheyne.mee badhahi teameh.mee Dhivehi gaumee team @DhiyaresNews
— Abdul Raheem Abdulla (@Banafsaa) August 29, 2020
އަބްދުއްރަހީމް އަބްދުﷲ މިރޭ ކުރެއްވި ޓްވީޓެއް
"ވީޕީ ޝުޖާ އަކީ ބޮޑު ތިލަދުންމަތީގެ ފަހުރުވެރި ދަރިއެއް! ފަހަކަށް ނުޖެހޭނެ. މިއީ ބަދަހި ޓީމެއް. ދިވެހި ގައުމީ ޓީމެއް،" ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއުގެ ދިފާއުގައި އަބްދުއްރަހީމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވި އެވެ.
ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި ގޮތުގައި، ވާދަވެރި ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރަން އެ ބޭފުޅުން ނުކުންނެވީ މި ސަރުކާރުގެ އަނިޔާވެރިކަން އެނގިވަޑައިގެން ތިއްބަވައިގެންނެވެ.
"ނުހައްގުން ހައްޔަރު ކުރާނެ ކަމާއި ހުކުމް ވެސް ކޮށްފާނެ ކަމަށް ބަލައިގެން. މިއީ ދިވެހި ލޭ ހިނގާ ދިވެހި ދަރިން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކިތަންމެ ބިރެއް ދެއްކިޔަސް ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަޝިޕާއި ކައުންސިލް އަދި އާންމު މެމްބަރަކު ވެސް ނުހުއްޓުވޭނެ ކަމަށެވެ.
"ރާއްޖެ ވިއްކާލުމާ ދެކޮޅަށް" ކަމަށް ބުނެ އިދިކޮޅުން އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ ސައިކަލް ބުރުގައި ބައިވެރިވި ބައެއް މީހުން ތިބީ މާސްކު ނާޅަ އެވެ. އަދި ގައިދުރުކުރުމުގެ އުސޫލްތަކަށް ވެސް އަމަލެއް ނުކުރެ އެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ކަހަލަ ގޮތަކަށް މުޒާހަރާގެ ހަރަކާތްތައް އިއްޔެ ކުރިއަށް ގެންދިޔަ އެވެ.
އިދިކޮޅުން އިއްޔެ ހިންގި ބޮޑު ހަރަކާތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ފާޑުވިދާޅުވެފައިވާތީ، ޕީޕީއެމް/ޕީއެންސީން ބުނީ، އެގޮތަށް ވާހަކަފުޅު ދެއްކެވީ އަސަރު ކުރައްވައިގެން ކަމަށެވެ.
"އެހެން ނޫން ނަމަ އެފަދަ ހިތާމަވެރި ހާދިސާއެއް ހިނގައިގެން އުޅޭ ތަނަކަށް ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ވަޑައިގެން ކަމާ ނުގުޅޭ ވާހަކައެއް ނުދެއްކެވީސް، އެކަމުން ސޯލިހުގެ ހިތަށް އަސަރުތަކެއް ކޮށްފައި ނެތް ނަމަ. އެހެންވީމާ ވަރަށް ބޮޑަށް އަސަރުކޮށްފައި އެހެރީ،" ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޑުވިދާޅުވީ، މާލޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާ ބެއްލެވުމަށް އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާ
04 September 2020
ނުޖެހެންޏާ ދެން ތިތިބިތާތިބޭ.ބޯހަލާކު.ވެރިކަމާތޮޅޭވަރެއްތޯ.
ފޮނަދޫ ގަސްބުޑޭ
30 August 2020
ފަހަތަށް ޖެހެވޭ ކަށް ނޯންނާނެ ތާއެވެ؟ ކަލޯމެން ގެ ޝަރީއަތްތަށް ފެށެން ކައިރި ވަނީ ވިއްޔާއެވެ. މޮޔަ ރައްޔިތުން ހައްލަނީ ކަލޯމެން ސަލާމަތް ވާން ވެގެން ވިއްޔާއެވެ. ހިތަކުން.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
30 August 2020
ތިޔައީ އަދުރޭމެން ހެދި ރެކޯޑެއް. ޔާމީން ހެޕީ ތޯ މިހާރު.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
30 August 2020
ފަހަތޭ ބިރޭ އަދުރޭ ހާދަ ސިޔާސަ ވެއްޖޭ ދެއްތޮ.
ކޮލަމާފުށި
30 August 2020
ބަލަ އަދުރޭ..އެދުވަހު ކަލޭމެންކުރީ މާ މޮޅުކަމެއްނޫނޭ..މަވަރުގެ މީހަކު ނެތިގެން ތިވާހަކަދައްކަނީ..ލަދުން ބޯހަލާކު.މިވެސް މިގައުމުގެ ވެރިކަމަށް އަންނަން ހުވަފެން ދެކޭ މީހެކޯ..
ޑދި8
30 August 2020
އާނ ގަދަ!!
1234
30 August 2020
ލަސްވެސްޖެ ތިކަންކުރަން ؟
އާންސީ
30 August 2020
ރައްޔަތުން ކަލޭމެން ބޭނުން ނެތޭ ބުނީމަ ވެސް ހަމަ ރައްޔަތުން ނޭ އެނެކެއްޗެކޭ ކިޔައިން ކޮވިޑު ފަތުރަނީ ނު ތިއޮއްގެން.
އަދުގެރާއްޖެ
30 August 2020
ސުޖާޢުގެ މައްސަލައަކީ މާސްކް ނޭޅުން އެކަންޏެއް ނޫން މީހުން ޖަމާކޮށް ކޮވިޑް ނުރައްކަލަށް ބަޔަކު ހުށަހެޅުންވެސް އޮންނާނެ
ކަންވާ ގޮތް
30 August 2020
ގައުމުގައި ހިނގާ ކިތަންމެ ބޮޑު ކަމަކަށްވެސް ހިޔަނި އެޅިގެންދޭ އެކަން ކުރާ ބައެއްގެ ސަބަބުން. އިންޑިއާއިން ކުޅޭ ކުޅިގަނޑުގެ ވާހަކަ ވަކި ކުލައެއްގެ ބަޔަކު ދެއްކީމަ އެކަން ބެލެވެނީ ސިޔާސީކަމެއްގެ ގޮތުގައި. އެކަމު އެކަމުގެ ހަގީގަތަށް ނުބެލޭނަމަ ފަހުން ވަރަށް ބޮޑު ގެއްލުމެއްވެދާނެ. ސިޔާސީ މަންފާ ވަކި ބަޔަކަށް ލިބިދާނެތީ އެމީހުން ދައްކާ ވާހަކަ އެއްކޮށް އިންކާރުކުރުމަކީ ފަހަށް މުޅި ގައުމަށް ލިބޭނެ ގެއްލުމެއް. އެމީހުން ދެއްކިއަސް އަޅާލަންޖެހޭ ކަންކަމުގަ