ރައީސް ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި: ރެސިޑެންޓް ވިސާގެ މައްސަލައާއެކު ގިނަ ބައެއްގެ ފާޑުކިޔުން އެ މަނިކުފާނަށް ވަނީ އަމާޒުވެފައި
13 ސެޕްޓެމްބަރ 2020 - 09:48
"އިންޑިއާ އައުޓް"ގެ ނަމުގައި މިހާރު ހިންގަމުން އަންނަ ހަަރަކާތަކީ ހަރުކަށި ފިކުރުގެ މީހުން އަޑީގައި ތިބެގެން ހިންގާ ކަމެއް ކަމަށާއި އިދިކޮޅު ޕީޕީއެމުން އެ ޖާގަ ދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ތުހުމަތުކުރައްވައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ޕީޕީއެމް އާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ގެންދަވަނީ ހަރުކަށި މީހުންގެ ނާޖާއިޒް ފައިދާ ނަންގަވަމުންނެވެ. އެއީ ޕީޕީއެމުން ކުރާ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށާއި ރާއްްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަމަކީ ވެސް އެކަމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއީ ޕީޕީއެމުން ކުރާ ވަރަށް ނުރައްކާތެރި، ދަށު ދަރަޖައިގެ ކަމެއް. ރާއްޖޭގެ މިނިވަންކަން އެންމެ ފަސޭހައިން ގެއްލޭނެ ކަންތައް،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ތުހުމަތުކުރެއްވި ގޮތުގައި އިދިކޮޅުން މަސައްކަތްކުރަނީ "އައިސިސް ރާއްޖެ ހިފުމުގެ ޕްލޭނަކަށެ"ވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް ނަޝީދު އެ މެސެޖް ދޫކޮށްލެއްވީ ސަރުކާރާ ދެކޮޅަށް އަޑުއުފުލަން މާލޭގައި އިއްޔެ ބޭއްވި ސައިކަލް ބުރު ކުރިއަށް ދިޔަ ވަގުތު އެވެ. އެކަމަކު އެއީ ޕީޕީއެމުން ރާވައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ނޫން ކަމަށް އެ ޕާޓީން ބުންޏެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ އެފަދަ ހަރަކާތެއް ބަޔަކު ބާއްވަން އުޅޭ ކަމުގެ ހަބަރު ކޯލިޝަނަށް އެންމެ ފުރަތަމަ ލިބުނީ މީގެ ދެ ދުވަސް ކުރިން، ފުލުހުންގެ ފަރާތުން ކަމަށެވެ. އަދި އެ ހަރަކާތުގައި ބައިވެރިވާން ނިންމައި، އެކަން ފުލުހުންނަށް އެންގި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމް
13 September 2020
އަހަރެން ހަމަ ސަހަރޯއޭ ހީވޭ..އެއޮށް ވަރުގަދަ އެމްޑިޕީގަ ހަމަ ނެތީބާ މަޖްލިސް ރައީށްސަކަށް ކަމުދާ ބޭފުޅަކު.. ދިވެހިން މިހާރު ބޭނުމެއްނުވޭ ބާ އޮޑިއެއް ކޮޅާއިގެން ކަނޑަށްނުކުންނާކަށް....ހަކުޅި ކުރިޔަށް ކުޅުއްވީމަ ވެރިކަމުގައި ސާބިތުވެ ހުރެވުނީ 3 އަހަރު.. އަހަރެން އެމްޑީޕީދެކެ ފޫހިވާން ފަށައިފި މީނަ ދޭތެރެދޭތެރއެިން ތަޅާ އަނގަޔަކުން..އަނެއްހެންދެން އޯކޭ.
ފިނިވައި
13 September 2020
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
ސުލުންދޯރި
13 September 2020
މިކަމަކީ ކެނެރީ މަނިކުފާނު އަމިއްލަޔަށް ދިވެހި ރައްޔިތުންގެ ވިންދާ ދެކޮޅަށް ކުރާކަމެއް....ވީމާ އަހަރުމެން މިކަން ހަރު އަޑުން ކުއްވެރިކުރަން..
އިސްލާހު
13 September 2020
އަމިއްލައަށް ބޮޑުވަޒީރު ހެދިގެންއުޅޭނެކަމެއްނެތް!!!! މުޅިންވެސް ތިދެއްކެނީ ގަޅި ވާހަކަ!!!!
އޮރިޖިނަލް މޮހަނު
13 September 2020
#އިންޑިއާއައުޓް! ހަރުކަށިވިއްޔާވީ. ރާއްޖޭގަ އެންމެ ފުރަތަމަ ހުކުމް ކުރެވުނު ޓެރަރިސްޓު އެހެން މީހުންނަށް ހަރުކައްޓޭ ކީމާ ހެވެނީ.
އައުޓް
13 September 2020
މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް މަޖްލީހުގެ ރައީސް ކަމުން ކެނެރީގެ ނަޝީދު އައުޓް އިންޑިއާ އައުޓް
އަފްޣާނިސްތާނުގެހާމިދުކަރުޒާއީ
13 September 2020
މި ޚަބަރު ކިޔާފާ ގާތްގަނޑަކަށް 90 ޕަސެންޓު މީހުން ތިބީ ރުޅިއައިއްސާ. އަޅެފަހެ މީނާ މިތަނަށް ހޮވުނު ކިހިނެއް. މީވެސް މިހާރު ހޭޔަންބޯގެ އަރަތުގާ ގެނަސްދޭންޖެހޭ އަރަތެއް.
1828
14 September 2020
އެމްޑީޕީ ޤައުމީ މަޖިލިސްގެ މެމްބަރުންގެ ބޮލަށް 'ޗިޕް'ޖަހައިގެން. އެނޫން ގޮތަކަށް ދެން ނަޝީދަކަށް އެމްޑީޕީގައި ހިފަހައްޓައެއް ނުލެވޭނެ.
ގުރާ
14 September 2020
ރަށުތެރޭން 200 އެއްހާ ވޯޓު ހޯދައިގެން.
އަދިި
14 September 2020
މިހާރު ތިބި ހުރިހާ ޕާޓީ މެމްބަރުންގެ ބޯ ކައިގެން.
އޮއްސޭ މުރިނގަށް ނަށީދު ދުއްވަނީ
13 September 2020
ނަޝީދު އުޅެނީ ކަންކަން ނުބައިކޮން ކޮށްފަ އޮޅުވާލަން މީސްތަކންގެ ނަޡަރިއްޔާތު އެހެން ދިމާއަށް ބަދަލް ކުރުން ނަޝީދަށް ރައްޔިތުންގެ ތައީދު ލިބުނުލެއް ބޮޑުކަމުން އޮޅުނީ ގައުމަށް ޚިދުމަތް ކުރުމުގެ ބަދަލްގައި ފަސާދައަށް މަގުފަހި ކުރަން ރުޅިއައިސް އައިސް ތިޔަ އުޅެނީ ޖާދޫގެ ފުޅިއާ ވަކި ނުވުމުގެ ނަތީޖާ އެވެ އަލަކުން ފެން ރަނގަޅެއް ނުވެވޭނެ އެވެ ނަޝީދުއާ ފެއަށް ރައްޔިތުންނޖެހެން ފަށައިފި އެވެ ހޯހޯ ގޮވާ އަޑު ގަދަވެއްޖެ އެވެ
މާޒިން
13 September 2020
އިންޑިއާގެ އަސްލު ބޭނުން ރައްޔިތުންނަށް އެހާ ސާފެއްނޫން..މިތަނަކަށް އިތުރު ގަުމެއްގެ ސިފަިންނެށް ބޭނުމެއްނުވޭ.. މީ ވަރަށް ނުރައްކާ ކަމެއް..
މުޑަހަންޖާ
13 September 2020
މާލޭ ވަކި ގަބީލާއެއްގެ ބަޔަކު ހަމަ ހިތަށްއަރާއިރަށް ގައުމު އިންޑިއާއަށް ދެވޭގޮތަކަށްނޫން އޮންނަނީ. ކަލޭމެން ތިގަބީލާ ކުޅިވަރު ކުޅޭނީ އެއްގޭ އަނެއްގޭ މީހުނާ، އިނގިއްޖޭ!